wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

އަނިޔާވެރިނުވުން

Total questions: 10

Worksheet time: 5mins

Name
Class
Date
1.

لاَ ضَرَرَ وَلاَ ضِرَارَ މި ޙަދީޘްފުޅުގެ މާނައަކީ

a)

ހެއްލުމަކީ ގެއްލުމެއް، އަދި ގެއްލުމަކީ ހެއްލުމެކެވެ.

b)

އަމިއްލައަށް އަނިޔާލިބުނަސް އެހެންމީހަކަށް އަނިޔާނުކުރާށެވެ.

c)

އަނިޔާވެރިކަމަކީ އަނދިރި ގަނޑެކެވެ.

d)

ގެއްލުމެއް ދިނުމެއްވެސް އަދި ގެއްލުމެއް ލިބިގަތުމެއްވެސް ނެތެވެ.

2.

އިސްލާމް ދީނުގައި ގެއްލުން ދިނުންވަނީ

a)

މަކުރޫހަ ކަމެއްކަމުގައި ލައްވާފައެވެ.

b)

ހުއްދަކަމެއް ކަމުގައި ލައްވާފައެވެ.

c)

ނަހީކުރައްވާފައެވެ.

d)

ޖާއިޒުކަމެއް ކަމުގައި ލައްވަފައެވެ.

3.

މީހެއްގެ ފުށުން އެހެންމީހަކަށް ގެއްލުންވެދާނެ އެންމެހާ ކަންތައްވަނީ

a)

އިސްލާމް ދީނުގައިވަނީ ޙަރާމް ކުރައްވަފައެވެ.

b)

އިސްލާމް ދީނުގައިވަނީ ހުއްދަ ކުރައްވަފައެވެ.

c)

އިސްލާމް ދީނުގައިވަނީ މަކުރޫހަ ކުރައްވާފައެވެ.

d)

އިސްލާމް ދީނުގައިވަނީ މައްސަލައެއް ނޫން ކަމުގައިލައްވާފައެވެ.

4.

އަމިއްލަ ނަފުސަށް ގެއްލުން ދިނުމަކީ

a)

އެހެންމީހަކަށް ގެއްލުން ދިނުމެވެ.

b)

އެހެންމީހަކަށް މަލާމާތް ނުކުރުމެވެ.

c)

އަމިއްލަ ނަފުސަށް އަނިޔާވެރިވުމެވެ.

d)

އަމިއްލަ ނަފުސުދެކެ ލޯބިވުމެވެ.

5.

ތިމާގެ އަމިއްލަ ނަފުސަށް ގެއްލުން ވެދާނެ ކަންތައްތަކުގެ ތެރޭގައި

a)

ހަކުރު ހުންނަނަތަކެތި ކެއުން ހިމެނެއެވެ.

b)

ދުންފަތުގެ އިސްތިޢުމާލުކުރުން ހިމެއެވެ.

c)

ލޮނު ހިމެނޭތަކެތި ކެއުން ހިމެނެއެވެ.

d)

ގިނައިން ފެންބުއިން ހިމެނެއެވެ.

6.

އެހެން ދަރިވަރަކަށް ގެއްލުން ވެދާނެ ކަންތައްތަކުގެ ތެރޭގައި

a)

ދަރިވަރުންނާ ސަމާސާކުރުން ހިމެނެއެވެ.

b)

ކަންކަމުގައި އެހީތެރިވުން ހިމެނެއެވެ.

c)

ބުލީ ކުރުންހިމެނެއެވެ.

d)

އެހެން ކުދިން ފެނުމުން ހިނިތުންވެލުން ހިމެނެއެވެ.

7.

ގެއްލުންތަކުން ދުރުކުރުމަކީ

a)

އިސްލާމްދީނާއި ގުޅޭ ކަމެއްނޫނެވެ.

b)

ހަމައެކަނި ސިފައިންނާއި ފުލުހުންގެ ޒިންމާއެކެވެ.

c)

ހަމައެކަނި ޤާޟީންގެ ޒިންމާއެކެވެ.

d)

އިސްލާމްދީނުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

8.

ދިރޭ ތަކެތީގެ ތެރެއިން ޖަނަވާރުންނަށް އަނިޔާކުރުމަކީ

a)

އިސްލާމްދީނުގައި ހުއްދަކަމެކެވެ.

b)

އިސްލާމްދީނުގައި މަކުރޫހަ ކުރައްވާފައިވާ ކަމެކެވެ.

c)

އިސްލާމްދީނުގައި ހުއްދަކަމެއް ނޫނެވެ.

d)

އެކަމާބެހޭ ގޮތުން ވަކިއެއްޗެއް އަންގަވަފައިވާ ކަމެއްނޫނެވެ

9.

އެއްވެސް ދިރޭ އެއްޗަކަށް އަނިޔާވެރިވުމަކީ އިސްލާމްދީނުގައި

a)

މަކުރޫހަ ކަމެކެވެ.

b)

ބައެއްފަހަރު ހުއްދަކަމެކެވެ.

c)

ހުއްދަ ކަމެކެވެ.

d)

ހުއްދަ ކަމެއް ނޫނެވެ.

10.

ތިމާގެ އަމިއްލަ ނަފުސަށް އަނިޔާވެރިވުމުގެ ތެރޭގައި

a)

ބަލިވެގެން އޮޕްރޭޝަން ކުރުން ހިމެނެއެވެ.

b)

ތިމާގެ ހަށިގަނޑުން ތަންތަން ކަނޑާހެދުން ހިމެނެއެވެ.

c)

ކަމަކާ ރުޅިއައިސްގެން ނުކައިހުރުން ހިމެނެއެވެ.

d)

މުހިންމު ވާހަކައެއް ނުދައްކާ ހަނުހުރުން ހިމެނެއެވެ.