NEW
Font size
Worksheetsކައިވެނި / ގްރޭޑް 9
Total questions: 10
Worksheet time: 5mins
އަނބިފިރިކަމުގެ އަޘަރު ހިމެނޭގޮތަށް އަންހެނަކާއި ފިރިހެނަކާ ދެމެދު ވެވޭ ޢަޤުދަކީ
އެންގޭޖްމެންޓެވެ.
ކައިވެންޏެވެ.
ޚިޠުބާއެވެ.
ވަރިކުރުމެވެ.
ކައިވެނީގެ ހިޔަލުގައި ލިބޭދަރިންގެ ނަސަބު ގުޅިގެންދަނީ
ހަމައެކަނި ބައްޕައާއެވެ.
ހަމައެކަނި މަންމައާއެވެ.
ބައްޕަ ފަރާތު ކާފައާއެވެ.
ދެމަފިރިންނާއެވެ.
{މުޖުތަމިޢެއް ބިނާވެގެން އަންނަނީ ޢާއިލާތަކެއްގެ މައްޗަށެވެ.} މިޢިބާރަތުން ދޭހަވަނީ
އިސްލާމްދީނުގައި މުޖުތަމިޢުގެ މުހިންމުކަން.
އިސްލާމްދީނުގައި ޢާއިލާއެއްގެ މުހިންމުކަން.
އިސްލާމްދީނުގައި ޢިލްމު އުނގެނުމުގެ މުހިންމުކަން.
އިސްލާމްދީނުގައި ޤައުމެއްގެ މުހިންމުކަން.
މާތް ﷲ ކައިވެނި ޝަރުޢު ކުރައްވާފައިވަނީ
ގިނަބަޔަކާއި ކައިވެނި ކުރެވޭ ގޮތުގައެވެ.
ފިތުނަ ފަސާދައިގެ ގުޅުމެއްގެ ގޮތުގައެވެ.
މުޤައްދަސް ގުޅުމެއްގެ ގޮތުގައެވެ.
ޒުވާބުކުރުމާއި އަރާރުންވާ ގުޅުމެއްގެ ގޮތުގައެވެ.
ކައިވެނި ޝަރުޢު ކުރެއްވުމުގެ ޙިކުމަތްތަކުގެ ތެރޭގައި
ހުއްދަ ގޮތުގައި ޖިންސީ ޣަރީޒާ ޙާޞިލްވާނެ މަގެއްދެއްކެވުން
ހުއްދަނޫން ގޮތުގައި ޖިންސީ ޣަރީޒާ ޙާޞިލްވާނެ މަގެއްދެއްކެވުން
ނަސަބު އޮޅުން ބޮޅުން ވެގެންދާނެ ގޮތެއް ދެއްކެވުން
ދެމަފިރިންގެ ހިތްތަހަމަ ނުޖެހުންތައް ބޮޑުވެގެން ދާނެ މަގެއް ދެއްކެވުން
ކައިވެނި ކުރުމަކީ މާތްﷲ އިންސާނުންނަށް ދެއްވާފައިވާ
ވަރަށްބޮޑު އިމްތިޙާނެކެވެ.
ވަރަށް ބޮޑު ހިތާމައެކެވެ.
ވަރަށްބޮޑު ބުރަ ޒިންމާއެކެވެ.
ވަރަށްބޮޑު ނިޢުމަތެކެވެ.
ކުޅަދާނަ ކަން ލިބިގެންވާމީހަ ކައިވެނި ކުރުމުގެ ޙުކުމަކީ
ބައެއްފަހަރަށް މަކުރޫހަ ކަމެކެވެ.
ގަދަވެގެންވާ ސުންނަތެކެވެ.
ބައެއްފަހަރަށް ވާޖިބު ކަމެކެވެ.
ބައެއްފަހަރަށް ޙަރާމް ކަމެކެވެ.
ކުޅަދާނަކަން ހުރެ ޒިނޭކުރެވިދާނެ ކަމަށް ބިރުހީވާނަމަ ކައިވެނި ކުރުމުގެ ޙުކުމަކީ
މަކުރޫހަ ކަމެކެވެ.
ވާޖިބުވެގެންވާ ކަމެކެވެ.
ގަދަވެގެންވާ ސުންނަތެކެވެ.
މުސްތަޙައްބު ކަމެކެވެ.
ކަނޑައެޅިގެން އަނބިމީހާއަށް ގެއްލުމެއް ލިބިދާނެ ޙާލަތުގައި ކައިވެނީގެ ޙުކުމަކީ
ސުންތެކެވެ.
މަކުރޫހަ ކަމެކެވެ
ޙަރާމް ކަމެކެވެ.
ހުއްދަ ކަމެކެވެ.
ކައިވެނި ކުރުމުގެކުޅަދަކަން ހުރިނަމަވެސް ޙައްޤުތައް އަދާނުކުރެވޭނެނަމަ
ކައިވެނި ކުރުމުގެ ޙުކުމަކީ ސުންނަތް ކަމެކެވެ.
ކައިވެނި ކުރުމުގެ ޙުކުމަކީ ވާޖިބު ކަމެކެވެ.
ކައިވެނި ކުރުމުގެ ޙުކުމަކީ ޙަރާމް ކަމެކެވެ.
ކައިވެނި ކުރުމުގެ ޙުކުމަކީ މަކުރޫހަކަމެކެވެ.
