wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

އިސްލާމީ ފިޤުހު ކުރިއެރުން

Total questions: 18

Worksheet time: 9mins

Name
Class
Date
1.
ސުވާލު 1: އަންނަނިވި ކަންތައްތަކުގެ ތެރެއިން އިސްލާމީ ފިޤުހު ކުރިއެރުމުގެ މުރާދުގެ ތެރޭގައި ހިމެނޭ ކަންކަމަކީ ކޮބާ؟
a)
އައު ޙުކުމްތައް ދެނެގަތުން
b)
ޙުކުމްތައް ބިނާވާ ދަލީލުތަކާއި ޢިއްލަތްތައް ދެނެގަތުން
c)
ޞައްޙަ ޙަދީޘާއި ޟަޢީފް ޙަދީޘް ވަކިކުރުން
d)
އެކިއެކި އުސްލޫބުތަކަށް ފިޤުހީ ފޮތްތައް ލިޔެ އެކުލަވައިލުން
2.
ސުވާލު 2: ނަބިއްޔާ ޞައްލަالله ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ފިޤުހީ ޙުކުމްތަކުގައި މައިގަނޑު ގޮތެއްގައި ބަރޯސާވެވިފައި ވަނީ ވަޙީއަށެވެ. ވަޙީގެ ތެރޭގައި، ކީރިތި ޤުރްއާނާއި ނަބަވީ ސުންނަތް ވެސް ހިމެނެއެވެ. އަދި ކީރިތި ޤުރްއާނާއި ނަބަވީ ސުންނަތުގައި ދެ ބާވަތެއްގެ ފިޤުހީ ޙުކުމްތައް ވެއެވެ. އެއީ قطعي ޙުކުމްތަކާއި ظني ޙުކުމްތަކެވެ. މީގެ ތެރެއިން قطعي ޙުކުމްތަކަކީ ކޮބާ؟
a)
ޤުރްއާނުގައި ނުވަތަ ސުންނަތުގައި ޞަރީޙަކޮށް ކަނޑައަޅުއްވާފައިވާ ޙުކުމްތައް
b)
ޤުރްއާނުގައި ނުވަތަ ސުންނަތުގައި ޞަރީޙަކޮށް ކަނޑައަޅުއްވާފައި ނުވާ ޙުކުމްތައް
c)
މުޖުތަހިދުން އިޖުތިހާދު ކޮށްގެން ނެރޭ ޙުކުމްތައް
3.
ސުވާލު 3: ހުކުރު ނަމާދަށް ދާއިރު މުކައްލިފުން ހިނައިގަތުމީ ވާޖިބު ކަމެއްތޯ ނުވަތަ މުސްތަޙައްބު ކަމެއްތޯ ކަނޑައެޅުއްވުމުގައި ޢިލްމުވެރިން ޚިލާފުވެފައިވެއެވެ. އެހެންކަމުން މިއީ ކޮން ކަހަލަ ޙުކުމެއް ހެއްޔެވެ؟
a)
قطعي ޙުކުމެއް
b)
ظني ޙުކުމެއް
4.
ސުވާލު 4: ޞަޙާބީންގެ ޒަމާނަކީ ފިޤުހު ކުރިއަރައިގެން ދިޔަ ޒަމާންތަކަށް ބަލާއިރު ދެ ވަނަ ޒަމާނެވެ. އެ ޒަމާނުގައި ފިޤުހީ ޙުކުމްތަކުގައި ބަރޯސާވެފައިވާ މަޞްދަރުތަކަކީ ކޮބާ؟
a)
ކީރިތި ޤުރްއާން
b)
ސުންނަތް
c)
ޞަޙާބީންގެ އިޖުމާޢު
d)
އިޖްތިހާދު
e)
ޤިޔާސް
5.
ސުވާލު 5: ޞަޙާބީންގެ ޒަމާނަ ދީނުގެ ކަމަކާމެދު ޢިލްމުވެރިންގެ މެދުގައި މަޝްވަރާކޮށް، ހުރިހާ ބޭފުޅުންނަށް ވަކި ގޮތަކަށް އެއްބަސްވެވުނު ނަމަ އެކަމެއް ބައްލަވަނީ ކޮން ގޮތަކަށް؟
a)
قطعي ޙުކުމެއް ގޮތަށް
b)
އިޖުމާޢުއެއް ގޮތަށް
c)
އިޖުތިހާދެއް ގޮތަށް
6.
