Worksheetsރަސުލޫންނަށް އީމާންވުން
Total questions: 15
Worksheet time: 20mins
މާތްﷲ ކޮންމެ އުންމަތަކަށްވެސް
ފޮތް ބާވައި ލެއްވިއެވެ.
ރަސޫލަކު ފޮނުއްވިއެވެ.
މާތްﷲ ފޮނުއްވި ހުރިހާ ރަސޫލުން ވެސް ގޮވައިލެއްވީ
އެއްކައުވަންތަ ކަމުގެ ދީނަށެވެ.
ތަފާތު ދީންތަކަށެވެ.
މާތްﷲ ފޮނުއްވި ހުރިހާ ރަސޫލުން ނަށް ވެސް އީމާންވުމަކީ
އެދެވިގެން ވާކަމެކެވެ.
ވާޖިބެކެވެ
ރަސޫލުން ގެ ތެރެއިން އެންމެ ރަސޫލަކަށް އީމާން ނުވިޔަސް
އީމާން ކަން ފުރިހަމަ އެއް ނުވާނެއެވެ.
އީމާން ކަން ފުރިހަމަ ވާނެއެވެ
ނަބިއްޔުންނަކީ
އައު ރިސާލަތަކާއިގެން ފޮނުއްވޭ ބޭކަލުންނެވެ.
ކުރީގެ ރަސޫލެއްގެ ރިސާލަތު ތަބްލީޣު ކޮށްދެއްވުމަށް ފޮނުއްވޭ ބައެކެވެ.
ކޮންމެ ނަބީ ބޭކަލަކީ
ރަސޫލު ބޭކަލެކެވެ.
ރަސޫލު ބޭކަލެއް ނޫނެވެ.
ބައެއް ޙަދީޘް ފުޅުތަކުން އެނގޭ ގޮތުގައި ރަސޫލުން ނާއި ނަބިއްޔުން ގެ ޢަދަދަކީ
އެއްލައްކަ ސައުވީސް ހާހެވެ.
ތިންސަތޭކަ ފަނަރައެވެ
މާތްﷲ ފޮނުއްވި ހުރިހާ ރަސޫލުން ނާއި ނަބިއްޔުން ގެ ޢަދަދު
ކީރިތި ޤުރްއާނުގައި ނަންގަންނަވާފައި ވެއެވެ
ކީރިތި ޤުރްއާނުގައި ނަން ގަންނަވާފައެއް ނުވެއެވެ.
ރަސޫލު ބޭކަލުންނަކީ މަޢުޞޫމު ބައެއްކަމުގައި ވުމާއެކުވެސް
ގިނަ ގިނައިން ތައުބާވެ އިސްތިޣުފާރު ކުރައްވައެވެ
ތައުބަވެ ވަޑައި ގަންނަވަނީ މަދުން ނެވެ.
ޙައްޤު މަގަށް ހިދާޔަތު ލިބޭނީ
ރަސޫލުން ގެނެސް ދެއްވި ތެދުމަގުްަބޫލު ކުރުމުންނެވެ.
ރަސޫލުން ގެނެސް ދެއްވި ތެދު މަގު ޤަބޫލުކޮށް އެއަށް ޢަމަލު ކުރުމުންނެވެ.
ރަސޫލު ބޭކަލުން ނަށް އީމާން ވުމަކީ ކޮބައި؟
ރަސޫލުންނާއި ނަބިއްޔުން ގެ ތަފާތު ތަކުގެ ތެރެއިން 2 ތަފާތު ލިޔާށެވެ!
މާތް ﷲ ރަސޫލުން ފޮނުއްވުމުގެ އެއް ބޭނުމަކީ އަޅުތަކުންގެ މައްޗަށް ޙުއްޖަތް ޤާއިމު ކުރެއް ވުމެވެ. . " މި ޢިބާރާތުން ދޭހަވާ ކަމެއް ލިޔާށެވެ!
ރަސޫލުންނަށް އީމާން ވުމުން ޢަމަލީ ޙަޔާތަށް ކުރާނެ ފައިދާ ތަކުގެ ތެރެއިން 2 ކަމެއް ލިޔާށެވެ!
ރަސޫލުންނަށް އީމާން ނުވުމުން ތިމާއަށް ލިބޭނެ އެންމެ ބޮޑު ގެއްލުމަކީ ކޮބައި ހެއްޔެވެ؟
