wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ކައިވެނީގެ ރުކުންތަކާއި ޝަރުޠުތައް

Total questions: 24

Worksheet time: 12mins

Name
Class
Date
1.
ސުވާލު 1: ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި ކައިވެނީގެ ރުކުންތަކުގެ އަދަދަކީ ކޮބާ؟
a)
4
b)
5
c)
6
2.
ސުވާލު 2: ކައިވެނި ޞައްޙަވާނީ
a)
ކައިވެނީގެ ރުކުންތައް ހަމަވުމުން
b)
ކައިވެނީގެ ޝަރުޠުތައް ހަމަވުމުން
c)
ކައިވެނީގެ ރުކުންތަކާއި އެއާ ގުޅިފައިވާ ޝަރުޠުތައް ހަމަވުމުން
3.
ސުވާލު 3: ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި ކައިވެނީގެ ރުކުންތަކަކީ ކޮބާ؟
a)
ކައިވެނިކުރާ ފިރިހެނާ
b)
ކައިވެނިވެވޭ އަންހެނާ
c)
ވަލީވެރިޔާ
d)
ދެ ހެކިން
e)
ކައިވެނީގެ ޞީޣާ
4.
ސުވާލު 4: ރުޤައްޔާއާ ކައިވެނި ކުރުމަށް ރުޤައްޔާގެ މަންމަ އެއް މަސް ދުވަސް ވަންދެން ކިރު ދިން ޢުމަރު ހުށަހެޅިއެވެ. އޭރު ޢުމަރު ބާލިޣު ވެސް ނުވެއެވެ. ކައިވެނި ކުރާ ފިރިހެނާގެ ޝަރުޠުތަކުގެ ތެރެއިން ރުޤައްޔާއާ ކައިވެނި ކުރުމަށް ޢުމަރުގެ ގައިގައި މަދުވާ ޝަރުޠަކީ ކޮބާ؟
a)
ބާލިޣުވެފައި ނުވުން
b)
ކައިވެނިވެވޭ އަންހެނާއަށް ޙަލާލު މީހެއްކަމުގައިނުވުން
c)
ކަނޑައެޅިގެން އެނގޭ މީހެއްކަމުގައިނުވުން
5.
ސުވާލު 5: ރުޤައްޔާއާ ކައިވެނި ކުރުމަށް ޢުމްރާ ކުރުމަށް މައްކާއަށް ގޮސް އުޅުނު ޢުމަރު ހުށަހެޅިއެވެ. އެއީ ފުރަތަމަ ޢުމްރާ ނިމުމަށް ފަހު ޠާއިފަށް ދިޔަ ދަތުރު މަތީގައެވެ. އަދި މި ޠާއިފުގެ ދަތުރުން އެނބުރި މައްކާއަށް ގޮސް ޢުމްރާއެއް ކުރުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން ޠާއިފުގެ ދަތުރުގައި ޠާއިފަށް ގޮސް ރުޤައްޔާއާ ކައިވެނި ކުރުމަށް ރުޤައްޔާގެ ވަލީވެރިޔާ ވެސް އެއްބަސް ވިއެވެ. ރުޤައްޔާއާއި ޢުމަރު ކައިވެނި ކުރުމަށް ކައިވެނީގެ ޝަރުޠުތަކުގެ ތެރެއިން މަދުވާ ޝަރުޠެއް އެބަވޭ ހެއްޔެވެ؟ ޝަރުޠެއް މަދުވާނަމަ އެ ޝަރުޠަކީ ކޮބާ؟
a)
ޝަރުޠެއް މަދުވޭ، ޢުމަރު ހުރީ ޢުމްރާއަށް އިޙްރާމް ބަނދެގެން
b)
ޝަރުޠެއް މަދުވޭ، ޢުމްރާ ދަތުރެއްގައި ކައިވެނި ނުކުރެވޭނެ
c)
ޝަރުޠެއް މަދެއްނުވޭ، ޢުމަރު ހުރީ އިޙްރާމް ބަނދެގެނެއް ނޫން
6.
