wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Week 2 Quiz - COR0703

Total questions: 15

Worksheet time: 30mins

Name
Class
Date
1.
ވަޙީއަކީ ______ ލަފްޒެއް
a)
ދިވެހި
b)
ޢަރަބި
c)
އިނގިރޭސި
d)
ނުބައި
2.
ވަޙީގެ ލުޣަވީ އެއް މާނައަކީ:
a)
އަވަސްކަމާއިއެކު ކަމެއް އެނގުން
b)
އެނގުން
c)
ޢިލްމު
d)
ފާޅުވެގެންވާ ކަމެއް އެނގުން
3.
ﷲ އެކަލާނގެ ނަބިއްޔުންނަށް ޣައިބުގެ ކަންތައްތަކާއި ޝަރީޢަތް އެނގެވުމަށްޓަކައި ބާވާލެއްވި ބަސްފުޅުތަކަށް ދެވިފައިވާ ނަމަކީ:
a)
ވަޙީ
b)
ވަޙީ ބާވާލެއްވޭ ގޮތްތައް
c)
އިލްހާމްކުރެއްވުން
d)
ތެދުވެރި ހުވަފެން
4.
ވަޙީ ބާވާލެއްވިފައިވަނީ
a)
އެންމެ ގޮތަކަށެވެ
b)
2 ގޮތަކަށެވެ.
c)
ބައިވަރު ގޮތްތަކަށެވެ.
d)
އަނެއް 3 ޖަވާބުވެސް ނުބައި
5.
ވަޙީ ބާވާލައްވާ ގޮތްތައް ބަޔާންކޮށްދެއްވާ ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. "ވަޙީ ބަސްފުޅަކުން، ނުވަތަ ފަރުދާއެއްގެ ފުރަގަހުން ނުވަތަ މަލާއިކަތަކު ފޮނުއްވާ ...." މިއާޔަތުގައި "ވަޙީ ބަސްފުޅު"ގެ މާނައަކީ ކޮބާ؟
a)
ޖިބްރީލްގެފާނު މެދުވެރިކުރައްވާ ބަސް ވަޙީކުރެއްވުން
b)
އެއްވެސް މެދުވެރިއެއްނެތި ބަސް ވަޙީކުރެއްވުން
c)
އެހެން މަލާއިކަތެއް މެދުވެރިކުރައްވާ ބަސް ވަޙީކުރެއްވުން
d)
އިލްހާމްކުރެއްވުން
6.
ވަޙީ ބާވާލައްވާ ގޮތްތައް ބަޔާންކޮށްދެއްވާ ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. "ވަޙީ ބަސްފުޅަކުން، ނުވަތަ ފަރުދާއެއްގެ ފުރަގަހުން ނުވަތަ މަލާއިކަތަކު ފޮނުއްވާ ...." މިއާޔަތުގައި "ފަރުދާއެއްގެ ފުރަގަހުން"ގެ މާނައަކީ ކޮބާ؟
a)
ޖިބްރީލްގެފާނު މެދުވެރިކުރައްވާ ބަސް ވަޙީކުރެއްވުން
b)
އެހެން މަލާއިކަތެއް މެދުވެރިކުރައްވާ ބަސް ވަޙީކުރެއްވުން
c)
އިލްހާމްކުރެއްވުން
d)
އެއްވެސް މެދުވެރިއެއް ނެތި ﷲ އެކަލާނގެ ރަސޫލުންނާ ސީދާ ސީދަލަށް ބަސް ވަޙީކުރެއްވުން
7.
އެއްވެސް ހުރަހެއް ނެތި ބަސް ވަޙީކުރެއްވުމުގެ މިސާލަކީ
a)
ﷲ މޫސާގެފާނަށް ސީދާ ސީދަލަށް ބަސް ވަޙީކުރެއްވުން
b)
ކީރިތި ޤުރުއާން ބާވާލެއްވުން
c)
މޫސާގެފާނަށް ތައުރާތު ބާވާލެއްވުން
d)
ބަދުރު ހަނގުރާމައިގެ އަސީރުންނާ މެދު ކަންތައްކުރަންވީ ގޮތް ބަޔާންކުރައްވާ ވަޙީ ބާވާލެއްވުން
8.
އެންމެ ގިނައިން ވަޙީ ބާވާލެއްވޭ ގޮތަކީ
a)
ވަޙީގެ މަލާއިކަތާ މެދުވެރިކުރައްވާ
b)
ސީދާ ސީދަލަށް، މެދުވެރިއެއް ނެތި
c)
އެއްޗެއްގައި ލިޔެއްވުމަށްފަހު
d)
ހުވަފެންފުޅުގައި
9.
ޤުދުސީ ޙަދީޘްތައް ކިޔެވުމަކީ ޤުރުއާން ކިޔެވުމުން ޘަވާބު ލިބޭ ފަދައިން ޘަވާބު ލިބޭ ކަމެކެވެ.
a)
ރަނގަޅު
b)
ނުބައި
10.
ރަސޫލާ ﷺ އަށް ބާވާލައްވާފައިވާ ވަޙީގެ އެއް ވައްތަރަކީ:
a)
އެކަލޭގެފާނުގެ އަމިއްލަ އިޖްތިހާދުތައް
b)
އެކަލޭގެފާނުގެ އަޞްޙާބުންނާ ކުރައްވާ ސަމާސާފުޅުތައް
c)
ޞަޙާބީން އެކަލޭގެފާނު ސިފަކުރައްވާ ބަޔާންކޮށްދެއްވާފައިވާ ވާހަކަތައް
d)
އެކަލޭގެފާނުގެ ސުންނަތް
11.

