wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Figh Unit grade 9 &10

Total questions: 15

Worksheet time: 9mins

Name
Class
Date
1.

ކައިވެނީގެ ތައާރަފަކީ

a)

އަންހެނަކާއި ފިރިހެނަކާ ދެމެދު ކައިވިނި ކޮށްގެން އެކީގައި އުޅުމަށް ވެވޭ އެއްބަސްވުމެކެވެ

b)

ވަލީވެރިޔާގެ އިޒުނަ ލިބުމާއެކު ކައިވެނި ކުރުމަށް ދެމީހެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއް

c)

އަންހެނަކާއި ފިރިހެނެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއް

d)

އަނބިފިރިކަމުގެ ގުޅުންތަކާއި އަޘަރުތައް އުފެދޭ ގޮތަށް އަންހެނަކާއި ފިރިހެނެއްގެ ދެމެދުގައި ވެވޭ ޝަރުއީ އަޤުދެކެވެ.

2.

ޚިޠުބާ އަކީކޮބާ ؟

a)

އަންހެންމީހާގެ ރުުމާއެކު ކައިވެނީގެ އަޤްދަށް ދެމީހުންގެ މެދުގައި އެއްބަސްވުމެވެ

b)

އަންހެނަކާއި ފިރިހެނަކާދެމެދު ކައިވެނީގެ ވާހަކަ ދެއްކުމެވެ.

c)

އަންހެނަކާއި ފިރިހެނަކާއި ދެމެދު ނުވަތަ ފިރިހެނަކާއި އަންހެނެއްގެ ވަލީވެރިޔާއާއި ދެމެދު އެދެމީހުން ކައިވެނި ކުރުމަށް އެއްބަސް ވުމެވެ.

d)

އަންހެކާއި ފިރިހެނެއްގެ މެދުގައި ވެވޭ ޝަރުޢީ އަޤްދެކެވެ

3.

ކައިވެނި އަޤުދު ކުރުމަކީ ކޮބާ؟

a)

ޝަރުޢީ ހަމަތަކުގެ މަތިން އަނބިކޮށްދިނުމާއި އަނބި ގަބޫލުކުރުމެވެ.

b)

އަނބި ޤަބޫލުކުރުމެވެ

c)

އަހަރެންގެ ދަރިފުޅު މިވެނި މީހެއްގެ މިވެނި ދަރިއަކާ ކައިވެނި ކޮށްދީފީމޭބުނުމެވެ.

4.

ޖިނާޔަތަކީ ކޮބާ؟

a)

ލޭހުރުމަތްތެރިވެގެންވާ މީހަކު ގަސްތުގައި މަރާލުމެވެ

b)

މީހެއްގެ ހަށިގަނޑަށް ދެވޭ ގިޞާސް ހިފުން ނުވަތަ ދިޔަ ދިނުން ވާޖިބުވާފަދަ އުދުވާނީ ކޮންމެ ޢަމަލެއް

c)

އާންމުކޮށް މީހަކު މަރުވާފަދަ އެއްޗެއް ބޭނުންކޮށްގެން ލޭހުރުމަތްތެރިވެގެންވާމީހަކު ގަސްތުގައި މަރާލުމެވެ.

d)

މަރާލުމުގެ ގަސްތުނޫން ގަސްތެއްގައި ލޭހުރުމަތްތެރިވެގެންވާމީހަކު ގަސްތުގައި މަރާލުމެވެ.

5.

ޢީލާއުގެ ކައްފާރާގެ ގޮތުގައި ކުރަންޖެހޭ ކަންތައްތައް ފާހަގަ ކުރާށެވެ.

a)

އަޅަކު މިނިވަން ކުރުން

b)

ދިހަ މިސްކީނުންނަށް ކާންދިނުން

c)

ދިހަ މިސްކީނުންނަށް އަންނައުނު ދިނުން

d)

މި ކަންތައްތަކުގެ ތެރެއިން ކަމެއް ނުކުރެވިއްޖެއްޔާ 3 ދުވަހު ރޯދަ ހިފުން

e)

މި ކަންތައްތަކުގެ ތެރެއިން ކަމެއް ނުކުރެވިއްޖެއްޔާ 30 ދުވަހު ރޯދަ ހިފުން

6.

