Font size
WorksheetsThagaafa grade 10
Total questions: 8
Worksheet time: 19mins
މުސްލިމުންގެ ވިސްނުން ބަދަލުކޮށްލައި، އިސްލާމީ ޢަޤީދާއާއި ޝަރީޢަތާއި ބީރައްޓެހި ބަޔެއްގެ ގޮތުގައި މުސްލިމުން ބައްޓަންކުރުމުގެ ގޮތުން، ފޮރުވިގެން ތިބެ ކުރާ މަސައްކަތްތަކީ.
ފިކުރީ މަޛުހަބުތަކުގެ ޚާއްޞަމާނައެވެ.
ފިކުރީ ހަނގުރާމައިގެ ޚާއްޞަ މާނައެވެ.
ފިކުރީ މަޛުހަބުތަކުގެ ޢާންމު މާނައެވެ
ފިކުރީ ހަނގުރާމައިގެ ޢާންމު މާނައެވެ.
ފިކުރީ ހަނގުރާމައިގެ ބައެއް ލަނޑުދަނޑިތަކަކީ
މުސްލިމުންގެ އިސްލާމީ އަޚްވަންތަކަން ނައްތައިލުން
އިސްލާމްދީން ފެތުރުން ހުއްޓުވުން
ޝައިޠާނީންނަށް ނަޞްރު ހޯދައިދިނުން
ކަނޑިބަޑިން ހަނގުރާމަކުރުމަކާއި ނުލައި، މުސްލިމުންގެ މައްޗަށް ގަދަވެގަތުން
މިޒަމާނުގައި ފިކުރީ ހަނގުރާމަކުރާ ގޮތްތަކުގެ ތެރޭގައި ހިމެނީ
ޣައިރު މުސްލިމުންގެ ޘަޤާފަތް ޕްރޮމޯޓުކުރަން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން
ޣައިރު މުސްލިމުން ހޯދާފައިވާ މާއްދީ ކުރިއެރުންތައް ޕްރޮމޯޓުކުރަން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން
މުސްލިމު ޤައުމުތަކުގެ ޔުނިވަރސިޓިތަކާއި ސްކޫލުތަކުގެ މުޤައްރަރުތަކާއި ފޮތްތައް އެކުލަވާލުމުގެ ތެރެއިން ނުފޫޒު ފޯރުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން
ޓޫރިޒަމް ދާއިރާގެ ތެރެއިން މީހުން ތަމްރީނުކުރުމުގެ ތެރެއިން
މިޒަމާނުގައި ފިކުރީ ހަނގުރާމަކުރާ ގޮތްތަކަކީ
ޢަރަބި ބަހާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން
ކުޅިވަރާއި މަޖަލުގައި ވަގުތުތައް ފުރައިލެވޭނެހެން އިންތިޒާމުތައް ފަހިކޮށްދީ އިސްލާމީ އުންމަތުގެ ނިކަމެތި ހާލަތާމެދު ވިސްނާނެ ވަގުތު ނުދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން
އިސްލާމްދީން ކިޔަވައިގެން ތިބޭ ފަރާތްތަކަށް ކުރެވޭ ކުށްތައް ހޯދައި އެ ކުށްތައް ފަތުރައި އެ ފަރާތްތަކުގެ އަގުވައްޓައިލުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން
މި ޒަމާނުގައި ފިކުރީ ހަނގުރާމަ ކުރުމަށް ބޭނުން ކުރެވޭ ބައެއް ވަސީލަތްތައް
ދިރާސީ މަންހަޖުތައް
މީޑިއާ
ފޮތްތަކާއި ލިޔުންތައް
ފޭރާންތަކާއި ޑިޒައިންތައް
ފިކުރީ ހަނގުރާމައިން ސަލާމަތްވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތަކަކީ
ފިކުރީ ހަނގުރާމައަކީ ކޮބައިކަމާއި އެ ހަނގުރާމާގައި ބޭނުންކުރެވޭ އުކުޅުތައް ދެނެގަތުން
މުސްލިމުންނަކީ އެއް އުންމަތެއްގެ ބަޔަކު ކަމުގައި ޒުވާނުންނަށް ވިސްނައިދިނުން
މާތް ﷲ ގެ މަގުގައި ޖިހާދުކުރުމަށް ލޯބި ޖެއްސުން
ދުނިޔެވީ ޢިލްމުގައި ކުރިއަރައި ދާން މަގުފަހިކޮށްދިނުން
ފިކުރީ ހަނގުރާމައިން ކުރާ ނޭދެވޭ ބައެއް އަސަރުތަކަކީ
އިސްލާމްދީނާ ބީރައްޓެހި މުސްލިމުންތަކެއް އުފެދުން
ޣައިރު މުސްލިމުންގެ ޢަޤީދާތަކާއި ޘަޤާފަތްތައް މުސްލިމުންގެ ތެރެއަށް ވަނުން
އިސްލާމީ އުންމަތުގެ ނިކަމެތި ހާލަތާމެދު ވިސްނައި ފިކުރުނުކުރާ މުސްލިމު ޖީލެއް އުފެދުން
ސުންނަތް އަޅުކަންތައް އަދާކުރުމަށް އެއްވެސް ސަމާލުކަމެއް ނުދިނުން
އިޞްޠިލާޙީ މާނައިގައި ފިކުރީ މަޒުހަބުތަކަކީ
މީހަކު ނުވަތަ ބަޔަކު ތަބާވާ ގޮތް
ޚިޔާލު، ވިސްނުން، ބުއްދި، ކަންބޮޑުވެގެންވާ ހާސް
ވަޙީގެ މައްޗަށް ބިނާކުރުމެއް ނެތި، އިންސާނާ އޭނާގެ އަމިއްލަ ވިސްނުމުން އުފަންކުރުވާ، އަދި ބަޔަކު މީހުން އެއަށް ތަބާވާ ޚިޔާލުތަކާއި ގޮތްތައް
