Worksheetsއިސްލާމީ ޙަޟާރަތު 1
Total questions: 25
Worksheet time: 13mins
Name
Class
Date
1.
ސުވާލު 1: އިނގިރޭސި ބަހުގައި ސިވިލައިޒޭޝަންގެ މާނައަކީ ކޮބާ؟
a)
ޘަޤާފާތް ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅި
b)
އިސްލާމީ ޘަޤާފަތުގެ މަތީގައި ތިބެ، މާއްދީ ގޮތުން އެކިއެކި ދާއިރާތަކުން، ޙާސިލުކޮށްފައިވާ ކުރިއެރުންތައް
c)
ވަކި ޘަޤާފާތަކާ އެއްގޮތަށް އުޅޭ މީސްތަކުންގެ ޖަމާޢަތް
2.
ސުވާލު 2: ސިވިލައިޒޭޝަންގެ އިޞްޠިލާޙީ މާނައަކީ ކޮބާ؟
a)
ވަކި ޘަޤާފަތެއްގެ މަތީގައި ތިބެ، މާއްދީ ގޮތުން އެކިއެކި ދާއިރާތަކުން، މުޖުތަމަޢެއް ޙާޞިލުކޮށްފައިވާ ފާހަގަކޮށްލެވޭ ކުރިއެރުންތައް
b)
އިސްލާމީ ޘަޤާފަތުގެ މަތީގައި ތިބެ، މާއްދީ ގޮތު ން އެކިއެކި ދާއިރާތަކުން، މުސްލިމުން ޙާސިލުކޮށްފައިވާ ފާހަގަކޮށްލެވޭ ކުރިއެރުންތައް
3.
ސުވާލު 3: އިޓަލީ ވިލާތުގައި 300 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ގަހެއް އެބަހުރިއެވެ. އެ ގަސް ކައިރީގައި ޕާކެއް ވެސް ހަދާފައިވެއެވެ. އެހެންކަމުން އެ ގަސް އެއީ އެމީހުންގެ ޙަޟާރަތުގެ ތެރެއަށް ވަދެގެން ދާނެ އެއްޗެއް ހެއްޔެވެ؟
a)
ޙަޟާރަތަކީ އެއީ
b)
އެއީ ޙަޟާރަތެއް ނޫން
4.
ސުވާލު 4: އިސްލާމީ ޙަޟާރާތަކީ އިސްލާމީ ޘަޤާފަތުގެ މަތީގައި ތިބެ، މާއްދީ ގޮތުން އެކިއެކި ދާއިރާތަކުން، މުސްލިމުން ޙާސިލުކޮށްފައިވާ ފާހަގަކޮށްލެވޭ ކުރިއެރުންތަކެވެ. މި ކުރިއެރުންތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކަކީ ކޮބާ؟
a)
އިޖުތިމާޢީ ގޮތުން ކުރިއެރުން
b)
އިޤްތިޞާދީ ގޮތުން ކުރިއެރުން
c)
އުމްރާނީ ގޮތުން ކުރިއެރުން
d)
ޢިލްމާއި ފަންނުވެރިކަމުގެ ގޮތުން ކުރިއެރުން
5.
ސުވާލު 5: އިސްލާމީ ޙަޟާރާތުގެ އަސާސްތަކަކީ ކޮބާ؟
a)
އިސްލާމީ އަޤީދާ
b)
ޝަރުޢީ ޙުކުމްތައް
c)
އިސްލާމީ އަޚްލާޤު
d)
މައްކާގެ އާދަކާދަ
6.
ސުވާލު 6: އިސްލާމްދީނުގެ ނަޒަރުގައި ހުރިހާ އިންސާނުންނަކީ ހަމަހަމަ ބައެއް ހެއްޔެވެ؟
a)
ހުރިހާ އިންސާނުން ހަމަހަމަ
b)
ފިރިހެނުން އަންހެނުންގެ މައްޗަށް މާތްވެގެންވޭ
7.
ސުވާލު 7: އިސްލާމްދީނުގައި އަޅުކަން ކުރުމަށްޓަކައި، ފައްޅީގެ ބަދަލުގައި މިސްކިތްތައް ހެދުނެވެ. މިކަމާ އިސްލާމީ ޙަޟާރަތާ ހުރި ގުޅުމަކީ ކޮބާ؟
a)
ގެތަކާއި އިމާރާތްތައް ބިނާ ކުރުމުގައި ފައްޅިތަކުގެ ވައްޓަފާޅި ދޫކޮށްލުން
b)
މީސްތަކުން ގެ ތަކުގައި ނަމާދުކުރުން ދޫކޮށްލުން
c)
މިސްކިތްތަކުގެ ވައްޓަފާޅިއާއި ގޮތްގަނޑަށް މުސްލިމުންގެ އެކި ބިނާތައް ބަދަލުވެގެން ދިޔުން
8.