ގިޞާޞް އަކީ ކޮބާ؟

a)

ޖިނާއީ ޢަމަލެއް ހިންގިމީހާ ކުރި ޢަމަލާއެއްފަދަ ޢަމަލެއް ޖިނާއީ ޢަމަލު ހިންގި މީހާއާއިމެދު ހިންގުމެވެ

b)

ޖިނާއީ ޢަމަލެއްގެ ސަބަބުން މަޤުތޫލުގެ ވާރިޘުންނަށްދިނުން ވާޖިބުވާ މުދަލެވެ.

c)

ހައްދެއް ނުވަތަ ކައްފާރާއެއް ކަނޑައެޅިފައިވާ އުޤޫބާތްތަކުގައި ބަދަަލަށް ބަދަލު ހިފުމެވެ.

7.

ދިޔައަކީ ކޮބާ؟

a)

ޖިނާއީ ޢަމަލެއްގެ ސަބަބުން މަޤުތޫލުގެ ވާރިޘުންނަށް ނުވަތަ އަނިޔާ ލިބުނުމީހާއަށް ދިނުން ވާޖިބުމުދަލެކެވެ.

b)

ޖިނާއީ ޢަމަލެއް ހިންގިމީހާ ކުރި ޢަމަލާއެއްފަދަ ޢަމަލެއް ޖިނާއީ ޢަމަލު ހިންގި މީހާއާއިމެދު ހިންގުމެވެ

c)

ޖިނާއީ ޢަމަލެއްގެ ސަބަބުން މަޤުޛޫފުގެ ވާރިޘުންނަށް ނުވަތަ ގެއްލުން ލިބުނުމީހާއަށް ދިނުން ވާޖިބުމުދަލެކެވެ.

8.

އިސްލާމީ ޝަރީޢަތަކީ ކޮބާ؟

a)

އިންސާނުން އެއްބަޔަކު އަނެއްބަޔަކާއި ގުޅޭ އެންމެހާކަމެއް ވަކިނިޒާމަކުން ހަމަޖެއްސުމަށްޓަކައި އެކަލާންގެ އަޅުތަކުންނަށް ޝަރުޢު ކޮށްދެއްވި ޙުކުމްތަކެވެ.

b)

އިންސާނާގެ ދިރިއުޅުމާއި ގުޅޭ އެންމެހާކަމެއް ވަކިނިޒާމަކުން ހަމަޖެއްސުމަށްޓަކައި އެކަލާންގެ އަޅުތަކުންނަށް ޝަރުޢު ކޮށްދެއްވި ޙުކުމްތަކެވެ.

c)

އިންސާނާގެ ދިރިއުޅުމާއި ގުޅޭ އެންމެހާކަމެއްގެ ތެރެއިން ދީނީ ކަންކަން ވަކިނިޒާމަކުން ހަމަޖެއްސުމަށްޓަކައި އެކަލާންގެ އަޅުތަކުންނަށް ޝަރުޢު ކޮށްދެއްވި ޙުކުމްތަކެވެ.

d)

އިންސާނާގެ އަޚްލާޤާއި ގުޅޭ އެންމެހާކަމެއް ވަކިނިޒާމަކުން ހަމަޖެއްސުމަށްޓަކައި އެކަލާންގެ އަޅުތަކުންނަށް ޝަރުޢު ކޮށްދެއްވި ޙުކުމްތަކެވެ.

9.

ތައުލީޤް ވަރިއަކީ ކޮބާ؟

a)

ޖިމާއުވެފައިވާ ދެމަފިރިންގެ ދެމެދުގައި ހިނގާ ފުރަތަމަ އަދި ދެވަނަ ވަރި

b)

ވަރުކުރުމަށްޓަކައި ބުނާ ބަހުން ވަރީގެމާނަ ނޫން އެހެންމާނަތައްވެސް ނެގޭގޮތަށް ބުނާބަހަކުންކުރާ ވަރި

c)

ހައިޟު ނިފާސްކަމުން ޠާޙިރުވެ ހުއްޓާ ކުރާ ވަރި

d)

ވަރިވުން ވަކިކަމެއްވުމާއި ނުވުމުގެ މައްޗަށް މަތިކޮށްފައިވަނިކޮށް އެކަމެއް ޙާސިލްވުމުން ވާ ވަރި

10.