ސުވާލު 6: ޖޯންއާއި ލިއޯ އަކީ ކްރިސްޓިއަން ދެ ފިރިހެނުންނެވެ. ކައިވެނި ކުރީ މީގެ 2 އަހަރު ކުރިންނެވެ. އެއްޖިންސުން ކައިވެނި ކޮށްގެން ކެނެޑާގައި އުޅޭ ދެ ފިރިހެނުންނެވެ. ކަން ދިމާކުރިގޮތުން ސަޢޫދީ ޢަރަބިޔާއަށް ކުރި ވިޔަފާރި ދަތުރެއްގައި ޖޯން އިސްލާމްވިއެވެ. އެހެންކަމުން މި ދެ މީހުންގެ ކައިވެންޏަށް ވެގެންދާނީ ކިހިނެއް؟
a)
ކައިވެނި ރޫޅޭނީ، ލިއޯ އަކީ މުސްލިމަކަށް ނުވާތީ
b)
ކައިވެނި ރޫޅޭނީ، ލިއޯ އަކީ ފިރިހެނަކަށް ވާތީ
7.
ސުވާލު 7: ކައިވެނި ކޮށްދިނުމުގައި ވަލީވެރިޔާ ރިޢާޔަތް ކުރަންޖެހޭ މުހިންމު ކަމެއް
a)
ރަމަޟާންމަހުގައި ކައިވެނި ނުކުރުވުން
b)
ރޭގަނޑުގައި ކައިވެނި ނުކުރުވުން
c)
އަންހެން ކުއްޖާގެ ރުހުމާއި އިޒުނައާއެކު ކައިވެނި ކުރުވުން
8.
ސުވާލު 8: ރުޤައްޔާއާ ކައިވެނި ކުރުމަށް ޢުމަރު ހުށަހެޅިއެވެ. ޢުމަރުގެ ކޮއްކޮ މޫސާ ވަނީ ރުޤައްޔާގެ ގާތުން އެއް މަސް ދުވަހު ކިރު ބޮއެފައެވެ. މި ކައިވެނި ޞައްޙަ ވާނެތަ؟
a)
ޞައްޙަ ވާނެ، ރުޤައްޔާއަކީ ޢުމަރުއަށް ޙަލާލު މީހެއްކަމުގައިވާތީ
b)
ޞައްޙައެއް ނުވާނެ، ރުޤައްޔާއަކީ ޢުމަރުގެ ކޮއްކޮގެ ކިރުގެ ގޮތުން މަންމަ (ޙަލާލު މީހެއްކަމުގައިނުވާތީ)
c)
ޞައްޙަ ވާނެ، ރުޤައްޔާއަކީ ކަނޑައެޅިގެން އެނގޭ މީހެއްކަމުގައިވާތީ
9.
ސުވާލު 9: އަންނަނިވި ކަންތައްތަކުގެ ތެރެއިން ކައިވެނި ވެވޭ އަންހެނާގެ ގައިގައި ހުންނަން ޖެހޭ ޝަރުޠުތަކަކީ ކޮބާ؟
a)
ކަނޑައެޅިގެން އެނގޭ މީހެއްކަމުގައިވުން
b)
އިޙްރާމްބަނދެގެން ހުރި މީހެއްކަމުގައި ވުން
c)
ރަމަޟާންމަހުގެ ރޯދައަށް ހުރި މީހެއް ކަމުގައި ނުވުން
d)
ކައިވެނިވެވޭ ފިރިހެނާއަށް ޙަލާލު މީހެއްކަމުގައިވުން
10.
ސުވާލު 10: ވަލީވެރިންގެ ތަރުތީބުގެ ތެރެއިން އެންމެ އިސްމީހަކީ ކޮބާ؟
a)
ފިރިމީހާ
b)
ބައްޕަ
c)
ބައްޕަ ފަރާތުގެ ކާފަ
d)
ޤާޟީ
11.
