wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ISLAM QUIZ

Total questions: 16

Worksheet time: 9mins

Name
Class
Date
1.

ޢަރަބި ބަހުގައި ރަސޫލުގެ މާނައަކީކޮބާ؟

a)

ޢަރަބި ބަހުގައި ރަސޫލަކީ، ފޮނުއްވޭ ފަރާތެވެ. އަދި ނަބީއަކީ، ޚަބަރުދޭ ފަރާތެވެ.

b)

ޢަރަބި ބަހުގައި ރަސޫލަކީ ފޮނުއްވޭ ފަރާތެވެ..

c)

ޢަރަބި ބަހުގައި ރަސޫލަކީ، ޚަބަރުދޭ ފަރާތެވެ.

2.

ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުންނަށް އީމާންވުމަކީކޮބާ؟

a)

ރަސޫލުންނާއި ނަބީ ބޭކަލުން ގެންނެވި އެންމެހާ ކަންތައްތައް ހިތުން ތެދުކޮށް ޤަބޫލުކުރުމެވެ.

b)

ރަސޫލު ގެންނެވި އެންމެހާ ކަންތައްތައް ހިތުން ތެދުކޮށް ޤަބޫލުކުރުމެވެ.

c)

ރަސޫލުންނާއި ނަބީ ބޭކަލުން ގެންނެވި އެންމެހާ ކަންތައްތައް ޤަބޫލުކުރުމެވެ.

3.

ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުންނަށް އީމާންވުމުގެ މުހިންމުކަން ހާމަވާ ކަންކަމަކީ

a)

ހ. ޙައްޤާއި ބާޠިލް އެނގިގެން ދިޔުން.

b)

ށ. އަޅުކަން ކުރަންވީ ޙައްޤު ފަރާތް މަޢުރިފާކޮށް ދެނެގަތުން

c)

ނ. އަޅުކަން ކުރަންވީ ފުރިހަލަ ގޮތް އެނގިގެން ދިޔުން،

d)

މާތް ﷲ ގެ ރައްބުވަންތަކަމާއި އިލާހުވަންތަކަމާއި އެކަލާނގެ އިސްމު ފުޅުތަކާއި ސިފަފުޅުތައް ދެނެގަނެވުން

4.

އުލުލް ޢަޒްމުގެވެރި ބޭކަލުންގެ ލަޤަބް ދެވިފައިވާ ރަސޫލު ބޭކަލުންނަކީކޮބާ؟

a)

ނޫޙު ޢަލައިހިއްސަލާމް

b)

އިބްރާހީމް ޢަލައިހިއްސަލާމް

c)

މުސާ ޢަލައިހިއްސަލާމް

d)

ޢީސާ ޢަލައިހިއްސަލާމް

e)

މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމް

5.

މިއުންމަތަށް ފޮނުއްވުނު ރަސޫލަކީކޮބާ؟

a)

މުޙައްމަދު ބިން އަބްދިﷲ

b)

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ

c)

އީސާ ޢަލައިހިއްސަލާމް

d)

އިބްރާހީމް ޢަލައިހިއްސަލާމް

6.

މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމައަށް އީމާންވުމުމުގެ ޙުކުމަކީކޮބާ؟

a)

ވާޖިބެއް

b)

މުސްތަޙައްބުކަމެއް

c)

ސުންނަތެއް

7.

ޢަރަބި ބަހުގައި ޚިޠުބާގެ މާނައަކީކޮބާ؟

a)

މީހަކު މީހަކާއި ކައިވެނި ކުރުމަށް އެހުމަށެވެ.

b)

ހުކުރު ދުވަހު މީސްތަކުންނަށް ދެވޭ ނަސޭޙަތެކެވެ

c)

އަންހެނަކާއި ފިރިހެނަކާއި ދެމެދު އޮންނަ ގުޅުމެކެވެ.

8.

އިސްޠިލާޙީ މާނައިގައި ޚިޠުބާ ކުރުމަކީކޮބާ؟

a)

ވަލީވެރިޔާގެ އިޒުނަ ލިބުމާއެކު، ކައިވެނި ކުރުމަށް ދެމީހެއްގެ ދެމެދު ވެވޭ އެއްބަސްވުމެކެވެ.

b)

ކައިވެނި ކުރުމަށް ދެމީހެއްގެ ދެމެދު ވެވޭ އެއްބަސްވުމެކެވެ.

c)

ވަލީވެރިޔާގެ އިޒުނަ ލިބުމާއެކު، ކައިވެނި ކުރު،މެވެ.

9.

