wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ޕޭޕަރ 1 / ގުރޭޑް 10

Total questions: 15

Worksheet time: 8mins

Name
Class
Date
1.

މަޛުހަބުތައް އުފެދެން މެދުވެރިވި ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީ

a)

އިޖުތިހާދުކުރުންތަކުގައި ޤަބޫލުނުކުރެވޭ ކަންތައްތަކެއް ހުރުމެވެ

b)

އިޖުތިހާދުކުރުންތަކުގައި ފާޅުކަން ބޮޑު ގޮތެއްގައި ތަފާތުތައް ހުރުމެވެ

c)

އިޖުތިހާދުކުރުންތަކުގައި ފާޅުކަން ބޮޑު ގޮތެއްގައި ތަފާތުތައް ގިނަވުމެވެ

d)

އިޖުތިހާދުކުރުންތަކުގައި ފާޅުކަން ބޮޑު ގޮތެއްގައި ތަފާތުތައް ބޮޑުވުމެވެ

2.

ނުޒުހަތުލް މުޝްތާޤު ފީ އިޚްތިރާގިލް އާފާޤި ކިޔުނު ފޮތުގައި ދިވެހިރާއްޖެއާ ބެހޭގޮތުން ލިޔުއްވާފައިވަނީ

a)

އިބުނު ސީނާ

b)

އިސްހާޤު ބުނު ރާވުހައި

c)

އަލް ބައިރޫނީ

d)

އަލްއިދުރީސީ

3.

އިސްލާމީ ޙަޟާރަތަކީ ޢަލަމީ ޙަޟާރަތަކޭ ބުނުމުން ދޭހަވަނީ

a)

އިސްލާމީ ޙަޟާރަތް ފުރަތަމަ ފެށިގެން އައި ޢަރަބި ޖަޒީރާއިންކަން

b)

އެކި ބަސްބަހުން ވާހަކަދައްކާ ތަފާތު ނަސްލުތަކުގެ ފަރުދުން ބިނާކުރި ޙަޟާރަތުން

c)

ތަފާތު ޙަޟާރަތްތަކުގެ އަސަރު އިސްލާމީ ޙަޟާރަތަށް ކޮށްފައިވާކަން

d)

ގިނަބަޔަކު ބައިވެރިވެ، ޢިލްމީގޮތުން ބޮޑު ކުރިއެރުމެއް ހޯދާފައިވާ ޙަޟާރަތެއްކަން

4.

މުސްލިމުން ކުރިއަރުވާ ތަރައްޤީކުރި ޢިލްމުތަކުގެ އަލީގައި، އިސްލާމްދީން ދެމެހެއްޓުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ

a)

އިސްލާމްދީން ދެކޭގޮތުގެ މައްޗަށް ޢިލްމުތައް ބައްޓަންކުރުން

b)

އިސްލާމްދީން ދެކޭގޮތުގެ މައްޗަށް ޢިލްމުތައް ދިރާސާ ކުރުން

c)

އިސްލާމްދީން ދެކޭގޮތުގެ މައްޗަށް ޢިލްމުތައް ޒަމާނާ އެއްގޮތް ކުރުން

d)

އިސްލާމްދީން ދެކޭގޮތުގެ މައްޗަށް ޢިލްމާއި ފަންނު ބައްޓަންކުރުން

5.

ޝަރުޢީ ގޮތުން ބަލާއިރު، ދީނުގައި ހައްދު ފަހަނައަޅާ ދިއުމަކީ

a)

އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުން ބޭރުވުން

b)

އިސްލާމްދީން ހުއްދަ ދެވިފައިވާ މިންގަނޑުން ބޭރުވުން

c)

އިސްލާމްދީނުގެ މައިގަނޑު އުޞޫލުތަކާއި ދުރުހެލިވެ ދީނުން ބޭރުވުން

d)

އިސްލާމްދީނުގައި ހުއްދަ ނޫން ކަންތައްތައް ހުއްދަކޮށް ދީނުގެ އުސޫލުތަކުން ބޭރުވުން

6.

