wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ހަތަރު މަޒުހަބު އުފެދުން

Total questions: 28

Worksheet time: 14mins

Name
Class
Date
1.
ސުވާލު 1: ފިޤުހީ ގޮތުން ހަތަރު މަޒުހަބޭ ބުނެވެނީ ކޮން މަޒުހަބުތަކަކަށް؟
a)
ޞޫފިއްޔާ، ޚާވާރިޖު، ޖަހުމިއްޔާ، އިބާޟިއްޔާ
b)
ޙަނަފީ، މާލިކީ، ޝާފިޢީ، ޙަންބަލީ
c)
ޖަބަރިއްޔާ، މުޖިޔަތް، މުޢުތަޒިލަތް، ޤާދިރިއްޔާ
d)
ޖަޢުފަރިއްޔާ، އިސްލާމިއްޔާ، ޒައިދިއްޔާ، އިލާހިއްޔާ
2.
ސުވާލު 2: ހަތަރު މަޒުހަބޭ ބުނެވެނީ ކޮން ބަޔަކަށް؟
a)
ޢަޤީދާގެ މަޒުހަބުތަކުގެ ތެރެއިން، އެންމެ މަޝްހޫރު، އަދާހަމައަށް ވެސް ދެމިއޮތް، އެންމެ ގިނަ މީހުން ތަބާވާ ހަތަރު މަޒުހަބަށް
b)
ފިޤްހީ މަޒުހަބުތަކުގެ ތެރެއިން، އެންމެ މަޝްހޫރު، އަދާހަމައަށް ވެސް ދެމިއޮތް، އެންމެ ގިނަ މީހުން ތަބާވާ ހަތަރު މަޒުހަބަށް
c)
ބާޠިލު މަޒުހަބުތަކުގެ ތެރެއިން، އެންމެ މަޝްހޫރު، އަދާހަމައަށް ވެސް ދެމިއޮތް، އެންމެ ގިނަ މީހުން ތަބާވާ ހަތަރު މަޒުހަބަށް
3.
ސުވާލު 3: ހަތަރު މަޒުހަބުގެ އިމާމުންގެ ޢަޤީދާއަކީ ކޮބާ؟
a)
އަޝްޢަރީ ޢަޤީދާ
b)
ޝީޢީ
c)
އަހުލުއްސުންނާ ވަލްޖަމާޢާގެ ޢަޤީދާ
d)
ޞޫފިއްޔާ
4.
ސުވާލު 4: ޝާފިޢީ މަޒުހަބު ނިސްބަތްވަނީ ކޮން ބޭކަލަކަށް؟
a)
އިމާމު އަބޫ ޙަނީފާ
b)
އިމާމު މާލިކު
c)
އިމާމް ޝާފިޢީ
d)
އިމާމު އަޙްމަދު
5.
ސުވާލު 5: ޙަނަފީ މަޒުހަބު ނިސްބަތްވަނީ ކޮން ބޭކަލަކަށް؟
a)
އިމާމު އަބޫ ޙަނީފާ
b)
އިމާމު މާލިކު
c)
އިމާމް ޝާފިޢީ
d)
އިމާމު އަޙްމަދު
6.
ސުވާލު 6: ޙަންބަލީ މަޒުހަބު ނިސްބަތްވަނީ ކޮން ބޭކަލަކަށް؟
a)
އިމާމު އަބޫ ޙަނީފާ
b)
އިމާމު މާލިކު
c)
އިމާމް ޝާފިޢީ
d)
އިމާމު އަޙްމަދު
7.
ސުވާލު 7: މާލިކީ މަޒުހަބު ނިސްބަތްވަނީ ކޮން ބޭކަލަކަށް؟
a)
އިމާމު އަބޫ ޙަނީފާ
b)
އިމާމު މާލިކު
c)
އިމާމް ޝާފިޢީ
d)
އިމާމު އަޙްމަދު
8.
