Worksheetsއިސްލާމީ ޙަޟާރަތު 2
Total questions: 17
Worksheet time: 9mins
Name
Class
Date
1.
ސުވާލު 1: މުސްލިމުން ވަރުގަދަ ޙަޟާރަތެއް ބިނާ ކުރުމަށްފަހު އެ ޙަޟާރަތު ބަލިކަށިވާން މެދުވެރިވި ސަބަބު ތަކަކީ ކޮބާ؟
a)
އުޘްމާނީ ޚިލާފަތު ބަލިކަށިވެގެން ދިޔުން
b)
ހުޅަނގުގެ އިސްތިޢުމާރީ ބާރުތަކުގެ އަޅުވެތިކަމަށް މުސްލިމު ބައެެއް ޤައުމުތައް ދިޔުން
c)
ފުރަތަމަ އަދި ދެވަނަ ބޮޑު ހަނގުރާމައިގައި މުސްލިމުންނަށް ލިބުނު ގެއްލުންތަކުގެ ސަބަބުން
d)
ސައުދީ ޢަރަބިއްޔާ އިނގިރޭސީންގެ އަޅުވެތި ކަމުގެ ދަށަށް ދިޔުމުން
2.
ސުވާލު 2: އިސްލާމީ ޙަޟާރަތު ބަލިކަށިވުމަށްފަހު އަލުން އަނބުރާ ކުރިއެރުވުމަށް ކުރެވޭ ބައެއް މަސައްކަތްތަކަކީ ކޮބާ؟
a)
އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުން
b)
އެކިއެކި ޢިލްމުތަކުގައި ބޭނުން ކުރެވެމުންދިޔަ ސެކިއުލަރ ވިސްނުން ދޫކޮށްލުމަށް ބާރުއެޅުން
c)
ޢިލްމުތަކާއި ފަންނުތަކަކީ އިސްލާމީ ހަމަތަކާއި އުޞޫލުތަކަށް ފެތޭ ޢިލްމުތަކެއް ކަމުގައި ހެދުމަށް ބާރުއެޅުން
d)
އިސްލާމީ އެކިއެކި ކަންކަމާ ގުޅޭ ދިރާސާތައް ކުރުމަށް މަރުކަޒުތައް ހުޅުވުން
e)
އިސްލާމިކް ބޭންކިންގއާއި ފައިނޭންސް ކުރިއެރުވުން
3.
ސުވާލު 3: ދަރިވަރުންގެ ފޮތުގައިވާ މަޢުލޫމާތުގެ އަލީގައި، އަންނަނިވި ޔުނިވަރސިޓީތަކުގެ ތެރެއިން އިސްލާމީ ދުނިޔޭގައި އެކި ޢިލްމުތައް ކިޔަވައިދޭ ބައެއް ޔުނިވަރސިޓީތަކަކީ ކޮބާ؟
a)
ކިންގް ފަހުދު ޕެޓްރޯލިއަމް ޔުނިވަރސިޓީ
b)
ޔޫ.އޭ.އީ ޔުނިވަރސިޓީ
c)
އޮކްސްފޯޑް ޔުނިވަރސިޓީ
d)
ކިންގް ޢަބްދުލްޢަޒީޒް ޔުނިވަރސިޓީ
4.
ސުވާލު 4: އިސްލާމްދީން ފެތުރިގެންދާދިޔުމުން، އިސްލާމީ ޙަޟާރަތާ ގުޅޭގޮތުން ބުނެދޭ ކަންކަމަކީ ކޮބާ؟
a)
އަލަށް އިސްލާމްވާ މީހުންގެ ފަރާތުން، އިސްލާމީ ޙަޟާރަތާ ގުޅޭ މަޢުލޫމާތުތައް އެހެން މީހުންނަށް ފޯރާލެއް ބޮޑުކަން
b)
އެކިއެކި ޘަޤާފަތްތަކުގެ އަހުލުވެރިން އިސްލާމްދީން ޤަބޫލުކުރަމުންދާތީ، އެ ޘަޤާފަތްތަކުގެ ހުންނަ އިސްލާމްދީނާ ފުށުނާރާ ކަންކަމުގެ ޒަރިއްޔާއިން، އިސްލާމީ ޙަޟާރަތަށް މަންފާކުރާކަން
c)
އިސްލާމްދީން ފެތުރިގެންދާ ދިޔުމަކީ، އިސްލާމީ ޙަޟާރަތު ކުރިއަރަމުންދާ މިންވަރު ރަމްޒުކޮށްދޭ ކަމެއް
5.
ސުވާލު 5: ޒަމާނީ ޢިލްމުތައް އިސްލާމްދީނާ އެއްގޮތަށް ބައްޓަންކުރުމަކީ ކޮބާ؟
a)
ޒަމާނީ ޢިލްމުތައް މުރާޖަޢާކޮށް، އިންސާނާއާއި ހަޔާތާއި ކައުނާ މެދު އިސްލާމްދީން ދެކޭގޮތުގެ މައްޗަށް އެ ޢިލްމުތައް ބައްޓަން ކުރުން
b)
އިސްލާމް ފޯބިއާއާއި ސެކިއުލާރިޒަމް ފަދަ އެއްޗެހީގެ ތެރެއިން އިސްލާމްދީން ފޯރުކޮށްދިނުން
c)
ދެ ޖަވާބު ވެސް ރަނގަޅު
6.
