Worksheetsއީލާއު
Total questions: 16
Worksheet time: 8mins
Name
Class
Date
1.
ސުވާލު 1: އީލާއަކީ ކޮބާ؟
a)
ތިމާއާ ދާއިމަށް ކައިވެނި ޙަރާމް އަންހެނަކާ ތިމާގެ އަނބިމީހާ އެއްފަދަ ކުރުން
b)
ވަކި ޚާއްޞަ މުއްދަތެއް ވަންދެން އަނބިމީހާއާ ޖިމާޢުވުން ދޫކޮށްލައިގެން ހުރުމަށް ހުވާކުރުން
c)
އަނބިމީހާ ޒިނޭކުރިކަމަށް ނުވަތަ އޭނާ ވިހޭ ދަރި ނަފީކުރުމަށް ފިރިމީހާ ކުރާ ޚާއްޞަ ހުވާތަކެއް
2.
ސުވާލު 2: އީލާއުކުރުމުގެ ޙުކުމަކީ ކޮބާ؟
a)
ހުއްދަ
b)
މަކުރޫހް
c)
ޙަރާމް
3.
ސުވާލު 3: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿فَإِن فَاءُوا فَإِنَّ اللَّهَ غَفُورٌ رَّحِيمٌ﴾ މާނައީ: "ފަހެ، އެއުރެން އެނބުރި ރުޖޫޢަވެއްޖެނަމަ، ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." މި އާޔަތުގެ މާނައިގައި ބަޔާންވެފައި އެ ވަނީ ކޮން ކަމަކަށް ރުޖޫޢަވުމުގެ ވާހަކަ؟
a)
ވަރި ރުޖޫޢަ ކުރާ ވާހަކަ
b)
ޖިމާޢުވުމަށް
c)
އަނބިމީހާއާ ހެޔޮ ގޮތުގައި މުޢާމަލާތު ކުރުމަށް
4.
ސުވާލު 4: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿فَإِن فَاءُوا فَإِنَّ اللَّهَ غَفُورٌ رَّحِيمٌ﴾ މާނައީ: "ފަހެ، އެއުރެން އެނބުރި ރުޖޫޢަވެއްޖެނަމަ، ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." މި އާޔަތުގެ މާނައިން ދޭހަވާ ކަންތައްތަކަކީ ކޮބާ؟
a)
އީލާ ކުރުމަކީ ފާފައެއްކަން
b)
މާތް الله އީ އަޅުތަކުންގެ ފާފަތައް ފުއްސަވާ އިލާހުކަން
c)
ކައިވެނި ދެމެހެއްޓުމަށް އިސްލާމްދީން ބާރުއަޅާކަން
5.
ސުވާލު 5: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿فَإِن فَاءُوا فَإِنَّ اللَّهَ غَفُورٌ رَّحِيمٌ﴾ މާނައީ: "ފަހެ، އެއުރެން އެނބުރި ރުޖޫޢަވެއްޖެނަމަ، ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." މި އާޔަތުގައި ފާފަފުއްސެވުމުގެ ވާހަކަ އޮތުމުން އީލާއުކުރުމަކީ ފާފައެއްކަން އެނގެއެވެ. އަދި އެއަށްފަހު އީލާއިން ރުޖޫޢަކުރުމަށް އެންގެވުމަށްފަހު މާތް الله އީ ފާފަފުއްސަވާ އިލާހުކަން ބަޔާންކުރެއްވުމުން ދޭހަވާ ކަމަކީ ކޮބާ؟
a)
އީލާއުކުރުމަކީ ހުއްދަކަމެއްކަން
b)
އީލާއުއިން ރުޖޫޢަވުމުން ފާފަފުއސަވާކަން
c)
މާތް الله އީ ގިނަގިނައިން ފާފަފުއްސަވާ، ރަސްކަލާނގެކަން
6.
