wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ވައްކަންކުރުން

Total questions: 29

Worksheet time: 15mins

Name
Class
Date
1.
ސުވާލު 1: ބަހުގެ ގޮތުން ވައްކަންކުރުމަކީ
a)
މީހެއްގެ އަތުން އެއްޗެއް ޖަހައިގަތުން
b)
ގަދަކަމުން އެއްޗެއް އެހެން މީހެއްގެ އަތުން ފޭރިގަތުން
c)
ސިއްރުން އެއްޗެއް ނެގުން
2.
ސުވާލު 2: ވައްކަންކުރުމުގެ އިޞްޠިލާޙީ މާނައަކީ: އެހެން މީހެއްގެ ނުވަތަ ބައެއްގެ މުދަލެއް، ރައްކާތެރިކުރެވިފައި ވަނިކޮށް، އެމީހަކަށް ނުވަތަ ބަޔަކަށް ނޭނގި ސިއްރުން ނެގުމެވެ. މި ތަޢުރީފުގައި "އެހެން މީހެއްގެ ނުވަތަ ބައެއްގެ މުދަލެއް" މިފަދައިން އޮތުމުން އެނގެނީ ކޮންކަމެއް؟
a)
އެހެން މީހެއްގެ އަތުގައިވާ ތިމާގެ މުދަލެއް ނެގިޔަސް ވައްކަމަކަށް ނުވާނެކަން
b)
ވައްކަން ކުރިމީހާގެ މިލްކުވެރިކަން އޮތުމާ މެދު ޝުބުހާ އެއް އުފެދިފައި ނުވާ މުދަލަކަށް އެ މުދާވުން
c)
ވަގަށް ނެގުނު މުދަލުގައި ވައްކަންކުރި މީހާގެ ހިއްސާއެއް ނެތުން
3.
ސުވާލު 3: ވައްކަންކުރުމުގެ އިޞްޠިލާޙީ މާނައަކީ: އެހެން މީހެއްގެ ނުވަތަ ބައެއްގެ މުދަލެއް، ރައްކާތެރިކުރެވިފައި ވަނިކޮށް، އެމީހަކަށް ނުވަތަ ބަޔަކަށް ނޭނގި ސިއްރުން ނެގުމެވެ. މި ތަޢުރީފުގައި "ރައްކާތެރިކުރެވިފައި ވަނިކޮށް" މިފަދައިން އޮތުމުން އެނގެނީ ކޮންކަމެއް؟
a)
ވަގަށް ނަގާފައިވަނީ އެ މުދާ ޙިރްޒުގައި ހުއްޓައި ކަމުގައިވުން
b)
އެންމެން އަތުޖެހޭ ހިސާބުގައި ހުންނަ މުދަލެއް ނެގިޔަސް ވައްކަމަކަށް ނުވާނެކަން
c)
ވަގަށް ނެގުނު މުދަލަކީ މުޙްތަރަމު މުދަލަކަށްވުން
4.
ސުވާލު 4: ވައްކަންކުރުމުގެ އިޞްޠިލާޙީ މާނައަކީ: އެހެން މީހެއްގެ ނުވަތަ ބައެއްގެ މުދަލެއް، ރައްކާތެރިކުރެވިފައި ވަނިކޮށް، އެމީހަކަށް ނުވަތަ ބަޔަކަށް ނޭނގި ސިއްރުން ނެގުމެވެ. މި ތަޢުރީފުގައި "އެމީހަކަށް ނުވަތަ ބަޔަކަށް ނޭނގި ސިއްރުން ނެގުމެވެ." މިފަދައިން އޮތުމުން އެނގެނީ ކޮންކަމެއް؟
a)
މަގުފޭރުމަކީ ވައްކަން ނޫންކަން
b)
ފާޅުގައި މުދަލަށް އަރިގަތުމަކީ ވައްކަން ނޫންކަން
c)
ދެ ޖަވާބު ވެސް ރަނގަޅު
5.
