Worksheetsހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީކުރުން
Total questions: 12
Worksheet time: 6mins
Name
Class
Date
1.
ސުވާލު 1. ހެޔޮކަންކަމަކީ
a)
އިސްލާމީ ޝަރީޢަތުގައި އެކަމެއް ކުރުމަށް ބާރު އަޅުއްވާފައިވާ ކޮންމެ ކަމެއް
b)
މާތް ﷲ އަށް ކިޔަމަންވުމާއި އެކަލާނގެއަށް ކުއްތައްވުމާއި މީސްތަކުންނަށް އިހްސާންތެރިވުމުގެތެރޭގައި ހިމެނޭ ކޮންމެ ކަމެއް
c)
މަތީގައިވާ ދެ ޖަވާބު ވެސް ރަނގަޅު
2.
ސުވާލު 2. ނުބައިކަންކަމަކީ
a)
އިސްލާމީ ޝަރީޢަތުގައި ނަހީ ކުރައްވާފައިވާ ކޮންމެ ކަމެއް
b)
އިސްލާމީ ޝަރީޢަތުގައި ހުތުރު ކަމެއް ކަމުގައި ބަޔާންކޮށްފައިވާ ކޮންމެ ކަމެއް
c)
މަތީގައިވާ ދެ ޖަވާބުވެސް ރަނގަޅު
d)
މަތީގައި ރަނގަޅު ޖަވާބެއް ނެތް
3.
ސުވާލު 3. ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީކުރުމަކީ
a)
ޙަރާމް ކަމެއް
b)
ހުއްދަ ކަމެއް
c)
ވާޖިބެއް
d)
މަކްރޫހަ ކަމެއް
4.
ސުވާލު 4. 7 އަހަރުގެ ކުދިން ނަމާދު ކުރުވުމަށް ހަދާނެ ގޮތަކީ:
a)
ގަދަކަމުން ކުރުވާނީ
b)
އަމުރު ކުރާނީ
c)
އަދަބުދީގެން ކުރުވާނީ
d)
މެޓާ ދީގެން ހައްލާ ލާނީ
5.
ސުވާލު 5. 10 އަހަރުގެ ކުއްޖަކު ނަމާދު ނުކުރާނަމަ
a)
އަދަބުދީގެން ވެސް ނަމާދު ކުރުވާނީ
b)
ނަމާދު ކުރުމަށް އަމުރު ކުރާނީ
c)
މެޓާ ދީގެން ހައްލާލައިގެން ނަމާދު ކުރުވާނީ
d)
އަޅާ ނުލާނީ
6.
ސުވާލު 6. އާންމު ރައްޔިތުންގެ ކިބައިން ފެންނަ ކަންކަމަށް ބިނާކޮށް ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީކުރުމަކީ (އެންމެ ރަނގަޅު ޖަވާބު އިޚްތިޔާރުކުރޭ!)
a)
ޓީޗަރުންގެ ވާޖިބެކެވެ
b)
ބައްޕައިންގެ ވާޖިބެކެވެ.
c)
އިލްމުވެރިންގެ ވާޖިބެކެވެ
d)
ސުކޫލް ސުޕަވައިޒަރުންގެ ވާޖިބެކެވެ.
7.
ސުވާލު 7. އީމާންކަމުގެ އެންމެ ބަލިކަށި ދަރަޖަ އަކީ
a)
ނުބައިކަމެއް ފެނިއްޖެނަމަ އަތުން އެކަމެއް މަނާކުރުން
b)
ނުބައިކަމެއް ފެނިއްޖެނަމަ އެކަމަށް ނަފުރަތު ކޮށް އެކަމެއް ހުއްޓުމަށް ހިތުން އެދުން
c)
ނުބައިކަމެއް ފެނިއްޖެނަމަ ދުލުން އެކަން މަނާކުރުން
d)
ނުބައިކަމެއް ފެނިއްޖެނަމަ އެބަޔަކާ އެކީ އެކަމެއް ކުރުން
8.
ސުވާލު 8. ﷲ އަށް ދަޢުވަތު ދޭ މީހާ އާއި ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރާ މީހާ ގެ މައްޗަށް ވާޖިބުވެގެން ވަނީ
a)
އިލްމު ލިބިގެން ހުރެ ބައްޔިނާއެއްގެ މަތީގައި ހުރުމެވެ.
b)
އިލްމުނެތަސް އެންމެ އަޑުގަދަ މީހާ ކަމުގައި ވުމުވެ.
c)
ދުލަށް އައި ހުރިހާ އެއްޗެއް ކިޔަން ކެރުމެވެ.
d)
އިލްމު ލިބި ހުރެ އެއާ މެދު އެއްޗެއް ނުބުނެ ހުރުމެވެ.
9.
ސުވާލު 9. ހެޔޮކަންތަކަށް ޢަމުރުކުރުމާއި ނުބައި ކަންތައް ނަހީކުރުމުގެ ސަބަބުން
a)
ﷲ ގެ ރަހުމަތް ލިބިގެންދެއެވެ
b)
ކުދި ފާފަތަކުގެ ކައްފާރާއަކަށްވުން
c)
މުނާފިޤުންގެ ސިފައަކުން ދުރުވުން
d)
މަތީގައިވާ ހުރިހާ ޖަވާބެއްވެސް ރަނގަޅު
10.
ސުވާލު 10. ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައި ކަންތައް ނަހީކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި ހަމަތަކެއްވެ. އޭގެ ތެރޭގައި
a)
ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީކުރުމުގައި މުޖުތަމަޢުގެ ޢާންމު މަސްލަހަތަށް ބެލުމެއްނެތި ނަސޭހަތް ދިނުން
b)
މަޑުމައިތިރިކަމާއި ހިތްތިރިކަމާއި އެކު މުޢާމަލާތްކުރުން
c)
ދަޢުވަތުދިނުމުގައި ހިކްމަތްތެރިކަމާއެކު ދައުވަތު ދިނުން
d)
މަތީގައިވާ ހުރިހާ ޖަވާބެއް ވެސް ރަނގަޅު
11.
ސުވާލު 11. ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައި ކަންތައް ނަހީކުރުމަކީ މީސްތަކުންގެ ފަރާތުން ދަތިއުނދަގުލާ ކުރިމަތިވާ ކަމެކެވެ. އެހެންކަމުން ހެޔޮކަންތަކަށް އަމުރުކުރާ ނުބައިކަންތައް ނަހީކުރާމީހާގެ ގައިގައި ހުންނަން ޖެހޭ އެންމެ މުހިއްމު ސިފައަކީ
a)
އަޑުގަދަކަން
b)
ވަރުގަދަކަން
c)
ކެތްތެރިކަން
d)
ތަޅާފޮޅަން އެނގުން
12.
ސުވާލު 12. ނަސޭހަތް ދިނުމުގައި ވަކި ތަރުތީބަކުން ނަސޭހަތްދިނުން ހިމެނެވެ. މި ގޮތުން އެންމެ އިސްކަމެއްދޭނީ
a)
އެންމެ ބޮޑެތިކަންތަކުން ފެށުން
b)
އެންމެ ކުޑަ ކަންތަކުން ފެށުން
c)
އެންމެ މުހިއްމު ކަންތައްތަކުން ފެށުން
d)
އެންމެ ފަސޭހަ ކަމަކުން ފެށުން
100 %