ސުވާލު 6: ޞަޙާބީންގެ ޒަމާނަ ދީނުގެ ކަމަކާމެދު ޢިލްމުވެރިންގެ މެދުގައި މަޝްވަރާކޮށް، ހުރިހާ ބޭފުޅުންނަށް ވަކި ގޮތަކަށް އެއްބަސްނުވެވުނު ނަމަ އެކަމެއް ބައްލަވަނީ ކޮން ގޮތަކަށް؟
a)
قطعي ޙުކުމެއް ގޮތަށް
b)
އިޖުމާޢުއެއް ގޮތަށް
c)
އިޖުތިހާދެއް ގޮތަށް
7.
ސުވާލު 7: ފިޤްހުގެ ދާއިރާގައި ތާބިޢީންގެ ޒަމާނުގައި ފާޅުވި ޚާއްޞަ ބައެއް ކަންތައްތަކަކީ ކޮބާ؟
a)
ޚިލާފުތަކުގެ ދާއިރާ ފުޅާވެގެން ދިޔުން
b)
ޙުކުމްތަކަށް އެކި ބޭފުޅުން ދަލީލު ނަންގަވާފައިވާ ގޮތާ މެދު ބަހުސްކޮށް ރައްދު ދިނުން
c)
ނަބަވީ ސުންނަތް ރިވާކުރުން އިތުރުވުން
d)
ފިޤުހާ ގުޅުން ހުރި ފޮތްތައް ލިޔެވުން
8.
ސުވާލު 8: ފިޤްހުގެ ދާއިރާގައި ތާބިޢީންގެ ޒަމާނުގައި ފާޅުވި ޚާއްޞަ ބައެއް ކަންތައްތަކުގެ ތެރޭގައި; ފިޤުހީ މަދަރުސާތައް އުފެދިގެން ދިޔުން ހިމެނެއެވެ. މި ގޮތުން އުފެދުނު ދެ މަދަރުސާއަކީ ކޮބާ؟
a)
މިޞްރުގައި އުފެދުނު މަދަރުސާ
b)
ޝާމްގައި އުފެދުނު މަދަރުސާ
c)
މަދީނާގައި އުފެދުނު މަދަރުސާ
d)
ކޫފާގައި އުފެދުނު މަދަރުސާ
9.
ސުވާލު 9: ތާބިޢީންގެ ޒަމާނުގައި ފިޤުހުގައި ބޭނުންކުރެވޭ ބައެއް މުޞްޠަލަޙުތައް އުފެދިގެންދިޔައެވެ. އޭގެތެރޭގައި ހިމެނޭ މުޞްޠަލަޙުތަކަކީ ކޮބާ؟
a)
ރުކުން
b)
ވާޖިބު
c)
ޒަކާތް
d)
ޖިހާދު
e)
މަންދޫބު
10.
ސުވާލު 10: މަޒުހަބުތަކުގެ ޒަމާނުގައި ފިޤުހު ކުރިއަރައިގެން ގޮސް ފާހަގަވާ ބައެއް ކަންތައްތަކަކީ ކޮބާ؟
a)
އުޞޫލުލްފިޤްހު ދެނެގަނެ، ހާމަ ކުރުން
b)
ފިޤުހު ތަޤްނީނުކުރުން
c)
ޝަރީޢަތުގެ މަޞްދަރުތައް ކަނޑައެޅުއްވުމުގައި، ބައެއް ދަލީލުތަކާ މެދު ރައުޔުތަފާތުވުން އުފެދުން
d)
ފިޤުހުގައި ބޭނުންކުރެވޭ ޟަވާބިތުތައް ދެނެގަނެ، ހާމަކުރުން
11.
ސުވާލު 11: މަޒުހަބުތަކުގެ ޒަމާނުގައި ފިޤުހީ ޙުކުމްތަކަށް ބިނާވާ އަދި ފިޤުހާ ގުޅުން ހުރި ފޮތްތައް ލިޔެވުނެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮން ބާވަތެއްގެ ފޮތްތަކެއް ހެއްޔެވެ؟
a)
ޚުލާސާކޮށް ލިޔެފައިވާ ފޮތްތައް
b)
ޚުލާސާކޮށް ލިޔެފައިވާ ފޮތްތަކުގެ ޝަރަޙަތައް
c)
ދިގުކޮށް ލިޔެފައިވާ ފޮތްތައް
12.
