wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ތައުބާވުން- ގުރޭޑް 9

Total questions: 13

Worksheet time: 9mins

Name
Class
Date
1.

ތައުބާވުމަކީ

a)

ފާފަކުރެވުނު ކަމަށްޓަކައި ހިތާމަކޮށް، އެ ފާފަކުރުން ހުއްޓާލައި، އެފަދަ ފާފައަކަށް އަލުން ރުޖޫޢަ ނުވުމަށް އަޒުމް ކަނޑައަޅައި،  މާތްﷲއަށް ބިރުވެތިވެ އެކަލާނގެ މަގަށް ރުޖޫޢަވުމެވެ.

b)

ފާފަކުރެވުނު ކަމަށްޓަކައި ހިތާމަކޮށް، އެފަދަ ފާފައަކަށް އަލުން ރުޖޫޢަ ނުވުމަށް އަޒުމް ކަނޑައަޅައި،  މާތްﷲއަށް ބިރުވެތިވެ އެކަލާނގެ މަގަށް ރުޖޫޢަވުމެވެ.

2.

ތަޙްރީމް ސޫރަތުގެ 8 ވަނަ އާޔަތުގެ މާނައިގައިވަނީ "އޭއީމާންވެއްޖެ މީސްތަންނޭވެ!  ތެދުވެރި އިޚްލާޞްތެރި ތައުބާއަކުން  ތިޔަބައިމީހުން ﷲއަށްތައުބާވާށެވެ! " މިބަސްފުޅުން ދޭހަވަނީ

a)

ތައުބާވުމުގެ މުހިއްމުކަން

b)

ތަޢުބާ ޤަބޫލުކުރައްވާނީ ވަކި ޝަރުޠުތަކެއް ފުރިހަމަވުމުންކަން

c)

ތެދުވެރި އިޚްލާޞްތެރި ތައުބާއަކުން ތައުބާވުން

3.

ތައުބާވުމުގެ މާތްކަމާއި މަތިވެރިކަން ހާމަވާ ކަންކަމަކީ

a)

ފާފަތައް ފުހެވުން

b)

ﷲގެ ލޯބި ލިބުން

c)

ތައުބާވާ މީހުންނަށް މަލާއިކަތުން ހެޔޮ ދުޢާކުރޭ

d)

ނަރަކައިން ސަލާމަތްވެ، ސުވަރުގެ ލިބުން

e)

އުޑުން ބަރަކާތް ލައްވާ

4.

ބަޤަރާސޫރަތުގެ 222 ވަނަ އާޔަތުގެ މާނައިގައިވަނީ "ހަމަކަށަވަރުން  ގިނަގިނައިން  ތައުބާ ވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ.  އަދި ޠާހިރުވާ މީހުން ދެކެވެސް އެކަލާނގެ  ލޯބިވެވޮޑިގެން ވެއެވެ." ބަސްފުޅުން ދޭހަވަނީ

a)

ކުށުން ބަރީޢަވާން ތައުބާވުމުގެ މުހިއްމުކަން

b)

ސާފުތާހިރު ވުމަށް ދީން ބާރުއާ މިންވަރު

c)

ގިނަގިނައިން  ތައުބާ ވާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެންވުން

5.

ކީރިތި ރަސޫލާ ޙަދީޘްކުރައްވަނީ "ފާފައިން ތައުބާވެފައިވާ މީހާ  ފާފައެއް ނުކުރާ މީހެކޭ އެއްފަދައެވެ." ހަދީޘް ބަސްފުޅުން ދޭހަވަނީ

a)

ތައުބާވުމުގެ މުހިއްމުކަން

b)

އިސްލާމް ދީނުގައި ކުށްފާފަ ފުއްސެވުމުގެ މަގު ތަނަވަސް ކޮށްދެއްވާފައިވާކަން

c)

ފާފައިން ތައުބާވެފައިވާ މީހާ  ފާފައެއް ނުކުރާ މީހެއްފަދަކަން

6.

ނަމާދާއި ރޯދައާއި ޙައްޖުފަދަ އަޅުކަންތަކާއި ގުޅިގެން ކުރެވޭ ކުށްތަކާއި، ޒިނޭކުރުމާއި ރާބުއިން ފަދަ، އެހެންމީހެއްގެ ޙައްޤަކާ ގުޅުމެއް ނެތް ފާފަތަކަށް ތައުބާވުމަށް ޓަކައި

a)

މިފާފަތައް ސިއްރުކޮށް، ތެދުވެރި ތައުބާއަކުން ތައުބާވާނީއެވެ.

b)

ތައުބާއެއް ނުވެވޭނެއެވެ

7.

އެހެންމީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ އެކަމުން ތައުބާވުމަށްޓަކައި

a)

ެޙައްޤެއް އަދާކުރަންޖެހޭނެއެވެ. އަދާކުރެވޭކަހަލަ ޙައްޤަކަށް ނުވާނަމަ، މިސާލަކަށް: ޣީބަބުންފަދަ ކަމެއްނަމަ އެމީހެއްގެ ކިބައިން މަޢާފް ހޯދަންވާނެއެވެ. މަޢާފް ހޯދުމަށް ބަދަލެއް ދޭންޖެހިއްޖެނަމަ ބަދަލެއްދީގެން ނަމަވެސް މަޢާފް ހޯދަންވާނެއެވެ.

b)

ﷲ ގެ ޙަޟްރަތުގައި ދެއްނެވުމުން އެކަން ނިންމަވާނެއެވެ

8.

