wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ދިވެހިންގެ ތެރޭގައިހުރި އިސްލާމީ ޢަޤީދާއާ ފުށުއަރާ ކަންތައް

Total questions: 10

Worksheet time: 5mins

Name
Class
Date
1.

އިސްލާމީ ޢަޤީދާއާ ފުށުއަރާ ކަންތަކޭ ބުނެވޭބަހުގެ މާނައަކީ

a)

ޒަމާނުއްސުރެން ދިވެހިން ޤަބޫލުކުރާ ޤަބޫލުކުރުމެވެ.

b)

ޤައުމީ ކަންތައްތައްގޮތުގައި ފާހަގަ ކުރާދުވަސްތަކާއި ރޭތަކެވެ.

c)

އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ކަންތައްތަކާއި ޚިލާފުކަންތައްތަކެވެ.

d)

ދީނީ ކަންތައްތައް ގޮތުގައި ފާހަގަ ކުރެވޭ ކަންތައްތަކެވެ.

2.

ޚުރާފާތަކީ

a)

ޙަޤީޤަތްތަކާއި ފުށުއަރާ ވަހުމުތަކާއި ޚިޔާލިތަކެވެ.

b)

ކުރީޒަމާނުގެ ބޯދާ ވާހަކަތަކާއި ޚިޔާލުތަކެވެ.

c)

ޚިޔާލީ ވާހަކަތަކެވެ.

d)

ކަނޑައެޅިގެން ހަދާދޮގުތަކެވެ.

3.

ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރިން

a)

ދިވެހިރާއްޖޭގައި އޮތީ ކުރިސްޓިއަން ދީނެވެ.

b)

ދިވެހިރާއްޖޭގައި އޮތީ ބުދު ދީނެވެ.

c)

ދިވެހިރާއްޖޭގައި އޮތީ ޔަހޫދީ ދީނެވެ.

d)

ދިވެހިރާއްޖޭގައި އޮތީ ހިންދީ ދީނެވެ.

4.

ދިވެހިން ޤަބޫލުކުަރަމުންއައި ޚުރާފީކަންތައްތަކުގެ ތެރޭގައި

a)

މަރުވެފައިވާ ޞާލިޙްމީހުންގެ ކިބައިން އެދޭ ކަންތަފުއްދައިދޭ ކަމަށް ޤަބޫލުކުރުން

b)

ފަސްވަޤުތު ނަމާދުކުރާނަމަ ރަނގަޅު ގޮތްތައް މެދެުވެރިވާކަން

c)

ނުބައިނުލަފާމީހުންނަށް ދެރަގޮތްތައް މެދެުވރިވާކަން

d)

އިސްލަމްދީނަކީ އެންމެމާތް ދީނަކްން

5.

ޒިޔާރަތްތައްކަށް ނަދުރުބުނުމަކީ

a)

ދިވެހިން ޤަބޫލުކުރަމުންއައި ޚުރާފީ ކަމެއްނޫނެވެ.

b)

ދިވެހިން ޤަބޫލުކުރަމުންއައި ކަމެއް ނޫނެވެ.

c)

ދިވެހިން ޤަބޫލުކުރަމުންއައި ވަރަށް ރަނގަޅުކަމެކެވެ.

d)

ދިވެހިން ޤަބޫލުކުރަމުންއައި ޚުރާފީކަމެކެވެ.

6.

ޢަމަލުތައް ކަމިޔާބުވުމާއި ނުވުން ގުޅިފައިވަނީ

a)

އިރުވަރުވެލުމާއި ފާލުބެލުމާއެވެ.

b)

ރަނަގަޅުވަގަުތަކާއި ނުވަތަ ނުބައިވަގުތަކާއެވެ.

c)

ތިމާކުރާމަސައްކަތާއި މާތްﷲގެ ތަޢުފީޤުދެއްވުމާއި ނުދެއްވުމާއެވެ.

d)

ހަމައެކަނި ތިމާގެ މޮޅުކަމާ ކުޅަދާނަކަމާއެވެ.

7.

ޚުރާފާތަކީ

a)

ތިމާޤަބޫލުކުރާ ޞައްޙަޢަޤީދާ ވަރުގަދަވާ ކަމެކެވެ..

b)

ތިމާޤަބޫލުކުރާ ޞައްޙަޢަޤީދާ ބަލިކަށިކޮށްލާކަމެކެވެ.

c)

ރަނގަޅު ޚިޔާލުތަކެއްގެ މައްޗަށް ބިނާވާކަމެކެވެ.

d)

އިސްލާމްދީނާއި ފުށުއަރާ ކަމެއްނޫނެވެ.

8.

ޚުރާފާތްތަކުން ދުރުހެލިވުމަށްޓަކައި

a)

އެހެންދީންތަކުގެ މީހުން އުޅޭގޮތް ބެލުން މުހިންމެވެ

b)

ކާބަފައިން ޢަމަލުކުރިގޮތަށް ޢަމަލުކުރުން މުހިންމެވެ.

c)

ޚުރާފާތުގެ ވާހަކަ ނުދެއްކުން މުހިންމެވެ.

d)

އިސްލާމީ ޞައްހަ ޢަޤީދާ ރަނަގަޅަށް ދަސްކުރުން ހިމެނެއެވެ.

9.

އިސްލާމީ ޢަޤީދާއާއި ޚިލާފު އާދަކާދަތައް ދިރުވުމަކީ

a)

ހުއްދަކަމެކެވެ.

b)

މަކުރޫހަކަމެވެ.

c)

ހުއްދަކަމެއްނޫނެވެ.

d)

މުބާހުކަމެކެވެ.

10.

ދިވެހިންގެ ތެރޭގައި ޚުރާފާތްތައް ހުރުމުގެ އެއްސަބަބަކީ

a)

ދަތުރުފަތުރުކޮށް އުޅުމަށް އުނދަގޫވުމެވެ.

b)

ދިވެހިންނަކީ ޢަރަބިން ކަމުގައި ނުވުމެވެ.

c)

ދިވެހިބަހުން ވާހަކަ ދެއްކުމެވެ.

d)

ދިވެހިންގެ އާބާދީ މަދުވުމެވެ.