wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ހެދުން އެޅުމުގެ އަދަބުތައް

Total questions: 25

Worksheet time: 13mins

Name
Class
Date
1.
ސުވާލު 1: ހެދުން އެޅުމުގެ އެންމެ ބޮޑު އަދި އެންމެ މުހިންމު ބޭނުމަކީ ކޮބާ ؟
a)
ރީތިވުން
b)
ގެއިން ބޭރަށް ދާން
c)
ޢައުރަ ނިވާކުރުން
2.
ސުވާލު 2: އާ ހެދުމެއް ލާއިރު އެކަމަށް ވާރިދުވެފައިވާ ދުޢާ އަކީ ކޮބާ ؟
a)
‌‌اللَّهُمَّ لَكَ الْحَمْدُ أَنْتَ كَسَوْتَنِيهِ، أَسْأَلكَ خَيْرَهُ وَخَيْرَ مَا صُنِعَ لَهُ، وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا صُنِعَ لَهُ
b)
اللَّهُـمَّ إِنِّي أَعُـوذُ بِـكَ مِـنَ الْخُـبْثِ وَالْخَبَائِثِ
c)
بِسْمِ اللهِ ، تَوَكَّلْـتُ عَلى اللهِ وَلا حَوْلَ وَلا قُـوَّةَ إِلاّ بِالله
3.
ސުވާލު 3: އެމީހަކު އަޅާ ހެދުމަކީ ޙަލާލުގޮތުގައި ހޯދާފައިވާ އެއްޗެއް ކަމުގައިވާން ޖެހޭ ހެއްޔެވެ ؟
a)
އާނއެކެވެ.
b)
ނޫނެކެވެ.
4.
ސުވާލު 4: ފާތިމާ ލައިގެން ހުރި ހެދުމުން ހަށިގަނޑު ފޮރުވުން ވާޖިބުވެގެންވާ މިންވަރު ބައެއް ހުރީ ފެންނާށެވެ. މި ހާލަތުގައި ފާތިމާގެ ހެދުން އެޅުން އެހުރީ ކޮން ގޮތަކަށް ؟
a)
އިސްލާމްދީނުގައި އައިސްފައިވާ ހެދުން އެޅުމުގެ އަދަބުތަކާ އެއްގޮތަށް
b)
އިސްލާމްދީނުގައި އައިސްފައިވާ ހެދުން އެޅުމުގެ އަދަބުތަކާ އެއްގޮތަށް ނޫން
5.
ސުވާލު 5: އަންނަނިވި ކަންތައްތަކުގެ ތެރެއިން އިސްލާމްދީނުގައި އައިސްފައިވާ ހެދުން އެޅުމުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ފާހަގަކުރޭ
a)
ޙަލާލުގޮތުގައި ހޯދާފައިވާ އެއްޗެއް ކަމުގައިވުން
b)
ހަށިގަނޑު ފޮރުވުން ވާޖިބުވެގެންވާ މިންވަރު ފޮރުވުން
c)
މަޝްހޫރުވުމަށް އެހެންމީހުންނާ ތަފާތުކޮށް ހެދުން ނޭޅުން
d)
ޙަރާމްގޮތުގައި ހޯދާފައިވާ އެއްޗެއް ކަމުގައިވުން
6.
ސުވާލު 6: ފާތިމާ ހެދުންލާފައި ހުންނަނީ ހަށިގަނޑުގެ ވަނާތަކަށް ބާރުނުވާނޭ ހެންނެވެ. ނަމަވެސް، އޭނާގެ ހެދުން ތުނިކަމުން ހަށިގަނޑުގެ ކުލަ ކޮންމެސްވަރަކަށް ފެނެއެވެ. ފާތިމާ ރަނގަޅު ކޮށްލަން ޖެހޭ ކަމަކީ ކޮބާ ؟
a)
އިސްލާމް ދީނުގައި އައިސްފައިވާ ހެދުން އެޅުމުގެ އަދަބުތަކުގެ ތެރޭގައި ހަށިގަނޑުގެ ވަނާތައް ހާމަވާވަރުގެ ބާރު ހެދުމެއް ކަމުގައި ނުވުން ހިމެނެއެވެ. ފާތިމާގެ ހެދުން ބާރުނުވާނޭހެން ދޫކޮށް ހެދުން ލުމަކީ ރަނގަޅު ކޮށްލަން ޖެހޭކަމެކެވެ.