ކިރިތި ރަސޫލާ ހަދީޘްކުރައްވާފައިވެއެވެ. މީހަކު އޭނާގެ އަޚާއާ ދިމާއަށް ، އޭ ކާފިރު މީހާއޭ ބުނެފިނަމަ، އެބަސް އެތަނުން އެކަކަށް ރައްދުވާނެއެވެ. މި ބަަސްފުޅުން ދޭހަވަނީ

a)

މުސްލިމަކު ކާފިރުކުރުން ހުއްދަ ނުވާނެކަން

b)

މުސްލިމަކު ކާފިރު ކުރާމީހާ ކާފިރު ނުވާނެކަން

c)

އެއްވެސް މީހަކާދިމާއަށް ތިޔައީ ކާފިރެކޭ ބުނުން ހުއްދަ ނުވާނެކަން

d)

މީހަކާދިމާއަށް، ތިޔައީ ކާފިރެކޭ ބުނާމީހާ ކާފިރު ނުވާނެކަން

7.

ޖިހާދުކުރުމުގައި ވަކި އުސޫލުތަކާއި ވަކި ހަމަތަކެއް ކަނޑައެޅިފައިވުމާއި، އަދި އެހެންދީން ތަކުގެ އަޅުކަންކުރާ ތަންތަނަށް ގެއްލުން ދިނުމާއި ރުއްގަސް ކެނޑުމާއި އަންހެނުންނާއި ކުޑަކުދިން މެރުން މަނާކުރައްވާފައިވުމުން އެގިގެންދަނި

a)

އިސްލާމްދީނަކީ، އަޅުކަންކުރާ ތަންތަނަށް ގެއްލުންދިނުމަށް ހިތްވަރުދޭ ދީނެއް ނޫންކަން

b)

އިސްލާމްދީނަކީ ާޙައްޤަކާއި ނުލައި މީހުން މެރުން ހުއްދަކުރާ ދީނެއް ނޫންކަން

c)

އިސްލާމްދީނަކީ ޓެރަރިޒަމަށް ހިތްވަރުދޭ ދީނެއްނޫންކަން

d)

އިސްލާމްދީނަކީ އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިން މެރުމަށް ތާއިދުކުރާ ދީނެއް ނޫންކަން

8.

ކުށެއްކުރެވުމުން އެއީ ކުށެއްކަން ޤަބޫލުނުކުރާ މީހާ ދެވަނަ ފަހަރަށް އެކުށަކަށް އަރައިގަތުމަކީ

a)

ތައުބާވުމަށް މަގުފަހިވާކަމަށް

b)

އެކަމާ ދެރަވެ ހިތާމަކުރާނެ ކަމެއް

c)

ބޮޑާކަމާއި ކިބުރުވެރިކަމުގެ އަލާމާތެއް

d)

މުއްސަނދިކަމާއި ނުފޫޒުގަދަކަމުގެ ޢަލާމާތެއް

9.

އުޚުއްވަތްތެރިކަމަކީ

a)

ދެމީހެއްގެ ދެމެދުގައި ނުވަތަ ބައެއްގެ މެދުގައި އޮންނަ ލޯބީގެ ގުޅުމެވެ

b)

އާޢިލާގެ މެންބަރުންގެ މެދުގައި އޮންނަ އިތުބާރު ކުރެވޭ ވަރުގަދަ ގުޅުމެވެ

c)

އަންހެނަކާއި ފިރިހެނެއްގެ މެދުގައި އޮންނަ އިތުބާރުކުރެވޭ ވަރުގަދަ ގުޅުން

d)

ދެމީހެއްގެ ދެމެދުގައި ނުވަތަ ބައެއްގެ މެދުގައި އޮންނަ އިތުބާރުކުރެވޭ ވަރުގަދަ ގުޅުން

10.

ނެތިމޮށުމަކީ

a)

ފަސާދަ އުފެދޭނެހެން، އެކަކު ދައްކާ ވާހަކަ އަނެކަކު ގާތުގައި ދެއްކުން

b)

މީހަކު ނެތްތަނެއްގައި އެމީހާއާ ބެހޭގޮތުން އޭނާ ނުރުހޭފަދަ ވާހަކައެއް ދެއްކުން

c)

މީހެއްގެ ކިބައިގައި ނެތް ކަންތައްތަކެއްގެ ވާހަކަ އޭނާ ނެތް ތަންތަނުގައި ދެއްކުމެވެ

d)

ފަސާދަ އުފެއްދުމުގެ ނިޔަތަކާނުލައި އެކަކު ދައްކާ ވާހަކަ އަނެކަކު ގާތުގައި ދެއްކުން

11.