ސުވާލު 8: ޝަރުޢީ ޙުކުމްތަކަކީ އިސްލާމީ ޙަޟާރަތުގެ އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންކަމުން އިސްލާމީ ޙަޟާރަތާ ގުޅުން ހުރި ޝަރުޢީ ޙުކުމްތައް ވަންނަ ދާއިރާއަކީ ކޮބާ؟
a)
އަޅުކަމުގެ ޙުކުމްތަކަށް
b)
މުޢާމަލާތުގެ ޙުކުމްތަކަށް
c)
އަޅުކަމާއި މުޢާމަލާތައް ވެސް ވަދޭ
9.
ސުވާލު 9: ރިބާ ޙަރާމް ކުރެއްވުމާއި އިސްލާމީ ޙަޟާރަތާ ހުރި ގުޅުމަކީ ކޮބާ؟
a)
މިއީ އެއްވެސް ގުޅުމެއްވާ ދެ ކަމެއް ނޫން
b)
މުސްލިމުންގެ އިޤްތިޞާދު ބިނާ ކުރުމުގައި ރިބާގެ މުޢާމަލާތްތަކާ ދުރުވުން
c)
ރިބާގެ ސަބަބުން ލިބޭ ފައިދާ އަކީ ޙަރާމް އެއްޗެއްކަން ބަޔާންކޮށްދެއްވުން
10.
ސުވާލު 10: ޢިލްމު އުނގެނުން ވާޖިބު ކުރެއްވުމުން އިސްލާމީ ޙަޟާރަތަށް ލިބިގެންދާ ކުރިއެރުމަކީ ކޮބާ؟
a)
މީސްތަކުން ދީނާމެދު ހޭލުންތެރި ނުވުން
b)
އެހެން ޙަޟާރާތްތަކުގެ އަހުލުވެރިންގެ ޢިލްމީ ހޯދުންތައް ދިރާސާ ކުރެވުން
c)
އެކިއެކި ޢިލްމުތަކާއި ފަންނުތަކުން މުސްލިމުންނަށް އާ އީޖާދުތައް ކުރެވުން
11.
ސުވާލު 11: ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމަކީ އިސްލާމީ ހަޟާރަތާ ގުޅުން ހުރި ކަމެއްތަ؟
a)
އެއީ އިސްލާމީ އަޚްލާޤުގެ ތެރޭގައި ހިމެނޭ އިސްލާމީ ޙަޟާރަތާ ގުޅުން ހުރި ކަމެއް
b)
އެއީ ފަރުދުންގެ ފުދުންތެރިކަމާ ގުޅުން ހުރިކަމެއް އިސްލާމީ ޙަޟާރަތާ ގުޅުމެއް ވާ ކަމެއް ނޫން
12.
ސުވާލު 12: ތެދުވެރިވުމަކީ އިސްލާމީ އަޚްލާޤުގެ ތެރޭގައި ހިމެނޭ އިސްލާމީ ޙަޟާރަތާ ގުޅުން ހުރި ކަމެކެވެ. ތެދުވެރިކަމުގެ ސަބަބުން އިސްލާމީ ޙަޟާރަތަށް ކުރާނެ އަސަރަކީ ކޮބާ؟
a)
ތެދުވެރިވުމުގެ ސަބަބުން އެހެން ދީންތަކުގެ މީހުންނަށް ވެސް މުސްލިމުންގެ އަޚްލާޤް ފެނި އިސްލާމްދީނަށް ލޯބި ޖެހުން
b)
އެއީ މާތް الله އަމުރުކުރައްވާފައިވާ އަޚްލާޤީ ސިފައަކަށް ވުމުން އެކަނލާގެ މި ސިފައިގެ އަހުލުވެރިން ސުވަރުގެ ވެއްދެވުން
c)
ވިޔަފާރިއާއި އިޤްތިޞާދު ފަދަ ދާއިރާ ތަކުގައި ހިތުބާރު ހިފޭ އަމާނާތްތެރި ބަޔަކަށްވުމުގެ ސަބަބުން މުސްލިމުން ކުރިއަރާ ދިޔުން
13.
