wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ތައުބާވުން / ގްރޭޑް 9

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ފާފައެއް ކުރެވުމުން އެކަމާދެރަވެ ،ދެން އެފަދަ ފާފައެއް ނުކުރުމަށް ޢަޒުމު ކަނޑައަޅާ މާތްﷲގެ ޙަޟުރަތަށް ރުޖޫޢަވުމަކީ

a)

ދުޢާކުރުމެވެ.

b)

އިޞްލާޙުވުމެވެ.

c)

ތައުބާވުމެވެ.

d)

ހަމަވިސްނުން އައުމެވެ.

2.

ކުޑަވިޔަސް ބޮޑުވިޔަސް ފާފައެއް ކުރެވުމުން ތައުބާވުމުގެ ޙުކުމަކީ

a)

މަުބަހުކަމެކެވެ.

b)

ވާޖިބެކެވެ.

c)

ޖާއިޒުކަމެކެވެ.

d)

ސުންނަތެކެވެ.

3.

ތެދުވެރި އިޚްލާޞްތެރި ތައުބާއަކުން މާތްﷲއަށް ތައުބާވުމަށް އެންގެވުމުން ދޭހަވާއެއްކަމަކީ

a)

ތެދުވެރި ވުމުގެ މުހިންމުކަމެވެ.

b)

އިޚްލާޞްތެރިވުމުގެ މުހިންމުކަމެވެ.

c)

ތައުބާވުމުގެ މުހިންމުކަމެވެ.

d)

ތައުބަވުމަށް އެންގެވިކަމެވެ.

4.

ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲލޯބިވެ ވޮޑިގެންވެއެވެ. މިބަސްފުޅުން ދޭހަވަނީ

a)

ގިނަގިނައިން ތައުބާވުމުގެ މުހިންމުކަން

b)

ﷲ ލޯބިވެވޮޑިގެންވާކަން

c)

ތައުބާވާ މީހުންދެކެ ﷲލޯބިވެވޮޑިގެންވަކަން

d)

ފާފަކުރުމުން ދުރުހެލިވުމުގެ މުހިންމުކަން

5.

ކުރެވިފައިވާ ފާފަތައް ހެޔޮކަންތައްތަކަށް ބަދަލުކޮށްދެއްވަނީ

a)

ތައުބަވާމީހުންނަށެވެ.

b)

ފާފަކުރުމުގައި ދެމިތިބޭ މީހުންނަށެވެ

c)

ހަދާންނެތިގެން ފާފަކުރާމީހުންނަށެވެ.

d)

މަރުވާ ވަގުތު ތައުބާވާމީހުންނަށެވެ

6.

އިޚްލާޞްތެރިކަމައެކު ފުރިހަމަ ތައުބާއަކުން ތައުބާވުމުން ، އެމީހާގެ ދުޢާ އިޖާބަކުރެއްވިކަމުގެ ހެއްކަކީ

a)

ނުބައިކަންތައްތައް ކުރަން ޝައިޠަނާ ވަސްވާސް ވެއްދުމެވެ

b)

ހެޔޮޢަމަލުތައް ގިނަގިނައިން ކުރާހިއްވުމެވެ.

c)

ހިތްދަތިވުމާއި ކަންބޮދުވުން ކުރިމަތިވުމެވެ.

d)

ކަންތައްކުރާހިތްނުވެ ފޫހިވުމެވެ.

7.

ކޮންމެމީހަކީ ކުށްކުރެވޭ މީހެކެވެ. ކުށްކުރެވޭ މީހުންގެތެރެއިން އެންމެ ރަނގަޅުމީހުންނަކީ

a)

އެކަމާ ދެރަނުވާމީހުންނެވެ.

b)

އެކަމާ ލަދު ނުގަންނަމީހުންނެވެ.

c)

އެވާހަކަ މީހުންކައިރީގައި ދައްކާމީހުންނެވެ.

d)

ތައުބާވާމީހުންނެވެ.

8.

ފާފަފައިން އިސްރާފު ކޮށްފައިވާ މީހުންނަކީ

a)

ބޭކާރުގޮތުގައި ވަގުތު ހޭދަކުރިމީހުން

b)

މާގިނައިން ނިދާމީހުން

c)

ފާފަ ކުރުމުގައި ޙައްދު ފަހަނަޅާފައިވާ މީހުން

d)

ޞަދަޤާތް ނުދީ އުޅޭމީހުން

9.

ތައުބާވުމުގެ ޝަރުޠުތަކުގެ ތެރޭގައި

a)

ވުޟޫކުރުން ހިމެނެއެވެ.

b)

މިސްކިތުން ނުފައިބާއިނުން ހިމެނެއެވެ.

c)

ފާފަ ކުރުން ހުއްޓާލުން ހިމެނެއެވެ.

d)

ފާފައާއިމެދު ޖޯކުޖެހުން ހިމެނެއެވެ.

10.

ތައުބާވުން،، އަވަސްވެ ގަންނަންޖެހޭ އެންމެބޮޑު އެއްސަބަބަކީ

a)

ލަސްކުރުމުން އެކަން ޤަބޫލު ނުވާތީ

b)

ލަސްލަހުން ކަންތައް ކުރުން ރަނގަޅު ނުވަތީ

c)

ކަންކަމުގައި ހަމަޖެހުން އެއީ އެހާރަނގަޅުކަމެއްނޫންވީމަ.

d)

މަރުވާނެ އިރެއް އެއްވެސްމީހަކަށް ނޭގުން