b)
އިސްލާމް ދީނުގައި އައިސްފައިވާ ހެދުން އެޅުމުގެ އަދަބުތަކުގެ ތެރޭގައި ތުނި ހެދުމެއްކަމުގައި ނުވުން (ހަށިގަނޑުގެ ބައްޓަމާއި ކުލަ ފާޅުނުވުން) ހިމެނެއެވެ. ފާތިމާގެ ހެދުން ހަށިގަނޑުގެ ކުލަ ނުފެންނަވަރުގެ ބޯ ހެދުމަކަށް ބަދަލުކޮށްލަންޖެހޭނެއެވެ.
7.
ސުވާލު 7: އިބްރާހިމް ހެދުން އަޅާއިރު ބައެއް ފަހަރު އަންހެނުން ލާން ބޭނުންކުރާ ހެދުންވެސް ލައި އުޅެއެވެ. މިއީ ރަނގަޅު ގޮތެއް ހެއްޔެވެ؟
a)
އާނއެކެވެ. އެއީ މައްސަލައެެއް ނޫނެވެ.
b)
ނޫނެކެވެ. އެއް ޖިންސު އަނެއް ޖިންސާ އެއްގޮތްވާ ގޮތަށް ހެދުން އެޅުމަކީ އިސްލާމްދީނުގައި އައިސްފައިވާ ހެދުން އެޅުމުގެ އަދަބުތަކުގެ ތެރެއިންވާ ކަމެއް ނޫނެވެ.
8.
ސުވާލު 8: ފާތިމާ ހުންނަނީ ބުރުގާ އަޅައި ދިގުކޮށް ހެދުންލާފައެވެ. އެކަމަކު ހެދުން ބާރުކަމުން ހަށިގަނޑު ވަނާތައް ފާޅުވެއެވެ. މިއީ އިސްލާމްދީނުގެ ހެދުން އެޅުމުގެ އަދަބުތަކާ އެއްގޮތް ހެދުން އެޅުމެއް ހެއްޔެވެ؟
a)
ނޫނެކެވެ. އިސްލާމް ދީނުގައި އައިސްފައިވާ ހެދުން އެޅުމުގެ އަދަބުތަކުގެ ތެރޭގައި ހަށިގަނޑުގެ ވަނާތައް ހާމަވާވަރުގެ ބާރު ހެދުމެއް ކަމުގައި ނުވުން ހިމެނެއެވެ.
b)
އާނއެކެވެ. އެއީ އިސްލާމްދީނުގައި އައިސްފައިވާ ހެދުން އެޅުމުގެ އަދަބުތަކާ އެއްގޮތް ހެދުން އެޅުމެކެވެ.
9.
ސުވާލު 9: އިބްރާހިމަކީ މުސްލިމެކެވެ. އެކަމަކު އޭނާގެ ރައްޓެއްސެއް ޞަލީބެއް ޖަހާފައިވާ ޓީޝާޓެއް ހަދިޔާއަކަށް ދިނެވެ. އެހެންވެ، އިބްރާހިމު އެ ޓީޝާޓު ލައި އުޅެއެވެ. މިއީ ރަނގަޅު ގޮތެއް ހެއްޔެވެ؟
a)
އާނއެކެވެ. އެއީ މައްސަލައެއް ނޫނެވެ.
b)
ނޫނެކެވެ. އެހެން ދީންތަކުގެ މީހުންނަށް ޚާއްޞަވެގެންވާ ހެދުމާއި، ޞަލީބާއި، ރަމްޒުތަކާއި، ދިރޭތަކެތީގެ ސޫރަކުރަހާފައި ހުންނަ އެއްޗެހިލުމަކީ އިސްލާމްދީނުގެ ހެދުން އެޅުމުގެ އަދަބުތަކާ ޚިލާފު ކަމެކެވެ.