މަޙްރަމުންނަކީކޮބާ؟

a)

ތިމާއާއި ދާއިމަށް ކައިވެނި ކުރުން ޙަރާމްވާ މީހުންނެވެ.

b)

ތިމާއާއި ކައިވެނި ކުރުން ޙަރާމްވާ މީހުންނެވެ.

c)

ކައިވެނި ކުރުން ޙަރާމްވާ މީހުންނެވެ.

10.

ކައިވެނީގެ ރުކުންތަކުގެ އަދަދަކީ

a)

5

b)

6

c)

4

11.

ވަރިކުރުން ވާޖިބުވާ ޙާލަތަކީކޮބާ؟

a)

ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުނުކުރެވި ދެފަރާތުގެ ދެޙަކަމުން މެދުވެރިކޮށް މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރުމަށްފަހުވެސް މައްސަލަ ޙައްލުނުކުރެވި ދެމީހުން އެކުގައި އުޅުމުގެ މަޞްލަހަތެއް ނެތްކަމަށް ދެ ޙަކަމުން ނިންމުމުން ޤާޟީ ކަނޑައެޅުމުން ކުރާވަރިއެވެ.

b)

ޙައިޟު ނުވަތަ ނިފާސްކަމުގައި އަނބިމީހާ ވަނިކޮށް ވަރިކުރުމަކީ ޙަރާމްކަމެކެވެ. އަދި އެއްލަފުޒުން 3 ފަށްވަރި ކުރުމަކީވެސް ޙަރާމް ކަމެކެވެ.

c)

ހަމަޖެހޭ ރަނގަޅު ދިރިއުޅުމެއް އުޅެމުން ދަނިކޮށް، އަދި އަނބިމީހާ އަދާކުރަންޖެހޭ ވާޖިބުތައް ފުރިހަމައަށް އަދާކުރަމުންދާ ޙާލަތުގައި ޝަރުޢީ ގޮތުން ކައިވެނި ރޫޅާލެވޭފަދަ ސަބަބަކާ ނުލައި ވަރިކުރުމަކީ މަކްރޫހަކަމެކެވެ.

12.

ޞަރީޙަ ބަހުން ވަރިކުރުމުގެ މިސާލާއް ލިޔޭ!

a)

ކަލޭ ތިހުރީ ވަރިކޮށްފަ

b)

މިގެޔަށް ވަދެގެން ނުވާނެ

c)

ތިމަންނަ ކުރިމަށްޗަށް އަރައިގެން ނުވާނެ

13.

ސުންނީ ވަރިއަކީކޮބާ؟

a)

ވަރިކުރުމަށްޝަރީޢަތުގައި ދެއްވާފައިވާ އިރުޝާދުތަކާއިއެއްގޮތަށް ކުރެވޭ ވަރިއެވެ.

b)

ބިދުޢީވަރިއަކީ ޝަރީޢަތުގައި ދެއްވާފައިވާއިރުޝާދުތަކާ ޚިލާފަށް ކުރެވޭ ވަރިއެވެ.

14.

ބާއިންވަރިއަކީކޮބާ؟

a)

އެވަރިއަށްފަހު ރުޖޫޢުކުރުމުގެ ޙައްޤު ފިރިމީހާއަށް ލިބިގެންނުވާ ވަރިއެވެ.

b)

ޝަރީޢަތުގައި ދެއްވާފައިވާއިރުޝާދުތަކާ ޚިލާފަށް ކުރެވޭ ވަރިއެވެ.

15.

ތަޢުލީޤު ވަރިއަކީކޮބާ؟

a)

ވަރިވުން ވަކި ކަމެއްވުމާއި ނުވުމުގެ މައްޗަށް މަތިކޮށްފައިވަނިކޮށް އެކަމެއް ޙާޞީލުވުމުންވާ ވަރިއެވެ.

b)

އެވަރިއަށްފަހު ރުޖޫޢު ކުރުމުގެ ޙައްޤު ފިރިމީހާއަށް ލިބިފައިނުވުމުގެ އިތުރުން ދެމަފިރިންގެ މެދުގައި ތިންވަރި ހަމަވެފައިވާ ޙާލަތެވެ.

16.

ޢިއްދައިގެ އިނުން ވާޖިބުވާ 3 ސަބަބަކީކޮބާ؟

a)

ޞައްޙަ ކައިވެންޏަކަށްފަހު، ފިރިމީހާ މަރުވުން

b)

އަނބިމީހާއާއި އެކު އެއްދާން ކުރުމަށްފަހު ކައިވެނި ރޫޅުން

c)

ޝުބުހާއަކުން އެއްދާން ކުރެވުން.

d)

އަނބިމީހާގެ ރަޙިމުގެ ހުސްކަން ދެނެގަތުން