wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ޤިޔާމަތުގެ ޢަލާމާތްތައް 1 / ގްރޭޑް 10

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ޤިޔާމަތުގެ ޢަލާމާތްތަކުގެ ނަމުން ނަން ދެވިފައިވަނީ

a)

ޤިޔާމަތުގެ ބިރުވެރިކަމާއި ނާމާންކަން ދައްކައިދޭ ނިޝާންތަކަށެވެ.

b)

ކަށްވަޅުގެ ޢަޒާބާއި ޘަވާބު އަންގައިދޭ ނިޝާންތަކަށެވެ.

c)

ިޔާމަތްދުވަސް އައުން ކައިރިވެއްޖެކަން އަންގައިދޭ ނިޝާންތަކަށެވެ.

d)

މަޙްޝަރުގެ ބިރުވެރިކަމާއި ނާމާންކަން އަންގައިދޭ ނިޝާންތަކަށެވެ.

2.

އަމިއްލަ އިޚްތިޔާރުގައި މީސްތަކުން ކުރާނޭ ކަންތައް

a)

ޤިޔާމަތުގެ ޢަލާމަތްތަކުގެ ތެރޭގައި ނުހިމެނެއެވެ.

b)

ޤިޔާމަތުގެ ޢަލާމަތްތަކުގެ ތެރޭގައިވެއެވެ.

c)

ޤިޔާމަތުގެ ޢަލާމާތެއްކަމުގައި ނުބެލެވެއެވެ.

d)

އެއީ ޤިޔާމަތުގެ ޢަލާމަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއްނޫނެވެ.

3.

ޤިޔާމަތުގެ ޢަލާމާތްތައް ބަހާލެވެނީ 2 ބަޔަށެވެ. އެއީ

a)

ދުނެވީ ޢަލާމާތްތަކައި އުޚުރަވީ ޢަލާމާތް ތަކެވެ.

b)

ނުފެންނަ ޢަލާމާތްތަކާއި ފެންނަނަ ޢަލާމާތްތަކެވެ.

c)

ޤުދުރަތީ ޢަލަމާތްތަކާއި ޠަބީޢީ ޢަލާމާތްތަކެވެ.

d)

ކުދި ޢަލާމާތްތަކައި ބޮޑެތި ޢަލާމާތްތަކެވެ

4.

ޤިޔާމަތުގެ ޢަލާމާތް ތަކުގެތެރެއިން

a)

އަދި އެއްވެސް ޢަލާމާތެއް ފާޅެއް ނުވެއެވެ.

b)

ބައެއް އަލާމާތްތައް މިހަރުވަނީ ފާޅުވެ ނިމިފައެވެ.

c)

މިހާރު ފާޅުވާން ވަރަށް ކައިރިވެއްޖެއެވެ.

d)

އަދި ފާޅުވާން ވަރަށް ގިނަދުވަސް ވާނެއެވެ.

5.

ފާޅުވެފައިވާ ނުވާ ޢަލާމާތްތަކޭ ބުނާބަހުގެ މާނައަކީ

a)

މުސްތަޤުބަލުގައި ހިގާން ހުރި ކަންކަމެވެ.

b)

ފާޅުވެ ނިމިފައިވާ ކަންކަމެވެ.

c)

މިހާރު ފާޅުވަމުން ދާކަންނަމެވެ.

d)

ފާޅުވުން އެކަށީގެންނުވާ ކަންކަމެވެ.

6.

ޤިޔާމަތުގެ ކުދި ޢަލާމާތްތައް ވަރަށްގިނައެވެ. އޭގެތެރެއިން

a)

ޢިލްމުވެރިން ބަޔާންކުރައްވާފައިވަނީ 10 ޢަލާމާތެކެވެ.

b)

ޢިލްމުވެރިން ބަޔާންކުރައްވާފައިވަނީ 100 ޢަލާމާތެކެވެ.

c)

ޢިލްމުވެރިން ބަޔާންކުރައްވާފައިވަނީ 57 ޢަލާމާތެކެވެ.

d)

ޢިލްމުވެރިން ބަޔާންކުރައްވާފައިވަނީ 27 ޢަލާމާތެކެވެ.

7.

ޤިޔާމަތުގެ ޢަލާމާތްކުގެ ތެރޭގައި {ޢިލްމުއުފުއްލެވުން} ހިމެނެއެވެ. މީގެމާނައަކީ

a)

މައްޗަށް އުފުއްލެވުން

b)

ޢިލްމުވެރިން އަވަހާރަވުން.

c)

މީހުންގެ ހިތްތަކުން ޢިލްމުހުސްވުން

d)

ޢިލްމު އުނގެނޭނެ މަގުތައް ބަންދުވުން

8.

ޤިޔާމަތުގެ ޢަލާމާތްކުގެ ތެރޭގައި {ޤަތުލުކުރުން ޢާއްމުވުން} ހިމެނެއެވެ. މީގެމާނައަކީ

a)

މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ޤަތުލުކުރުން.

b)

މުސްލިމުން މުޝްރިކުންނާ ހަނގުރާމަކޮށް ޤަތުލުކުރުން.

c)

މުސްލިމުން ކާފިރުންނާ ހަނގުރާމަކޮށް ޤަތުލުކުރުން.

d)

ޤުދުރަތީ ކަރިސާތަކުގައި ގިނަބަޔަކު މަރުވެގެން ދިއުން

9.

ޤިޔާމަތުގެ ކުދި ޢަލާމާތްތަކުގެ ތެރޭގައި

a)

ހުޅަނގު ފަރާތުން އިރުއެރުން ހިމެނެއެވެ.

b)

ބައިތުލް މަޤުދިސް ފަތަޙަވުން ހިމެނެއެވެ.

c)

މަހުދީގެފަނު ފާޅުކުރެއްވުން ހިމެނެއެވެ.

d)

ޢީސާގެފާނު ފޮނުއްވުން ހިމެނެއެވެ.

10.

ޤިޔާމަތުގެ ކުދި ޢަލާމާތްތަކުގެ ތެރޭގައި {މިއުޒިކު ސާމާނު ޙަލާލުކުރުން}މީގެމާއަކީ

a)

މިއުޒިކު ސާމާނު ބޭނުން ނުކުރުން

b)

މިއުޒިކު ސާމާނު ޙަރާމްކުރުން

c)

މިއުޒިކާއެކު ލަވަނުކިޔުން.

d)

މިއުޒިކު ސާމާނު ހުއްދަކުރުން