NEW
Font size
Worksheetsއިސްލާމީ އަޚްލާޤާއި ފުށުއަރާ ބައެއް ޢަމަލުތައް 2 : ރިޝްވަތުގ
Total questions: 10
Worksheet time: 5mins
ޙައްޤެއް ބާޠިލުކޮށްލުމަށް ނުވަތަ ބާޠިލު ޙައްޤުގެ ގޮތުގައި ދެއްކުމަށް ތަކެތި ދިނުމަކީ
ހުއްދަކަމެކެވެ.
ޞަދަޤާތެވެ.
ރިޝްވަތެވެ.
ހަދިޔާއެވެ.
ރިޝްވަތު ދިނުމާއި ރިޝްވަތުގައި ހިފުމުގެ ޙުކުމަކީ
ހުއްދަ ކަމެކެވެ.
މަކުރޫހަ ކަމެކެވެ.
މުބާހު ކަމެކެވެ.
ޙަރާމް ކަމެކެވެ.
“ރިޝްވަތު ދޭމީހާއާއި ރިޝްވަތު ހިފާ މީހާއަށް ރަސޫލާ صلى الله عليه وسلم ލަޢުނަތް ލެއްވިއެވެ'' މިބަސްފުޅުން ދޭހަވަނީ
-ރިޝްވަތުގައި ހިފުމުގެ ނުބައިކަން
“ރިޝްވަތު ހިފާމީހާއަށް ލަޢުނަތް ހުރިކަން
އެދެމީހުންނަށްވެސް ލަޢުނަތް ހުރިކަން
ރިޝްވަތު ދޭމީހާއަށް ލަޢުނަތް ހުރިކަން
ކީރިތިރަސޫލާގެ ދޫފުޅުން ރިޝްވަތު ދޭމީހާއާއި ހިފާމީހާއަށް ލަޢުނަތް ލައްވާފައިވެއެވެ. މިޢިބާރާތުގައިވާ ލަޢުނަތުގެ މާނައަކީ
މީސްތަކުންގެ ރުޅި
މާތް ﷲގެ ޢަޒާބު
ރަސޫލުންގެ ރުޅި
ޢުޤޫބާތް
ރިޝްވަތުގެ ސަބަބުން މުޖުތަމަޢަށް ކުރާ ނޭދެވޭ އަސަރުތަކުގެ ތެރޭގައި
މީސްތަކުންގެ އަތްމަތި ތަނަވަސްވުން
މީސްތަކުންގެ ދިރިއުލުމުގެ ފެންވަރު މަތިވުން
ތަރައްޤިއާއި ކުރިއެރުން
އެކަށީގެންނުވާ ނާޤާބިލު މީހުންނަށް ވަޒީފާތައް ލިބުން.
ރިޝްވަތުން ސަލާމަތް ވެފައިވާ މުޖުތަމައެއް ބިނާކުރުމުމުގައި ކުރެވިދާނެ އެއްކަމަކީ
ހަށުކަށި ބިރުވެރި އަދަބުތައްދިނުން
ޢާއިލީ އަދި ޤައުމީ ފެންވަރުގައި މީސްތަކުންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުން
ތަރައްޤީގެ އާމުސްމިނަކަށް މީސްތަކުން ގެންދިއުން
ޑިމޮކްރަސީގެ އުޞޫލުތަކުން މީސްތަކުން ދުރުކުރުން
ރިޝްވަތު ދިނުމުގެ ތަޢާރަފްގައި'' ބާޠިލު ޙައްޤުގެ ގޮތުގައި ދެއްކުން '' މީގެމާނައކީ
ހުއްދަކަމެއް ހުއްކަމެއްގެގޮތުގައި ހެދުން
ޙައްޤުގެމާނަ އޮޅުވާލުން
ޙައްޤު ބާޠިލްގޮތުގައި ދެއްކުން
ހުއްދަނޫނަކަމެއް ހުއްކަމެއްގެގޮތުގައި ހެދުން
ރާއްޖޭގައި ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ މޫސުން ކަމުގައި ބެލެނީ
އިރުވައި މޫސުމެވެ.
ހުނޅަގު މޫސުމެވެ.
އިންތިޚާބުތަކުގެ މޫސުމެވެ.
ގެސްޓުން އަންނަ މޫސުމެވެ.
ހަދިޔާ ދިނުމާއި ރިޝްވަތު ދިނުމުގެ އެއްތަފާތަކީ
ހަދިޔާއަކީ އޭގައި ހުއްދަނޫން ކަމެއްނުހިމެނޭ ކަމެކެވެ.
ހަދިޔާއަކީ ނާޖާއިޒު ގޮތުގައި ދެވޭ ޞަދަޤާތެކެވެ.
ހަދިޔާއަކީ ވަކިކަމެއް ކޮށްދޭމަތިން ދޭއެއްޗެކެވެ.
ހަދިޔާއަކީ ޙަރާމްގޮތުގައި ކުރެވޭ ހޭދައެކެވެ.
ލައިސަން ހޯދުމަށްޓަކައި ޓްރާންސްޕޯޓަށް ދައްކަންޖެހޭ ފައިސާއަކީ
އެއީ ރިޝްވަތެވެ.
އެއީ ޙަރާމް އެއްޗެކެވެ.
އެއީ މަކުރޫހަ އެއްޗެކެވެ.
އެއީ ރިޝްވަތެއްނޫނެވެ.
