wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ފިޤުހީ ޤަވާޢިދު 1 / ގްރޭޑް 12

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ފިޤުހީ ޙުކުމްތަކާއި ހަމައަށް ވާޞިލްވުމަށްޓަކައި ގެންގުޅޭ ޝަރުޢީ އަޞްލުތަކަކީ

a)

ޝަރުޢީ މަޞްދަރުތަކެވެ.

b)

ޤުރްއާނާއި ސުންނަތެވެ.

c)

އިޖްމާއާއި ޤިޔާސެވެ.

d)

ފިޤުހީ ޤަވާޢިދުތަކެވެ.

2.

ފިޤުހީ ހުރިހާ މައްސަލަތަކެއްގައި ބޭނުންކުރެވޭ ޤާވާޢިދުތަކުގެ ތެރޭގައި

a)

ވަކިބައިބަޔަށް ޚާއްޞަކުރެވޭ ޤަވާޢިދު ހިމެނެއެވެ.

b)

އެންމެބޮޑު ފަސްޤަވާޢިދު ހިމެނެއެވެ.

c)

ވަކިބައިބަޔަށް ޚާއްޞަކުރެވޭ ޤަވާޢިދުތަކެއް ނުހިމެނެއެވެ.

d)

އެންމެބޮޑު ފަސްޤަވާޢިދެއް ނުހިމެނެއެވެ.

3.

ޙަލާލާއި ޙަރާމް އެކުވެއްޖެނަމަ ގަދަވެގަންނާނީ

a)

ޙަރާމެވެ.

b)

ޙަލާލެވެ.

c)

ހުއްދައެވެ.

d)

ޞައްޙައެވެ.

4.

ޖަނަވާރެއް ކަތިލުމުގައި ސީދާ މުސްލިމަކާއި ކާފިރެއް ބައިވެރިވެއްޖެނަމަ އެޖަނަވާރެއް ކެއުން

a)

ޞައްޙަވެގެން ވެއެވެ.

b)

ހުއްދަ ވެގެންވެއެވެ.

c)

ހުއްދަވެގެނެއް ނުވެއެވެ.

d)

ޙަލާލުވެގެންވެއެވެ.

5.

ނަމާދުގައިކުރާ މަކުރޫހަ ކޮންމެކަމަކުން

a)

ނަމާދުގެ މާތްކަން މަތިކުރެއެވެ.

b)

ނަމާދުގެ މާތްކަން އުނިކުރެއެވެ.

c)

ނަމާދުގެ މާތްކަން ފުރިހަމަކުރެއެވެ.

d)

ނަމާދުގެ ޞައްޙަކަން އިތުރުކުރެއެވެ.

6.

ނަމާދަށް ހުރެގެން އުޑަށްބެލުމަކީ ނަހީކުރައްވާފައިވާ ކަމެކެވެ. އެކަމުގެ ސަބަބުން ނަމާދު

a)

ބާޠިލެއް ވާނެއެވެ.

b)

ޞައްޙައެއް ނުވާނެއެވެ

c)

ބާޠިލެއް ނުވާނެއެވެ.

d)

ރަނގަޅެއް ނުވާނެއެވެ.

7.

ޢަމަލުތައް ބިނާވެގެންވަނީ މަޤުޞަދުތަކުގެ މައްޗަށެވެ. މިޤާޢިދާގެ މަފުހޫމަކީ

a)

ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ.

b)

ޢަމަލުތަކަކީ ނިޔަތާއި ގުޅުން ހުރިއެއްޗެއްނޫންކަމެވެ

c)

ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަކަށް ނޫނެވެ.

d)

ޢަމަލުތައް ބިނާވެގެންވަނީ ތެދުވެރިކަމުގެ މައްޗަށެވެ.

8.

ޔަޤީންކަމެއް ޝައްކަކުން ފިލާނުދެއެވެ. މިޤާޢިދާގެ މަފުހޫމަކީ

a)

ޔަޤީންވެފައިވާކަމެއް ، ސާބިތުކަމެއްގެ ގޮތުގައި ދެމި ނޯވެއެވެ.

b)

ކޮންމެ ޝައްކަކީ ޔަޤީންކަމެކެވެ.

c)

ކޮންމެ ޔަޤީން ކަމަމަކީ ޝައްކުކަމެކެވެ.

d)

ޔަޤީންވެފައިވާކަމެއް އަބަދުވެސް ސާބިތުކަމެއްގެ ގޮތުގައި ދެމިއޮވެއެވެ.

9.

އުނދަގޫކަން ފަސޭހަކަން ގެނުވައެވެ. މިޤާޢިދާގެ މަފުހޫމަކީ

a)

އިސްލާމްދީނަކީ ފަސޭހަދީނެއް ނޫނެވެ.

b)

އިސްލާމްދީނަކީ ކަރުކަށިދީނެކެވެ.

c)

ﷲގެ ދީނުގައި ލުއިފަސޭހަ ގޮތްލައްވާފައިވުމެވެ.

d)

ﷲގެ ދީނުގައި ލުއިފަސޭހަ ގޮތްލައްވާފައިނުވުމެވެ.

10.

ޢުރުފަކީ ބަލާގަނެވޭ ޙުކުމެކެވެ. މިޤާޢިދާގެ މަފުހޫމަކީ

a)

ޤުރްއާނާއި ސުންނަތާއި ޚިލާފުނުވާނަމަ އާދަކައަށް ނުބެލޭނެއެވެ.

b)

ޤުރްއާނާއި ސުންނަތާއި ޚިލާފުނުވާނަމަ އާދަކައަށް ރިޢާޔަތް ކުރެވޭނެއެވެ.

c)

އެއްވެސް އާދަކަދައަކީ ރިޢާޔަތް ކުރެވޭ އެއްޗެއްނޫނެވެ

d)

ޢުރުފުއާއި އާދަކާދައަކީ ޢަމަލުކުރެވޭނެ އެއްޗެއްނޫނެވެ.