: ސުވާލު 8: ހަތަރު މަޒުހަބު އުފެއްދެން މެދުވެރި ސަބަބުތަކުގެ ތެރޭގައި
a)
ގިނަ އަދަދެއްގެ ފޮތްތައް ހަތަރު މަޒުހަބަށް ތަރުޖަމާ ކުރެވުން
b)
ހަތަރު މަޒުހަބުުގެ އިމާމުންގެ ދަރިވަރުންނާއި ދަރިވަރުންގެ ދަރިވަރުންގެ އަދަދު ގިނަވުން
c)
އިސްލާމީ ފުތޫޙާތު ފެތުރިގެން ދިޔުމުގެ ސަބަބުން
d)
އިސްލާމީ ޙަޟާރަތް ފުޅާވެގެން ދިޔުމުން
9.
ސުވާލު 9: އަންނަނިވި ޢިބާރާތްތަކުން ނުރަނގަޅު ޢިބާރާތަކީ ކޮބާ؟
a)
ހަތަރު އިމާމުންގެ ރައުޔުތަކާއި ފަތުވާތައް، އެ އިމާމުންގެ ދަރިވަރުން ލިޔެ ޖަމާކޮށް ރައްކާކުރި
b)
ހަތަރު މަޒުހަބުގެ އިމާމުންގެ ދަރިވަރުން، އެއިމާމުންގެ ރައުޔުތަކާއި ފަތުވާތައް އެގޮތުގައި ކިޔަވައިދެއްވި
c)
ހަތަރު މަޒުހަބުގެ އިމާމުންގެ ޢިލްމުވެރިކަމާއި ތެދުވެރިކަމާއި ތަޤުވާވެރިކަން އެނގި މަޝްހޫރުވި
d)
ހަތަރު މަޒުހަބުގެ މެދުގައި އިޖުތިހާދު ކުރުންތަކުގައި ފާޅުކަން ބޮޑު ގޮތެއްގައި ތަފާތުކުރުން ނެތް
10.
ސުވާލު 10: އިމާމް އަބޫ ޙަނީފާގެ ފުރިހަމަ ނަންފުޅަކީ ކޮބާ؟
a)
ޢަބަދުއްރަޙްމާން ބުނު ޢައުފު
b)
ޢަބްދުالله ބުނު މަސްޢޫދު
c)
އައްނުޢުމާން ބުނު ޘާބިތު
11.
ސުވާލު 11: ހަތަރު މަޒުހަބު އުފެދި ޢާއްމުވެގެން ދިޔައީ
a)
އިސްލާމްކަމުގެ ނޫރު ފަނޑުވެފައިވާ ޒަމާނެއްގަ
b)
ޞަޙާބީންގެ ޒަމާނުގަ
c)
ބާޠިލް ޢަޤީދާ ވަރަށް ބޮޑަށް ފެތުރިފައިވާ ޒަމާނެއްގަ
12.
ސުވާލު 12: ޙަނަފީ މަޒުހަބު އުފެދުނީ ހިޖުރައިން ކިތައް ވަނަ އަހަރު؟
a)
100 ވަނަ އަހަރު
b)
150 ވަނަ އަހަރު
c)
120 ވަނަ އަހަރު
d)
90 ވަނަ އަހަރު
13.
ސުވާލު 13: ރަސްމީ މަޒުހަބެއް ގޮތުގައި ޙަނަފީ މަޒުހަބު ކަނޑައެޅުނު ދައުލަތަކީ
a)
ޢައްބާސީ ދަޢުލަތް
b)
ފާތިމީ ދަޢިލަތް
c)
އުމަވީ ދަޢުލަތް
14.
ސުވާލު 14: ޙަނަފީ މަޒުހަބުގެ އެންމެ މަޝްހޫރު ދަރިވަރުންގެ ތެރެއިން ދަރިވަރެއްގެ ނަން ބުނެދީ؟
a)
އަނަސް ބުން މާލިކު
b)
މާލިކު ބުން ދީނާރު
c)
އަލްޤާޟީ ޔަޢުޤޫބު ބުނު އިބްރާހީމް (އަބޫ ޔޫސުފް)
d)
އަބޫ ޖަޢުފަރު
15.
ސުވާލު 15: މާލިކީ މަޒުހަބު އުފެދުނީ ކޮން ތަނެއްގަ؟
a)
މައްކާގަ
b)
މަދީނާގަ
c)
ޔަމަނުގަ
d)
ތާއިފުގަ
16.
