wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ބާޠިލު ފިރުޤާ 1: ޝީޢީން

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ބަހުގެ ގޮތުން ބަލާއިރު ޝީޢާގެ މާނައަކީކޮބާ؟

a)

ލޯބިވާ މީހުން

b)

ތަބާވާމީހުން ނުވަތަ ނަޞްރުދޭ މީހުން

c)

ގާތްމީހުން

2.

އިޞްޠިލާޙީ ގޮތުން ބަލާއިރު ޝީޢީންނަކީކޮބާ؟

a)

އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި ޢުޘްމާނުގެފާނަށްވުރެ ޢަލީގެފާނު މާތްކަމަށް ދެކޭމީހުންނެވެ. އަދި އަހުލުބައިތުންނަކީ ޚިލާފަތުގެ އެންމެ ޙައްޤު ފަރާތްކަމަށާއި އެނޫން ބަޔެއްގެ ޚިލާފަތު ބާޠިލުވާނެކަމަށް ދެކޭ މީހުންނެވެ.

b)

ޢަލީގެފާނާއި ޢުމަރުގެފާނާއި ޢުޘްމާނުގެފާނަށްވުރެ އަބޫބަކުރުގެފާނު މާތްކަމަށް ދެކޭމީހުންނެވެ. އަދި އަހުލުބައިތުންނަކީ ޚިލާފަތުގެ އެންމެ ޙައްޤު ފަރާތްކަމަށާއި އެނޫން ބަޔެއްގެ ޚިލާފަތު ބާޠިލުވާނެކަމަށް ދެކޭ މީހުންނެވެ.

c)

އަބޫބަކުރުގެފާނާއި ޢަލީގެފާނާއި ޢުޘްމާނުގެފާނަށްވުރެ ޢުމަރުގެފާނު މާތްކަމަށް ދެކޭމީހުންނެވެ. އަދި އަހުލުބައިތުންނަކީ ޚިލާފަތުގެ އެންމެ ޙައްޤު ފަރާތްކަމަށާއި އެނޫން ބަޔެއްގެ ޚިލާފަތު ބާޠިލުވާނެކަމަށް ދެކޭ މީހުންނެވެ.

3.

ޝީޢީން އުފެދުނު ގޮތާބެހޭގޮތުން ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވިފައިވެއެވެ. އެގޮތުން ޝީޢީން އުފެދު ގޮތާ ބެހޭގޮތުން ވާހަކަ ދެކެވިފައިވާ 3 ގޮތަކީ

a)

1- ޝީޢީންގެ ޢަޤީދާއަކީ ރަސޫލާގެ ރިސާލަތަށްވުރެ ކުރިން އުފަންވެފައިވާ ވަރަށް ޒަމާންވީ ޢަޤީދާއެކެވެ.

2- ޝީޢީންގެ ޢަޤީދާ އުފަންކުރެއްވީ ޢަލީގެފާނު.

3- ޝީޢީން ފާޅުވީ ޞިއްފީނު ހަނގުރާމައިގެ ދުވަހު.

b)

1- ޝީޢީންގެ ޢަޤީދާއަކީ ރަސޫލާގެ ރިސާލަތަށްވުރެ ކުރިން އުފަންވެފައިވާ ވަރަށް ޒަމާންވީ ޢަޤީދާއެކެވެ.

2- ޝީޢީންގެ ޢަޤީދާ އުފަންކުރެއްވީ ޢަލީގެފާނުއެވެ.

3- ޝީޢީން ފާޅުވީ ޖަމަލު ހަނގުރާމައިގެ ދުވަހުއެވެ.

c)

1- ޝީޢީންގެ ޢަޤީދާއަކީ ރަސޫލާގެ ރިސާލަތަށްވުރެ ކުރިން އުފަންވެފައިވާ ވަރަށް ޒަމާންވީ ޢަޤީދާއެކެވެ.

2- ޝީޢީންގެ ޢަޤީދާ އުފަންކުރެއްވީ ރަސޫލާއެވެ.

3- ޝީޢީން ފާޅުވީ ޖަމަލު ހަނގުރާމައިގެ ދުވަހުއެވެ.

4.

ޝީޢީންގެ ޢަޤީދާއަކީ ރަސޫލާގެ ރިސާލަތަށްވުރެ ކުރިން އުފަންވެފައިވާ ވަރަށް ޒަމާންވީ ޢަޤީދާއެކެވެ. މިކަން ސާބިތުކުރުމަށް ޝީޢީން ކޮށްފައިވާ 2 ކަމަކީ

a)

1- ކީރިތި ޤުރްއާނުގެ އެކިއެކި އާޔަތްތައް އުނިކުރުން

2- ޢަލީގެފާނަށް ނިޞްބަތްކޮށް އެތައް ދޮގު ވާހަކަތައް ހެދުން

b)

1- ކީރިތި ޤުރްއާނުގެ އެކިއެކި އާޔަތްތައް އަޖައިބު ކުރުވަނިވި ގޮތްގޮތަށް މާނަކުރުން

2- ރަސޫލާއަށް ނިޞްބަތްކޮށް އެތައް ދޮގު ޙަދީޘެއް ހެދުން

c)

1- ރަސޫލާގެ ޙަދީޘްތައް އަޖައިބު ކުރުވަނިވި ގޮތްގޮތަށް މާނަކުރުން

2- ޢަލީގެފާނަށް ނިޞްބަތްކޮށް އެތައް ދޮގުވާހަކަތައް ހެދުން

5.

