Worksheetsޙަލާލުގޮތުގައި ރިޒްޤު ހޯދުން
Total questions: 13
Worksheet time: 7mins
Name
Class
Date
1.
ސުވާލު 1: ރިޒްގަކީ
a)
ރިޒްޤަކީ ކާބޯތަކެއްޗާއި، ގޯތިގެދޮރާއި، ސަވާރީއާއި، ތަފާތު ބާވަތްތަކުގެ ވިޔަފާރި މުދަލާއި އަދި މިނޫންވެސް އެއްޗަކުން ފައިދާއާއި މަންފާ ލިބިގަނެވޭ ކޮންމެ އެއްޗެއް
b)
ގޯތި ގެދޮރާއި ފައިސާ
c)
ވިޔަފާރި މުދާ
2.
ސުވާލު 2: ހުރިހާ އިންސާނުންގެ ރިޒްޤު ވަނީ ލިޔުއްވާފައެވެ. އިސްލާމްދީން ހުއްދަ ކުރައްވާފައިވާ ރިޒްޤު ހޯދޭނޭ ބައެއް ގޮތްތަކަކީ:
a)
ވަޒީފާ އަދާކުރުން
b)
ވިޔަފާރިކުރުން
c)
ދަނޑުވެރިކަން ކުރުން
d)
ތަފާތު ބާވަތްތަކުގެ މަސައްކަތްކުރުން
e)
ފޭރުން
3.
ސުވާލު 4: އިސްލާމްދީނުގައި ޙަލާލުގޮތުގައި ރިޒްޤު ހޯދުމަށް އަމުރުކުރައްވާފައިވަނީ:
a)
އެކަމުގައި ހުރި ހަމައެކަނި ދުނިޔަވީ މަންފާގެ ސަބަބުން
b)
އެކަމުގައި ހުރި ހަމައެކަނި ދީނީ މަންފާގެ ސަބަބުން
c)
އެކަމުގައި ހުރި ދީނީ އަދި ދުނިޔެވީ މަންފާގެ ސަބަބުން
4.
ސުވާލު 5: ޙަލާލު ގޮތުގައި ރިޒްޤާއި އާމްދަނީ ހޯދުމުން ލިބޭނެ ފައިދާ އަކީ:
a)
ޤިޔާމަތްދުވަހު ނަރަކައިގެ އަލިފާނުން ސަލާމަތްވުން
b)
ދުނިޔެ މަތީގައި ތަފާތު ޢުޤޫބާތްތަކުން ސަލާމަތްވެ، މުޞީބާތްތަކުން ރައްކާތެރިކަން ލިބުން
c)
ރިޒްގު ހޯދުމުގެ ދޮރުތައް މަދުވުމުން ލަހުން ރިޒްޤުލިބުން
d)
ދުޢާ އިޖާބަވުން
e)
ދަރިންނާއި، ޢާއިލާއާއި، މަސައްކަތާއި، މުދަލުގައި ބަރަކާތްލެއްވުން
5.
ސުވާލު 6: ޙަރާމް ގޮތުގައި އާމްދަނީ ހޯދުމުގެ ގެއްލުތަކަކީ:
a)
ހިތް ފާސިދުވެ މާތް ﷲ އަށް އަޅުކަންކުރުމާ ދުރުހެލިވުން
b)
މާތް ﷲ ގެ ކޯފާ އެމީހެއްގެ މައްޗަށް ޙައްޤުވެ، ނަރަކަ އެމީހެއްގެ މައްޗަށް ވާޖިބުވެގެން ދިއުން
c)
އަވަހަށް ރިޒްޤު ލިބިގެން ދިޔުން
d)
ދުޢާ އިޖާބަނުވުން
e)
ޞާލިޙު ޢަމަލުތައް ޤަބޫލުނުވުން
6.
ސުވާލު 7: ހުއްދަ މުދަލެއް ޙަލާލު ނޫން ގޮތަކަށް ހޯދުމުގެ މިސާލަކީ:
a)
ވަގަށް ފޯނެއް ނެގުން
b)
ބަނގުރާ ވިއްކުން
c)
ރިބާގެ ފައިސާ ބޭނުންކުރުން
7.