ސުވާލު 16: ފަހުން މާލިކީ މަޒުހަބު ބޮޑަށް ފެތުރިގެން ދިޔައީ ކޮން ހިސާބެއްގަ؟
a)
ޢަރަބި ޖަޒީރާގަ
b)
އެފްރިކާ ބައްރުގަ
c)
އޭޝިޔާ ބައްރުގަ
17.
ސުވާލު 17: އިމާމް މާލިކު އުޅުއްވި ދުވަސްވަރު މަދީނާގައި މަޝްހޫރުވެފައިވާ ފިޤްހީ މަޒުހަބަށް ދެވިފައިވާ ނަމަކީ ކޮބާ؟
a)
މަދްރަސަތުލްއުޞޫލު
b)
މަދްރަސަތުލްފިޤްހު
c)
މަދްރަސަތުލްޢަޤީދާ
d)
މަދްރަސަތުލްޙަދީޘް
18.
ސުވާލު 18: އިމާމް ޝާފިޢީގެ ފިޤްހު ފާޅުވެ ނަޤުލުވެގެން ދިޔައީ ހިޖުރައިން ކޮން އަހަރަކު؟
a)
190
b)
195
c)
170
19.
ސުވާލު 19: ޝާފިއީ މަޒުހަބުގެ ކުރީގެ މަޒުހަބު ނިސްބަތްވަނީ ކޮން ދުވަސް ވަރަކަށް؟
a)
އިމާމު ޝާފިޢީ ޔަމަނުގައި އުޅުއްވި ދުވަސްވަރަށް
b)
އިމާމު ޝާފިޢީ މަދީނާގައި އުޅުއްވި ދުވަސްވަރަށް
c)
އިމާމު ޝާފިޢީ މިޞްރުގައި އުޅުއްވި ދުވަސްވަރަށް
d)
އިމާމު ޝާފިޢީ އިރާޤުގައި އުޅުއްވި ދުވަސްވަރަށް
20.
ސުވާލު 20: ޝާފިއީ މަޒުހަބުގެ ފަހުގެ މަޒުހަބު ނިސްބަތްވަނީ ކޮން ދުވަސް ވަރަކަށް؟
a)
އިމާމު ޝާފިޢީ ޔަމަނުގައި އުޅުއްވި ދުވަސްވަރަށް
b)
އިމާމު ޝާފިޢީ މަދީނާގައި އުޅުއްވި ދުވަސްވަރަށް
c)
އިމާމު ޝާފިޢީ މިޞްރުގައި އުޅުއްވި ދުވަސްވަރަށް
d)
އިމާމު ޝާފިޢީ އިރާޤުގައި އުޅުއްވި ދުވަސްވަރަށް
21.
ސުވާލު 21: އިސްލާމީ ދުނިޔޭގެ އިރުމަތި ފަރާތުގައި އެ މަޒުހަބު ފެތުރިގެން ގޮސް، އިސްލާމީ ދުނިޔޭގެ ބޮޑު ބައެއްގައި ޝާފިޢީ މަޒުހަބު ފެތުރުނީ ކޮން މަރުޙަލާއެއްގައި؟
a)
އިމާމު ޝާފިޢީގެ ފިޤުހު ފާޅުވެ، ނަޤުލުވެގެން ދިޔަ މަރުޙަލާގައި
b)
ޝާފިޢީ މަޒުހަބު ފާޅުވެ، އިސްތިޤުރާރުވި މަރުޙަލާގައި
c)
މަޒުހަބު ފުރަތަމަ ފަހަރަށް ތަންޤީޙު ކުރެވުނު މަރުޙަލާގައި
22.
ސުވާލު 22: އިމާމް އައް ނަވަވީ ފަދަ ބޭފުޅުން، މަޒުހަބުގެ ފިޤުހު ތަރައްޤީކޮށް ބޮޑެތި ފޮތްތައް ލިޔުއްވީ ކޮން މަރުޙަލާއެއްގައި؟
a)
ޝާފިޢީ މަޒުހަބު ފާޅުވެ، އިސްތިޤުރާރުވި މަރުޙަލާގައި
b)
މަޒުހަބު ފުރަތަމަ ފަހަރަށް ތަންޤީޙު ކުރެވުނު މަރުޙަލާގައި
c)
ޝާފިޢީ މަޒުހަބު ދެވަނަ ފަހަރަށް ތަންޤީޙު ކުރެވުނު މަރުޙަލާގައި
23.
