wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ސުވަރުގެއާއި ނަރަކަ

Total questions: 20

Worksheet time: 10mins

Name
Class
Date
1.
ސުވާލު 1: މުއުމިނުން ދުނިޔަވީ ޙަޔާތުގައި ކޮށްއުޅުނު ހެޔޮ ކަންތަކުގެ ޖަޒާއެއްގެ ގޮތުން، މާތް ﷲ އެބައިމީހުންނަށް ތައްޔާރު ކުރައްވާފައިވާ ނިޢުމަތުގެ މަންޒިލަކީ:
a)
ކައްވަޅު
b)
ސުވަރުގެ
c)
ދެ ޖަވާބުވެސް ރަނގަޅު
2.
ސުވާލު 2: ކާފިރުންނާއި ފާސިޤުން ދުނިޔަވީ ޙަޔާތުގައި ކޮށްއުޅުނު ނުބައި ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުން މާތްﷲ އެބައިމީހުންނަށް ތައްޔާރު ކުރައްވާފައިވާ ވޭންދެނިވި ހުރަގެއަކީ:
a)
ކަށްވަޅު
b)
ނަރަކަ
c)
ދެޖަވާބުވެސް ރަގަޅު
3.
ސުވާލު 3: ހަމަލޮލުން މާތްﷲ ދުށުމުގެ ނަސީބު ލިބޭނީ
a)
ސުވަރުގޭގައެވެ.
b)
ޤިޔާމަތް ދުވަހުއެވެ.
c)
ދެޖަވާބުވެސް ރަގަޅު
4.
ސުވާލު 4: ސުވަރުގޭގައި ލިބޭ ނިޢުމަތްތައް ނުހަނު ގިނަގުނައެވެ. އޭގެ ތެރޭގައި
a)
ދުނިޔެމަތީގައި ދިރިއުޅުނު ދަތިހާލުގެ މަތިން ހަނދާން ނެތިގެން ދިޔުން.
b)
ހިތްއެދޭ މީރު ކާތަކެތި އަބަދާއަބަދު ލިބެން ހުރުން.
c)
މާތް ﷲ ގެ ރުހިވޮޑިގަތުން ޙާޞިލްވުން
d)
ހުރިހާ ޖަވާބެއްވެސް ރަގަޅު
5.
ސުވާލު 5: ނަރަކައިގެ ޢަޛާބުގެ ގަދަފަދަކަން ހާމަވާ ކަންތައްތަކުގެ ތެރޭގައި
a)
ނަރަކައިގެ އަލިފާނުގެ ހޫނުގަދަކަން.
b)
ނަރަކައިގެ އެންމެ ކުޑަ ޢަޛާބު ދެވޭ މީހާ އަލިފާނުން ހައްދަވާފައިވާ ފައިވާން ޖޯޑަކަށް އެރުވޭނެއެވެ.
c)
ނަރަކަވަންތަ ވެރިޔާއަށް އަޛާބުގެ އަސަރު ބޮޑު ކުރުމަށްޓަކައި އޭނާގެ ހަށިގަނޑު ބޮޑު ކުރެއްވުން ހިމެނެއެވެ.
d)
ހުރިހާ ޖަވާބެއްވެސް ރަގަޅު
6.
ސުވާލު 6: ކީރިތި ރަސޫލާ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. " ނަރަކައިގެ އެންމެ ކުޑަ ޢަޛާބު ދެވޭމީހާ އަލިފާނުން ހައްދަވާފައިވާ ފައިވާން ޖޯޑަކަށް އެރުވޭނެތެވެ. އެފައިވާން ޖޯޑުގެ ހޫނުކަމުގެ ސަބަބުން އޭނާގެ ސިކުނޑި ކެކެމުންދާނެއެވެ. " މި މާނައިން ދޭހަވަނީ
a)
ނަރަކައިގެ އަޒާބުގެ ގަދަފަދަކަން
b)
ނަރަކައިގައި އަޒާބު ދެއްވުމުގައި ދަރަޖަތަކެއްވާކަން
c)
ނަރަކައިގައި ތަފާތު ވައްތަރުގެ އަޒާބުވާކަން
d)
ހުރިހާ ޖަވާބެއްވެސް ރަގަޅު
7.