ސުވާލު 5: ވައްކަންކުރުމުގެ ޙުކުމަކީ ދުނިޔޭގައި ހައްދު ކަނޑައެޅިގެންވާ ޙަރާމް ކަމެކެވެ. ވައްކަންކުރުމުގެ ޢުޤޫބާތަކީ:
a)
ޝަރުތުތައް ހަމަވިޔަސް ނުވަތަ ނުވިޔަސް ވައްކަން ކުރާ އެންމެންގެ އަތް ކަނޑަން ޖެހޭނެ.
b)
ވައްކަމަށް ކަނޑައަޅުއްވާފައިވާ ޝަރުޢީ ޙައްދަކީ ވައްކަންކުރި މީހާގެ އަތް ކެނޑުމެވެ. އަތްކެނޑުމަށް ފުރިހަމަވާންޖެހޭ ޝަރުޠުތަކުން ކަމެއް އުނިވާނަމަ، ޙާކިމު ކަނޑައަޅާ ތައުޒީރީ ޢުޤޫބާތެއް ދެވޭނެ
c)
ވައްކަމުގެ ޙައްދަކީ ތަޢުޒީރީ ޢުޤޫބާތެއް ދިނުން.
6.
ސުވާލު 6: ވައްކަން ކުރުމުގެ ޙުކުމަކީ ކޮބާ؟ (އެންމެ ފުރިހަމަ ޖަވާބު ފާހަގަ ކުރޭ)
a)
ޙަރާމް ކަމެއް
b)
މަކްރޫހަ ކަމެއް
c)
ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ޙަރާމްކަމެއް
7.
ސުވާލު 7: ވައްކަމުގެ ޙައްދު ޤާއިމުކުރުމަށްޓަކައި ވައްކަން ކުރި މީހާގެ ކިބައިގައި ފުރިހަމަ ވާންޖެހޭ ޝަރުތުތަކަކީ :
a)
ބާލިޣުވެފައިވާ މީހެއްކަމުގައިވުން
b)
ބުއްދި ސަލާމަތުން ހުރި މީހެއްކަމުގައިވުން
c)
މުސްލިމެއް ކަމުގައިވުން
d)
އަމިއްލަ އިޚްތިޔާރުގައި ވައްކަންކޮށްފައިވުން
8.
ސުވާލު 8: ވައްކަން ކުރުމުގެ ޙައްދަކީ:
a)
އަތްފައި ޚިލާފުވާނޭހެން ބުރިކުރުން
b)
ކަނާއަތުގެ ކޮނޑުހުޅުން ބުރިކުރުން
c)
ކަނާއަތުގެ ކުޑަހުޅުން ބުރިކުރުން
9.
ސުވާލު 9: ވައްކަމުގެ ޙައްދު ޤާއިމުކުރުމަށްޓަކައި ވަގަށް ނެގުނު މުދަލުގައި ފުރިހަމަ ވާންޖެހޭ ޝަރުތުތައް
a)
ވަގަށް ނެގުނު މުދަލަކީ މުޙްތަރަމު މުދަލަކަށްވުން
b)
ވަގަށް ނެގި މުދަލަކީ ރާ ފަދަ ޙަރާމް އެއްޗަކަށް ވުން
c)
މުދަލުުގައި އަތްކެނޑުމުގެ ނިޞާބު ހަމަވުން
d)
ވަގަށް ނަގާފައިވަނީ އެ މުދާ ރައްކާތެރިކުރަންޖެހޭ ގޮތަށް ރައްކާތެރިކޮށްފައި ވަނިކޮށް (ޙިރްޒުގައި ހުއްޓައި) ކަމުގައިވުން
e)
ވަގަށް ނެގުނު މުދަލުގައި ވައްކަންކުރި މީހާގެ ހިއްސާއެއް ނެތުން، ނުވަތަ ވައްކަން ކުރިމީހާގެ މިލްކުވެރިކަން އޮތުމާ މެދު ޝުބުހާ އެއްވެސް އުފެދިފައި ނުވާ މުދަލަކަށް އެ މުދާވުން
10.
ސުވާލު 10: ވައްކަންކުރުން ޙަރާމްކުރެއްވުމުގެ ޙިކުމަތްތަކުގެ ތެރޭގައި:
a)
މީސްތަކުންގެ މުދާ ރައްކާތެރިކުރުން
b)
މުޖުތަމަޢު އަކީ ރައްކާތެރި ތަނެއްކަމުގެ ހެދުން
c)
އިންސާނީ ނަސްލު ރައްކާތެރިކުރުން
d)
ނުރަނގަޅު ސިފަތަކުން މުޖްތަމަޢާއި އަފްރާދުން ސަލާމަތްކުރުން
11.
