Worksheetsޢާމުލް ވަފުދު، ޙައްޖަތުލްވަދާޢު، އާލާސްކަންފުޅު، ސުވަރުގެވަޑައިގ
Total questions: 16
Worksheet time: 13mins
ވަފުދުތަކުގެ އަހަރަކީ
ހިޖްރައިން ނުވަވަނަ އަހަރު
ހިޖްރައިން އަށްވަނަ އަހަރު
ހިޖްރައިން ދިހަވަނަ އަހަރު
އެއަހަރަށް ވަފުދު ތަކުގެ އަހަރޭ ކިޔުނީ
މުސްލިމުންނާ ކާފަރުން އެއަހަރުގައި ވީ އެއްބަސްވުމެއްގެ ސަބަބުންނެވެ
އިސްލާމްދީނަށް ވަނުމަށް އެދިގެންނާއި، މުދަލާއި ފައިސާއަށް އެދިގެން ގިނަބަޔަކު އައުމުންނެވެ
އިސްލާމްދީނަށް ވަނުމަށް އެދިގެންނާއި، ޙިމާޔަތަށް އެދިގެން ގިނަވަފުދުތަކެއް އައުމުންނެވެ
ކީރިތި ރަސޫލާ އެވަފުދުތަކާއި މެދު ކަންތައްކުރެއްވީ
ބައެއް ވަފުދު ތަކަށް ރަނގަޅަށް ކަންތައް ކޮށްދެއްވިއެވެ
އިސްލާމްދީނާ ޚިލާފް ހުށަހެޅުންތައް ހުށަހެޅި ފަރާތްތަކަށް އަދަބުދެއްވިއެވެ
ވަރަށް ރަނގަޅަށް މެހެމާންދާރީ އަދާކުރެއްވިއެވެ
ވަފުދުތަކުން ހުށަހެޅި 3 ކަމެއް ފާހަގަކުރާށެވެ
މުސްލިމުންނާ ހަނގުރާމަކުރުން
ދީން ދަސްކޮށްދޭނޭ މީހުން ފޮނުވުން
މުސްލިމުންގެ ހިމާޔަތް ދެއްވުން
ގިނަމުދަލާއި ފައިސާ ދެއްވުން
އިސްލާމްދީނާއި ޚިލާފް ބައެއްކަންކަން ކުރުމުގެ ހުއްދަޔާއިއެކު އިސްލާމްދީނަށް އުޅުން
ވަފުދުތަކާއި މެދު ކަންކަން ކުރެއްވިގޮތުން މުސްލިމުންނަށް ލިބުނު ކާމިޔާބަކީ
މުސްލިމުންނާއި މެދު އުދެދޭ ނަފްރަތު ގިނަވުން
މުސްލިމުންގެ ބާރު އިތުރަށްގަދަވެ އިސްލާމްވާމީހުން ގިނަވުން
މުސްލިމުން ފަލީހަތްވުން
ޙައްޖަތުލް ވަދާޢު އަކީ
ހިޖުރައިން އެގާރަ ވަނައަހަރު ޙައްޖަށް ވަޑައިގަންނަވަން ޤަޞްދުކުރައްވާކަން ކީރިތި ރަސޫލާ صلى الله عليه وسلم އިޢުލާން ކުރެއްވިއެވެ. މިއީ އިތުރު އެކަލޭގެފާނު އަދާކުރެއްވި ފަހު ޙައްޖެވެ.
ހިޖުރައިން އަށްވަނަ އަހަރު ޙައްޖަށް ވަޑައިގަންނަވަން ޤަޞްދުކުރައްވާކަން ކީރިތި ރަސޫލާ صلى الله عليه وسلم އިޢުލާން ކުރެއްވިއެވެ. މިއީ އިތުރު އެކަލޭގެފާނު އަދާކުރެއްވި ފުރަތަމަ ޙައްޖެވެ.
ހިޖުރައިން ދިހަވަނައަހަރު ޙައްޖަށް ވަޑައިގަންނަވަން ޤަޞްދުކުރައްވާކަން ކީރިތި ރަސޫލާ صلى الله عليه وسلم އިޢުލާން ކުރެއްވިއެވެ. މިއީ އިތުރު އެކަލޭގެފާނު އަދާކުރެއްވި ހަމައެކަނި ޙައްޖެވެ.
ޙައްޖަތުލް ވަދާޢުގައި ބޭއްވުނު މުސްލިމުންގެ އެންމެ ބޮޑު އެއްވުމަކީ
ޢަރަފާރުގައި އެންމެ މަޑުކުރުމެވެ
އެންމެން ޞަފާ މަރުވާ ދޭތެރެ ހިނގުމެވެ.
