wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ފަރުޟު ފަސް ނަމާދު

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ކޮންމެ ދުވަހަކު، ކޮންމެ މުކައްލަފަކު އަދާކުރަންޖެހޭ (ނުވަތަ އަދާކުރުން ފަރްޟުވެގެންވާ) ނަމާދުތަކުގެ ޢަދަދަކީ ކޮބާ؟

a)

ސަތާރަ (17) ނަމާދު

b)

ފަސް (5) ނަމާދު

c)

ދިހަ (10) ނަމާދު

d)

ތިން (3) ނަމާދު

2.

ހަތަރު (4) ރަކުޢަތް ހިމެނޭ ނަމާދުތަކަކީ ކޮބާ؟

a)

ފަތިސް ނަމާދު، ޢަޞްރު ނަމާދު، ޢިޝާ ނަމާދު

b)

މެންދުރު ނަމާދު، މަޣްރިބު ނަމާދު، ޢިޝާ ނަމާދު

c)

މެންދުރު ނަމާދު، ޢަޞްރު ނަމާދު، ފަތިސް ނަމާދު

d)

މެންދުރު ނަމާދު، ޢަޞްރު ނަމާދު، ޢިޝާ ނަމާދު

3.

ޖަމްޢު ކުރެވޭ ނަމާދުތަކަކީ ކޮބާ؟

a)

ފަތިސް ނަމާދާއި މެންދުރު ނަމާދު ނުވަތަ ޢަޞްރު ނަމާދާއި މަޣްރިބު ނަމާދު

b)

މެންދުރު ނަމާދާއި ޢަޞްރު ނަމާދު ނުވަތަ ޢިޝާ ނަމާދާއި ފަތިސް ނަމާދު

c)

މެންދުރު ނަމާދާއި ޢަޞްރު ނަމާދު ނުވަތަ މަޣްރިބު ނަމާދާއި ޢިޝާ ނަމާދު

d)

ފަތިސް ނަމާދު ފިޔަވައި އަނެއް ހަތަރު ނަމާދު، ކޮންމެ ނަމާދަކާ އެކުވެސް ޖަމްޢުކުރެވޭނެ

4.

ޤަޞްރުކުރެވޭ ނަމާދުތަކަކީ ކޮބާ؟

a)

މެންދުރު ނަމާދު، ޢަޞްރު ނަމާދު، ޢިޝާ ނަމާދު

b)

މެންދުރު ނަމާދު، ޢަޞްރު ނަމާދު، މަޣްރިބު ނަމާދު

c)

ފަތިސް ނަމާދު، މެންދުރު ނަމާދު، ޢަޞްރު ނަމާދު

d)

ރޭގަނޑުގައި ކުރާ 3 ނަމާދު

5.

ނަމާދު ޤަޞްރު ކުރެވޭނީ ކޮން ބަޔަކަށް؟

a)

ދަތުރުވެރިންނަށް (ހުއްދަ ދަތުރެއްގެ މަތީގައި ވާ މީނުންނަށް)

b)

ދާއިމީ ބޮޑު ބައްޔެއް ޖެހިގެން ފަރުވާ ދެމުންދާ ބަލި މީހުންނަށް

c)

ގިނައިރު އަވަދިނެތި މަސައްކަތްކުރަންޖެހޭ މީހުންނަށް

d)

ޑިއުޓީގައި ތިބޭ، ޑޮކްޓަރުންނާއި ނަރުހުންނާއި މުދައްރިސުން ފަދަ މީސް މީހުން

6.

އެއްވެސް ނަމާދަކާ އެކު ޖަމްޢު ނުކުރެވޭ ނަމާދަކީ ކޮބާ؟

a)

މެންދުރު ނަމާދު

b)

ފަތިސް ނަމާދު

c)

ޢަޞްރު ނަމާދު

d)

ޢިޝާ ނަމާދު

7.

އިސްކޮށް ޖަމްޢުކުރުމަކީ ކޮބާ؟

a)

ޖަމްޢުކުރެވޭ ދެ ނަމާދުގެ ތެރެއިން ކުރިން އަންނަ ނަމާދުގެ ވަގުތުގައި އެ ދެނަމާދު ކުރުން

b)

ޖަމްޢުކުރެވޭ ދެ ނަމާދުގެ ތެރެއިން ފަހުން އަންނަ ނަމާދުގެ ވަގުތުގައި އެ ދެނަމާދު ކުރުން

c)

ޢަޞްރު ނަމާދުގެ ވަގުތުގައި، ޢަޞްރު ނަމާދާއި މަޣުރިބު ނަމާދު ކުރުން

d)

މެންދުރު ނަމާދާއި ޢަޞްރު ނަމާދު، ޢަޞްރު ވަގުތުގައި ކުރުން ނުވަތަ މަޣްރިބު ނަމާދާއި ޢިޝާ ނަމާދު، ޢިޝާ ވަގުތުގައި ކުރުން

8.

ނަމާދު ޖަމްޢު ކުރެވޭ ކިތައް ގޮތް އޮވޭ ހެއްޔެވެ؟

a)

ދެ (2) ގޮތް

b)

ފަސް (5) ގޮތް

c)

ހަތް (7) ގޮތް

d)

އެއްމެ ގޮތެއް

9.

މި ބަސްފުޅުގެ މާނައަކީ ކޮބާ؟

a)

އަދި ރުކޫޢުކުރާ މީހުންނާ އެކު ތިޔަބައިމީހުން ރުކޫޢުކުރާށެވެ

b)

އަދި ސަޖިދަކުރާ މީހުންނާ އެކު ތިޔަބައިމީހުން ސަޖިދަކުރާށެވެ

c)

އަދި ނަމާދުކުރާ މީހުންނާ އެކު ތިޔަބައިމީހުން ނަމާދުކުރާށެވެ

d)

އަދި ދުޢާކުރާ މީހުންނާ އެކު ތިޔަބައިމީހުން ދުޢާކުރާށެވެ

10.

ނަމަދުކުރާއިރު ޤިބްލައަށް ކުރިމަތިލުމަކީ ކޮން ކަހަލަ ކަމެއް ހެއްޔެވެ؟

a)

އެއީ ނަމާދުގެ ސުންނަތެކެވެ

b)

އެއީ ނަމާދު ވާޖިބުވުމުގެ ޝަރުޠެކެވެ

c)

އެއީ ނަމާދުގެ ފަރުޟެކެވެ

d)

އެއީ ނަމާދު ޞައްޙަވުމުގެ ޝަރުޠެކެވެ