ސުވާލު 6: އީލާއު އަކަށް ވާނީ އެ ބަސް (އީލާއުގެ ބަސް) ކާކުގެ ފަރާތުން އައުމުން؟
a)
އަނބިމީހާ
b)
ފިރިމީހާ
c)
ވަލީވެރިޔާ
7.
ސުވާލު 7: އީލާގެ ބަސް ރައްދުވާ ފަރާތަކީ ކޮބާ؟
a)
އަނބިމީހާ
b)
ފިރިމީހާ
c)
ވަލީވެރިޔާ
8.
ސުވާލު 8: އަންނަނިވި ކަންތައްތަކުގެ ތެރެއިން އީލާއު ކުރެވުނު ކަންތަކުގައި ހިމެނޭ ކަންތަކަކީ ކޮބާ؟
a)
އަނބިމީހާއާއެކު ޖިމާޢުވުން ދޫކޮށްލަން ހުވާކުރުން
b)
އަނބިމީހާއާ ލޯބިން ވާހަކަ ދެއްކުން ދޫކޮށްލަން ހުވާކުރުން
c)
އަނބިމީހާއާ އެއް ގެއެއްގައި ނިދުން ދޫކޮށްލަން ހުވާކުރުން
9.
ސުވާލު 9: އީލާއުކުރުން ކަމުގައި ބެލެވޭނީ ކިހާ މުއްދަތަކަށް ޖިމާއުވުން ދޫކޮށްލަން ހުވާކުރުމުން؟
a)
3 މަސް ދުވަހަށް
b)
4 މަސް ދުވަހަށް
c)
4 މަސް ދުވަހަށް ނުވަތަ އެއަށް ވުރެ ގިނަ ދުވަހަށް
10.
ސުވާލު 10: އަންނަނިވި އިބާރާތްތަކުގެ ތެރެއިން އީލާއުގެ ހުވާގެ ރަނގަޅު އިބާރާތްތަކަކީ ކޮބާ؟
a)
ފަސް މަސް ދުވަސް ވަންދެން ފާޠިމާއާ އެއްދާން ނުކުރުމަށް މާތް الله ގަންދީ ހުވާކުރަން
b)
ފަސް މަސް ދުވަސް ވަންދެން ފާޠިމާއާ އެއްދާން ނުކުރުމަށް އައްރަޙްމާން ގަންދީ ހުވާކުރަން
c)
ފާޠިމާ ވިހޭ ދަރިއަކީ އަހަރެންގެ ދަރިއެއް ނޫންކަމަށް މާތް الله ގަންދީ ހުވާކުރަން
d)
ފަސް މަސް ދުވަސް ވަންދެން ފާޠިމާއާ އެއްދާން ނުކުރުމަށް ހުވާކުރަން
11.
ސުވާލު 11: އާދަނުގެ އަނބިމީހާ ފާޠިމާ ދެކެ ރުޅިއައިސްގެން ފާޠިމާއާއެކު ދެން އެއް އެނދެއްގައި 5 މަސްވާންދެން ނުނިދުމަށް އާދަނު މާތް الله ގަންދީ ހުވާކުރިއެވެ. މިއީ އީލާއުއަކަށް ވާނެތަ؟
a)
އީލާއުއެއް
b)
އީލާއުއެއް ނޫން
c)
ޤަޛުފެއް
12.
ސުވާލު 12: އަންނަނިވި ކަންތައްތަކުގެ ތެރެއިން އީލާއު ޞައްޙަވުމުގެ ޝަރުޠުތަކަކީ ކޮބާ؟
a)
އީލާއުކުރި މީހާއާއި، އީލާއުގެ ބަސް ރައްދުވިމީހާގެ ދެމެދުގައި ކައިވެނީގެ ގުޅުން އޮތުން
b)
އީލާއުގެ ބަސް ބުނި މީހާއަކީ ބާލިޣުވެ ބުއްދި ސަލާމަތުން ހުރި މީހެއް ކަމުގައިވުން
c)
އީލާއުގައި އަނބިމީހާ އެއްފަދަކޮށްފައިވަނީ، ފިރިމީހާގެ ދާއިމީ މަޙްރަމަކާ ކަމުގައިވުން
d)
އީލާއުގެ ބަހުގައި 4 މަސް ދުވަސް ނުވަތަ އެއަށްވުރެ ގިނަދުވަސް ވަންދެން ޖިމާޢުވުން ދޫކޮށްލާނެކަމަށް ހުވާކޮށްފައިވުން
13.