އިސްލާމްދީނުގައި ދޫ ރައްކާތެރިކުރުމަކީ

a)

ހުތުރު ބަސްތައް ބުނުމުން ދޫ ރައްކާތެރިކުރުން

b)

އިންސާނާގެ ދުލުން ހެޔޮ ބަހެއް ނޫނީ ނުބުނެ ދޫރައްކާތެރިކުރުން

c)

ހެޔޮބަހެއް ނޫނީ ދުލުން ނުބުނުމާއި ހުތުރު ބަސްތަކުން ދޫރައްކާތެރިކުން

d)

ވާހަކަ ދައްކާއިރު ހުުތުރު ބަސްތައް ބޭނުން ކުރުމާއި ދުރުހެލިވެ ދޫ ރައްކާތެރިކުރުން

12.

މާތް ﷲ ވަޙީބަސްފުޅެއްގެ މާނަގައިވެއެވެ. އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސް ބުނާށެވެ. މި މާނައިން ދޭހަވަނީ

a)

ބަސް ބުނުމުގައި އެބުނާ ބަހާމެދު ވިސްނަންޖެހޭނެކަން

b)

ވާހަކަ ދައްކާއިރު އަނެކާއަށް އިހްތިރާމް ކުރަންވާނެކަން

c)

އަނެކާއަށް ހަޑިހުތުރު ބަހުން ރައްދު ދީގެން ނުވާނެކަން

d)

ހެޔޮއެދިގެން ވާހަކަ ދެއްކުމެުގެ މުހިންމުކަން

13.

ހަދީޘް ބަސްފުޅެއްގައިވެއެވެ. ރިޝްވަތުދޭ މީހާއާއި ރިޝްވަތު ހިފާމީހާއަށް ކީރިތި ރަސޫލާ ލަޢުނަތް ލެއްވިއެވެ. މި ބަސްފުޅުން ދޭހަވަނީ

a)

ރިޝްވަތު ދިނުމުގެ ނުބައިކަން

b)

ރިޝްވަތު ހިފުމުގެ ނުބައިކަން

c)

ރިޝްވަތު ދޭމީހާ މުރުތައްދުވާނެކަން

d)

ރިޝްވަތު ދިނުމަކީ ހަރާމްކަމެއްކަން

14.

އިޖުތިމާޢީ ހަމަހަމަކަން ދެމެހެއްޓުމަށް ކުރެވިދާނެ އެންމެ މުހިންމުކަމަކީ

a)

މުޖުތަަމަޢުގެ އެންމެހައި ފަރުދުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމްކުރުން

b)

ތަފާތު ކުރުމެއްނެތި މުޖުތަމަޢުގައި ޢަދުލުވެރިކަމާއި އިންސާފް ޤާއިމްކުރުން

c)

މުޖުތަމަޢުގެ އެންމެންގެ މެދުގައި ތަފާތު ކުރުމެއްނެތި ހަމަހަމަކަން ޤާއިމްކުރުން

d)

ތަފާތު ކުރުމެއްނެތި މުޖުތަމަޢުގެ އެންމެންގެ މެދުގައި ލޯތްބާއި ހަމެޖެހުން ޤާއިމްކުރުން

15.

މުޖުތަމަޢުގެ ފަލާހާއި ކާމިޔާބަށްޓަކައި ކުރެވިދާނެ އެއްކަމަކީ

a)

ފާފަތަކުން ދުރުހެލިވެ އެފަދަ ކަންތައްތައް މަނާކުރުން

b)

ނުބައި ކަންތައްތައްކުން ދުރުހެލިވެ، އެފަދަކަންތައްތައް ނަހީކުރުން

c)

ހެޔޮކަންތައްތަކަށް އަމުރުކުރުމާއި ނުބައިކންތައްތައް ނަހީކުރުން

d)

އެންމެހާ ނުބައި ކަންތައްތަކުން ދުރުހެލިވެ، އެފދަ ކަންތައްތައް މަނާކުރުން

Similar Resources on Wayground