NEW
Font size
Worksheetsއައްތަކްފީރު(12)
Total questions: 10
Worksheet time: 5mins
ތަކްފީރުގެ ބަހުގެ މާނައަކީ
ކުފުރުވެގަތުމެވެ
ކުފުރު ކުރުމެވެ
ފޮރުވައިލުމެވެ. ނުވަތަ ވަންހަނާ ކުރުމެވެ
ކުފުރާއި ތަކުފީރުގެ މައިގަނޑު ތަފާތަކީ
ތިމާ ތިމާފަދަ އަނެއް މުސްލިމު އަޚާ އާ ދިމާލަށް ތީކާފަރެކޭ ބުނުމެވެ.
ކުފުރަކީ މިހާ އަމިއްލަ އިޚްތިޔާރުގައި ވަކިކަހަލަ ކަންތައްތަކަށް އިންކާރުކުރުމެވެ. ނަމަވެސް ތަކުފީރަކީ ތިމާ ތިމާފަދަ އަނެއް މުސްލިމު އަޚާ އާ ދިމާލަށް ތީކާފަރެކޭ ބުނުމެވެ.
ކުފުރަކީ މީހާ އަމިއްލައަށް އޭނާގެ އިޚްތިޔާރުގައި ﷲއާއި ރަސޫލުންނަށާއި ރަސޫލުންގެ ރިސާލަތަށް އިންކާރު ކުރުމެވެ
ތަކްފީރުގެ އިޞްޠިލާޙީ މާނައަކީ
މީހަކާދީމާލަށް ތީ ކާފަރެކޭ ބުނުމެވެ
ﷲއަށާއި ރަސޫލުންނަށާއި ރަސޫލުންގެ ރިސާލަތަށް އިންކާރު ކުރުމެވެ
މުސްލިމެއްގެ ގޮތުގައި ހުރި މީހަކު އިސްލާމްދީނުން ބޭރުވެފައިވާކަމަށް ބުނެ ވަކިމީހަކު ޢައްޔަންކޮށް އެމީހަކީ ކާފަރެއްކަމުގައި ނުވަތަ މުރުތައްދު ވެފައިވާ މީހެއްކަމުގައި ބުނުމެވެ
އިސްލާމްދީނުގެ ސަލާމުން ތިޔަބައިމީހުންނަށް ސަލާމްކޮށްފި މީހަކަށް ތިބާއަކީ މުއުމިނެއްނޫނޭ ތިޔަބައިމީހުން ނުބުނާ ހުށިކަމެވެ. މިޢިބާރާތުން ދޭހަވާ ކަންކަމަކީ
އެއްމުސްލިމަކު އަނެއް މުސްލިމަކު ކާފަރު ކުރުމުން ދުރުހެލިވާންޖެހޭނެކަން
އެއްމުސްލިމަކު އަނެއް މުސްލިމަކު ކާފަރު ކުރުމުގެ ނުބައިކަން
އެއްމުސްލިމަކު އަނެއް މުސްލިމަކު ކާފަރުކުރުމަކީ ފާފަވެރިވާނެކަމެއްކަން
ބަޔާންވެފައިވާ ހުރިހާ ކަމެއް ރަނގަޅެވެ
މީހަކު އޭނާގެ މުސްލިމު އަޚާއަށް ތިޔައީ ކާފަރަކޭ ބުނެފިިނަމަ އޭގެތެރެއިން އެކަކު އެކަމުގެ ފާފަ އުފުލާނެއެވެ. މިޢިބާރާތުން ދޭހަވާ ކަންކަމަކީ
އެއްމުސްލިމަކު އަނެއް މުސްލިމަކު ކާފަރު ކުރުމުން ދުރުހެލިވާންޖެހޭނެކަން
އެއްމުސްލިމަކު އަނެއް މުސްލިމަކު ކާފަރު ކުރުމުގެ ނުބައިކަން
ބަޔާންވެފައިވާ ދެކަންވެސް ރަނގަޅެވެ
ޙުއްޖަތް ޤާއިމުކޮށްދިނުން މީގެ މާނައަކީ
އެމީހަކާ ދެކޮޅަށް ހެކި ދެއްކުމެވެ
ކަންއޮތްގޮތް ސާފުވާނެހެން ކިޔައިދީ ބުނެދިނުމެވެ
ހެކިދެއްކުމެވެ
ކުފުރުގެ ޢަމަލެއް ކުރިމީހާ މުކައްލަފަކަށްވުން މިތާނގައި މުކައްލަފްގެ މާނައަކީ
ބުއްދި ސަލާމަތުން ހުރުމެވެ
ބާލިޣުވުމެވެ
ބާލިޣުވެ ބުއްދި ސަލާމަތުން ހުރުމެވެ ޢުމްރުގެ ގޮތުން ތަކްލީފު އުފުލަން ޖެހޭ ޢުމުރަށް ވާޞިލުވުމެވެ
އެއްވެސް ޝައްކެތް ޝުބުހާއެއް ނެތުމުުގެ މާނައަކީ
އެކަމަކީ ޢިލްމުވެރިން އިއްތިފާޤުވާ ކަމަކަށްވުމެވެ
ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވެފައިވާ ކަމަކަށްވުމެވެ
ހީއަކަށް ނުވުމެވެ
ކަމެއް ޝަރީޢަތަށް ސާބިތުވާނެ 2 ގޮތަކީ
ޤަރީނާއިންނާއި ހެކިންގެ ހެކިބަހުން
އެއްބަސްވުމާއި ޤަރީނާއިން
ހެކީންގެ ހެކިބަހުންނާއި އަމިއްލަ އިޢުތިރާފުން
ވަކިމީހަކު ޢައްޔަންކުރުމުގެ ވާހަކަ ކުފުރުގެ ތަޢުރީފުގައި އޮތުމުން އެއިން ދޭހަވަނީ
ބަސްވަކިމީހަކަށް ރައްދުކުރަން ޖެހޭނެކަން
ބަސްރައްދުވަނީ ކާކަށްކަން ނޭގޭނަމަ ކުފުރަކަށް ނުވާނެކަން
