NEW
Font size
Worksheetsޤަޟާ އާއި ޤަދަރު 2
Total questions: 10
Worksheet time: 5mins
އަލްމަޝިއްޔަތު ބެހެނީ ދެބަޔަކަށެވެ. އެ ދެބަޔަކީކޮބާ؟
އަލްޢިލްމު އަދި އަލްކިތާބަތު
ކަޥްނީ އިރާދަ އާއި ޝަރްޢީ އިރާދަ
އަލްޚަލްޤު އަދި އަލްމަޝިއްޔަތު
ކަޥްނީ އިރާދަ އާއި އަލްޢިލްމު
ކަޥްނީ އިރާދައަކީކޮބާ؟
މިކާއިނާތުގައި ހިނގުމަށް ﷲ އިރާދަ ކުރައްވާ ކޮންމެ ކަމެކެވެ
ﷲގެ އަޅުންގެ ކިބައިން އެއިލާހު އެދިވޮޑިގަންނަވާ އަދި އިންސާނާ އެ ގޮތުގައި ހުރުމަށް ﷲ ރުހިވޮޑިގަންނަވާ ގޮތެވެ
އަޅުންނަށް އިޚްތިޔާރު ލިބިފައިވާ އެންމެހައި ކަންކަން
ޝަރްޢީ އިރާދައަކީ ކޮބާ؟
މިކާއިނާތުގައި ހިނގުމަށް ﷲ އިރާދަ ކުރައްވާ ކޮންމެ ކަމެކެވެ
ﷲގެ އަޅުންގެ ކިބައިން އެއިލާހު އެދިވޮޑިގަންނަވާ އަދި އިންސާނާ އެ ގޮތުގައި ހުރުމަށް ﷲ ރުހިވޮޑިގަންނަވާ ގޮތެވެ
އަޅުންނަށް އިޚްތިޔާރު ލިބިފައިވާ އެންމެހައި ކަންކަން
ތިރީގައިވާ ކަންކަމުން ޝަރްޢީ އިރާދައިގެ ތެރޭގައި ހިމެނޭ ކަމަކީ
ދެބައޮޑުވުން
މައިންބަފައިންނަށް ހެޔޮކޮށްހިތުން
ވައިރޯޅި ބަދަލުވުމާއި ރޭދުވާ ތަކުރާރުވުން
ތިރީގައިވާ ކަންކަމުން ކަޥްނީ އިރާދައިގެ ތެރޭގައި ހިމެނޭ ކަމަކީ
ދެބައޮޑުވުން
މީހުން މަރުވުން
ވައިރޯޅި ބަދަލުވުމާއި ރޭދުވާ ތަކުރާރުވުން
ބަޔާންވެފައިވާ ހުރިހާ ކަމެއް
ކަޥްނީ އިރާދަ އާއި ޝަރްޢީ އިރާދައިގެ އެއްތަފާތަކީ
ކޮންމެ ކަޥްނީ އިރާދައަކީ ޝަރްޢީ އިރާދައެއް
ކޮންމެ ޝަރްޢީ އިރާދައަކީ ކަޥްނީ އިރާދައެއް
ބަޔާންވެފައިވާ ދެޖަވާބުވެސް ރަނގަޅު
ޤުރްއާނުގެ ބައެއް ނައްޞުތަކަށް އީމާންވެފައި އަނެއްބައި ނައްޞުތައް ދޮގުކޮށްހެދީ ޤަޟާޤަދަރަށް އީމާންވުމުގައި މަގު އޮޅިގެންދިޔައީ ކޮންފިރުޤާއެއް؟
އަލްޖަބަރިއްޔާ
އަލްޤަދަރިއްޔާ
އައްޝީޢާ
ނައްޞުތަކުގެ މައްޗަށް ބުއްދި އިސްކޮށް ޤަޟާޤަދަރަށް އީމާންވުމުގައި މަގު އޮޅިގެންދިޔައީ ކޮންފިރުޤައެއް؟
އަލްޖަބަރިއްޔާ
އަލްޤަދަރިއްޔާ
އައްޝީޢާ
އަލްޖަބަރިއްޔާ މީހުން މަގުފުރެދުމުގެ އެންމެ ބޮޑު ސަބަބަކީކޮބާ؟
ކިބުރުވެރިކަމާ ބޮޑާކަމުން
ނައްޞުތަކުގެ މައްޗަށް ބުއްދި އިސްކުރުމެވެ.
ﷲގެ އިރާދަ ކުރެއްވުމާއި ޚަލްޤު ކުރެއްވުމަށް އައިސްފައިވާ ދަލީލުތަކުގައި އެކަނި ހިފާފައި އިންސާނާއަށް އިޚްތިޔާރު ލިބިގެންވާކަމަށް ދޭހަކޮށްދޭ ދަލީލުތައް ދޫކޮށްލުމެވެ.
އަލްޤަދަރިއްޔާ މީހުން މަގުފުރެދުމުގެ އެންމެ ބޮޑު ސަބަބަކީކޮބާ؟