10.
ސުވާލު 10: އެހެން ދީންތަކުގެ މީހުންނަށް ޚާއްޞަވެގެންވާ ހެދުމާއި، ޞަލީބާއި، ރަމްޒުތަކާއި، ދިރޭތަކެތީގެ ސޫރަކުރަހާފައި ހުންނަ އެއްޗެހިލުމުގެ ހުކުމަކީ ކޮބާ ހެއްޔެވެ؟
a)
ހަރާމް
b)
ހުއްދަ
c)
ވާޖިބު
d)
ސުންނަތް
11.
ސުވާލު 11: ހެދުން އެޅުމާއި ޒީނަތްތެރިވުމުގައި ފަށުވި ފޭރާމާއި ރަން ހަރާމްވެގެންވަނީ ކޮން ބަޔަކަށް ؟
a)
ފިރިހެނުންނަށް
b)
އަންހެނުންނަށް
c)
ފިރިހެނުން އަދި އަންހެނުނަށްވެސް
12.
ސުވާލު 12: ހެދުން އެޅުމުގައި އިސްކުރަންވާނީ ކޮން ފަރާތެއް ހެއްޔެވެ؟
a)
ވާތް ފަރާތް
b)
ކަނާތް ފަރާތް
13.
ސުވާލު 13: އާ ހެދުމެއް ލާއިރު އެކަމަށް ވާރިދުވެފައިވާ ދުޢާ ކިޔުމުގެ ހުކުމަކީ ކޮބާ؟
a)
ވާޖިބެއް
b)
ސުންނަތެއް
c)
ހަރާމްކަމެއް
14.
ސުވާލު 14: އިބްރާހިމްގެ ގަމީހާއި ފަޓުލޫގައި ކޮންމެ ވެސް ވަރަކަށް ރަތްކުލަ ހުރުމުން އޭނާގެ އެކުވެރިޔާ ޢަލީ ބުނީ އެ ޤަމީސްލުން ހުއްދަ ނުވާނެކަމަށެވެ. ޢަލީ އެބުނީ ރަނގަޅަށް ހެއްޔެވެ؟
a)
އާނއެކެވެ. ރަތްކުލައިގެ އެއްވެސް މިންވަރެއްވާނަމަ ފިރިހެނުން އެ ލުން ހުއްދައެއް ނުވާނެއެވެ.
b)
ނޫނެކެވެ. އިސްލާމްދީނުގައި ހުއްދަނުވަނީ ފިރިހެނުން، އެހެންކުލައަކާއި އެކުނުވެ ހުސް ރަތް ކުލައިން ހުންނަ ހެދުން ލުމެވެ.
15.
ސުވާލު 15: ގެއިން ބޭރަށް ގޮސް އުޅޭއިރު މީރުވަސް ދުވާ ހުވަނދުލުންވަނީ ކޮންބަޔަކަށް ؟
a)
ފިރިހެނުންނަށް
b)
އަންހެނުންނަށް
16.
ސުވާލު 16: އިބްރާހިމަކީ މުއްސަނދި މީހެކެވެ. އެހެންވެ އޭނާ ހެދުން އަޅަނީ އަބަދު ވެސް ވަރަށް ރީތިކޮށެވެ. މިއީ މައްސަލައެެއް ހެއްޔެވެ؟
a)
އާނއެކެވެ. އެވެގެންދާނީ ދެއްކުންތެރިކަމުގެ ތެރެއިންނެވެ.
b)
ނޫނެކެވެ. ތިބާއަށް މާތް ﷲ ދެއްވާފައިވާ ނިޢުމަތް ފާޅުވާނޭ ފަދައިން ހެދުން އެޅުމަކީ ހުއްދަކަމެކެވެ.
17.
