NEW
Font size
Worksheetsމާތް ﷲގެ ޢަފޫކުރެއްވުން/ ފަރިތަކުރުން
Total questions: 10
Worksheet time: 5mins
މިއުއްމަތަތަށް މާތްﷲ ޢަފޫކޮށްދެއްވިކަން ޙަދީޘުން އަންގާފައިވާ އެއްކަމަކީ
ޤަޞްތުގައި ކުރެވޭ ކަންތައްތަކެވެ.
ގަސްތަކާނުލާ ކުރެވޭ ކަންތައްތަކެވެ.
އިޚްތިޔާރުގައި ކުރެވޭ ކަންތައްތަކެވެ.
އެގިހުރެގެން ކުރާ ކަންތައްތަކެވެ.
މަޖުބޫރީ ޙާލަތެއް ކުރިމަތިވެގެން ޙަރާމްކަމެއް ކުރެވުމަކީ
އިންސާނުންނަށް ކުރެވޭނެ ކަންކަމެއްނޫނެވެ.
އިންސާނާގެ ޠަބީޢަތާއި ޚިލާފު ކަމެކެވެ.
އިންސާނާގެ އުފެދުމާއި ޚިލާފު ކަމެކެވެ.
އިންސާނާގެ ޠަބީޢަތުގައިވާ ކަމެކެވެ.
އޮޅުމަކުން ކުރެވޭ ކަންތައްތަކުގެ ތެރޭގައި
ތިމާގެ އަމިއްލަ އިޚްތިޔާރުގައި ކުރާކަންކަން ހިމެއެވެ.
ނޭނގި، އަދި ބޭއިޚްތިޔާރުގައި ، އަދި ގަސްތެއްނެތި ކުރެވޭކަންތައް ހިމެނެއެވެ.
ހަމަ ގަސްތުގައި ކުރާކަންކަން ހިމެނެއެވެ.
ނޭނގޭ ކަމަށް ހެދިގެން ކުރާކަންކަން ހިމެނެއެވެ.
ރޯދައަށް ހުރިކަން ހަދާންނެތި ކައިބޮއި ހެދިއްޖެނަމަ ރޯދަ ނުގެއްލެނީ
އެކުށަށް މާތް ﷲ ޢަފޫކޮށްދެއްވައިފައިވާކަން އަންގަވައިފައިވާތީއެވެ.
އެއީ ގަސްތުގައި ކުރެވޭ ކުށްތަކަށް ﷲ ޢަފޫކޮށްދެއްވައިފައިވާތީއެވެ.
އެއީ ރޯދައާއި ގުޅޭކަމަކަށް ނުވާތީއެވެ.
އެއީ ކައިބޮއި ހެދުމަކީ ރޯދަގެއްލޭ ކަމަކަށްނުވާތީއެވެ.
ނުބައިކަމެއް ކުރުމަށް މަޖުބޫރު ކޮށްގެން ، އެކަމެއް ކުރެވުމުން ފާފަވެރި ނުވަނީ
އެއީ މަޖުބޫރުވީ މީހާކުރި ކަމަކަށް ނުވާތީއެވެ.
އޭގެ ފާފައިގެ ކުޑަކަމުންނާއި، އެއީ އެއްވެސް ކަމަކަށް ނުވާތީއެވެ.
އޭގަ އެއްވެސް ގެއްލުމެއް އަނިޔާއެއް ހިމެނިފައިނުވާތީއެވެ.
އެކުށަށް މާތް ﷲ ޢަފޫކޮށްދެއްވައިފައިވާކަން އަންގަވައިފައިވާތީއެވެ.
ހަނދާންނެތިގެން ކުރެވޭ ކަންކަމުން، ފާފަވެރިނުވެޔޭ ބުނާބަހުގެ މާނައަކީ
އެއީ ފާފައެއް ކަމުގައި މީހުން ނުކިޔުމެވެ.
އެކަމަށް މާތްﷲ މަޢާފު ދެއްވާފައިވުމެވެ.
އެއީ އެއްވެސް މައްސަލައެއް ހުރިކަމެއްނޫނެވެ.
އެކަމުން އެމީހާހާއަށް އުފާލިބުމެވެ.
މާތްﷲ ޙަރާމްކުރެއްވި އެއްޗެއް ކެއުން ހުއްދަވާނީ
އެމީހަކު އެ އެއްޗެއް ކާހިތްވުމުންނެވެ.
މުސްލިމުން ދިރިނޫޅޭ ތަނަތަނުގައެވެ.
މަޖުބޫރީ ޙާލަތުގައެވެ.
މީހުންނަށް ނޭނގި ސިއްރުންނެވެ.
އޮޅުމަކުން ނަމާދުގައި ކުށެއް ކުރެވިއްޖެނަމަ
އެމީހަކު ފާފަވެރިއެއް ނުވާނެއެވެ.
ފާފަވެރިވާނެއެވެ.
އެ ނަމާދު އަލުން ޖެހޭނީ ކުރާށެވެ.
އެ މީހަކަށް ޢަޛާބު ލިބޭނެއެވެ.
މި ޙަދީޘުން ލިބޭ ފައިދާތަކުގެ ތެރޭގައި
މި އުއްމަތުގެ މީހުންގެ ގިނަކަން ހާމަވެގެންދެއެވެ.
މި އުއްމަތުގެ މީހުންގެ ފާފަތައް ގިނަކަން އެނގެއެވެ.
ކީރިތި ރަސޫލާގެ މަތިވެރި ޤަދަރު ހާމަވެގެން ދެއެވެ.
ހަމައެކަނި އިންސާނުންނަމީ މި އުއްމަތްކަން އެނގެއެވެ.
މި ފިލާވަޅުން ދަސްވި ކަންތައްތަކުގެ ތެރޭގައި
ލިޢާން ކުރުމަކީކޮބައިކަން އެނގިގެންދިޔައެވެ.
ޤަޛުފުކުރުމަކީ ކޮބައިކަން އެނގިގެންދިޔައެވެ.
ޤަޛުފުކުރުމަކީ ކޮބައިކަން އެނގިގެންދިޔައެވެ.
މާތް ﷲގެ ޢަފޫކުރެއްވުމުގެ ދީލަތިކަން ހާމަވެގެންދިޔައެވެ.