ސުވާލު 12: މަޒުހަބުތަކުގެ ޒަމާނުގައި ފިޤުހުގައި ބޭނުންކުރެވޭ ބައެއް މުޞްޠަލަޙުތައް އުފެދިގެންދިޔައެވެ. އޭގެތެރޭގައި ހިމެނޭ މުޞްޠަލަޙުތަކަކީ ކޮބާ؟
a)
ޝަރުޠު
b)
ކިތާބު
c)
ސުންނަތް
d)
އިޖުމާޢު
13.
ސުވާލު 13: އަޅުގަނޑުމެން މި އުޅޭ ޒަމާނާ ހަމައަށް އައުމުގެ އެތަކެއް ޤަރުނެއް ކުރިއްސުރެ ފިޤުހު ކުރިއެރުން ހުއްޓުނެވެ. މި ކަމުގެ ސަބަބުތަކަކީ ކޮބާ؟
a)
އުޘްމާނީ ދައުލަތް ވެއްޓުން
b)
ޢައްބާސީ ދައުލަތް ވެއްޓުން
c)
ފުރަތަމަ ބޮޑު ހަނގުރާމައާއި ދެވަނަ ބޮޑު ނަގުރާމައިގައި މުސްލިމުންނަށް ލިބުނު ގެއްލުންތައް
d)
މުސްލިމު ދައުލަތްތައް އިސްތިއުމާރު ކުރުން
14.
ސުވާލު 14: މި ޒަމާނަށް އައުމުގެ އެތަކެއް ޤަރުނެއް ކުރިއްސުރެ ފިޤުހު އޮތީ ކުރިއެރުން ހުއްޓި، ގަނޑުވެފައެވެ. އެއަށްފަހު އިޖުތިހާދުކުރުމުގެ ދޮރު އަލުން ހުޅުވައިލެވި ފިޤްހު ކުރިއަރައިދާން އެންމެ ބޮޑު ސަބަބަކަށްވީ:
a)
ފިޤުހާއި ވަޟަޢީ ޤާނޫނުތަކާއި އަޅައިބެލުމުގެ ދިރާސާތައް ކުރެވުން
b)
ފިޤުހު ކޮޑިފައިކުރުން
c)
ދީނީ ޢިލްމުގައި ޔުނިވަރސިޓީ ދައުރު ބޮޑުވުން
15.
ސުވާލު 15: މި ޒަމާނުގައި ފިޤުހު ކުރިއަރައިގެން ގޮސް ފާހަގަވާ ބައެއް ކަންތައްތަކަކީ ކޮބާ؟
a)
ފިޤުހީ ނަޒަރިއްޔާތަކައި ގުޅޭ ދިރާސާތައް ކުރެވުން
b)
އެކި މަޒްހަބުތަކުގެ ރައުޔުތަކާއި ދަލީލުތަކާއި ރައްދުތައް ދިރާސާކޮށް، އެންމެ ބާރުގަދަ ރައުޔު ދެނެގަތުން
c)
މުޞްޠަލަހުތަކުގެ ތެރެއިން "ނާސިޚާއި މަންސޫޚު" އުފެދި އިސްތިޤްރާރުވުން
d)
ކުރީގެ ފިޤުހު ފޮތްތައް، ތަޙްޤީޤުކޮށް ދިރާސާކޮށް، ބޭނުން ހިފޭނެހެން އާންމުކުރުން
16.
ސުވާލު 16: ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި ފާޅުކޮށް އެނގެން ނެތް ކަންކަމުގައި ވަކި މަޒްހަބަކަށް ނުވަތަ ވަކި ޢިލްމުވެރިއަކަށް ތަބާވުމުގެ ޙުކުމަކީ ކޮބާ؟
a)
ހުއްދަކަމެއް
b)
ވާޖިބެއް
c)
ހުއްދަކަމެއް ނޫން
17.
ސުވާލު 17: އެއްވެސް މަޒުހަބަކަށް ތަބާނުވުމުގެ ޙުކުމަކީ ކޮބާ؟
a)
ހުއްދަކަމެއް
b)
ހުއްދަކަމެއް ނޫން
c)
މަކްރޫހް ކަމެއް
18.
ސުވާލު 18: ތަބާވާ މަޒްހަބުގައި އޮންނަ ގޮތާ ޚިލާފަށް އެއަށްވުރެ ވަރުގަދަ ދަލީލެއް އެނގެން އޮތްނަމަ، އެގޮތަށް ޢަމަލުކުރުމުގެ ޙުކުމަކީ ކޮބާ؟
a)
ޙަރާމް
b)
ވާޖިބު
c)
ހުއްދަ