wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ޢީސާގެފާނާ މެދު މުސްލިމުންގެ ޢަޤީދާ

Total questions: 21

Worksheet time: 12mins

Name
Class
Date
1.

ސުވާލު 1: ޢީސާގެފާނު ކޮންބައެއްގެ ގާތަށް ހެއްޔެވެ؟

a)
ބަނޫ އިސްރާއީލްއަށް
b)
ޤުރައިޝް ވަންހައަށް
c)
ބާބިލަށް
2.
ސުވާލު 2: ޢީސާގެފާނު އުފަންވެވަޑައިގަތުން ޚާއްޞަވާ ސަބަބަކީ ކޮބާ؟
a)
އެކަލޭގެފާނުގެ ޢުމުރުން 40 އަހަރުގައި ރަސޫލުކަން ދެއްވުން
b)
ބައްޕާ ފުޅަކާނުލައި ހަމައެކަނި މަންމާފުޅެއްގެ ޒަރީޢާއިން އުފަންވެވަޑައިގަތުން
c)
ނަބިއްޔާ ޞައްލަ الله ޢަލައިހި ވަސައްލަމަގެ ކުރިން އުފަންވެވަޑައިގަތުން
3.
ސުވާލު 3: ޢީސާގެފާނުގެ މަންމާފުޅުގެ ނަމަކީ ކޮބާ؟
a)

އާސިޔާގެފާނު

b)

ޚަދީޖާގެފާނު

c)

މަރިޔަމްގެފާނު

4.
ސުވާލު 4: ޢީސާގެފާނަކީ ނަބީ ބޭކަލެއްތަ ނުވަތަ ރަސޫލު ބޭކަލެއްތަ؟
a)
ހަމައެކަނި ނަބީ ބޭކަލެއް
b)
ރަސޫލު ބޭކަލެއް
c)
ޞާލިޙު އަޅެއް
5.

ސުވާލު 5: ނިސާ ސޫރަތުގެ 171 ވަނަ އާޔަތުގެ މާނައިގައިވެއެވެ. "އޭ ފޮތުގެ އަހުލުވެރިންނެވެ! ތިޔަބައިމީހުންގެ ދީނާމެދު ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ!" މި އާޔަތުގެ މާނައިގައި ދަށުގައި ރޮނގުދަމާފައިވާ ބައިގެ މުރާދަކީ ކޮބައި ހެއްޔެވެ؟

a)
ޔަހޫދީންނާ
b)
ނަޞާރާއިންނާ
c)
ޔަހޫދީންނާއި ނަޞާރާއިންނާ
6.

ސުވާލު 6: ނިސާ ސޫރަތުގެ 171 ވަނަ އާޔަތުގެ މާނައިގައިވެއެވެ. "އޭ ފޮތުގެ އަހުލުވެރިންނެވެ! ތިޔަބައިމީހުންގެ ދީނާމެދު ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ!" މި އާޔަތުގެ މާނައިން ދޭހަވާ 2 ކަމެއް ފާހަގަކުރާށެވެ!

a)

ނަޞާރާއިން އެމީހުންގެ ދީނުގައި ހައްދުފަހަނައަޅާފައިވާކަން

b)

ދީނުގައި ހައްދުފަހަނަޅައި ގޮސްގެންނުވާނެކަން

c)
ދެ ޖަވާބު ވެސް ރަނގަޅު
7.
ސުވާލު 7: ނިސާ ސޫރަތުގެ 171 ވަނަ އާޔަތުގެ މާނައިގައިވެއެވެ. "އަދި الله އާމެދު ޙައްޤު ބަސްމެނުވީ، ތިޔަބައިމީހުން ނުބުނާށެވެ!" މި އާޔަތުގެ މާނައާމެދު ވިސްނާށެވެ. އަދި ނަޞާރާއިން މާތް الله އާމެދު ބުނެފައިވާ ޙައްޤު ނޫން ބަހަކީ ކޮބާ؟
a)
މާތް الله އަކީ ވޮޑިގެންވާ ފަރާތެއް ނޫންކަމަށް
b)
މާތް الله އަށް ދަރިކަލަކު ލިބިވޮޑިގެންވާ ކަމަށް
c)
ދެ ޖަވާބު ވެސް ރަނގަޅު
8.

