Worksheetsހުވާކުރުން / ގްރޭޑް 12
Total questions: 10
Worksheet time: 5mins
މާތް الله ގެ އިސްމުފުޅު ނުވަތަ އެ ކަލާނގެ ސިފަފުޅު ނަންގަނެ، ޙުކުމެއްގެ ކަށަވަރު ކުރުމަކީ
ޤަޛްފުކުރުން
ނަދުރުބުނުން
ހުވާކުރުން
އީލާއުކުރުން
ހުވާކުރުމުގެ އަޞްލު ޙުކުމަކީ
ޙަރާމްކަމެކެވެ.
ސުންނަތެކެވެ.
މަކުރޫޙައެވެ.
މުބާޙުއެވެ.
ގަސްތަކާ ނުލައި ކުރާ ހުވަޔަކުން
ފާފަވެރިއެއް ނުވާނެއެވެ.
ޢުޤޫބާތް ލިބޭނެއެވެ.
ފާފަވެރި ވާނެއެވެ.
ޢަޒާބުލިބޭނެއެވެ.
ތިޔަބައިމީހުން ހުވާ ކުރަނީނަމަ، މާތް الله ގަންދީ ހުވާ ކުރާށެވެ! މިބަސްފުޅުން ދޭހަވަނީ
ހުވާކުރުމަކީ ދީނުގައި ޙަރާމްކަމެއްކަން
ހުވާކުރުމަކީ ދީނުގައި ހުއްދަކަމެއްކަން
ހުވާކުރުމަކީ ދީނުގައި މަކުރޫޙަ ކަމެއްކަން
ހުވާކުރުމަކީ ދީނުގައި ސުންނަތެއްކަން
ވާހަކަ ދެއްކުމުގެ ތެރޭގައި، ހުވާ ކުރުމުގެ ޤަޞްދެއް ނެތި، ކުރެވޭ ހުވަޔަކީ
އަލްޔަމީނުލް މުންޢަޤިދާއެވެ.
އަލްޔަމީނުލް ޣަމޫސެވެ.
އަލްޔަމީނުއްލަޣުވުއެވެ.
އަލްޔަމީނުލް އީމާނެވެ.
ޙަޤީޤަތް އެނގި ހުރެ، މާޒީގައި ހިނގާފައިވާ ކަމަކާ ގުޅޭ ގޮތުން، ދޮގު ހަދައިގެން ކުރާ ހުވާއަކީ
އަލްޔަމީނުލް ޣަމޫސެވެ.
އަލްޔަމީނުއްލަޣުވުއެވެ.
އަލްޔަމީނުލް މުންޢަޤިދާއެވެ.
އަލްޔަމީނުލް އަމުރެވެ.
ހުވަޔާ ޚިލާފުވެއްޖެ ނަމަ، ކައްފާރާދިނުން ވާޖިބުވެގެންވާ ކަމަށް ޢިލްމުވެރިން އިޖުމާޢުވެވަޑައިގެންފައިވާ ހުވާޔަކީ
އަލްޔަމީނުލް އަމުރެވެ.
އަލްޔަމީނުލް ސުޣުރާއެވެ.
އަލްޔަމީނުއްލަޣުވުއެވެ.
އަލްޔަމީނުލް މުންޢަޤިދާއެވެ.
މުސްތަޤުބަލުގައި ވަކި ކަމެއް ކުރާނެ ކަމަށް ނުވަތަ ނުކުރާނެ ކަމަށް ބުނެ، ކުރާހުވާއަށް ކިޔަނީ
އަލްޔަމީނުލް އައްވަލުއެވެ.
އަލްޔަމީނުލް މުންޢަޤިދާއެވެ.
އަލްޔަމީނުލް ޣަމޫސެވެ.
އަލްޔަމީނުއްލަޣުވުއެވެ.
ހުވާގެ ކައްފާރާގައި އެންމެފުރަތަމަ ކުރަންޖެހޭ ކަމަކީ
ދިހަ މިސްކީނުންނަށް އަންނައުނު ދިނުމެވެ.
އަޅަކު މިނިވަންކުރުމެވެ
ދިހަ މިސްކީނުންނަށް ކާންދިނުމެވެ
ތިންދުވަހު ރޯދަހިފުމެވެ
އެންމެ ބޮޑެތި ފާފައިގެ ތެރޭގައި ނަބިއްޔާ ޞައްލަالله ޢަލައިހި ވަސައްލަމަ ހިމަނުއްވާފައިވާ ކަންތަކުގެ ތެރޭގައި
ދޮގު ހެދުން ހިމެނެއެވެ
ވާތުން ކެއުން ހިމެނެއެވެ
އަންހެނުން ބުމަހެދުން ހިމެނެއެވެ.
ދޮގު ހުވާކުރުން ހިމެނެއެވެ