ސުވާލު: 12: ޒަކީ އަކީ އުމުރުން 7 އަހަރުގެ ކުއްޖެކެވެ. ނަމަވެސް އޭނާގެ އެކުވެރިންނަކީ އޭނާއަށް ވުރެ ބޮޑެތި ބައެކެވެ. އެ އެންމެންނަކީ ވެސް ސުކޫލު ނިންމާފައިވާ، ވަރަށް ވިޔާނުދާކޮށް ރަށުތެރޭގައި އުޅޭ ބައެކެވެ. ވައްކަންކުރުމާއި މީހުންނަށް ޖެއްސުން ކުރުން ފަދަ ކަންކަން ކުރާ ބައެކެވެ. ނަމަވެސް ޒަކީ އަކީ މިފަދަ ކަންކަމުގައި ބައިވެރިވާ ކުއްޖެއް ނޫނެވެ. އެއްފަހަރަކު ޒަކީގެ ރައްޓެހިންތަކެއް ވެގެން ގެއެއްގެ ތެރެއަށް ސިއްރުންވަދެ އެގޭގައި އޮތް ލެޕްޓޮޕަކާއި ފޯނެއް ވަގަށް ނަގައިފިއެވެ. ޒަކީ ހުރީ ފާރައަށެވެ. ސިއްރުން އެމުދާތައް ނެގީ ޒަކީގެ އެހެން 2 ރައްޓެހިންނެވެ. މި ވައްކަން ސާބިތުވެއްޖެނަމަ އަންނާނެ ހުކުމަކީ :
a)
ޒަކީ ހިމެނޭގޮތަށް އެންމެންގެ ކަނާއަތުގެ ކުޑަހުޅާ ހަމައިން އަތްކެޑުން.
b)
ވަގަށް ނެގުނު މުދާތައް ނެގުމުގައި އުޅުނު 2 މީހުންގެ އަތް ކޮނޑާ ހަމައިން ކެނޑުން.
c)
ވައްކަން ކުރުމުގައި އުޅުނު 2 މީހުންގެ ކަނާއަތުގެ ކުޑަހުޅާ ހަމައިން ކެނޑުމާއި ޒަކީ އަށް ތައުޒީރީ އަދަބެއް ދިނުން
12.
ސުވާލު 13: ވައްކަމުގެ ޙައްދު ސާބިތުވާނޭ ގޮތްތަކަކީ:
a)
ވައްކަންކުރި ކަމަށް އަމިއްލައަށް އިޢުތިރާފުވުން
b)
ޢަދުލުވެރި 2 މުސްލިމުންގެ ހެކި ބަސް
c)
ޢަދުލުވެރި 4 މުސްލިމުންގެ ހެކި ބަސް
13.
ސުވާލު 14: އަތްކެނޑުމަށް ފުރިހަމަވާންޖެހޭ ޝަރުޠުތަކުން ކަމެއް އުނިވާނަމަ ހަދާނީ ކިހިނެއް؟
a)
ޙާކިމު ކަނޑައަޅާ ތައުޒީރީ ޢުޤޫބާތެއް ދޭނީ
b)
އިނގިލިތައް ބުރިކުރާނީ
c)
100 އެތި ފަހަރުން ހައްދު ޖަހާނީ
14.
ސުވާލު 15: ވައްކަމުގެ ސަބަބުން ލިބޭ ގެއްލުންތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި:
a)
ޙަލާލު ގޮތުގައި މީސްތަކުން ހޯދައިފައި ހުންނަ މުދާ، ޙައްޤަކާ ނުލައި ބީވެގެން ދިއުން
b)
ޤިޔާމަތް ދުވަހުން ވައްކަންކުރާ މީހާއަށް އެކަމުގެ ފާފަ ލިބުން
c)
ވައްކަން ކުރާ މީހާގެ މުދަލުގެ ބަރަކާތް ކެނޑި ދަތި އުނދަގޫ ދިރިއުޅުމަކާ ބައްދަލުވުން
d)
މުޖްތަމަޢުގެ އަމާންކަމާއި ހަމަޖެހުން ގެއްލިގެން ދިއުން
e)
ވައްކަން ކުރާމީހާއަށް ޙަލާލު ނޫން މުދާ ބޭނުން ކުރެވި، އެކަމުގެ ސަބަބުން އޭނާ ކުރާ ދުޢާ އިޖާބަނުވުން
15.