ތެދުވެރި ހުވަފެނެއްގެ ސިފައިގައި ބާވާލައްވާ ވަޙީގެ މިސާލަކީ؟

a)
އިސްމާޢިލްގެފާނު ޤުރުބާންކުރެއްވުމަށް އިބްރާހީމްގެފާނަށް އެންގެވުން
b)
ކީރިތި ޤުރުއާން ބާވާލެއްވުން
c)
ރަސޫލާ ﷺ ގެ އުންމަތުގެ މައްޗަށް ނަމާދު ފަރުޟުކުރެއްވުން
d)
މޫސާގެފާނަށް ފުރަތަމަ ފަހަރަށް ބަސް ވަޙީކުރެއްވުން
12.
ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން ﷲ އެކަލާނގެ ރަސޫލާއަށް ______، ޙައްޤުގޮތުގައި ތެދުކޮށްދެއްވިއެވެ. ހަމަކަށަވަރުން ﷲ އިރާދަކުރެއްވިނަމަ، ތިޔަބައިމީހުން އަމާންކަމާއެކުގައި، ޙުރުމަތްތެރިވެގެންވާ މިސްކިތަށް ވަންނާނެކަން ކަށަވަރެވެ."
a)
ބަސް ވަޙީކުރައްވައި
b)
ހުވަފެންފުޅު ސީދާކުރައްވައި
c)
ނަޞްރު ދެއްވައި
d)
މައްކާ ފަތަޙަކޮށްދެއްވައި
13.
ރަސޫލާ ﷺ އަށް ސީދާސީދަލަށް ބަސް ވަޙީކުރެއްވީ:
a)
މަދީނާއަށް ހިޖުރަކުރެއްވި ދަތުރުގައެވެ.
b)
ޝިއުބު އަބީ ޠާލިބްގައި އެކަލޭގެފާނު ހުންނެވި އިރުގައެވެ.
c)
މިޢުރާޖް ކުރެވުނު ރޭގައެވެ.
d)
ނަމާދުކުރާނެ ގޮތް ބަޔާންކޮށްދެއްވި ދުވަހުގައެވެ.
14.
"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ޤުރުއާން ބާވައިލެއްވީ ލައިލަތުލް ޤަދްރިގައެވެ (އެބަހީ: ޤަދުރި ވިލޭރޭގައެވެ)." މިއާޔަތުން އެނގޭގޮތުގައި ޤުރުއާން ބާވާލެއްވުނީ މަލާއިކަތެއް މެދުވެރިކުރައްވައެވެ.
a)
ރަނގަޅު
b)
ނުބައި
15.
ޤުދުސީ ޙަދީޘެއްކަން އެނގޭނެ އެއްގޮތަކީ:
a)
ﷲ ވަޙީކުރެއްވިއޭ ޙަދީޘްކުރައްވަމުން އެޙަދީޘެއް ފައްޓަވާފައިވުން
b)
އާޚިރަތުގެ ކަމަކާ ބެހޭ ވާހަކައެއް އައިސްފައިވުން
c)
އާޚިރަތުގެ ކަމަކާ ބެހޭ ވާހަކައެއް އައިސްފައިނުވުން
d)
ދުނިޔޭގެ ކަމަކާ ބެހޭ ވާހަކައެއް އައިސްފައިވުން