ސުވާލު 7: ނަރަކައިގެ ޢަޒާބު ގަދަފަދަވެގެންވެއެވެ. ނަރަކައިގެ އަލިފާނުގެ ހޫނުމިނަކީ، ދުނިޔޭގެ އަލިފާނުގެ
a)
60 ބައިކުޅަ އެއްބައެވެ.
b)
70 ބައިކުޅަ އެއްބައެވެ.
c)
100 ބައިކުޅަ އެއްބައެވެ.
8.
ސުވާލު 8: ކީރިތި ޤުރުއާނުގެ ސޫރަތު އަލްމަޢާރިޖުގެ 11- 14 ވަނަ އާޔަތުގެ މާނައިގައިވެއެވެ." އެއުރެން އެކަކު އަނެކަކަށް ފެންނާނެގޮތް މެދުވެރިކުރައްވާނެތެވެ. އެދުވަހުގެ ޢަޒާބުން ސަލާމަތްވުމަށް ކުށްވެރިޔާ އޭނާގެ ދަރިން، ފިދުޔަ އެއްގެ ގޮތުގައި ދެވޭނެނަމައޭ ހިތައި އެކަމަށް އެދޭނެތެވެ. އަދި، އޭނާގެ އަނބިމީހާއާއި، އޭނާގެ އަޚުންވެސްމެއެވެ. އަދި، އޭނާޔަށް ހިޔާވަހިކަންދޭ، އޭނާގެ ގާތްތިމާގެ މީހުންވެސްމެއެވެ. އަދި، ބިމުގައިވާހާ އެންމެންވެސްމެއެވެ. ދެން، އެ ފިދުޔަ އޭނާ ސަލާމަތް ކުރޭތޯއެވެ." މި ބަސްފުޅުތަކުން ދޭހަވާ މާނައަކީ ކޮބާ؟
a)
ކޮންމެފަދަ ބަދަލެއް ދީގެން ވެސް ކުށްވެރިޔާ އަމިއްލަ ނަފްސު ސަލާމަތްވުމަށް އެދޭނޭ ކަމެވެ.
b)
ނަރަކައިގެ ޢަޒާބުގެ ބޮޑުކަމާއި ބިރުވެރިކަމެވެ.
c)
ﷲގެ ޢަދުލްވެރިކަމެވެ.
d)
ހުރިހާ ޖަވާބުވެސް ރަނގަޅު
9.
ސުވާލު 9: ނަރަކައިގެ ޢަޒާބުގެ އަސަރު ބޮޑު ކުރުމަށްޓަކައި އޭނާގެ ހަށިގަނޑު ބޮޑު ކުރެއްވުމަށްޓަކައި ހައްދަވާނޭ ގޮތް ބަޔާންވެފައިވާ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވަނީ
a)
ކާފިރު މީހާގެ އެތެރޭ ކޮލުދަތް ނުވަތަ މެދުދަތް، އުޙުދު ފަރުބަދައާ އެއްވަރެވެ.
b)
ކާފިރު މީހާގެ އެތެރޭ ކޮލުދަތް ނުވަތަ މެދުދަތް، ހިރާ ފަރުބަދައާ އެއްވަރެވެ.
c)
ކާފިރު މީހާގެ އެތެރޭ ކޮލުދަތް ނުވަތަ މެދުދަތް، ޘަވްރު ފަރުބަދައާ އެއްވަރެވެ.
10.