ސުވާލު 16: ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން ވެސް ތިޔަބައިމީހުންގެ ކުރީގެ މީސްތަކުން ހަލާކުވެދިޔައީ، އެބައިމީހުންގެ ތެރެއިން ޝަރަފުވެރިއަކު ވައްކަންކުރުމުން ދޫކޮށްލާފައި، އަދި ނިކަމެއްޗަކު ވައްކަންކުރުމުން އޭނާގެ މައްޗަށް ޙައްދު ޤާއިމްކުރާތީއެވެ." މިޙަދީޘުން ދޭހަވަނީ:
a)
ޝަރުތުތައް ހަމަވާނަމަ ކޮންމެ މީހަކު ވައްކަން ކުރި ކަމުގައި ވީނަމަވެސް އަތް ކަނޑަން ޖެހޭނެކަން
b)
އަތް ކެނޑުމުގެ ޙުކުމަށް ޢަމަލުކުރުމަކީ ވާޖިބެއްކަން
c)
މުއްސަންޖެއް ވައްކަން ކޮށްފިނަމަ އަތްކަނޑާކަށް ނުޖެހޭނެކަން
16.
ސުވާލު 17: ވައްކަންކުރުމުން ސަލާމަތްވުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި:
a)
އީމާންތެރިކަމާއި ޢަޤީދާ ވަރުގަދަކުރުން
b)
އިސްލާމް ދީނުގައި އަންގަވާފައިވާގޮތަށް ހެދުން އެޅުން
c)
ދީނުގައި ވާޖިބު ކުރެއްވި އަޅުކަންތަކަށް ފަރުވާތެރިވުން
d)
ވައްކަންކުރުމުގެ ނުބައިކަމާބެހޭ ގޮތުން މީސްތަކުން ހޭލުންތެރިކުރުވުން
17.
ސުވާލު 18: ވައްކަން ކުރުން ގިނަވެއްޖެނަމަ:
a)
މުދާ ރައްކާތެރިވެގެން ނުދާނެ
b)
ރައްކާތެރިކަން ކުޑަވެގެން ދާނެ
18.
ސުވާލު 19: ވައްކަން ކުރާ މީހާއަށް އެ ބޭނުން ކުރާ މުދަލަކީ ޙަރާމް އެއްޗެކެވެ. އޭގެ ސަބަބުން:
a)
އޭނާގެ ދުޢާ އިޖާބަ ނުވާނެ
b)
ޙަރާމް ތަކެތި ކާ ކަމުގައިވާނަމަ ބަނޑު ނުފުރުން
19.
ސުވާލު 20: ޤިޔާމަތްދުވަހުން ވައްކަން ކޮށްގެން ހޯދައިފައިވާ މުދަލުގެ ބަދަލުގައި :
a)
ތިމާކޮށްފައިވާ ހެޔޮ ޢަމަލުތައް ދޭން ޖެހޭނެ
b)
ދޭނެ ހެޔޮކަމެއް ނެތްނަމަ އަނެކާގެ ފާފަތަކާ އެމީހާ ހަވާލުވާން ޖެހޭނެ
20.
ސުވާލު 21: ރަމީޒުގެ ގޭގެ ޖޯލިފަތި މަތީގައި އޭނާގެ ލެޕްޓޮޕް ހަނދާންނެތިގެން ބައިދާފައި ހުއްޓާ މީހަކު އައިސް އެ ލެޕްޓޮފް ވަގަށް ގެންގޮއްސިއެވެ. އެވައްކަންކުރި މީހާގެ އަތް:
a)
ކަނޑަން ޖެހޭނެ
b)
ކަނޑާކަށް ނުޖެހޭނެ، އެއީ ލެޕްޓޮޕަކީ ނިޞާބު ހަމަވާ ވަރަށް އަގުހުރި އެއްޗެެއް ކަމުގައި ނުވާތީ
c)
ކަނޑާކަށް ނުޖެހޭނެ، އެއީ ރައްކާތެރިކުރަން ޖެހޭގޮތަށް ހިރްޒުގައި ރައްކާތެރިކޮށްފައި އޮތް އެއްޗަކަށް ނުވާތީ
21.
ސުވާލު 22: ކަރީމްގެ އެކުވެރި ޢަލީ އޭނާއަށް ނޭނގި މަސްތުވާތަކެތި ދިނެވެ. އަދި މަސްތުގެ ހާލުގައިހުރެ ކަރީމް އޭނާގެ ބައްޕަގެ އަލަމާރިން 20،000 ރުފިޔާ ވަގަށް ނެގިއެވެ. ނަމަވެސް ކަރީމްގެ އަތް ކަނޑަކަށް ކޯޓުން ޙުކުމެއް ނުކުރެއެވެ. އެއީ:
a)
ވަގަށް ނެގުނު މުދަލުގައި ނިޞާބު ހަމަނުވީމަ
b)
ވަގަށް ނެތި މުދަލުގައި ވައްކަންކުރި މީހާގެ މިލްކުވެރިކަން އޮތުމާ މެދު ޝުބުހާއެއް އޮތީމަ
c)
މަސްތުގެ ޙާލަތުގައި ބުއްދި ސަލާމަތުން ނެތި ވައްކަން ކުރީމަ
22.