ސުވާލު 8: ވިޔަފާރިކުރުން ވަނީ މާތް ﷲ ހުއްދަ ކުރައްވާފައެވެ. ނަމަވެސް ވިޔަފާރިކުރުން ޙަރާމްވާނެ މިސާލެއް ތިރީގައި ވެއެވެ. އެ މިސާލަކީ:
a)
ކުކުޅު ވިއްކުމުގެ ވިޔަފާރިކުރުން
b)
ވައްކަންކުރުން
c)
މަސްތުވާ ތެކެތީގެ ވިޔަފާރިކުރުން
8.
ސުވާލު 9: ބަނގުރަލަކީ ހަރާމް އެއްޗެކެވެ. އެހެން ކަމުން ބަނގުރާ ފޭރިގެން ހޯދުން ހުއްދަވާނެތަ؟
a)
ނުވާނެ
b)
ފޭރިގެން އާމްދަނީ ހޯދުން ހުއްދަވާނެ، އެއީ ބަނގުރަލަކީ ޙަރާމް އެއްޗަކަށް ވުމުން އޭގައި އެއްވެސް ހުރުމަތެއް ނުހުންނާނެ
9.
ސުވާލު 10: ހުކުރުދުވަހު ހުކުރުނަމާދަށް ގޮވާލުމުން ވިޔަފާރިކުރުމަކީ:
a)
ހުއްދަކަމެއް
b)
ޙަރާމްކަމެއް
c)
ވާޖިބެއް
10.
ސުވާލު 11: ރިޒްޤާއި އާމްދަނީ ހޯދުމުގެ މިންގަނޑުތަކެއް އިސްލާމްދީނުގައި ވަނީ ކަނޑައަޅުއްވާފައެވެ. އޭގެ ތެރއިން އެންމެ މުހިއްމު މިންގަނޑުތަކަކީ:
a)
މުދަލަށް ދަހިވެތިވުމުން ދުރުހެލިވުން
b)
އޮޅުވާލުމާއި ދޮގުހެދުމާއި މަކަރުހެދުން ހުއްދަކުރެއްވުން
c)
ޙަރާމް މަސައްކަތްތައް ކުރުމާ ދުރުހެލިވުން
d)
އަނިޔާވެރިކަމަށް އެހީތެރިވުމުން ބާރުއެޅުން
11.
ސުވާލު 12: މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އެކަލޭގެފާނު، އެއުރެންނަށް ހެޔޮކަންތަކަށް އަމުރުކުރައްވަތެވެ. އަދި ނުބައިކަންތައް އެއުރެންނަށް ނަހީކުރައްވަތެވެ. އަދި ރަނގަޅު ތަކެތި އެއުރެންނަށް ޙަލާލު ކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް ޙަރާމް ކުރައްވަތެވެ." މި ބަސްފުޅުން ދޭހަވާ ކަންތައްތަކަކީ ކޮބާ؟
a)
ރިޒުޤު ހޯދަން ޖެހޭނީ ޙަލާލު ގޮތުގައިކަން
b)
ހެޔޮކަންތަކަށް އަމުރުކުރުމުގެ މުހިންމުކަން
c)
ހެޔޮ ރަނގަޅު ތަކެތި މާތް الله އިންސާނުންނަށް ޙަލާލު ކުރައްވާފައިވާކަން
12.
ސުވާލު 13: ފަރީދަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެކެވެ. އޭނާގެ ޢާއިލާގެ މީހުންނަށް ވެސް އެކަން ނޭނގެއެވެ. ޝައްކު ވެސް ނުވެއެވެ. ނަމަވެސް ފަރީދުގެ މި ޢަމަލުގެ ސަބަބުން ވެދާނެ ކަންތައްތަކަކީ ކޮބާ؟
a)
އަނބިދަރިން ނަރަކައަށް ވަނުމަށް މަގު ފަހިވުން
b)
ދަރިން ބަސްނާހާ ބަޔަކަށް ވުން އެކަށީގެންވުން
c)
މުދަލުގައި ބަރަކާތެއް ނެތުން
d)
އަތްމަތި ދަތިވުން
13.
ސުވާލު 14: ޙަލާލު ގޮތުގައި ރިޒުޤު ހޯދުމަށް އިސްލާމްދީނުގައި އަމުރުކުރައްވާފައިވަނީ ކީއްވެ؟
a)
ދުނިޔޭގެ ހަޔާތުގެ ގިނަގުނަ ލާބައާއި މަންފާއަށްޓަކައި
b)
އާޚިރަތުގެ ހަޔާތުގެ ގިނަގުނަ ލާބައާއި މަންފާއަށްޓަކައި
100 %