ސުވާލު 13: އިސްލާމީ ޙަޟާރަތު ފެށިގެން އައި ގޮތަށް ބަލާއިރު ދެ މަރުޙަލާއަކަށް ބެހިގެންދެއެވެ. އޭގެތެރޭގައި ނަބިއްޔާ ﷺ ގެ ޒަމާން ހިމެނެއެވެ. ނަބިއްޔާ ﷺ ގެ ޒަމާނުގައި ހިނގާދިޔަ އިސްލާމީ ޙަޟާރަތާ ގުޅުން ހުރި ކަންތައްތަކަކީ ކޮބާ؟
a)
އިސްލާމީ ޘަޤާފަތުގެ މައްޗަށް ބިނާވާ މުޖުތަމަޢެއް ތަރުބިޔަތު ކުރެވުން
b)
ޤުބާ މިސްކިތް ބިނާކުރެއްވުން
c)
މަދީނާއަށް ހިޖުރަކުރެއްވުން
d)
މަދީނާގައި ދިރިއުޅުނު އެކިއެކި ވަންހަތަކާއި ޤަބީލާތަކާ އެކު ޞުލްޙައިގެ އެއްބަސްވުންތައް ޤާއިމުކުރެއްވުން
e)
މުނާފިޤުންނާ މުޢާމަލާތު ކުރެއްވުމުގައި ބެހެއްޓެވި ގޮތް
14.
ސުވާލު 14: އަލްޚުލަފާއުއްރާޝިދޫންގެ ޒަމާނަކީ ކޮބާ؟
a)
އަބޫބަކުރުގެފާނު ޚަލީފާކަމަށް އިސްކުރެއްވުމުން ފެށިގެން ގޮސް ޢުޘްމާނުގެފާނު ޝަހީދުކޮށްލެވުމާ ދެމެދުގެ މުއްދަތު
b)
އަބޫބަކުރުގެފާނު ޚަލީފާކަމަށް އިސްކުރެއްވުމުން ފެށިގެން ގޮސް ޢަލީގެފާނު ޝަހީދުކޮށްލެވުމާ ދެމެދުގެ މުއްދަތު
c)
އަބޫބަކުރުގެފާނު ޚަލީފާކަމަށް އިސްކުރެއްވުމުން ފެށިގެން ގޮސް އުމަވީ ދައުލަތް ފެށުމާ ދެމެދުގެ މުއްދަތު
15.
ސުވާލު 15: އަލްޚުލަފާއުއްރާޝިދޫންގެ ޒަމާނުގައި އިސްލާމީ ޙަޟާރަތުގެ ތެރެއިން އިސްލާމީ ސިޔާސީ ނިޒާމު ކުރިއެރައިގެން ދިޔައެވެ. އެއީ ކިހިނެއް؟
a)
އިސްލާމީ ޝަރީޢަތާ އެއްގޮތަށް ދައުލަތުގެ ވެރިޔާ އިޚްތިޔާރުކުރާނެ ގޮތް ފެނިގެން ދިޔުން
b)
ޝޫރާގެ (މަޝްވަރާގެ) ނިޒާމު އިތުރަށް ހަރުދަނާވުން
c)
ފެންވަޅުތައް ކޮނުން
16.
ސުވާލު 16: އަލްޚުލަފާއުއްރާޝިދޫންގެ ޒަމާނުގައި އިދާރީ ގޮތުން އައި ކުރި އެރުންތަކަކީ ކޮބާ؟
a)
މަސްއޫލިއްޔަތުތައް އެ ކަންކަމަށް އެކަށީގެންވާ މީހުންނަށް ހަވާލުކުރުން
b)
މާލީ ކަންކަން ވަކިން ހިންގުން
c)
އެންމެ ރަނގަޅު މީހާ ޤާޟީ ކަމަށް ޢައްޔަނު ކުރުން
d)
ވެރިން ޒިންމާދާރު ކުރުމުގެ އިންތިޒާމު ހަމަޖެހުން
17.
ސުވާލު 17: އަލްޚުލަފާއުއްރާޝިދޫންގެ ޒަމާނުގައި ފެންނަން ހުރި އިސްލާމީ ޙަޟާރަތާ ގުޅުން ހުރި އެންމެ މުހިންމު ކަންތައްތަކަކީ ކޮބާ؟
a)
ނިޔާ ކަނޑައެޅުން
b)
އިދާރީ ހިންގުން
c)
ޤުރްއާން އުނގެނުމަށް ބާރުއެޅުން
d)
އިސްލާމީ ސިޔާސީ ނިޒާމު ކުރިއެރުން
e)
ސިޓީތައް ބިނާކުރުން
18.
ސުވާލު 18: އަލްޚުލަފާއުއްރާޝިދޫންގެ ޒަމާނުގައި ނިޔާކަނޑައެޅުމުގައި ކަންކަން ކުރިއަރާ ދިޔައެވެ. އެގޮތުން ފާހަގަ ކުރެވިގެން ދިޔަ ކަންތައްތަކަކީ ކޮބާ؟
a)
އެންމެ ރަނގަޅު މީހާ ޤާޟީ ކަމަށް ޢައްޔަނު ކުރުން
b)
ޒަކާތް ނެގުމާއި ބެހުމަށް އިސްކަން ދިނުން
c)
ނިޔާކަނޑައެޅުމާ ގުޅޭ ބާރު މުސްތަޤިއްލު ކުރުން
d)
ޤާޟީންނަށް އުޖޫރަ ކަނޑައެޅުއްވުން
19.