ސުވާލު 8: ނަޞާރާއިން ބުނާގޮތުގައި އިލާހުން ތިނެކެވެ. އެމީހުން މި ބުނާ ތިން އިލާހަކީ ކޮބައި ހެއްޔެވެ؟

a)

ﷲ އާއި ފިރުޢައުނާއި ޢީސާގެފާނު

b)

ﷲ އާއި ޢީސާގެފާނާއި ޖިބްރީލުގެފާނު

c)

ﷲ އާއި ޢީސާގެފާނާއި މުޙައްމަދުގެފާނު

9.

ސުވާލު 9: ފާޠިރު ސޫރަތުގެ 18 ވަނަ އާޔަތުގައި ވެއެވެ. ﴿وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ۚ﴾ މާނައީ: "އަދި ފާފަވެރި އެއްވެސް ނަފްސެއް، އެހެން ނަފްސެއްގެ ފާފައެއް ނުއުފުލާނެތެވެ.". މިއާޔަތުގެ މާނައިން ދޭހަވާ ދެކަމެއް ފާހަގަކުރާށެވެ!

a)

އެމީހަކަށް ލިބޭނީ އެމީހަކު ކުރި ޢަމަލެއްގެ ފާފަކަން

b)

މީހަކު ކުރާ ކަމެއްގެ ފާފަ އެހެން މީހަކު އުފުލަން ނުޖެހޭނެކަން

c)

ދެ ޖަވާބު ވެސް ރަނގަޅު

10.

ސުވާލު 10: ޢީސާގެފާނާމެދު މުސްލިމުން ޤަބޫލުކުރާ 3 ކަމެެއް ފާހަގަ ކުރާށެވެ!

a)

ޢިސާގެފާނަކީ ﷲގެ އަޅެއްކަން

b)

ޢީސާގެފާނަކީ ﷲގެ ރަސޫލެއްކަން

c)

ޢީސާގެފާނު ޞަލީބަށް ނޭރުވޭކަމާއި ޤަތުލުނުކުރެވޭކަން

d)

3 ޖަވާބު ވެސް ރަނގަޅު

11.
ސުވާލު 11: ނިސާ ސޫރަތުގެ 171 ވަނަ އާޔަތުގެ މާނައިގައިވެއެވެ. "އަދި (އިލާހުން) ތިނެކޭ ތިޔަބައިމީހުން ނުބުނާހުށިކަމެވެ! އެ ބުނުން ތިޔަބައިމީހުން ހުއްޓައިލާށެވެ!" މި އާޔަތުގެ މާނައިގައި "ނުބުނާހުށިކަމެވެ" މި ލަފުޒުން ދޭހަވަނީ ކޮންކަމެއް؟
a)
ތިން އިލާހުން ވާކަމަށް ބުނުމަކީ މަކްރޫހަ ކަމެއްކަން
b)
ތިން އިލާހުން ވާކަމަށް ބުނުމަކީ ޙަރާމް ކަމެއްކަން
c)
ތިން އިލާހުން ވާކަމަށް ބުނުމަކީ މުބާހް ކަމެއްކަން
12.