ސުވާލު 23: ޢާރިފަކީ ވައްކަންކުރުމުގެ މާޒީއެއް އޮތް މީހެކެވެ. ވައްކަންކުރުމުގެ ސަބަބުން އަތް ކަނޑާފައިވާ މީހެކެވެ. އަނެއްކާ ވެސް އާރިފު ހައްޔަރުކުރީ ވައްކަން ކޮށްގެނެވެ. މިފަހަރު ޢާރިފުގެ ކަނޑާނީ:
a)
ކަނާއަތުގެ ކުޑަ ހުޅާ ހަމައިން
b)
ވާތު އަތުގެ ކުޑަހުޅާ ހަމައިން
c)
ކަނާތުފައިގެ ކުޑަހުޅާ ހަމައިން
d)
ވާތުފައިގެ ކުޑަ ހުޅާ ހަމައިން
23.
ސުވާލު 24: ވައްކަން ކުރުމުގައި ބައިވެރިވުމާއި ވައްކަންކުރުމުގެ ޙުކުމަކީ:
a)
ވައްކަން ކުރުމަކީ ޙަރާމް ކަމެއް ، އެކަމުގައި ބައިވެރި ވުމަކީ މަކްރޫހަ ކަމެއް
b)
ވައްކަން ކުރުމާއި އެކަމުގައި ބައިވެރި ވުމަކީ ވެސް ދެ ޙަރާމްކަންތައް
c)
ވައްކަން ކުރުމަކީ ބޮޑު ފާފައެއް، އެކަމުގައި ބައިވެރި ވުމަކީ ކުޑަ ފާފައެއް
24.
ސުވާލު 25: ޒަކީ ވައްކަންކޮށްގެން ހައްޔަރު ކޮށްފިއެވެ. ނަމަވެސް އޭނާ ބުނަނީ އޭނާ ވައްކަން ނުކުރާ ކަމަށެވެ. އެތަން ފެނުނުކަމަށް ބުނާ އާދަނު ޒަކީ ވައްކަންކުރި ކަމަށް ހެކިބަސް ދިނެވެ. ނަމަވެސް ޝަރީޢަތް ނިމިގެން ދިޔަ އިރު ޤާޟީ ޙުކުމް ކުރީ ޒަކީގެ އަތް ނުކަނޑާ ގޮތަށެވެ. އެއީ:
a)
ޒަކީ އަމިއްލައަށް ޢިއުތިރާފު ނުވީމަ
b)
ހެކިންގެ ގޮތުގައި 2 ހެކިން ހެކިބަސް ނުދެވުމުން
25.
ސުވާލު 26: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا نَكَالًا مِّنَ الله﴾ މާނައީ: "ވައްކަންކުރާ ފިރިހެނާއާއި، ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުން އެ ދެމީހުންގެ އަތްތައް ބުރިކުރާށެވެ! (އެއީ) އެ ދެ މީހުން ކުޅަކަންތަކުގެ ޖަޒާއަކަށް، ﷲ ގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ޢިބްރަތްތެރި ޢުޤޫބާތެއްގެ ގޮތުންނެވެ." މި އާޔަތުގެ މާނައިން ދޭހަވާ ކަންތައްތަކަކީ ކޮބާ؟
a)
ވައްކަން ކުރުމަކީ ޙައްދު ކަނޑައެޅިގެންވާ ކަމެއްކަން
b)
ވައްކަމުގެ ޙައްދުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަވެގެން ވާކަން
c)
ވައްކަންކުރާ މީހުންގެ ޙައްދަކީ އަތް ބުރިކުރުންކަން
26.
ސުވާލު 27: ވައްކަން ކުރުން ޙަރާމް ކުރެވުނީ ޝަރީޢަތުގެ މަޤްޞަދުތަކުގެ ތެރެއިން ކޮން މަޤްޞަދެއް ޙާޞިލުކުރުމަށްޓަކައި؟
a)
ދީން ރައްކާތެރިކުރުން
b)
މުދާ ރައްކާތެރިކުރުން
c)
ނަފްސު ރައްކާތެރިކުރުން
d)
އަބުރު ރައްކާތެރިކުރުން
e)
ބުއްދި ރައްކާތެރިކުރުން
27.