ހުރިހާ އެންމެން އެކުގައި ޠަވާފުކުރުމެވެ
ޙައްޖަތުލް ވަދާޢުގެ އެންމެ ޚާއްޞަ ކަމެއް ދެވުނުކަމަކީ
ޢަރަފާރުގައި އެންމެ މަޑުކުރުމެވެ
ޙައްޖަތުލްވަދާއުގެ ޚުޠުބާއެވެ
ޖަމްރާތަކަށް ހިލައުކުމެވެ
ޙައްޖަތުލް ވަދާޢުގެ ޚުޠުބާގައި އަލިއަޅުވާލާފައިވާ 3 ކަމެއް ބުނެދީ
ނަމާދުތައް ބަރާބަރަށް ކުރުމަށް
ރިބާއަކީ ޙަރާމްއެއްޗެއްކަމުގައި ބަޔާންކުރެއްވުން
އަންހެނުންނަށް ހެޔޮކޮށްހިތުމަށް ވަޞިއްޔަތް ކުރެއްވުން
ކީރިތި ޤުރްއާން އާއި، އިތުރު އެކަލޭގެފާނުގެ ސުންނަތުގައި ހިފުމަށް އުންމަތަށް އަމުރުކުރެއްވުން
ތެދުބަހުން ވާހަކަ ދެއްކުމަށް
ކީރިތި ރަސޫލާ ޞައްލަﷲ އާލާސްކަންފުޅާއި އުޅުއްވިއިރު ދީނުގެކަންކަމަށް ދެއްވިސަމާލުކަމުގެތެރޭގައި
ޒަކާތް ދިނުމަށް ނަސޭހަތް ދެވުނު
ސުންނަތްރޯދަހިފުމަށް ސަމާލުކަން ދިނުމަށް ބެލެހެއްޓުން
ނަމާދާއި މެދު ފަރުވާކުޑަނުކުރުމަށް ވަރަށްބޮޑަށް ސަމާލުކަން ދިނުމަށް ނަސޭހަތްދެވުނު
އެކަލޭގެފާނަށްފަހު މުސްލިމުންނަށް ވެގެންދާނެގޮތާއި ދޭތެރޭގައި ފިކުރުފުޅު ކުރައްވައި ބިރުފުޅުގެން ވަޑައިގެންނެވީ
ފަޤީރުކަން އާމުވެ މީހުން ދީނާ ދުރުވެދާނެތީއެވެ
ތަނަވަސްކަން މުސްލިމުންގެތެރޭގައި ބޮޑުވެ، ދީނާއި ދުރަށްގޮސް އެތަނަވަސްކަމާއިގެން އެކަކުއަނެކަކާއި ވާދަކޮށްފާނެތީއެވެ
ތަނަވަސްކަން މީސްތަކުންގެ މެދުގައި ބޮޑުވެ ބޮޑެތި ޢިމާރާތްތައް ކޮށް ދުނިޔަވީ އަރާމާއި އުފަލުގައި އުޅުމެވެ
އިތުރު އެކަލޭގެފާނު އާލާސްކަންފުޅުގެ ވަގުތުގައި ކުރެއްވި ވަސިއްޔަތަކުގެތެރޭގައި ހިމެނޭ 3 ކަމަކީ ކޮބާ
އިތުރުއެކަލޭގެފާނުގެ ޤަބުރުކޮޅު އަޅުކަންކުރެވޭ ތަނެއްގެ ގޮތުގައި ނުހެދުން
އަންޞާރިއްޔަ ބޭކަލުންނާއި، މުހާޖިރިއްޔަ ބޭކަލުންނަށް ހެޔޮކޮށްހިތުން
ނަމާދަށް ރައްކާތެރިވުން
ޤުރުއާނާއި ސުންނަތަށް ރައްކާތެރިވުން
އިތުރު އެކަލޭގެފާނު އާލާސްކަންފުޅުގެ ވަގުތުގައި ކުރެއްވި ވަސިއްޔަތަކުން ލިބޭ ތިން ޢިބުރަތަކީ
އިތުރުއެކަލޭގެފާނުގެ ޤަބުރުކޮޅުގެ މާތްކަން
ޝިރުކާއި ގާތްވެދާނޭފަދަ އެންމެހާކަންކަމުން ދުރުހެލިވެގެން ހުންނަންޖެހޭނޭކަން ހާމަވުން
އަންޞާރިއްޔަ ބޭކަލުންނާއި، މުހާޖިރިއްޔަ ބޭކަލުންގެ މާތްކަން އެނގުން.
ދީނުގައި ނަމާދަށް ދެއްވާފައިވާ މަތިވެރި ޤަދަރު އެނގުން
އިތުރު އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުން އަސްހާބުންނަށް ކުރި 3 އަސަރު ބުނެދީ
ބައެއްބޭކަލުން ހިތާމައިން އެރަށް ދޫކޮށް ދިޔަ
ބައެއް ބޭކަލުންގެ ދޫފުޅު ބަންދުވެ ވާހަކަފުޅު ދައްކަވަން އުނދަގޫފުޅުވިއެވ
އުމަރުގެފާނު ބިންމައްޗަށް ވެއްޓިވަޑައިގަތެވެ
މީސްތަކުން ރޮއިހަދާފަދައިން މަދީނާގެ އަހުލުވެރިންގެ ރޯއަޑުފައްގަ ނޑު އިވުނެވެ
އިތުރު އެކަލޭގެފާނު ސުވަރުގެ ވަޑައި ގެންނެވީ ހިޖުރައިން
ހިޖުރައިން އެގާރަވަނަ އަހަރު ރަބީޢުލް އައްވަލުމަހުބާރަވަނަ ހޯމަދުވަހުއެވެ
ހިޖުރައިން ދިހަވަނަ އަހަރު ރަބީޢުލް އައްވަލުމަހު ބާރަވަނަ ހޯމަދުވަހުއެވެ
ހިޖުރައިން ބާރަވަނަ އަހަރު ރަބީޢުލް އައްވަލުމަހު ބާރަވަނަ ހޯމަދުވަހުއެވެ
އިތުރު އެކަލޭގެފާނު ފަސްދާނު ލެވިފައިވަނީ
އެންމެ ކާރީ ޤަބުރުސްތާނުގައެވެ
އެކަލޭގެފާނުގެ މިސްކިތުގައެވެ
އައިޝަތުގެފާނުންގެ ގެކޮޅުގައެވެ