ސުވާލު 12: ނަޞާރާއިން މާތް الله ގެ ދަރިކަލެއްގެ ދަރަޖަ ދެނީ ކާކަށް ހެއްޔެވެ؟

a)
ޢުޒައިރުގެފާނަށް
b)
ޢީސާގެފާނަށް
c)
މޫސާގެފާނަށް
13.
ސުވާލު 13: ޢީސާގެފާނަކީ ރަސޫލެއް ކަމުގައި ސާބިތުވަނީ ކިހިނެއް؟ (ގިނަ ޖަވާބު)
a)
މާތް الله ޢީސާގެފާނަށް ވަޙީ ބާވައިލެއްވުން
b)
ޢީސާގެފާނަށް ފޮތް ބާވައިލެއްވުން
c)
ޢިސާގެފާނަށް މުޢުޖިޒާތް ދެއްވުން
14.
ސުވާލު 14: މި ޒަމާނުގައި ނަޞާރާ ދީން ޤަބޫލުކުރާ މީހުން ކާފިރު ވަނީ ކޮން ގޮތަކަށް ޤަބޫލުކުރާތީ؟
a)
މަހުދީގެފާނަކީ މާތް الله ގެ ދަރިކަލެއް ކަމުގައި ބުނާތީ
b)
ތިންކައުވަންތަކަން ޤަބޫލުކުރާތީ
c)
ޢީސާގެފާނަކީ މާތް الله ގެ އަޅެއްކަމަށް ޤަބޫލުކުރާތީ
15.
ސުވާލު 15: އަންނަނިވި ކަންތައްތަކުގެ ތެރެއިން މުސްލިމުންގެ ޢަޤީދާއަކީ ކޮބާ؟
a)
ޢީސާގެފާނު ވަނީ ޤަތުލުކުރެވިފައި
b)
ޢީސާގެފާނު ވަނީ އާދައިގެ މަރުވުމަކުން މަރުވެފައި
c)
ޢީސާގެފާނު ޤަތުލެއް ނުކުރެވޭ
16.
ސުވާލު 16: އަންނަނިވި ކަންތައްތަކުގެ ތެރެއިން ނަޞާރާއިންގެ ޢަޤީދާއަކީ ކޮބާ؟
a)
ޢީސާގެފާނަކީ މާތް الله ގެ އަޅެއް
b)
ޢީސާގެފާނަކީ މާތް الله ގެ އަޅެއް އަދި ރަސޫލެއް
c)
ޢީސާގެފާނު ވަނީ ޤަތުލު ކުރެވިފައި
d)

ޢިސާގެފާނަކީ އިލާހުކަމުގައި ބައިވެރިވާ އިލާހެއް

e)

ޢީސާގެފާނު ޞަލީބަށްއެރުވުނު

17.
ސުވާލު 17: ޢީސާގެފާނު ޤަތުލުކުރަން މަސައްކަތް ކުރީ ކޮން ބައެއް ހެއްޔެވެ؟
a)
ޔަހޫދީން
b)
ނަޞާރާއިން
c)
މުސްލިމުން
18.
ސުވާލު 18: ޢީސާގެފާނު ޞަލީބަށް އެރުވުމަށް މަސައްކަތް ކުރި މީހުނަށް ޞަލީބަށް އެރުވުނީ ކާކު؟
a)
ޢީސާގެފާނުގެ ޢާއިލާގެ މީހެއް
b)
ޢީސާގެފާނާ އެއްސިފައެއް ޖެއްސިގެންވާ އެހެން މީހެއް
c)
މަހުދީގެފާނު
19.
ސުވާލު 19: ނަޞާރާއިން ބުނާ ގޮތުގައި ޢީސާގެފާނު ޞަލީބަށް އެރުވުމަށް މާތް الله ދޫކޮށްލެއްވީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟
a)
ޔަހޫދީންނަށް ޢަޒާބު ދެއްވުމަށް
b)
އެ އުންމަތުގެ މީހުންނަށް ކުރެވޭ ފާފަތަކުގެ ކައްފާރާއެއްގެ ގޮތުން
c)
އެއީ އުލުލްޢަޒްމުގެ ވެރި ބޭކަލަކަށް ވުމުން
20.
ސުވާލު 20: އިލާހުވަންތަ ކަމުގައި ޢީސާގެފާނު ބައިވެރި ކުރަނީ ކޮން ބައެއް ހެއްޔެވެ؟
a)
ޔަހޫދީން
b)
ނަޞާރާއިން
c)
ޝީޢީން
21.

ސުވާލު 21: މިއަދުގެ ނަޞާރާއިން އެތިބީ ޢީސާގެފާނުގެ

a)

ރިސާލަތުގެ މަތީގައެވެ.

b)

ރިސާލަތުގެ މަތީގައެއް ނޫނެވެ.