ސުވާލު 28: ޒަކީ ވައްކަން ކުރިތަން ރަމްޒީއާއި އޭނާގެ ބޭބެއަށް ވެސް ފެނުނެވެ. އުމުރުން 8 އަހަރުގެ ޒަކީ އެމީހުން ފެނުމާއެކު ދުވެފިލިއެވެ. މައްސަލަ ޤާޟީއާ ހަމައަށް ގެންގޮސް ޝަރީޢަތުގެ މަޖިލީހުގައި އެ ވައްކަން ސާބިތުކުރެވިއްޖެއެވެ. މި ޙާލަތުގައި ޤާޟީއަށް ޢަމަލުކުރެވިދާނެ ގޮތަކީ ކޮބާ؟
a)
ޙައްދު ޤާއިމުކުރުން ވާޖިބު ވާނެ
b)
ތަޢުޒީރީ ޢުޤޫބާތެއް ދެވިދާނެ
c)
ޙައްދެއް ވެސް ތަޢުޒީރެއް ވެސް ޤާއިމެއް ނުކުރެވޭނެ
28.
ސުވާލު 29: ރަށުގެ ރާކަނި ގެސްޓު ހައުސްއިން 30 ފުޅި ބަނގުރާ، ޒަކީ ވަގަށްނަގައިގެން ޝަރީޢަތުގައި މައްސަލަ ސާބިތުކުރެވިއްޖެއެވެ. މި ޙާލަތުގައި ޢަމަލު ކުރަންޖެހޭ ގޮތަކީ ކޮބާ؟
a)
ޒަކީގެ އަތްކަނޑާނީ, ނިޞާބު ހަމަވާ މުދަލެއް ވަގަށް ނެގީމަ
b)
ޒަކީގެ އަތެއް ނުކެނޑޭނެ, ރާއަކީ މުޙްތަރަމް މުދަލެއް ނޫން
29.
ސުވާލު 30: ނައުޝާދަކީ ވައްކަންކުރަން ވަރަށް ކުޅަދާނަ މީހެއްކަމަށް މުޅި ރާއްޖޭގައި ވެސް މަޝްހޫރު މީހެކެވެ. ނަމަވެސް މިހާރު ތައުބާވެ މުޅި ޙަޔާތް އިޞްލާޙުކޮށްފިއެވެ. އެއްދުވަހަކު ނައުޝާދު އޮފީހުގައި އިންދާ ނަންބަރަކުން ގުޅައިފިއެވެ. އަދި އޭނާގެ އަނބިމީހާއާއި 6 މަހުގެ ދަރިފުޅު ރަހީނުކުރި ވާހަކަ ބުންޏެވެ. އެމީހުން ދޫކޮށްލާނީ މާލޭގެ މެކްޕްރޯ ފިހާރައިން އެންމެ ފަހުގެ އައިފޯނަކާއި މެކްބުކަކާއި އައިޕެޑެއް ވަގަށް ނަގައިގެން ގެނެސްދިނުމުން ކަމަށް ބުންޏެވެ. ނައުޝާދަށް ހަދާނެ ގޮތް ހުސްވިއެވެ. މާޒީގެ ތަޖުރިބާއިން އެކަން ވަރަށް ފަސޭހައިން ކުރެވޭ ގޮތްވެ، ރަހީނުކުރި މީހުން ދޫކޮށްލިއެވެ. ނަމަވެސް ވައްކަމުގެ މި މައްސަލައިގައި އޭގެ 2 ދުވަސްފަހުން ނައުޝާދު ކޯޓަށް ޙާޟިރު ކުރެވުނެވެ. ކޯޓަށް ޙާޟިރުކުރެވުމުން ނައުޝާދު އެކަން ކުރީ އަމިއްލަ އިޚްތިޔާރުގައި ނޫންކަމަށް ބުނެ އެ ސާބިތު ކޮށްދިން ގޮތަކަށް އޭނާގެ އުޒުރު ހުށަހެޅިއެވެ. މި ޙާލަތުގައި ކަންތައް ކުރަން ޖެހޭނެ ގޮތަކީ ކޮބާ؟
a)
ނައުޝާދުގެ އަތްކަނޑާނީ, ނިޞާބު ހަމަވާ މުދަލެއް ވަގަށް ނެގީމަ
b)
ނައުޝާދުގެ އަތެއް ނުކެނޑޭނެ, އޭނާ އިޚްތިޔާރުގައި ކުރިކަމަކަށް ނުވާތީ