NEW
Font size
Worksheetsޤަޛްފުކުރުން / ފަރިތަކުރުން
Total questions: 10
Worksheet time: 5mins
ޤަޛްފުކުރުމަކީ
މީހަކާ ދިމާއަށް ވަނަން ގޮވުމެވެ.
މީހަކަށް ނިސްބަތްކޮށް ޒިނޭގެ ތުހުމަތު ކުރުމެވެ.
މީހެއްގެ ހުރި ދެރަކަމެއް ފާޅުކުރުމެވެ.
މީހަކު ނެތްތަނެއްގައި އޭނާގެ ވާހަކަ ދެއްކުމެވެ.
ޤަޛްފުކުރުމުގެ ޙުކުމަކީ
ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ޙަރާމްކަމެކެވެ.
ހުއްދަ ކަމެކެވެ.
މަކުރޫހަ ކަމެކެވެ.
ހުއްދަ ނޫން ކަމެކެވެ.
ޤާޛިފަކީ
ޤަޛްފުގެ ބަސް ރައްދުވާ މީހާއެވެ.
ޒިނޭކުރި މީހާއެވެ.
ޤަޛްފުގެ ބަސް ބުނާ މީހާއެވެ.
ޒިނޭ ކުރަނިކޮށް ފެނުނު މީހާއެވެ.
މަޤްޛޫފަކީ
ޤަޛްފުގެ ބަސް ބުނާ މީހާއެވެ.
ޒިނޭކުރަނިކޮށް ފެނުނު މީހާއެވެ.
ޒިނޭކުރި މީހާއެވެ.
ޤަޛްފުގެ ބަސް ރައްދުވާ މީހާއެވެ.
ޢިއްފަތްތެރިއެއްކަމުގައި ވުން ޝަރުޠުވަނީ
ޤާޛިފުގެ ކިބައިގައެވެ.
މަޤްޛޫފުގެ ކިބައިގައެވެ.
ހެކިންގެ ކިބައިގައެވެ.
ޤަޛްފުގެ ބަސް ބުނި މީހާގެ ކިބައިގައެވެ.
ޤަޛްފުގެ ބަސް ބުނި މީހާގެ ގައިގައި ޙައްދު ޖަހަން ޖެހެނީ
ސަތޭކަ އެތިފަހަރުންނެވެ.
އަށްޑިހަ އެތިފަހަރުންނެވެ.
ސާޅީސް އެތިފަހަރުންނެވެ.
ނުވަދިހަ އެތިފަހަރުންނެވެ.
ޤަޛްފުގެ ކުށް ސާބިތުވާނެ ގޮތްތަކަކީ
ހަމައެކަނި ޤަޛްފުކުރި މީހާ އެއްބަސްވެގެންނެވެ.
ޒިނޭކުރި މީހާ އެއްބަސްވެގެންނެވެ.
އަމިއްލަ އިޢުތިރާފުން ނުވަތަ ހެކިންގެ ހެކިބަހުންނެވެ.
ހަމައެކަނި ހެކިންގެ ހެކިބަހުންނެވެ.
ޤަޛްފުގެ ޙައްދު ކަނޑައެޅުމުގެ ޙިކުމަތްތަކުގެ ތެރޭގައި
ކުށްކުރާ މީހުންނަށް އަދަބު ދިނުން ހިމެނެއެވެ.
މީހުންގެ މުދާ ރައްކާތެރިކުރުން ހިމެނެއެވެ.
މީހުންގެ ފުރާނަ ރައްކާތެރިކުރުން ހިމެނެއެވެ.
މީސްތަކުންގެ އަބުރާއި ޝަރަފު ރައްކާތެރިކުރުން ހިމެނެއެވެ.
ޤަޛްފު ކުރުމަކީ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ޢަމަލަކަށްވުމުން ދޭހަވަނީ
މީހުން މެރުމުގެ ނުބައިކަމެވެ.
އިންސާނާގެ ދޫ ރައްކާތެރިކުރުމުގެ މުހިއްމުކަމެވެ.
ވައްކަންކުރުމުގެ ނުބައިކަމެވެ.
އިންސާނާގެ ގަދަކަމެވެ.
ޤަޛްފުގެ ނުބައިކަމުން ތިޔަ ދަރިވަރު ސަލާމަތްވުމަށް ކުރެވިދާނެ ކަންތަކުގެ ތެރޭގައި
މީހުންނާ ވާހަކަ ނުދެއްކުން ހިމެނެއެވެ.
ހަޑިހުތުރު ބަސްތައް ބުނުމުން ރައްކާތެރިވުން ހިމެނެއެވެ.
މީހުން ދައްކާ ވާހަކަތައް އަޑުއެހުމުން ދުރުވުން ހިމެނެއެވެ.
މީހުން ޒުވާބުކުރާއިރު ރަނގަޅަށް އަޑުއެހުން ހިމެނެއެވ
