wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

އިސްލާމްދީނާއިމެދު ކުރެވޭ ކުށްހީތައް - ޘަޤާފާ 9

Total questions: 12

Worksheet time: 8mins

Name
Class
Date
1.

އިސްލާމްދީނާ މެދު ކުރެވޭ ކުށް ހީތަކޭ ބުނެވެނީ

a)

ޙަޤީޤަތާ ޚިލާފުވާ ގޮތަކަށް، އިސްލާމްދީނާ މެދު ކުރެވޭ ޝައްކުތަކަށެވެ.

b)

ޙަޤީޤަތާ ޚިލާފުވާ ގޮތަކަށް، ދީންތަކާއި މެދު ކުރެވޭ ޝައްކުތަކަށެވެ

c)

ޙަޤީޤަތާ ޚިލާފުވާ ގޮތަކަށް، ދީންތަކާއި މެދު ކުރެވޭ ކުށްހީތަކަށެވެ

2.

ވާރުތަމުދަލުން ލިބޭލިބުމުގައި ބައެއް ހާލަތްތަކުގައި އަންހެނުންނަށް ލިބޭ މިންވަރުގެ ދެ ގުނަ އިތުރަށް ފިރިހެނުންނަށް ލިބުން މައްސަލައަކަށް ނުވަނީ

a)

އިސްލާމްދީނުގައި ނިޒާމު އޮންނަ ގޮތުން، ޚަރަދު ކުރުމުގެ ޒިންމާ އުފުލަން ޖެހެނީ، މުޅިން ވެސް ފިރިހެނުން ކަމަށް ވާތީ

b)

ފިރިހެނުންނަށް ލިބޭ މުދަލަކީ އަންހެނުންގެ މައްޗަށް ޚަރަދުކުރަން ބޭނުން ކުރެވޭނޭ އެއްޗެއް ކަމުގައި ވާތީ

c)

އިސްލާމްދީނުގެ މުޅި ނިޒާމު އޮންނަ ގޮތުން ޢަދުލުވެރި ގޮތަކީ އެއީ ކަމަށް ވާތީ

d)

މުދަލަކީ ޚަރަދުކުރަން ބޭނުން ކުރެވޭނޭ އެއްޗެއް ކަމުގައި ވާތީ

3.

އިސްލާމްދީން ފެތުރިފައި ވަނީ، ކަނޑީގެ ބާރުން ކަމުގައި ބުނާ މީހުންގެ ދަޢުވާގެ ބާޠިލުކަން ހާމަކޮށްދެނީ

a)

ޖިހާދުގެ ޙުކުމަކީ އެންމެ ފަހުން ބާވާލެއްވި ޙުކުމް ކަމުގައިވާތީ

b)

މުސްލިމުން ވަޒަނުން ބޭރުކޮށްލާ މުދާތައް އަތުލުމުންވެސް ދިފާޢުގައި ކުރެވޭނެ ކަމެއް ނެތުން

c)

ހަނގުރާމަ ކުރުން ހުއްދަވަނީ ހަނގުރާމަ ކުރާ ބަޔާކާއެކަނި

d)

ހުރިހާ ހަނގުރާމައެއްވެސް އިސްވެކޮށްފައިވަނީ ކާފިރުން އިސްވެ ކަމަށްވާތީ

e)

ދިވެހިރާއްޖެއަށް އެއްވެސް އިސްލާމީ ލަޝްކަރެއް ޖިހާދު ކުރަން އައިސްފައި ނުވުން. / ދިވެހިރާއްޖެ އިސްލާމްވީ މުސްލިމު ފަތުރުވެރިއެއްގެ ފަރާތުންކަމުގައިވުން. 

4.

އިންޑޮނޭޝިޔާ އާއި ދިވެހިރާއްޖެ އިސްލާމްވީ މުސްލިމު ފަތުރުވެރިންގެ ފަރާތުންނެވެ. ވީމާ، މިކަމުން ދޭހަވާ ކަމަކީ

a)

އިސްލާމްދީން ފެތުރިފައިވާނީ ކަނޑީގެ ބާރުންނޫންކަން

b)

މަޖުބޫރުކޮށްގެން އިސްލާމް ދީން ފަތުރާފައިނުވާކަން

5.

އިންޑިޔާގައި މުސްލިމުން އެތަކެއް ސަތޭކަ އަހަރު ވެރިކަން ކުރިއިރުވެސް، މުޅި އިންޑިޔާގެ އަހުލުވެރިން އިސްލާމްދީނަށް ގަދަކަމުން ވައްދާފައި ނުވެއެވެ.  ވީމާ، މިކަމުން ދޭހަވާ ކަމަކީ

a)

އިސްލާމްދީން ފެތުރިފައިވާނީ ކަނޑީގެ ބާރުންނޫން.

b)

މަޖުބޫރުކޮށްގެން އިސްލާމް ދީން ފަތުރާފައިނުވާކަން.

c)

އިންޑިޔާޢަކީ މުސްލިމް ގައުމެއްކަން

6.