ސުވާލު 10: ސުވަރުގެއާއި ނަރަކައިގެ ވާހަކަ ގިނައިން ދައްކައި، އެ ދެ ތަން މަތިން ހަނދުމަކޮށް އުޅުމުން، މުސްލިމުންގެ ދިރިއުޅުމަށް ކުރާނޭ ރަނގަޅު އަސަރަކީ ކޮބާ؟
a)
ހެޔޮ ޢަމަލު ކުރުމަށް ހިތްވަރުލިބުން
b)
ފާފައެއް ކުރެވިދާނެކަމަށް ޖެހިލުންވުން
c)
ނަފްސު ހެޔޮމަގުގައި ހިފެހެއްޓުމަށް ބާރަކަށްވެގެން ދިޔުން
d)
ހުރިހާ ޖަވާބުވެސް ރަނގަޅު
11.
ސުވާލު 11: ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ." ސުވަރުގެއަށް ސުވަރުގެވަންތަވެރިން ވަނުމުން، މާތްﷲ ވަޙީކުރައްވާނެއެވެ. ތިޔަބައިމީހުން އިތުރަށް ކަމެއް ބޭނުންތޯއެވެ! އެހިނދު އެބައިމީހުން ބުނާނެތެވެ. "އިބަ އިލާހު އަޅަމެންގެ މޫނުތައް އަލި ނުކުރައްވަންތޯއެވެ؟ ނަރަކައިން ސަލާމަތްކުރައްވައި ސުވަރުގެ ނުވައްދަވަމުތޯއެވެ؟" އެހިނދު، (މާތްﷲ އާ އެބައިމީހުންނާ ދެމެދު އޮތް) ފަރުދާ ކަހައިލެވޭނެއެވެ. އަދި އެބައިމީހުންގެ ވެރި އިލާހަ ބެލުމަށްވުރެ، އެބައިމީހުންގެ ގާތުގައި ލޮބުވެތިކަންބޮޑު ކަމެއް އެބައިމީހުންނަކަށް ނުދެއްވާނެތެވެ." މި ޙަދީޘް ބަސްފުޅުން ދެހަވާ މާނައަކީ ކޮބާ؟
a)
ތަޢުރީފުކުރުމުގެ ގޮތުން ކުރާ ސުވާލު ކުރުމުން، ނިޢުމަތްތައް އިތުރުކޮށް ދެއްވާކަން.
b)
ﷲ ދެއްވި ނިޢުމަތްތަކަށް އުފާކޮށް ހިތްހަމަޖެހި ޝުކުރުވެރިވުމުގެ މުހިންމުކަން.
c)
ސުވަރުގޭގައި އެންމެ މަތިވެރި ނިޢުމަތަކީ މާތްﷲ ދުށުމުގެ ނިޢުމަތްކަން.
d)
ހުރިހާޖަވާބެއްވެސް ރަގަޅު
12.
ސުވާލު 12: ކީރިތ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. "މާތް ﷲ ސުވަރުގޭގެ އަހުލުވެރިންނަށް ވަޙީކުރައްވާނެތެވެ: "އޭ ސުވަރުގޭގެ އަހުލުވެރިންނޭވެ!" އެ ހިނދު އެބައިމީހުން ޖަވާބުގައި ދަންނަވާނެތެވެ: "އާދޭހެވެ!" ދެން, އެ ކަލާނގެ ވަޙީކުރައްވާނެތެވެ: "ތިޔަބައިމީހުން ތިޔަ ތިބީ ރުހިގެން ވާ ހާލުގައި ހެއްޔެވެ؟" ޖަވާބުގައި އެބައިމީހުން ދަންނަވާނެތެވެ: "އަޅުގަނޑުމެން ނުރުހެންވީ ކޮން ސަބަބަކާ ހުރެތޯއެވެ. ހަމަކަށަވަރުން, އިބަ ރަސްކަލާނގެ ޚަލްޤުތަކުން ކުރެ އެހެން ބަޔަކަށް ނުދެއްވާ ނިޢުމަތް އިބަ ރަސްކަލާނގެ އަޅުގަނޑުމެންނަށް ދެއްވީމުއެވެ." އެ ހިނދު އެ ކަލާނގެ ވަޙީކުރައްވާނެތެވެ: "އެއަށްވުރެ ވެސް މާ މާތްކަމެއް ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވާހުށީމެވެ!" އެބައިމީހުން ދަންނަވާނެތެވެ: "އޭ ހައްދަވާ ބޮޑުކުރައްވާ ރަސްކަލާކޮ! އެއަށްވުރެ މާތް ވާނީ ދެން ކޮން ކަމެއްތޯއެވެ؟" އެ ކަލާނގެ ވަޙީކުރައްވާނެތެވެ: "(އެއީ) ތިމަން ރަސްކަލާނގެ ރުހިވޮޑިގަތުން ތިޔަބައިމީހުންނަށް ދެއްވުމެވެ. ދެން އެއަށްފަހު, ދުވަހަކު ވެސް ތިޔަބައިމީހުންނާ މެދު ތިމަން ރަސްކަލާނގެ ކޯފާވެވޮޑިނުގެންނެވުމެވެ." މި ޙަދީޘް ބަސްފުޅުން ދޭހަވާ މާނައަކީ ކޮބާ؟
a)
ތަޢުރީފުކުރުމުގެ ގޮތުން ކުރާ ސުވާލު ކުރުމުން، ނިޢުމަތްތައް އިތުރުކޮށް ދެއްވާކަން.
