Worksheetsއަލްޢާރިޔާ
Total questions: 10
Worksheet time: 5mins
އަނބުރާ ގެންނަގޮތަށް ދޫކުރާތަކެއްޗަށް ކިޔަނީ
ހިބައެވެ.
ޢާރިޔާއެވެ.
ކުށްޔެވެ.
ރިބާއެވެ.
ޢާޔިޔާއަކީ ތިމާގެ މިލްކުގައިވާ ޙަލާލު މުދަލެއް
އަގަކާއި ބަދަލަކާއެކު ބޭނުންކުރުމަށް ދޫކުރުމެވެ.
އަގަކާއި ބަދަލަކާއެކު އެހެންމީހަކަށް މިލްކުކޮށްދިނުމެވެ.
ބަދަލަކާ ނުލައި އެހެންމީހަކު ބޭނުންކުރުމަށް ދޫކުރުމެވެ.
އަގަކާއި ބަދަލަކާނުލާ އެހެންމީހަކަށް މިލްކުކޮށްދިނުމެވެ.
ޢާރިޔާގެ ގޮތުގައި ދޫކުރެވޭނީ
ހަމައެކަނި އަނބުރާ ގެނެވޭނެތަކެއްޗެވެ.
ހަމައެކަނި ކައިބޮއިހަދާ ތަކެއްޗެވެ.
ހަމައެކަނި އަންނައުނެވެ.
ހަމައެކަނި ފަރުނީޗަރެވެ.
ޢާރިޔާއަށް ތަކެތި ދިނުމަކީ
އިސްލާމްދީން އެކަމަށް ބަރުނާޅާ ހުއްދަނޫން ކަމެކެވެ.
އިސްލާމްދީނުގައި ޙަރާމްކުރައްވަފައިވާ ކަމެކެވެ.
އިސްލާމްދީނުގައި މަކުރޫހަ ކުރައްވަފައިވާ ކަމެކެވެ.
އިސްލާމްދީން އެކަމަށް ބާރުއަޅާ މުސްތަޙައްބު ކަމެކެވެ.
ޢާރިޔާގެ ރުކުންތަކުގެ ތެރޭގައި
މުޢާމަލާތުގެބަސް ނުވަތަ ޞީޣާ ހިމެއެވެ.
މުސްލިމެއްކަމުގައިވުން ހިމެނެއެވެ.
ޢާރިޔާއިން ކުރާބޭނުމަކީ ހުއްދަ ކަމަކަށްވުން ހިމެނެއެވެ.
މުސްލިމު ނޫން މީހެއްކަމުގައިވުން ހިމެނެއެވެ.
ޢާރިޔާގެ ގޮތުގައި ނުދެވޭނެ ތަކެތީގެތެރޭގައި
ކަތިވަޅިއާއި ފުރޯފަދަ ތަކެތި ހިމެނެއެވެ.
ތެއްޔާއި ތަށިފަދަ ތަކެތި ހިމެނެއެވެ.
ތަރުކާރީއާއި މޭވާ ހިމެނެއެވެ.
ބޯޓްފަހަރާއި ލޯންޗްފަހަރު ހިމެނެއެވެ.
ޢާރިޔާ ދޭ މީހާއަކީ އޭގެ މިލްކުވެރިއަކަށް ނުވާނަމަ
ޢާރިޔާ ޞައްޙަ ވާނެއެވެ.
ޢާރިޔާގެ އެއްވެސް މައްސަލައެއް ނޯންނާނެއެވެ.
މިއީ ރަނަގަޅު މުޢާމަލާތެކެވެ.
ޢާރިޔާ ޞައްޙައެއް ނުވާނެއެވެ.
ޢާރިޔާއަކީ ހުއްދަ މުޢާމަލާތެއްކަން
އެއްވެސް އަޞްލަކުން ދަލީލެއް ނުކުރެއެވެ.
ޤުރްއާނުންނާއި ސުންނަތުން ދަލީލުކުރެއެވެ.
މުސްލިމުން ނޫން މީހުންގެ ކިބައިން ދަލީލު ލިބެއެވެ.
ތަރައްޤީވެފައިވާ ޤައުމުތަކުން ދަލީލުކުރެއެވެ.
އިސްލާމްދީނުގައި ޢާރިޔާއަކީ ހުއްދަކަމެއްގެ ގޮތުގައި ލެއްވުމުގެ އެއްޙިކުމަތަކީ
މީހުންނަށް ހަދިޔާދީ ޞަދަޤާތްކޮށް އުޅުމަށެވެ.
މީސްތަކުންނަށް ލުއިފަސޭހަ ކޮށްދެއްވުމެވެ.
މީސްތަކުން އެކަކު އަނެކަކަށްވުރެ މުއްސަނދި ވުމަށެވެ
ފަޤީރުންގެ އަތްމަތި ތަނަވަސްކޮށްދެއްވުމެވެ.
ޢާރިޔާގެ ފިލާވަޅުން ދަސްވި އެއްކަމަކީ
ޢާރިޔާއަކީ މީހާގެ އަތްމަތި ދަތިވެގެން ދާނެކަމެއްކަމެވެ.
ޢާރިޔާއަކީ މީހުން ވަރަށްރުޅިއަންނަ މުޢާމަލަތެއްކަމެވެ.
އެމީހަކަށްބޭނުންވާ ސާމާނުހޯދުމަކީ އެމީހެއްގެ ކަމެއްކަމެވެ.
ޢާރިޔާ ދީ ހެދުމަކީ ވަރަށްގިނަގުނަ ޘަވާބު ހުރިކަމެއްކަމެވެ.