ސުވާލު 11: އަންހެން ކުއްޖާގެ ޢާއިލާގައި ތިބީ؛ ބައްޕައާ އެއްބަފާ ބޮޑުބޭބެއަކާއި، ބައްޕައާ އެއްބަފާ ބޮޑުބޭބެގެ ފިރިހެން ދަރިއަކާއި، އެއްބަފާ އަޚަކާއި، އެއްބަނޑު އަޚުގެ ފިރިހެން ދަރިއަކާއި، ބައްޕައާ އެއްބަނޑު އެއްބަފާ ބޮޑުދައިތަގެ ފިރިހެން ދަރިއެކެވެ. މީގެތެރެއިން ވަލީވެރިއަކަށް ވާނީ ކާކު؟
a)
ބައްޕައާ އެއްބަފާ ބޮޑުބޭބެ
b)
ބައްޕައާ އެއްބަފާ ބޮޑުބޭބެގެ ފިރިހެން ދަރި
c)
އެއްބަފާ އަޚު
d)
އެއްބަނޑު އަޚުގެ ފިރިހެން ދަރި
e)
ބައްޕައާ އެއްބަނޑު އެއްބަފާ ބޮޑުދައިތަގެ ފިރިހެން ދަރި
12.
ސުވާލު 12: އަންހެން ކުއްޖާގެ ޢާއިލާގައި ތިބީ؛ ބައްޕައާ އެއްބަފާ ބޮޑުބޭބެއަކާއި، ބައްޕައާ އެއްބަފާ ބޮޑުބޭބެގެ ފިރިހެން ދަރިއަކާއި، އެއްބަފާ އަޚަކާއި، އެއްބަނޑު އަޚުގެ ފިރިހެން ދަރިއަކާއި، ބައްޕައާ އެއްބަނޑު އެއްބަފާ ބޮޑުދައިތަގެ ފިރިހެން ދަރިއެކެވެ. މީގެތެރެއިން ވަލީ އަރަން ޖެހިއްޖެ ޙާލަތެއްގައި ވަލީ އަރާނެ ފަދަ މީހުންނަކީ ކޮބާ؟
a)
ބައްޕައާ އެއްބަފާ ބޮޑުބޭބެ
b)
ބައްޕައާ އެއްބަފާ ބޮޑުބޭބެގެ ފިރިހެން ދަރި
c)
އެއްބަފާ އަޚު
d)
އެއްބަނޑު އަޚުގެ ފިރިހެން ދަރި
e)
ބައްޕައާ އެއްބަނޑު އެއްބަފާ ބޮޑުދައިތަގެ ފިރިހެން ދަރި
13.
ސުވާލު 13: ޒުލޭޚާއަކީ ނަޞާރާ ދީނަށް އުޅޭ ޢާއިލާއަކަށް ނިސްބަތްވާ މުސްލިމެކެވެ. ދިރިއުޅެނީ އިސްލާމީ ވެރިކަމެއް އޮންނަ އޮމާންގައެވެ. ޚާލިދުއާ ކައިވެނި ކުރަން ވަލީދޭނެ މީހެއް ބެލިއިރު ބައްޕަ ފަރާތުގައި ތިބީ މުޅިން ވެސް ނަޞާރާ ދީނުގެ މީހުންނެވެ. މަންމަފަރާތުގެ ބޮޑު ބޭބެއިންގެ ތެރޭގައި ތިބީ މުސްލިމުންނެވެ. އެހެންކަމުން ޒުލޭޚާގެ ވަލީވެރިއަކަށް ވާނީ ކާކު؟
a)
ޒުލޭޚާގެ ބައްޕަ
b)
މަންމަފަރާތުގެ ބޮޑުބޭބެއެއް
c)
ޙާކިމު
14.