b)
ﷲ ދެއްވި ނިޢުމަތްތަކަށް އުފާކޮށް ހިތްހަމަޖެހި ޝުކުރުވެރިވުމުގެ މުހިންމުކަން.
c)
ސުވަރުގެވަންތަވެރިންދެކެ މާތްﷲ ތާއަބަދަށް ދާއިމަށް ރުހިވޮޑިގެންވާކަމާއި ކޯފާވެވޮޑިނުގަންނަވާނެކަން.
d)
ހުރިހާޖަވާބެއްވެސް ރަގަޅު
13.
ސުވާލު 13: ކީރިތ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. "ސުވަރުގެވަންތަވެރިންގެ ތެރެއިން, ދުނިޔޭގައި އެންމެ އުނދަގުލުގައި އުޅުނު މީހާ ގެނެވޭނެއެވެ. ދެން, އޭނާ ހިނދުކޮޅަކަށް ސުވަރުގެއަށް ވެއްދެވޭނެއެވެ. އެއަށްފަހު, އޭނާއަށް ބުނެވޭނެތެވެ: "އޭ އާދަމުގެ ދަރިޔާއެވެ! ތިބާއަށް ދުވަހަކު ވެސް އުނދަގުލެއް ފެނުނު ހެއްޔެވެ؟ ތިބާއަށް ދުވަހަކު ވެސް ދަތިކަމެއް މެދުވެރިވި ހެއްޔެވެ؟" އެ ހިނދު ޖަވާބުގައި އޭނާ ބުނާނެތެވެ: "ﷲ ގަންދީ ބުނަމެވެ! ނޫނެކެވެ. ދުވަހަކު ވެސް އަހުރެންނަކަށް އުނދަގުލެއް ކުރިމައްޗެއް ނުވެއެވެ. އަދި އަހުރެން ދުވަހަކު ވެސް ދަތިކަމެއް ނުދެކެމެވެ." މި ޙަދީޘް ބަސްފުޅުން ދޭހަވާ މާނައަކީ ކޮބާ؟
a)
ސުވަރުގެވަންތަވެރިޔާ ދުނިޔޭގެ ދަތިތައް ހަނދާން ނެތިދާކަން
b)
ސުވަރުގެވަންތަވެރިޔާއަށް ﷲ ދެއްވި ނިޢުމަތުގެ ބޮޑުކަން
c)
ދުނިޔޭގެ ދަތިތަކަށް ކެތްތެރިވުމުން ދެއްވަވާ ހެޔޮޖަޒާގެ މަތިވެރިކަން
d)
ހުރިހާޖަވާބެއްވެސް ރަގަޅު
14.