ސުވާލު 17: އިސްލާމްދީނުގައި އައިސްފައިވާ ހެދުން އެޅުމުގެ އަދަބުތަކުގެ ތެރޭގައި ފިރިހެނުން ހެދުން އެޅުމުގައި "އިސްބާލު" ނުކުރުން ހިމެނެއެވެ. "އިސްބާލު" ކުރުމަކީ ކޮބާ ހެއްޔެވެ ؟
a)
އިސްބާލުކުރުމުގެ މާނައަކީ ފޭރާމެއްގެ ގޮތުގައި ބޭނުން ކުރެވޭ ކޮންމެ އެއްޗެއް ތަނބިކަށްޓަށްވުރެން ތިރިއަށް ދޫކޮށްލައިފައި ބެހެއްޓުން
b)
އިސްބާލުކުރުމުގެ މާނައަކީ ފޭރާމެއްގެ ގޮތުގައި ބޭނުން ކުރެވޭ ކޮންމެ އެއްޗެއް ތަނބިކަށްޓަށްވުރެން މައްޗަށް ބެހެއްޓުން
18.
ސުވާލު 18: އާދަމްގެފާނާއި ހައްވާގެފާނު ސުވަރުގޭގައި ވަނިކޮށް ޝައިޠާނާ އެ ދެ ބޭކަނލުންނަށް ވަސްވާސް ދިނީ ކޮން ބޭނުމެއްގައި ކޮބާ ؟
a)
ފޮރުވިފައިވާ ޢައުރަ ކަޝްފުކުރުން
b)
ބަންދުކުރެވިފައިވާ ތަނެއް ހުޅުވުމަށް
c)
ވަނުން މަނާކުރެވިފައިވާ ތަނަކަށް ވަނުމަށް
19.
ސުވާލު 19: ހެދުން އެޅުމުގެ އަދަބުތައް ހިފެހެއްޓުމުގެ މުހިންމުކަން ހާމަވާ ކަންތައްތައް ފާހަގަކުރޭ
a)
ޝައިޠާނާ ވަސްވާސްދެނީ ޢައުރަ ކަޝްފުކުރުމަށް
b)
ހެދުން އެޅުމުގެ އެންމެ ބޮޑު އަދި އެންމެ މުހިންމު ބޭނުމަކީ ޢައުރަ ނިވާކުރުން
c)
ޤާނޫނުތަކާއި ޤަވަޢިދުތަކަށް މީހުން ބޯލަނބާމިންވަރު ކުޑަވުން
d)
މުޖުތަމަޢުން ޢަދުލު އިންސާފު ނެތިގެން ދިއުން
20.
ސުވާލު 20 : މާތް الله ވަޙީކުރައްވާފއިވެއެވެ. ﴿فَوَسْوَسَ لَهُمَا الشَّيْطَانُ لِيُبْدِيَ لَهُمَا مَا وُورِيَ عَنْهُمَا مِن سَوْآتِهِمَا وَقَالَ مَا نَهَاكُمَا رَبُّكُمَا عَنْ هَـٰذِهِ الشَّجَرَةِ إِلَّا أَن تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ الْخَالِدِينَ﴾ މާނައީ: "ދެންފަހެ އެ ދެކަނބަލުންގެ އައުރަ އިން އެ ދެކަނބަލުންނަށް ނިވައިވެގެންވާ ތަން ފާޅުކުރުމަށް ޓަކައި، އެ ދެކަނބަލުންނަށް ޝައިތާނާ ވަސްވާސްދިނެވެ. އަދި އެކަލޭގެ ދެންނެވިއެވެ: ތިޔަ ދެކަނބަލުން ދެ މަލާއިކަތުން ކަމުގައި ވެދާނެ ކަމަށް ޓަކައި، ނުވަތަ އަބަދަށް ދެމިތިބެނިވި މީހުންގެ ތެރެއިން ތިޔަ ދެކަނބަލުން ވެދާނެކަމަށް ޓަކައި މެނުވީ ތިޔަ ދެކަނބަލުންގެ ރައްބު ތިޔަ ދެކަނބަލުން އެގަހާ ކައިރިވެވަޑައިގަތުން މަނާއެއް ނުކުރައްވައެވެ." މި އޔަތުން ދޭހަވާ މާނައަކީ ކޮބާ ؟
a)
ޝައިޠާނާ އަބަދު ވެސް އެދޭނީ އިންސާނާއަށް ދެރަ ގޮތްކަން
b)
ޝައިޠާނާގެ މަޅީގައި ޖެހިދާނެކަމަށް ރައްކާތެރިވެގެން ތިބުމުގެ މުހިންކުކަން
c)
ޝައިޠާނާ އިންސާނުންނަށް ވަސްވާސް ދޭކަން
d)
މަތީގައިވާ ހުރިހާ މާނައެއް ވެސް ދޭހަވޭ
21.
