NEW
Font size
Worksheetsޝަހާދަތުގެ ދެކަލިމަ ދެނެގަތުން / ގްރޭޑް 10
Total questions: 10
Worksheet time: 5mins
މާތްﷲ މެނުވީ އިލާހަކު ނުވާކަމަށް ހެކިވުމަކީ :
އެގޮތުގައި ދެމިހުރެ އެއާއެއްގޮތަށް ޢަމަލުކުރުމެވެ.
ހިތުން ދެތުކޮށް ޤަބޫލުކުރުމެވެ.
މިންވަރަށް އީމާންވުމެވެ.
މާތްﷲއަށް އީމާންވުމެވެ.
މުޙައްމަދުގެފާނީ ﷲގެރަސޫލާކަމަށް ހެކިވުމަކީ:
މިންވަރަށް އީމާންވުމެވެ.
ރަސޫލުންނަށް އީމާންވުމެވެ.
އެއިން ލާޒިމުކުރާގޮތަށް ތިމާގެ ޢަމަލުތައް ބައްޓަން ކުރުމެވެ.
ހިތުން ދެތުކޮށް ޤަބޫލުކުރުމެވެ.
ޠާޣޫތުންނަކީ
ރަސްރަސްކަލުންގެ ތެރެއިން އެންމެ ބާރުގަދަމީހުންނެވެ.
ޖަނަވާރުންގެ ތެރެއިން އެންމެ ބާރުގަދަ ޖަނަވާރެވެ.
ޤިޔާމަތް ކައިރިވުމުން ނިކުންނަ ބާރުގަދަ ބައިގަނޑެއްގެ މީހުންނެވެ.
މާތްﷲފިޔަވައި އަޅުކަންކުރެވޭ އެންމެހާތަކެއްޗެވެ.
ޝަހާދަތުގެ ދެކަލިމައިގެ މަޤުޞަދަކީ :
ރަސޫލުބެކަލުން ފޮނުއްވުމެވެ.
އަޅުވެތިކަމުން އިންސާނުން ނެރެ ﷲގެ އަޅުވެތިކަމުގެ ދަށަށް ގެންދިއުމެވެ.
އާޚިރަތްދުވަސް އަންގައިދެއްވުމެވެ.
މާތްﷲގެ ކުޅަދުން ވަންތަކަން ހާހަމަކުރުމެވެ.
ޝަހާދަތުގެ ދެކަލިމައިން ލާޒިމުކުރަނި
ދުނިޔެއާއި ދުނިޔޭގައިވާހާ ތަކެއްޗެއް ހެއްދެވީ ﷲކަމެވެ.
މާތްﷲގެ ކުޅަދުން ވަންތަކަމެވެ. .
- މާތްﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރުމެވެ.
އެހެން ދީންތަކަށް އިޙްތިރާމް ކުރަން ޖެހޭނެކަމެވެ.
މުޙައްމަދުގެފާނަކީ ﷲގެ ރަސޫލާކަމަށް ހެކިވުން ލާޒިމުކުރާކަންތައްތަކުގެ ތެރޭގައި
އެކަލޭގެފާނު ދެއްވާ ޚަބަރުތައް ތެދުކުރުން ހިމެނެއެވެ.
މާތްﷲ މެނުވީ އިލަހަކު ނުވާކަމަށް ހެކިވުން ހިމެނެއެވެ.
މަލާއިކަތް ބޭކަލުންނަށް އީމާންވުން ހިމެނެއެވެ.
އާޚިރަތްދުވަހަށް އީމާންވުން ހިމެނެއެވެ.
ޝަހާދަތުގެ ދެކަލިމަ ބާޠިލްކުރާ ކަންތައްތަކުގެ ތެރޭގައި
މުސްލިމު ނޫން ޤައުމުތަކާއި ގުޅުން ޤާއިމު ކުރުން ހިމެނެއެވެ.
މުސްލިމު ނޫން މީހުންނާއި މުޢާމަލާތު ކުރުން ހިމެނެއެވެ.
މާތް ﷲއަށް ޝިރުކު ކުރުން ހިމެނެއެވެ.
ބުދުފަޅިއަކަށް ވަނުން ހިމެނެއެވެ.
މުސްލިމުންނާއި ދެކޮޅަށް މުޝްރިކުންނަށް އެހީވުމަކީ
ބައިނަލް އަޤުވާމީ ކަމެކެވެ.
ޝަހާދަތުގެ ދެކަލިމަ ބަޠިލްކުރާކަމެކެވެ.
ޝަހާދަތުގެ ދެކަލިމަ ބަޠިލްކުރާކަމެއް ނޫނެވެ.
އިސްލާމްދީން މަނާކުރާކަމެއް ނޫނެވެ.
ޝަހާދަތުގެ ދެކަލިމައިން ދިރިއުޅުމަށްކުރާ އަސަރުތަކުގެ ތެރޭގައި
ޚުރާފާތްތަކާއި ބާޠިލް ކަންތައްތަކުން އެއްކިބައިވުން ހިމެނެއެވެ.
ޘަޤާފަތާއި އާދަކަދަތައް އުވިގެން ދިއުން ހިމެނެއެވެ.
މަޖާކުރުންތަކާއި ޙަފްލާތަކަށް ހުރަސްއެޅުން ހިމެނެއެވެ.
މިނިވަންކަމާއިއެކު ޚިޔާލު ފާޅުކުރުމަށް ހުރަސްއެޅުން ހިމެނެއެވެ.
މައްކާގެ މުޝްރިކުންﷲއާއިމެދެު ޤަބޫލުކުރީ ހަމައެކަނި
ތަޢުޙީދު އަލްއަސްމާއު ވައްޞިފާތެވެ.
ﷲގެ އިސްމުފުޅުތަކާއި ސިފަފުޅުތަކެވެ.
ތަޢުޙީދުލް އުލޫޙިއްޔާއެވެ.
ތަޢުޙީދުލް ރުބޫބިއްޔާއެވެ.