ސުވާލު 14: ﴿وَفَاكِهَةٍ مِّمَّا يَتَخَيَّرُونَ * وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ﴾ (سورة الواقعة:20-21) މާނައީ: އަދި އެއުރެން ބޭނުންގޮތަކަށް ނަގާނޭ މޭވާތަކާއިގެންނެވެ. އަދި އެއުރެން ހިތްއެދޭ ބާވަތްތަކުގެ ދޫނިސޫފާސޫފީގެ މަހާއިގެންނެވެ." މި މާނައިން ދޭހަވާ ކަމަކީ ކޮބާ؟
a)
ހިތްއެދޭ މީރު ކާތަކެތި އަބަދާއިއަބަދު ލިބެން ހުންނަކަން
b)
ސުވަރުގެވަންތަވެރިޔާއަށް ﷲ ދެއްވި ނިޢުމަތުގެ ބޮޑުކަން
c)
މަތީގައިވާ ދެ ޖަވާބުވެސް ރަގަޅު
15.
ސުވާލު 15: ކީރިތ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. "ޤިޔާމަތް ދުވަހު ނަރަކަވަންތަވެރިންގެ ތެރެއިން, ދުނިޔޭގައި އެންމެ ނިޢުމަތުގައި އުޅުނު މީހާ ގެނެވޭނެއެވެ. ދެން, އޭނާ ހިނދުކޮޅަކަށް ނަރަކައަށް ވެއްދެވޭނެއެވެ. އެއަށްފަހު, އޭނާއަށް ބުނެވޭނެތެވެ: "އޭ އާދަމުގެ ދަރިޔާއެވެ! ތިބާއަށް ދުވަހަކު ވެސް ހެވެއް ފެނުނު ހެއްޔެވެ؟ ތިބާއަށް ދުވަހަކު ވެސް ނިޢުމަތެއް ލިބުނު ހެއްޔެވެ؟" އެ ހިނދު ޖަވާބުގައި އޭނާ ބުނާނެތެވެ: "އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބަ ރަސްކަލާނގެ ގަންދީ ބުނަމެވެ. ނޫނެކެވެ". މި މާނައިން ދޭހަވާ ކަމަކީ ކޮބާ؟
a)
ނަރަކަވަންތަ ވެރިޔާއަށް، އޭނާ ދުނިޔެމަތީގައި އުޅުނުއިރު ލިބުނު އުފަލާއި އަރާމުގެ މަތިން ހަނދާންނެތިދާކަން
b)
ނަރަކަވަންތަވެރިޔާއަށް ހުރި ޢަޒާބުގެ ބޮޑުކަން
c)
ދުނިޔޭގެ އެދުންތަކަށް ހެއްލުމުގެ ނުބައިކަން
d)
ހުރިހާޖަވާބެއްވެސް ރަގަޅު
16.
ސުވާލު 16: ކީރިތ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިޔަބައިމީހުންގެ އަލިފާނަކީ، ނަރަކައިގެ އަލިފާނުގެ (ހޫނުމިނުގެ) 70 ބައިކުޅަ އެއްބައެވެ." މި މާނައިން ދޭހަވާ ކަމަކީ ކޮބާ؟
a)
ނަރަކައިގެ އަލިފާނުގެ ހޫނުގަދަކަން
b)
ނަރަކަވަންތަވެރިޔާއަށް ހުރި ޢަޒާބާއި ވޭނުގެ ބޮޑުކަން
c)
މަތީގައިވާ ދެ ޖަވާބުވެސް ރަގަޅު
17.
ސުވާލު 17: ކީރިތ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. "ކާފިރު މީހާގެ އެތެރޭ ކޮލު ދަތް ނުވަތަ މެދު ދަތް، އުޙުދު ފަރުބަދައާ އެއްވަރެވެ." މި މާނައިން ދޭހަވާ ކަމަކީ ކޮބާ؟
a)
ނަރަކަވަންތަވެރިޔާއަށް ޢަޛާބުގެ އަސަރު ބޮޑުކުރުމަށްޓަކައި އޭނާގެ ހަށިގަނޑު ބޮޑުކުރައްވާކަން.
b)
ނަރަކަވަންތަވެރިޔާއަށް ހުރި ޢަޒާބުގެ ބޮޑުކަން
c)
ކާފިރުވުމުގެ ނުބައިކަން
d)
ހުރިހާޖަވާބެއްވެސް ރަގަޅު
18.