ސުވާލު 23: ހަންބަލީ މަޒުހަބު އުފެދުނީ ހިޖުރައިން 204 ވަނަ އަހަރު ބަޣުދާދުގައިި އިމާމު އަޙްމަދު ކިޔަވައިދެއްވަން ފެއްޓެވުމާ ހަމައިންނެވެ. އޭރު ޢިލްމީ 2 ކުލާހެއް އިމާމު އަޙްމަދު ހިންގެވިއެވެ. އެއް ކުލާހަކީ އިސް ދަރިވަރުންނަށް ގެކޮޅުގައި ބާއްވާ ކުލާހެކެވެ. އަނެއް ކުލާހަކީ ކޮބާ؟
a)
މަސްޖިދުލް ޙަރާމްގައި ބާއްވާ ކުލާހެއް
b)
މަސްޖިދުލް އަޤްޞާގައި ބާއްވާ ކުލާހެއް
c)
ޢާއްމުންނަށް މިސްކިތުއްގައި ބާއްވާ ކުލާހެއް
24.
ސުވާލު 24: އިމާމް އަޙްމަދުގެ ޢިލްމު ފެތުރުއްވެވުމުގައި އެންމެ މަޝްހޫރު ދަރިވަރަކީ ކޮބާ؟
a)
އަބޫބަކުރު އަލް މަރޫޒީ
b)
އުސާމާ ބުނު ޒައިދު
c)
ޢައްމާރު ބުނު ޔާސިރު
25.
ސުވާލު 25: އިމާމް އަޙްމަދުގެ މަޒުހަބަށް ނިސްބަތްވުން ފެށިގެން ދިޔައީ، އިމާމު އަޙްމަދުގެ ޢިލްމު، އިމާމް އަޙްމަދު ބުނު މުޙައްމަދު އަލްޚައްލާލު ކޮން ފޮތެއްގެ ޖަމާކޮށް ލިޔުއްވި ހިސާބުން؟
a)
المُسْنَدُ لإِمَامِ أَحْمَد
b)
كِتَابُ الزهُدِ لإِمَامِ أَحْمَد
c)
الجَامِعُ لِعُلُومِ الإِمَامِ أَحْمَد
26.
ސުވާލު 26: ހަންބަލީ މަޒުހަބުގެ ފޮތްތަކުން ފައިދާ ޙާސިލުކޮށް އެ ފޮތްތަކަށް އެކި ގޮތްގޮތުން ޚިދުމަތް ކުރެވުނީ ކޮން މަރުޙަލާއެއްގައި؟
a)
އުފެދުނު މަރުޙަލާގައި
b)
ހެދިބޮޑުވި މަރުޙަލާގައި
c)
އިސްތިޤުރާރުވި މަރުޙަލާގައި
27.
ސުވާލު 27: އަންނަނިވި ދައުރުތަކުގެ ތެރެއިން ޙަންބަލީ މަޒުހަބު އުފެދި ފެތުރުނު ދައުރުތަކުގެ ތެރޭގައި ނުހިމެނޭ ދައުރަކީ ކޮބާ؟
a)
މަޒުހަބު ނަޤުލުވެ ހެދިބޮޑުވުން
b)
މަޒުހަބު ތަޙުރީރު ކުރެވި ތަންޤީޙު ކުރެވުން
c)
މަޒުހަބު އިސްތިޤުރާރުވުން
d)
މަޒުހަބަށް ނިސްބަތްވެގެން އުޅޭ މީހުން މަދުވެ، ޒަމާނީ ފިޤުހީ ދިރާސާތައް ކުރިއެރުން
28.
ސުވާލު 28: އިމާމު އަޙްމަދުގެ އެންމެ އިސްދަރިވަރުންގެ ތެރޭގައި ހިމެނޭ ބޭކަލުންނަކީ ކޮބާ؟
a)
އަބޫ ބަކުރު އަލްއަޘުރަމް
b)
ބަކުރު އަލްމަރޫޒީ
c)
އަލްޤާޟީ ޔަޢުޤޫބު ބުނު އިބްރާހީމް (އަބޫ ޔޫސުފް)
d)
އިބްރާހީމު ބުނު އިސްޙާޤު އަލްޙަރުބީ