ސުވާލު 14: ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. «أَيُّما امرأةٍ نَكَحَتْ بغيرِ إذنِ وَليِّها؛ فنِكاحُها باطِلٌ، فنِكاحُها باطِلٌ، فنِكاحُها باطِلٌ» މާނައީ: "ވަލީވެރިޔާގެ އިޒުނައާނުލާ ކޮންމެ އަންހެނަކު ކައިވެނި ކުރިއަސް, ފަހެ އެމީހާގެ ކައިވެންޏަކީ ބާޠިލް ކައިވެންޏެކެވެ. ބާޠިލް ކައިވެންޏެކެވެ. ބާޠިލް ކައިވެންޏެކެވެ."މި ޙަދީޘުން ދޭހަވާކަންތައްތަކަކީ ކޮބާ؟
a)
ކައިވެނި ޞައްޙަވުމަށް ވަލީބޭނުންވާކަން
b)
ވަލީބޭނުންވަނީ އަންހެނުނަށްކަން
c)
ވަލީ އަކީ ބައްޕަ ފަރާތަށް ދާ އެއްޗެއްކަން
d)
ކައިވެންޏަކީ މަތިވެރިވެގެންވާ ޢަޤުދެއްކަން
15.
ސުވާލު 15: ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. «أَيُّما امرأةٍ نَكَحَتْ بغيرِ إذنِ وَليِّها؛ فنِكاحُها باطِلٌ، فنِكاحُها باطِلٌ، فنِكاحُها باطِلٌ» މާނައީ: "ވަލީވެރިޔާގެ އިޒުނައާނުލާ ކޮންމެ އަންހެނަކު ކައިވެނި ކުރިއަސް, ފަހެ އެމީހާގެ ކައިވެންޏަކީ ބާޠިލް ކައިވެންޏެކެވެ. ބާޠިލް ކައިވެންޏެކެވެ. ބާޠިލް ކައިވެންޏެކެވެ."މި ޙަދީޘުން ނެގޭ ޙުކުމަކީ ކޮބާ؟
a)
ވަލީއާ ނުލައި ކައިވެނި ކުރުން ހުއްދައެއް ނޫންކަން
b)
ވަލީއާ ނުލައި ކައިވެނި ކުރުން މަކްރޫހަކަން
16.
ސުވާލު 16: އަންނަނިވި ކަންތައްތަކުގެ ތެރެއިން ވަލީވެރިޔާގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކަކީ ކޮބާ؟
a)
މުސްލިމަކަށްވުން
b)
ފިރިހެނެއް ކަމުގައިވުން
c)
ބާލިޣުވެފައިވުން
d)
ބުއްދި ސަލާމަތުން ހުރުން
e)
މިނިވަނެއް ކަމުގައިވުން
17.
ސުވާލު 17: ކައިވެނީގެ ރުކުންތަކުގެ ތެރޭގައި ދެ ހެކިން ހިމެނެއެވެ. އެގޮތުން އެމީހުން ހެކިވާ ކަންކަމަކީ ކޮބާ؟
a)
ކައިވެނި ކުރާ ދެމީހުންނަކީ ކޮބައިކަން
b)
ރަނުގެ މިންވަރަކީ ކޮބައިކަން
c)
ފިރިހެން މީހާއަކީ ކައިވެނި ކުރުމަށް ތަޞައްރަފު ފުދިފައިވާ މީހެއްތޯ
18.
ސުވާލު 19: ކައިވެނީގެ ޞީޣާއަކީ ކޮބާ؟
a)
ކައިވެނީގެ ޢަޤުދުކޮށްދޭ މީހާގެ ބަސް
b)
ކައިވެނި ޤަބޫލުކުރާ މީހާގެ ބަސް
c)
ކައިވެނީގެ ޢަޤުދުކޮށްދޭ މީހާގެ ބަހާއި، ކައިވެނި ޤަބޫލުކުރާ މީހާގެ ބަސް
19.
ސުވާލު 20: ކައިވެނީގެ ޞީޣާގެ އީޖާބު އަންނަނީ ކާކުގެ ފަރާތުން؟
a)
ފިރިމީހާ
b)
އަނބިމީހާ
c)
ވަލީވެރިޔާ
20.
ސުވާލު 21: ކައިވެނީގެ ޞީޣާގެ ޤަބޫލު އަންނަނީ ކާކުގެ ފަރާތުން؟
a)
ފިރިމީހާ
b)
އަނބިމީހާ
c)
ވަލީވެރިޔާ
21.