އަންހެނުންގެ ވަލީވެރިންގެ ތަޢާރަފަކީ

a)

އަންހެންކުއްޖާގެ ބައްޕަ

b)

އަންހެން ކުއްޖާގެ ކަންތައްތައް ބަލަހައްޓައި އެހީތެރިވެ ދިނުމަށްޓަކައި އޭނަގެ ގާތްތިމާގެ ފިރިހެނުންގެ ތެރެއިން އައްޔަން ވެފައިވާ ޚާއްޞަ ބައެކެވެ.  

c)

އަންހެންކުއްޖާގެ ގާތްތިމާގެ ފިރިހެނުން

11.

ކައިވެނި ކުރުން ވާޖިބުވާ ޙާލަތާކީކޮބާ ؟

a)

މާލީގޮތުންނަށްއި ޖިސްމާނީ ގޮތުން ކައިވެނި ކުރުމުގެ ކުޅަދާނަކަންހުރެފައި ކައިވެނިކޮށްފިނަމަ އަނބިމީހާއަށް އަނިޔާވެރި ވެވޭނެކަމުގެ ޔަގީންކަން އޮންނަހާލަތުގައެވެ.

b)

ކައިވެނިކުރުމަށް ހުރިހާ ގޮތަކުން ކުޅަދާނަކަން ލިބިފައި އޮތުން

c)

ކައިވެނި ނުކޮށްފިނަމަ ޒިނޭފަދަ ފާފައަކަށް އަރައިގަނެވިދާނެ ކަމުގެ ބިރު އޮތްހާލަތުގައެވެ.

d)

ކައިވެނިކުރުމަށް ހުރިހާ ގޮތަކުން ކުޅަދާނަކަން ހުރުމާއެކު ޒިނޭ އަކަށް އަރާގަނެވިދާނެ ކަމުގެ ބިރު އޮތުން

12.

އަނބިމީހާ ފިރިމީހާއަށްޓަކައި އަދާކުރަންޖެހޭ ޙައްޤުތަކަކީ

a)

ފިރިމީހާއަށް ނަސޭހަތްދިނުން

b)

ފިރިމީހާ ރަށުގައި ނެތްނަމަ ފިރިމީހާގެ މުދާ ރައްކާތެރި ގޮތުގައި ބެލެހެއްޓުން

c)

ހެޔޮގޮތުގަ ދަރިން ތަރުބިއްޔަތުކުރުން

d)

ﷲ ގެ އަމުރުފުޅަކާ ޚިލާފުނުވާކޮންމެ ކަމެއްގައި ކިޔަމަންތެރިވުން

13.

ހައްދަކީ ކޮބާ؟

a)

ތައުޒީރުގެ ދަށުން އަދަބު ނުދެވޭ ކުއްތަކަށް ދެވޭ އުޤޫބާތެވެ

b)

މާތް ﷲގެ ހައްގަކަށް އަރައިގަތުމުން ޣާޒީ ކަނޑައެޅާ އުޤޫބާތެވެ

c)

މާތް ﷲގެ ހައްގަކަށް އަރައިގަތުމުން ދެވޭ މިންވަރު ކަނޑައެޅިގެންވާ އުޤޫބާތެވެ

14.

  ވަލީމާ ބޭއްވުމުގެ މަޤުސަދުތަކުގެ ތެރޭގައި ނުހިމެނޭކަމަކީ

a)

ދެމީހުން އެކަކުއަނެކަކަށް ދެނެގަތުން

b)

އެކުވެރިކަމާއި އުފާވެރިކަން އަދި ހިތްހެޔޮކަން ފާޅުކުރުން  

c)

ކައިވެނި އިޢުލާނުކޮށް ގިނަބަޔަކަށް ހާމަކުރުން

d)

ކީރިތި ރަސޫލާގެ ސުންނަތަށް ތަބާވުން

15.

ކައިވެނީގެ ރުކުންތަކަކީ

a)

ޢަދުލުވެރި ދެހެކީން

b)

ވަލީވެރިޔާ

c)

ޣާޒީ

d)

ކައިވެނި ކުރާ ފިރިހެނާ އާއި ކައިވެނި ވެވޭ އަންހެނާ

e)

ޞީޣާ

Similar Resources on Wayground