ތައުބާވުމުގެ ޝަރުޠު ތަކަކީ

a)

ﷲއަށް އިޚްލާޞްތެރިވުން

b)

ކުރެވުނު ފާފަތަކާ މެދު ދެރަވެ ހިތާމަކުރުން

c)

ކުރަމުންދާ ފާފަ ކުރުން ހުއްޓާލުން

d)

މުސްތަޤްބަލުގައި އެ ފާފަ ނުކުރުމަށް  ތެރިވެރި އަޒުމަކުން  އަޒުމް ކަނދައަޅުން

e)

ތައުބާ ޤަބޫލު ކުރެވުމުގެ ވަގުތު ފާއިތުނުވަނީސް ތައުބާވުން

9.

ނިސާ ސޫރަތުގެ 17 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ "ތައުބާލެއްވުން  ﷲގެ ޙަޟްރަތުން  އޮތްކަން ކަށަވަރީ ،  ނޭނގި ތިބުމާއެކު ނުބައިކަންތައް ކޮށް ، ދެން،   އެކަންތައް ކުރުމާ ގާތުގައި (ލަސްނުކޮށް)  ތައުބާވެ އުޅޭމީހުންނަށެވެ. ފަހެ ﷲ އެއުރެންގެ މައްޗަށް  ތައުބާލއްވަތެވެ." މާނައިން ދޭހަވަނީ

a)

އަވަހަށް ތައުބާވުމުގެ މުހިއްމުކަން

b)

ތައުބާވުން ލަސްކުރުމުގެ ނުބައިކަން

c)

ތައުބާލެއްވުން  ﷲގެ ޙަޟްރަތުން  އޮތްކަން

10.

ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ "ހަމަކަށަވަރުން  މާތްﷲ އެކަލާނގެ އަޅާގެ ތައުބާ ޤަބޫލުކުރައްވައެވެ. އޭނާ  ނޭވާ ހޮޅިއަށް ނޭޅޭހާ  ހިދަކުއެވެ." މާނައިން ދޭހަވަނީ

a)

ތައުބާވުން އަވަސް ކުރުމުގެ މުހިއްމުކަން

b)

އިންސާނާއަށް ކުރެވޭނެ ކުށްފާފަތަށް ފުއްސަވާނެ މަގު ދީނުގައި  ކަނޑައަޅުއްވާފައިވާކަން

c)

ﷲ ތަޢާލާގެ ޢިނާޔަތްތެރިކަން

d)

މާތްﷲ އެކަލާނގެ އަޅާގެ ތައުބާ ޤަބޫލުކުރައްވާކަން

11.

ތައުބާ ނުވެ ހުރުމުން ލިބޭނެ ގެއްލުންތަކަކީ

a)

ފާފަކުރުން މަތީ ވަނިކޮށް މަރާ ބައްދަލުވުން

b)

ކޮށްފައިވާ ހެޔޮޢަމަލު ތަކުން ތިމާއަށް ފައިދާ އެއްނުކުރުން

12.

ނިސާ ސޫރަތުގެ 18 ވަނަ އާޔަތުގެ މާނައިގައިވަނީ "އަދި ނުބައި ކަންތައް ކޯށްކޮށް ތިއްބާ  އެއިންމީހެއްގެ ގާތަށް މަރު އައިސް ޙާޟިރުވެއްޖެނަމަ އެހިނދު ތިމަން މިހާރު  ތައުބާވެއްޖައީމޭ ބުނަ މީހުންނާއި،  ކާފިރުން  ކަމުގައި ތިބެ މަރުވާ މީހުންނަކަށް ތައުބާ ލެއްވުމެއްނެތެވެ.  އެއުރެންނަށްޓަކައި ވޭންދެނިވި އަޛާބު  ތިމަންރަސްކަލާނގެ  ތައްޔާރު ކުރެއްވީމެވެ." ބަސްފުޅުން ދޭހަވަނީ

a)

ނުބައިކަންތައްތައް ކުރުންމަތީ ދެމިތިބުމުގެމުހިއްމުކަން

b)

ތައުބާވުން އަވަސް ކުރުމުގެ މުހިއްމުކަން

c)

ކާފިރުން  ކަމުގައި ތިބެ މަރުވާ މީހުންނަކަށް ތައުބާ ލެއްވުމެއް ނެތްކަން. 

13.

މީހެއްގެ ހައްޤަކަށް ނުވަތަ މީހަކަށް ގެއްލުމެއް ދީފައިވާ މީހާ ތައުބާވުމުގައި  ފުރިހަމަވާންޖެހޭ ޝަރުޠުތަކީކޮބާ؟

a)

މީހެއްގެ ހައްޤަކާއި ގުޅުންހުރި ކަމެއްނަމަ އެޙައްޤެއް އަދާކުރުން ނުވަތަ އެކަމުން ބަރީޢަވުން

b)

ﷲގެ ޙަޟްރަތުގައި ދެންނެވުމެވެ