wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ކީރިތި ޤުރްއާން ބާވައިލެއްވުން

Total questions: 11

Worksheet time: 9mins

Name
Class
Date
1.

ކީރިތި ރަސޫލާ ﷺ ގެ މައްޗަށް ކީރިތި ޤުރްއާން ބާވައިލެއްވުނީ ކިތައް އަހަރުން

a)

ފަންސަވީސް އަހަރުން

b)

ތޭވީސް އަހަރުން

c)

ލައިލަތުލް ޤަދްރި ވިލޭރޭ އެއްފަހަރާ

d)

ދެ ފަހަރު މަތިން

e)

ސާޅީސް އަހަރުން

2.

ކީރިތި ރަސޫލާ ﷺ ގެ މައްޗަށް ޤުރްއާން ބާވައިލައްވަން ފެއްޓެވީ

a)

އެކަލޭގެފާނު ދާންމަތިކޮޅުގައި ރަޖާކޮޅު އަޅުއްވައިގެން އޮންނަވަނިކޮށް

b)

މިޢުރާޖުގެ ހާދިސާގައި އެކަލޭގެފާނު އުޑަށް އުފުއްލެވުމަށްފަހު

c)

ޙިރާ ފަރުބަދައިގެ ހޮހޮޅައިގައި ޚަލްވަތުގައި އިންނަވަނިކޮށް

d)

ލައިލަތުލް ޤަދްރި ވިލޭރޭ ރޭއަޅުކަމުގައި ހުންނަވަނިކޮށް

3.

ކީރިތި ޤުރްއާނުގެ ކިތައް ބާވައިލެއްވުން ބާވައިލެއްވުނު ހެއްޔެވެ؟

a)

އެތައް ބައިވަރު ފަހަރު ބާވައިލެއްވުން

b)

އެއްމެ ބާވައިލެއްވުމެއް

c)

ދެ ބާވައިލެއްވުން

4.

ޤުރްއާނުގެ ފުރަތަމަ ބާވައިލެއްވުމަކީ

a)

ލައުޙުލް މަޙްފޫޡުން ކަޢުބަތުﷲ ގެފުޅަށް ބާވައިލެއްވުން

b)

ބައިތުލް ޢިއްޒާއިން ބައިތުލްމަޤްދިސަށް ބާވައިލެއްވުން

c)

ﷲގެ ޙަޟްރަތުން ޖިބްރީލުގެފާނަށް ބާވައިލެއްވުން

d)

ލައުޙުލް މަޙްފޫޡުން ބައިތުލް ޢިއްޒާއަށް ބާވައިލެއްވުން

5.

ޤުރްއާނުގެ ދެ ބާވައިލެއްވުމުގެ ތެރެއިން ފުރަތަމަ ބާވައިލެއްވުން ބާވައިލެއްވުނީ

a)

ޙައްޖަތުލް ވަދާޢުގައި

b)

ހިޖުރައިން ފުރަތަމަ އަހަރު

c)

ރަމަޟާންމަހުގެ 17 ވަނަ ދުވަހު

d)

ލައިލަތުލް ޤަދްރި ވިލޭރޭ

6.

ކީރިތި ޤުރްއާނުގެ ފުރަތަމަ ބާވައިލެއްވުމުގެ އެންމެ މައިގަނޑު ޙިކުމަތަކީ މުޝްރިކުންގެ ފަރާތުން ކީރިތި ރަސޫލާ ﷺ އަށް ލިބިވަޑައިގަންނަވަމުން ގެންދެވި އަނިޔާތަކަށް ކެތްތެރިކަން ދެއްވުމެވެ

a)

ރަނގަޅު

b)

ނުބައި

7.

ކީރިތި ޤުރްއަނުގެ ސޫރަތްތައް ވަކިވަކިން ބާވައިލެއްވުމުގެ ޙިކުމަތްތަކުގެ ތެރެއިން 3 ޙިކުމަތެއް ފާހަގަކުރާށެވެ

a)

ޤުރުއާން ދަސްކުރުމަށާއި ދެނެގަތުމަށް ފަސޭހަވުން

b)

މި އުއްމަތުގެ މަތިވެރިކަން ހާމަކޮށްދެއްވުން

c)

ޢަރަބި މުޝްރިކުންނަށް ގޮންޖެއްސެވުން

d)

ދިމާވާ ހާދިސާތަކާ ގުޅިގެން ޙުކުމްތައް ބަޔާންކޮށްދެއްވުން

8.

”އައްތަދައްރުޖު“ ގެ އުޞޫލުން ދީނުގެ ޙުކުމްތައް ޝަރުޢު ކުރެއްވުމުގެ މާނައަކީ

a)

ހަރުފަތަކަށްފަހު ހަރުފަތެއްގެ އުޞޫލުން ޝަރުޢު ކުރެއްވުން

b)

ހުރިހާ ޞަޙާބީން އެއްބަސްވެވަޑައިގަންނަވާ ގޮތައް ޙުކުމްތައް ޝަރުޢު ކުރެއްވުން

c)

މުޢުޖިޒާތާއި ގޮންޖެއްސެވުން އެކުލެވޭ ގޮތަށް ބާވައިލެއްވުން

9.

ދުޚާން ސޫރަތުގެ 3 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. ”ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެ ފޮތް (އެބަހީ: ޤުރްއާން) ބާވައިލެއްވީ ބަރަކާތްތެރި ވެގެންވާ ރެޔެއްގައެވެ.“ ކީރިތި ޤުރްއާނުގެ ދެ ބާވައިލެއްވުމުގެ ތެރެއިން މި އާޔަތުގައި އިޝާރާތްކުރާ ބާވައިލެއްވުމަކީ ކޮބައިހެއްޔެވެ؟

a)

މާތް ﷲ ޖިބްރީލުގެފާނަށް ބާވައިލެއްވުން

b)

ޖިބްރީލުގެފާނު މެދުވެރިކުރައްވައި ރަސޫލާއަށް ބާވައިލެއްވުން

c)

ލައުޙުލް މަހްފޫޡުން ބައިތުލް ޢިއްޒާއަށް ބާވައިލެއްވުން

d)

ޙިރާ ފަރުބަދައިގެ ހޮހަޅައިގައި ބާވައިލެއްވުން

10.

ކީރިތި ޤުރްއާނުގެ ފުރަތަމަ ބާވައިލެއްވުމުގެ މައިގަނޑު ހިކުމަތްތަކުގެ ތެރޭގައި

a)

ޤުރްއާން ދަސްކުރަން ފަސޭހަވުން

b)

މި އުއްމަތުގެ މާތްކަން ހާމަ ކުރެއްވުން

c)

ކީރިތި ޤުރްއާނުގެ މާތްކަން ހާމަ ކުރެއްވުން

d)

މުޥްރިކުންގެ އަނިޔާތަކަށް ކެތްތެރިކަން ދެއްވުން

e)

މުޢުޖިޒާތާއި ގޮންޖެއްސެވުން އެކުލެވޭ ގޮތަށް ބާވައިލެއްވުން

11.

މި އާޔަތުން އިޝާރާތްކުރަނީ ކޮން ބާވައިލެއްވުމަކަށް؟

a)

ފުރަތަމަ ބާވައިލެއްވުން

b)

ދެވަނަ ބާވައިލެއްވުން