wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

އިސްލާމީ ޙަޟާރަތުގެ މުހިންމު ބައެއް ރަށްތައް 1 / ގްރޭޑް 10

Total questions: 10

Worksheet time: 5mins

Name
Class
Date
1.

އިސްލާމީ ޙަޟާރަތަކީ ވަކި ކުލައަކަށް ވަކި ނަސްލަކަށް ނިސްބަތްވާ ޙަޟާރަތެއްނޫންކަން ސުންނަތުން ސާބިތުވާ ޙަދީޘް ފުޅެއްގެ މާނައީ

a)

ގެއްލުން ދިނުމެއްވެސް ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ

b)

ރަޙްމު ނުކުރާމީހަކަށް ރަޙުމެއް ނުލިބޭނެއެވެ.

c)

ފުނަލުގެ ދަތްތައް ފަދައިން ތިޔަބައިމީހުން އެންމެންނަކީ ހަމަހަމަ ބައެކެވެ.

d)

ﷲއާޢި އާޚިރަތްދުވަހަށް އީމާންވާމީހާ މެހުމާނުންނަށް ކަމޭހިތާހުށިކަމެވެ

2.

ފާޠިމަތުގެފާނު ވަށްކަން ކުރެއްވިނަމަވެސް އެކަމަނާގެ އަތްޕުޅުވެސް ކަނޑުއްވާހުށީމެވެ. މިބަސްފުޅުން ދޭހަވަނީ .

a)

އިސްލާމްދީނުގެ ހަމަހަމަކަން

b)

ފާޠިމަތުގެފާނު ވަށްކަން ކުރެއްވިނަމަވެސް އަތްކަނޑުއްވާނެކަން

c)

ފާޠިމަތުގެފާނު ވަށްކަން ކުރެވިކަން

d)

އެކަމަނާ ވަށްކަން ކުރެއްވިނަމަވެސް އަތްޕުޅުކެނޑޭނެކަން

3.

ޢަރަބީއެކޭ ޢަޖަމީއެކޭ ، ތަޤުވާވެރިކަމުގައިނޫނީ ތަފާތެއްނުވެއެވެ. މިބަސްފުޅުން ދޭހަވަނި

a)

ޢަރަބީއެކޭ ޢަޖަމީއެކޭ ، ތަފާތެއްނުވާކަން

b)

އިސްލާމްދީނަކީ ހަމަހަމަ ކަމުގެދީންކަން

c)

ތަޤުވާވެރިކަމަކީ ތަފާތެއްކަން.

d)

ޢަރަބިންގެ މާތްކަން

4.

ތިޔަބައިމީހުން އެންމެންނަކީ އާދަމްގެ ދަރިންނެވެ. އާދަމްގެފާނު ހެއްދެވީ މަށިންނެވެ. މިބަސްފުޅުން ދޭހަވަނީ

a)

ތިޔަބައިމީހުން އެންމެންނަކީ އާދަމްގެ ދަރިންކަން

b)

އާދަމްގެފާނު ހެއްދެވީ މަށިންކަން

c)

އާދަމްގެފާނަކީ މަށީގެ ބޭފުޅެއްކަން

d)

އިސްލާމީ ޙަޟާރަތަކީ ވަކިކުލައަކަށް ނަސްލަކަށް ބަލާ ޙަޟާރަތެއްނޫންކަން

5.

ދިމިޝްޤުގެ ތާރީޚީ ބިނާތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއްތަނަކީ

a)

މަސްޖިދުލްޖާމިޢު ބަނޫއުމައްޔާއެވެ

b)

އަލްމަސްޖިދުއްނަބަވީއެވެ

c)

އަލްމަސްޖިދުލް ޙަރާމެވެ

d)

އަލްމަސްޖިދުލް އަޤުޞާއެވެ

6.

މިސްކިތްބިނާކުރުމަށް މުސްލިމުން އިސްކަން ދީފައިވާމިންވަރު ހާމަވާ އެއްކަމަކީ

a)

އިންޑިޔާގެ ތާޖްމަހަލްއެވެ

b)

ދިމިޝްޤުގެ މަސްޖިދު ޖާމިޢު ބަނޫ އުމައްޔާއެވެ

c)

މާލޭގެ އާސަހަރާމިސްކިތެވެ

d)

މާލޭގެ ޒިކުރާމިސްކިތެވެ

7.

ނީލަކޯރުގެ އައްސޭރީގައި ފުސްޠާތު ބިނާކުރެއްވީ އިސްލަމީ ލަޝްކަރުގެ ކޮމާންޑަރު

a)

ޚާލިދުބިން ވަލީދެވެ

b)

ޞަލާޙުއްދީނުލް އައްޔޫބީއެވެ

c)

ޢަމްރުބުނު ޢާޞްއެވެ.

d)

މުޙައްމަދުބުނު ފާތިޙުއެވެ

8.

ފަޠިމީ ދައުލަތުގެ ވެރިރަށުގެ ގޮތުގައި ބިނާކުރީ

a)

ސޫރިޔާގެ ދިމިޝްޤެވެ

b)

ޢިރާޤުގެ ބަޣުދާދެވެ

c)

ސައުދީގެ ރިޔާޟެވެ

d)

މިޞްރުގެ ޤާހިރާއެވެ

9.

ކަލްޔާން މުންނާރަކީ މުސްލިމުންގެ ފަންނުވެރިކަމުގެ ލާމަސީލު މިސާލެކެވެ. ވީމާ ކަލްޔާން މުންނާރާއި ގުޅިފައިވާ ހުކުރުމިސްކިތަކީ

a)

މަސްޖިދުއްނަމިރާއެވެ

b)

މަސްޖިދުލް ޞަޚްރެވެ

c)

މަސްޖިދު ކަލްޔާންއެވެ.

d)

މަސްޖިދުލް ޤުބާއެވެ

10.

ވަށްބުރަކަށްވާގޮތަށް ބަޣުދާދު ބިނާކުރެއްވީ ދިޖުލަތު ކޯރުގެ ހުޅަނގު އައްސޭރީގައެވެ. ވީމާ ބަޣުދާދު އޮންނަކީ

a)

އީރާނުގައެވެ

b)

އަފްޣާނިސްތާނުގައެވެ

c)

ސޫރިޔާގައެވެ

d)

ޢިރާޤުގައެވެ