ސުވާލު 19: އަލްޚުލަފާއުއްރާޝިދޫންގެ ޒަމާނުގައި އިޤުތިޞާދީ ނިޒާމުގެ ކަންކަން ކުރިއަރާ ދިޔައެވެ. އެގޮތުން ފާހަގަ ކުރެވިގެން ދިޔަ ކަންތައްތަކަކީ ކޮބާ؟
a)
ޒަކާތް ނެގުމާއި ބެހުމަށް އިސްކަން ދިނުން
b)
ސިޓީތައް ބިނާކުރުން
c)
ޚަރާޖާއި ޢުޝޫރު ނެގުން
d)
ވެރިން ޒިންމާދާރު ކުރުމުގެ އިންތިޒާމު ހަމަޖެހުން
20.
ސުވާލު 20: އަލްޚުލަފާއުއްރާޝިދޫންގެ ޒަމާނުގައި ތަޢުލީމާއި ޘަޤާފާތުގެ ކަންކަން ކުރިއަރާ ދިޔައެވެ. އެގޮތުން ފާހަގަ ކުރެވިގެން ދިޔަ ކަންތައްތަކަކީ ކޮބާ؟
a)
އެކިއެކި ދައުލަތްތަކުގެ ވެރިންނަށް އިސްލާމްދީނަށް ވަނުމުގެ ދަޢުވަތު ފޮނުއްވުން
b)
ޤުރްއާން އުނގެނުމަށް ބާރުއެޅުން
c)
ދައުލަތުގެ ފަރާތުން ތަޢުލީމަށް ޚަރަދު ކުރުން
d)
މިނިވަންކަމާއެކު ޢިލްމު އުނގަންނައިދިނުމުގެ ފުރުސަތު ހުޅުވާލާފައި ބޭއްވުން
21.
ސުވާލު 21: އުމަވީ ދައުލަތުގެ ޒަމާނުގައި އިސްލާމީ ޙަޟާރަތު ތަރައްޤީވެ ފާހަގަ ކޮށްލެވޭ ކަންތައްތަކަކީ ކޮބާ؟
a)
މަގުތައް ހެދުން
b)
ޤާޟީންނަށް އުޖޫރަ ކަނޑައެޅުން
c)
ކަރުދާސް އުފެއްދުން
d)
ތައްގަނޑުގެ ބޭނުން ކުރުން
22.
ސުވާލު 22: އުމަވީ ދައުލަތުގެ ޒަމާނުގައި އާ ރަށްތައް އުފައްދާފައިވެއެވެ. އޭގެ ތެރޭގައި ހިމެނޭ ރަށްތަކަކީ ކޮބާ؟
a)
ޤައިރަވާން ސިޓީ
b)
ތޫނިސް ސިޓީ
c)
ޤާހިރާ ސިޓީ
d)
ވާސިޠު ސިޓީ
23.
ސުވާލު 23: އުމަވީ ދައުލަތުގެ ޒަމާނުގައި ބޮޑެތި މިސްކިތްތައް ބިނާ ކުރެވުނެވެ. އޭގެތެރެއިން މިސްކިތެއްގެ ނަން ބަޔާންކުރާށެވެ!
a)
އަލްޖާމިޢުއަބޫބަކުރު
b)
އަލްޖާމިޢުލްއުމަވީ
c)
އަލްޖާމިޢުބިލާލް
24.
ސުވާލު 24: ޢައްބާސީ ދައުލަތުގެ ޒަމާނުގައި އިސްލާމީ ޙަޟާރަތު ތަރައްޤީވެ ފާހަގަ ކޮށްލެވޭ ކަންތައްތަކަކީ ކޮބާ؟
a)
އަސްޠުރުލާބު އުފެއްދުން
b)
ސަމުގާ އުފެއްދުން
c)
ދުނިޔޭގެ ޗާޓު ކުރެހުން
d)
އަލްޖާމިޢުއަބޫބަކުރު ބިނާ ކުރެއްވުން
25.
ސުވާލު 25: އެކިއެކި ބަސްބަހުން ހުރި ސައިންސާއި ފަލްސަފާއާ ގުޅޭ ފޮތްތައް ޢަރަބިބަހަށް ތަރުޖަމާކޮށް، ދިރާސާތައް ކުރުމަށް ބަޣުދާދުގައި ހެދުނުތަނަށް ކިޔުނީ ކޮން ނަމެއް ހެއްޔެވެ؟
a)
ބައިތުއް ދިރާސާ
b)
ބައިތުލް ޙިކްމާ
c)
ބައިތުލް ބަޣްދާދް
100 %