އިސްލާމްދީނަށް ބައިބަޔަށް އަދި ޖަމާޢަތް ޖަމާޢަތަށް ވަންނަ މީހުން ދުވަހެއް ދުވަހަކަށް ވުރެ އިތުރުވަމުންދާތީ،  އިސްލާމްދީނަ ދެކޮޅުވެރިވެ، އެ ދީނާމެދު ކުށްހީތައް އުފައްދައި ފަތުރާ ޖަމާޢަތްތައް ވަރަށް ގިނައެވެ. ވީމާ، އެފަދަ ޖަމާއަތަކީ

a)

އިސްލާމްފޯބިއާ

b)

މުސްތަޝްރިޤުން

c)

ޑަބްލިޔޫ އެޗް އޯ

7.

Islamophobia?

a)

އިސްލާމް ފޯބިއާއަކީ މުސްލިމުން އިސްލާމްދީން ޤަބޫލުކުރާތީ، މުސްލިމުންނާމެދު ތަފާތުކުރުން ގެންގުޅުމެވެ.

b)

އިސްލާމް ފޯބިއާއަކީ .އިސްލާމްދީނާ ގުޅޭ ދިރާސާތައް ކުރާ މީހުންނެވެ.  

8.

ގެ ޙަރަކާތްތަކަކީ Islamophobia

a)

އިސްލާމް ދީނާއި، މުސްލިމުންނަކީ ޣައިރު މުސްލިމުންނަށް ހުރި ބިރެއްކަމުގައި ބުނެ އެފަދަ ޝިޢާރުތައް ފެތުރުން. / މުސްލިމުންނަކީ ޓެރަރިސްޓުންކަމުގައިބުނުން.

b)

ޢާއްމު ތަންތާގައި ގަދަކަމުން މުސްލިމު އަންހެނުންގެ ބުރުގާ ބޭލުވުން ފަދަ ޢަމަލުތައް ފާޅުގައި ހިންގައި އެކަމަށް ހިތްވަރުދިނުން.

c)

(ހަތިޔާރު ބެނުންކޮށްގެން ވަކިވަކި) މުސްލިމުންނަށް ބިރުދެއްކުން.

d)

އެއްވެސް ހެއްކެއް ނެތި (މުސްލިމުންނަށް ބޮޑުވެގެންވާ ތުހުމަތުތައް ކުރުން.)

9.

އޮރިއެންޓަލިސްޓުންނަކީ

a)

ހުޅަނގުގެ އެކަޑަމިކު މީހުންގެ ތެރެއިން، އިސްލާމްދީނާ ގުޅޭ ދިރާސާތައް ކުރާ މީހުންނެވެ.  

b)

އިސްލާމްދީނާ ގުޅޭ ދިރާސާތައް ކުރާ މީހުންނެވެ

10.

އޮރިއެންޓަލިސްޓުންގެ މަޤްޞަދުތަކަކީ

a)

ކީރިތި ޤުރުއާނަކީ އިލާހީ ވަޙީއެއްކަމާ މެދު ޝައްކުތައް އުފެއްދުން. 

b)

އިސްލާމްދީނަކީ ޔަހޫދިއްޔަތާއި ނަޞްރާނިއްޔަތުން އުފަންކުރެވިފައިވާ ދީނެއް ކަމުގައި ދައްކަން މަސައްކަތްކުރުން.

c)

އިސްލާމްދީނާ މެދު ޝައްކު އުފައްދަން މަސައްކަތްކުރާ ފަރާތް ތަކަށް ޚަރަދުކުރާ މީހުންގެ އަތުން މާލީ މަންފާތައް ހޯދުން.

d)

ދުނިޔެ ޙާޞިލްކޮށްފައިވާ ޢިލްމީ މާއްދީ ކުރިއެރުންތަކުގައި މުސްލިމު ސައިންސްވެރިންގެ ހިއްސާއެއް ނެތްކަން ދައްކަން މަސައްކަތްކުރުން.

11.

އިސްލާމްދިނާ މެދު ކުރެވޭ ބައެއް ކުށްހީތަކަކީ

a)

އިސްލާމްދީން ފެތުރިފައިވަނީ ކަނޑީގެ ބާރުންކަމުގައި ބުނުން.

b)

އަންހެނުންނަށް ފިރިހެނުންނަށް ވުރެ މަދުން ތަރިކަމުދާ ލިބޭތީ، އިސްލާމްދީނުގައި އަންހެނުންނާމެދު ނުޙައްޤު ތަފާތު ކުރުން ގެންގުޅޭކަމަށް ބުނުން.

c)

އިސްލާމްދީނަކީ ޓެރަރިޒަމަށް ހިތްވަރުދޭ ދީނެއްކަމަށް ބުނުން.

d)

ޤުރުއާނުގައި ކުށްތައް ވާކަމަށް ބުނުން. 

12.

ޖިހާދު ކުރުމުގައި ވަކި އުސޫލުތަކަކާއި ވަކި ހަމަތަކެއް ކަނޑައެޅިފައިވުމާއި، އަދި އެހެން ދީންތަކުގެ އަޅުކަންކުރާ ތަންތަނަށް ގެއްލުންދިނުމާއި ރުއްގަސް ކެނޑުމާއި އަންހެނުންނާއި ކުޑަކުދިން މެރުން މަނާކުރައްވާފައިވުމުން ދޭހަވާ ކަމަކީ

a)

ިސްލާމްދީނަކީ، ޓެރަރިޒަމަށް ހިތްވަރުދޭ ދީނެއްނޫންކަން

b)

ރުއްގަސް ކެނޑުމުގެ މުބައިކަން