ސުވާލު 18: މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގެވެއެވެ. "ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ އާޔަތްތަކަށް ކާފިރުވި މީހުން ނިކަންހުރެ ތިމަން ރަސްކަލާނގެ އެއުރެން ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއުރެންގެ ހަންތައް ރޯފިލައްޖެ ކޮންމެހިނދަކު، އެއުރެންގެ ހަންތައް އެ ނޫން ހަންތަކަކަށް ބަދަލުކުރައްވަމެވެ. އެއީ، އެއުރެން ޢަޛާބުގެ ރަހަ ލިބިގަތުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲ އީ، ޢަޒީޒުވަންތަ ޙަކީމުވަންތަ ރަސްކަލާނގެ ކަމުގައި ވެއެވެ." (ސޫރަތުއްނިސާ: 56). މި މާނައިން ދޭހަވާ ކަމަކީ ކޮބާ؟
a)
ނަރަކަވަންތަވެރިޔާގެ ހަށިގަނޑަށް އަލިފާނުގެ އަސަރުކުރާނެކަން
b)
ނަރަކަވަންތަވެރިޔާއަށް ހުރި ޢަޒާބުގެ ބޮޑުކަން
c)
މާތްﷲ އަކީ މާތް މަތިވެރި ޙިކުމަތްވަންތަ އިލާހުކަން
d)
ހުރިހާޖަވާބެއްވެސް ރަގަޅު
19.
ސުވާލު 19: ކީރިތ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. "ނަރަކައިގައި އެންމެ ކުޑަ ޢަޛާބު ދެވޭމީހާ، އަލިފާނުން ހައްދަވާފައިވާ ފައިވާން ޖޯޑަކަށް އެރުވޭނެތެވެ. އެ ފައިވާން ޖޯޑުގެ ހޫނުކަމުގެ ސަބަބުން، އޭނާގެ ސިކުނޑި ކެކެމުން ދާނެއެވެ." މި މާނައިން ދޭހަވާ ކަމަކީ ކޮބާ؟
a)
ނަރަކައިގައި ކުޑަ ޢަޛާބު ލިބޭ މީހުންނާއި ބޮޑެތި ޢަޛާބު ލިބޭ މީހުން ތިބޭނެކަން
b)
ނަރަކަވަންތަވެރިޔާއަށް ހުރި ކޮންމެ ޢަޛާބަކީ ވެސް އޭނާއަށް ބޮޑު ޢަޛާބެއްކަން
c)
މަތީގައިވާ ދެ ޖަވާބުވެސް ނުބައި
20.
ސުވާލު 20: ޤުރުއާނާއި ސުންނަތުން އެނގޭގޮތުގައި ސުވަރުގެއަކީ ފަނާވުމެއްނެތް، މުއުމިނުންގެ ދާއިމީ ހިޔާވައްސެވެ. ނަމަވެސް ސުވަރުގެއަކީ ފަނާވާނެ ތަނެއް ކަމުގައި ބުނާ ބާޠިލް ފިރުޤާ އެއްވެއެވެ. އެއީ ކޮން ފިރުޤާއެއް އަދި އެ ފިރުޤާ ނިސްބަތްވަނީ ކާކަށް؟
a)
ޤާދިޔާނީ ފިރުޤާ. ނިސްބަތްވަނީ މިރުޒާ ޣުލާމް އަޙްމަދު ޤާދިޔާނީ އަށެވެ.
b)
ޖަހުމިއްޔާ ފިރުޤާ. ނިސްބަތްވަނީ އަލްޖަހްމު ބުން ޞަފްވާނަށެވެ.
c)
ބަހާއިއްޔާ ފިރުޤާ. ނިސްބަތްވަނީ މިރުޒާ ޙުސައިން ޢަލީ އަށެވެ.