ޝީޢީންގެ ޢަޤީދާ އުފަންކުރެއްވީ ރަސޫލާއެވެ. މިރައުޔު ޝީޢީން އުފަންކޮށްފައިވަނީ ކޮންސަބަބަކާހުރެ؟

a)

ޝީޢީންގެ އަޞްލުގުޅެނީ ނުވަތަ ޝީޢީން އުފެއްދީ މުސްލިމުންގެ ތެރެއިން ނުވާ ބަޔަކު ކަމުގައި ހާމަކޮށް މުސްލިމު ޢިލްމުވެރިންކުރެ ބައެއް ބޭފުޅުން ބަސްވިދާޅުވާން ފެއްޓެވުމުންނެވެ.

b)

މުސްލިމު ޢިލްމުވެރިންނަށް ރައްދު ދިނުމަށް

c)

ޝީޢީންގެ އަޞްލު ފޮރުވުމަށް

6.

ޝީޢީން އުފެދުނު ގޮތާ ގުޅޭގޮތުން އަހުލުއްސުންނަތި ވަލްޖަމާޢަތިގެ ޢިލްމުވެރިންގެ މެދުގައިވެސް ޚިލާފު އުފެދިފައިވެއެވެ. އެގޮތުން މިމައްސަލައިގައި އަހުލުއްސުންނަތި ވަލްޖަމާޢަތިގެ ގިނަޢިލްމުވެރިން ވިދާޅުވަނީކީކޭ؟

a)

ޝީޢީން އުފެދުމުގެ އަޞްލު ގުޅިފައިވަނީ ޢަބްދުﷲ ބުން ސަބާ އޭ ކިޔުނު މިޞްރަށް ނިޞްބަތްވާ މީހަކަށެވެ.

b)

ޝީޢީން އުފެދުމުގެ އަޞްލު ގުޅިފައިވަނީ ޢަބްދުﷲ ބުން ސަބާ އޭ ކިޔުނު ޔަމަނަށް ނިޞްބަތްވާ މީހަކަށެވެ.

c)

ޝީޢީން އުފެދުމުގެ އަޞްލު ގުޅިފައިވަނީ ޢަބްދުﷲ ބުން ސަބާ އޭ ކިޔުނު ޢިރާޤަށް ނިޞްބަތްވާ މީހަކަށެވެ.

7.

ޝީޢީން ފާޅުވީ ޖަމަލު ހަނގުރާމައިގެ ދުވަހުގައެވެ. އެދުވަހު ޢަލީގެފާނަށް ތަބާވި ބޭފުޅުންނަށް ޝީޢީންގެ ނަންދެވުނެވެ. މިއީ އިބްނުއް ނަދީމުގެ ރައުޔެވެ. މިރައުޔުވެސް ރަނގަޅުނޫންކަން ބުނެދޭށެވެ!

a)

އޭރު ޢަލީގެފާނުގެ ޝީޢާ އޭ ކިޔުނީ ޢަލީގެފާނުގެ ގާތް މީހުންނަށެވެ

b)

އޭރު ޢަލީގެފާނުގެ ޝީޢާ އޭ ކިޔުނީ ޝީޢާގެ އިޞްޠިލާޙީ މާނައިގައެވެ.

c)

އޭރު ޢަލީގެފާނުގެ ޝީޢާ އޭ ކިޔުނީ ޝީޢާގެ ބަހުގެ މާނައިގައި އެކަލޭގެފާނަށް ނަޞްރުދީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މާނައިގައެވެ.

8.

ޝީޢީންގެ ޢަޤީދާއަކީ ރަސޫލާގެ ރިސާލަތަށްވުރެ ކުރިން އުފަންވެފައިވާ ވަރަށް ޒަމާންވީ ޢަޤީދާއެކެވެ. ޝީޢީންގެ މިބުނުން ރަނގަޅު ނޫންކަން ބަޔާންކުރާށެވެ!

a)

 މިރައުޔަށް ބާރުލިބޭ އެއްވެސް އަޞްލެއް ޤުރްއާނާއި ސުންނަތުން ފެންނާކަށް ނެތުން

b)

 މިއީ ތާރިޚީގޮތުން ވެސް އެއްވެސް ބާރެއް ލިބޭ ވާހަކައަކަށް ނުވުން

c)

ބަޔާންވެފައިވާ ދެ ޖަވާބުވެސް ރަނގަޅެވެ

9.

ޝީޢީންގެ ޢަޤީދާ އުފަން ކުރެއްވީ ރަސޫލާއެވެ. ޝީޢީން އުފެދުނު ގޮތާމެދު ޝީޢީން ފާޅުކޮށްފައިވާ މިރައުޔު ރަނގަޅު ނޫންކަން ބަޔާންކުރާށެވެ!

a)

 މިރައުޔަށް ބާރުލިބޭ އެއްވެސް އަޞްލެއް ޤުރްއާނާއި ސުންނަތުން ފެންނާކަށް ނެތުން

b)

 މިގޮތަށް ބުނާ ޝީޢީން ހީކުރާ ގޮތުގައި އެޒަމާނުގައި ޝީޢީން ބިނާވެފައިވަނީ ޢައްމާރު ބުން ޔާސިރާއި އަބޫޛައްރާއި އަލްމިޤްދާދުގެ މައްޗަށެވެ.

c)

ބަޔާންވެފައިވާ ދެ ޖަވާބުވެސް ރަނގަޅެވެ

10.

ސުންނަތް ޖަމާޢަތުގެ މީހުންގެ ގާތުގައި ޢާޝޫރާ ދުވަހަކީ

a)

ޢަލީގެފާނު ކޫފާގައި ޝަހީދުވި ދުވަސް

b)

ޙުސައިނުގެފާނު ކަރުބަލާގައި ޝަހީދުވި ދުވަސް

c)

ފިރުޢަޥްނުގެ ކިބައިން މޫސާގެފާނު ސަލާމަތްކޮށްދެއްވި ދުވަސް