ސުވާލު 13: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿لِّلَّذِينَ يُؤْلُونَ مِن نِّسَائِهِمْ تَرَبُّصُ أَرْبَعَةِ أَشْهُرٍ﴾ މާނައީ: "އެއުރެންގެ އަނބިންނާމެދު (ޖިމާޢު ނުވުމަށް) ހުވާކުރާ މީހުންނަށް އިންތިޒާރު ކުރުން ވަނީ، ހަތަރު މަސްދުވަހަށެވެ." މި އާޔަތުގެ މާނައިން ދޭހަވާ ކަންތައްތަކަކީ ކޮބާ؟
a)
އަނބިންނާ ޖިމާޢު ނުވުމަށް ހުވާކުރާ މީހުންނަށް އިންތިޒާރު ކުރުން ވަނީ، ހަތަރު މަސްދުވަހަށްކަން
b)
އީލާއުގެ ބަހުގައި ގިނަވެގެން ދެމިހުރެވޭނީ 4 މަސް ދުވަސްކަން
c)
އީލާއުގައި ހުވާ ކުރަނީ އަނބިމީހާއާ ޖިމާއުވުން ދޫކޮށްލަންކަން
d)
އީލާއު ކުރާ ފަރާތަކީ ފިރިމީހާކަން
14.
ސުވާލު 14: އީލާއުގެ ހުވާ 5 މަސް ދުވަހަށް ކުރުމަށްފަހު، 4 މަސް ހަމަވުމުން ފިރިމީހާއަށް ކަންތައް ކުރެވިދާނެ ގޮތްތަކަކީ ކޮބާ؟
a)
ފިދުޔަ ދިނުމަށްފަހު އަނބިމީހާއާއެކު ދިރިއުޅެން ފަށާނީ
b)
އަނބިމީހާ ވަރިކުރާނީ
c)
ކައްފާރާ ދިނުމަށްފަހު އަނބިމީހާއާއެކު ދިރިއުޅެން ފަށާނީ
d)
އެ ހުވާގެ މަތީގައި ދެމިހުންނާނީ
15.
ސުވާލު 15: އީލާއުގެ ހުވާ 5 މަސް ދުވަހަށް ކުރުމަށްފަހު، 4 މަސް ހަމަވުމުން ފިރިމީހާ އެ ހުވާގެ މީގައި ހުރި ނަމަ ކަންތައް ކުރެވިގެންދާ ގޮތަކީ ކޮބާ؟
a)
ކައްފާރާ ދިނުމަށްފަހު އަނބިމީހާއާއެކު ދިރިއުޅެން ފަށާނީ
b)
އަނބިމީހާ ވަރިކުރާނީ
c)
އެ ދެ ގޮތުންކުރެ ގޮތެއް އިޚްތިޔާރުކުރުމަށް ޤާޟީ ފިރިމީހާއަށް އަމުރުކުރާނީ
16.
ސުވާލު 16: ހަތަރު މަސް ދުވަހަށް ވުރެ އިތުރުވުމުން ޤާޟީގެ އަމުރަށް ފިރިމީހާ ނުކިޔަމަންތެރި ވާނަމަ ކަންތައް ކުރަން ޖެހޭނެ ގޮތަކީ ކޮބާ؟
a)
ރަޖުޢީ ވަރިއަކުން ދެމަފިރިން ތަފްރީޤުކުރާނީ
b)
ޤާޟީ ކައިވެނި ފަސްޚު ކުރާނީ
c)
ބާއިން ވަރިއަކުން ދެމަފިރިން ތަފްރީޤުކުރާނީ
100 %