ސުވާލު 22: ވަލީވެރިޔާ: އަޅުގަނޑުގެ ދަރި ފާޠިމާ، އިބްރާހީމްގެ ދަރި މަޙްމޫދުއާ، 2000 ރުފިޔާގެ ރަނަށް، މާތް ﷲ ގެ އިސްމުފުޅުގެ ބަރަކާތުން ކައިވެނިކޮށްދީފިން (ފާޚާނައަކަށް ގޮސް އައިސް) މަޙްމޫދު: އަނބި ޤަބޫލުކޮށްފިން މި ޢަޤުދުގައި މަދުވަނީ ޞީޣާގެ ކޮން ޝަރުޠެއް؟
a)
އީޖާބާއި ޤަބޫލު ގުޅިފައިވުން
b)
އީޖާބާއި ޤަބޫލު އެއްގޮތްވުން
c)
އީޖާބާއި ޤަބޫލު ފުރިހަމަވުން ޝަރުޠަކާއި މަތިކޮށްފައި ނެތުން
22.
ސުވާލު 23: ވަލީވެރިޔާ: އަޅުގަނޑުގެ ދަރި ފާޠިމާ، އިބްރާހީމްގެ ދަރި މަޙްމޫދުއާ، 2000 ރުފިޔާގެ ރަނަށް، މާތް ﷲ ގެ އިސްމުފުޅުގެ ބަރަކާތުން ކައިވެނިކޮށްދީފިން މަޙްމޫދު: ކަލޭގެ ދަރި އައިމިނަތު އެއީ އަނތްބެއް ކަމަށް ޤަބޫލުކޮށްފިން މި ޢަޤުދުގައި މަދުވަނީ ޞީޣާގެ ކޮން ޝަރުޠެއް؟
a)
އީޖާބާއި ޤަބޫލު ގުޅިފައިވުން
b)
އީޖާބާއި ޤަބޫލު އެއްގޮތްވުން
c)
އީޖާބާއި ޤަބޫލު ފުރިހަމަވުން ޝަރުޠަކާއި މަތިކޮށްފައި ނެތުން
23.
ސުވާލު 24: ވަލީވެރިޔާ: އަޅުގަނޑުގެ ދަރި ފާޠިމާ، އިބްރާހީމްގެ ދަރި މަޙްމޫދުއާ، 2000 ރުފިޔާގެ ރަނަށް، ދެ މަސް ވުމުގެ ކުރިން ވަރިކުރާނެކަމަށް، މާތް ﷲ ގެ އިސްމުފުޅުގެ ބަރަކާތުން ކައިވެނިކޮށްދީފިން މަޙްމޫދު: އަނބި ޤަބޫލުކޮށްފިން މި ޢަޤުދުގައި މަދުވަނީ ޞީޣާގެ ކޮން ޝަރުޠެއް؟
a)
އީޖާބާއި ޤަބޫލު ގުޅިފައިވުން
b)
އީޖާބާއި ޤަބޫލު އެއްގޮތްވުން
c)
އީޖާބާއި ޤަބޫލު ފުރިހަމަވުން ޝަރުޠަކާއި މަތިކޮށްފައި ނެތުން
24.
ސުވާލު 25: ވަލީވެރިޔާ: އަޅުގަނޑުގެ ދަރި ފާޠިމާ، އިބްރާހީމްގެ ދަރި މަޙްމޫދުއާ، 2000 ރުފިޔާގެ ރަނަށް، އަންނަ ހުކުރު ދުވަހު، މާތް ﷲ ގެ އިސްމުފުޅުގެ ބަރަކާތުން ކައިވެނިކޮށްދީފިން މަޙްމޫދު: އަނބި ޤަބޫލުކޮށްފިން މި ޢަޤުދު ޞައްޙަވާނެތަ؟
a)
ޞައްޙަވާނެ
b)
ޞައްޙައެއް ނުވާނެ