ސުވާލު 21: ހެދުން އެޅުމުގެ އަދަބުތައް ހިފެހެއްޓުމުގެ ފައިދާތައް ފާހަގަ ކުރޭ
a)
މާތް ﷲ އާއި ރަސޫލާ ﷺ އެންގެވިގޮތުގައި ހިފަހައްޓާ އަޅުތަކުންގެ ތެރޭގައި ހިމެނުން
b)
ޒީނަތްތެރިވުމާއެކު ޢައުރަ ނިވާވުން
c)
ޝަހުވާނީ ބެލުންތަކުން ސަލާމަތްވުން
d)
ޝަހުވާނީ ބެލުންތަކަށް މަގުފަހިވުމަށް ވާގިވެރިވުމުގެ ނުބައިކަމުން ސަލާމަތްވުން
22.
ސުވާލު 22: ހެދުން އެޅުމުގެ އަދަބުތައް ހިފެހެއްޓުމަކީ މާތް ﷲ އާއި ރަސޫލާ ﷺ ގެ އަމުރުފުޅަށް ބޯލެނބުމުގެ ސަބަބުން އެކަމުގެ މަތިވެރި ޘަވާބާއި ދަރުމަ ލިބޭނޭ ކަމެއް ހެއްޔެވެ ؟
a)
އާނއެކެވެ.
b)
ނޫނެކެވެ.
23.
ސުވާލު 23: ހެދުން އެޅުމުގެ އަދަބުތައް ހިފެހެއްޓުމުން ނަރަކައިގެ ޢަޛާބުން ސަލާމަތްވުމަށް މަގުފަހިވާނެ ހެއްޔެވެ؟
a)
މަގުފަހިވެގެން ނުދާނެއެވެ.
b)
މަގުފަހިވާނެއެވެ.
24.
ސުވާލު 24: އެހެންމީހުންގެ ފަރާތުން އުނދަގުލާއި ބަދުބަސް ރައްދުވުމަކީ ހެދުން އެޅުމުގެ އަދަބުތަކާއި ޚިލާފަށް ހެދުން އެޅުމުން ލިބޭ ގެއްލުމެއް ހެއްޔެވެ؟
a)
އާނއެކެވެ.
b)
ނޫނެކެވެ.
25.
ސުވާލު 25: އަންނިވި ކަންތައްތަކުގެ ތެރެއިން ހެދުން އެޅުމުގެ އަދަބުތަކާއި ޚިލާފަށް ހެދުން އެޅުމުން ލިބޭ ގެއްލުންތައް ފާހަގަ ކުރާށެވެ.
a)
މާތް ﷲ އާއި ރަސޫލާ ﷺ ގެ އަމުރުފުޅާއި ޚިލާފުވުމުން މާތް ﷲގެ ޢަޛާބަށް ހުށަހެޅުން
b)
ސުވަރުގެއަށް ވާސިލުވުމަށް ހުރަސްއެޅުން
c)
ސުވަރުގެއަށް ވާސިލުވުމަށް ފަސޭހަވުން
d)
ޝަހުވާނީ ބެލުންތަކަށް ނަފްސު ހުށަހެޅިގެން ދިއުން
e)
ޝަހުވާނީ ބެލުންތަކަށް މަގުފަހިކުރުމުގެ ސަބަބުން ފާފަވެރިވުން