ސުވާލު 6: ޒަމާނީ ޢިލްމުތައް އިސްލާމްދީން ދެކޭ ގޮތަށް ބައްޓަން ކުރުމުގެ ބޭނުމަކީ ކޮބާ؟
a)
އިސްލާމްދީނާ އޭގެ ތެރެއިން ގިނަތަކެތި ފުށުއެރުމާއި، އެޢިލްމުތަކުގައި ބޭނުންކުރެވޭ ފަލްސަފާތަކާއި އެތިކްސްތަކަކީ ދީނާ ބީރައްޓެހި ވިސްނުމަށް ބިނާކޮށްފައިވާ އެއްޗެހިކަމަށްވާތީ
b)
އިސްލާމް ފޯބިއާއާއި ސެކިއުލާރިޒަމް ފަދަ އެއްޗެހީގެ ތެރެއިން އިސްލާމްދީން ފޯރުކޮށްދިނުން
c)
ދެ ޖަވާބު ވެސް ރަނގަޅު
7.
ސުވާލު 7: މި ޒަމާނުގައި ވަރަށް ގިނަ އިސްލާމިކް ރިސާޗް ސެންޓަރުތައް ހުޅުވި ހަރަކާތްތެރިވަމުން ދެއެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ ހަރަކާތްތެރި ދާއިރާތަކަކީ ކޮބާ؟
a)
އިސްލާމިކް ބޭންކިންގް
b)
އިސްލާމިކް ފައިނޭންސް
c)
އިސްލާމިކް މެޑިސިން
d)
އިސްލާމިކް އިކޮނޮމިކްސް
8.
ސުވާލު 8: އަންނަނިވި ރިސާޗް ސެންޓަރުތަކުގެ ތެރެއިން އެންމެ މަޝްހޫރު އިސްލާމިކް ރިސާޗް ސެންޓަރުތަކުގެ ތެރޭގައި ހިމެނެނީ ކޮން ސެންޓަރުތަކެއް؟
a)
އިސްލާމިކް ރިސާޗް އެންޑް ޓްރޭނިންގ އިންސްޓިޓިއުޓް
b)
އަލްހުދާ ސެންޓަރ އޮފް އިސްލާމިކް ބޭންކިންގ އެންޑް އިކޮނޮމިކްސް
c)
ކިންގް ޢަބްދުالله އިންޓަނޭޝަނަލް މެޑިކަލް ރިސާޗް ސެންޓަރ
d)
އިންޓަނޭޝަނަލް ޝަރީޢާ ރިސާޗް އެކަޑަމީ ފޯރ އިސްލާމިކް ފައިނޭންސް
9.
ސުވާލު 9: އިސްލާމީ ޤައުމެއްގައިވާ ދުނިޔޭގެ އެންމެ ގިނަ ރިސާޗްތައް އެއްކުރެވިފައިވާ އެންމެ ދުވަސްވީ އެއްލައިބްރަރީ އަކީ ކޮބައިކަން ދަރިވަރުންގެ ފޮތުގައިވާ މަޢުލޫމާތުގެ އަލީގައި، ބުނާށެވެ؟
a)
ދާރުލް ޙިކްމާ ލައިބްރަރީ
b)
މިސްރުގެ އިސްކަންދަރިއްޔާ ލައިބްރަރީ
c)
ދާރުއްސަލާމް ލައިބްރަރީ
10.
ސުވާލު 10: އިސްލާމްދީނުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތަށް އެންމެ ފުރަތަމަ ހުޅުވުނު އިސްލާމިކް ބެންކަކީ ކޮބާ؟
a)
"އައްރަޖިހީ ބޭންކް" ސަޢުދީ ޢަރަބިޔާގައި
b)
"ޑުބާއީ އިސްލާމިކް ބެންކް" ޔޫއޭއީގައި
c)
"އިސްލާމިކް ޑިވެލޮޕްމަންޓް ބެންކް" ޖިއްދާގައި
11.
ސުވާލު 11: ދެވަނައަކަށް ހުޅުވުނު އިސްލާމިކް ބެންކަކީ ކޮބާ؟
a)
"އައްރަޖިހީ ބޭންކް" ސަޢުދީ ޢަރަބިޔާގައި
b)
"ޑުބާއީ އިސްލާމިކް ބެންކް" ޔޫއޭއީގައި
c)
"އިސްލާމިކް ޑިވެލޮޕްމަންޓް ބެންކް" ޖިއްދާގައި
12.
ސުވާލު 13: ބޭސްވެރިކަމުގެ ޢިލްމުގައި ޔޫރަޕުގެ ޙަޟާރަތުގައި ހުރި އިސްލާމީ ޙަޟާރަތުގެ ބައެއް އަސަރުތަކަކީ ކޮބާ؟
a)
ސާރޖަރީ ކުރަން ފެށުން
b)
ލޮލުގެ ބަލިތަކަށް ފަރުވާ ކުރަން ފެށުން
c)
ޞިއްޙީ ދާއިރާ ވަކި ސިސްޓަމަކަށް ބައްޓަންވުން
d)
ބޭހާ ގުޅޭ ޢިލްމު ތަރައްޤީވުން
13.
ސުވާލު 14: އިސްލާމީ ޙަޟާރަތުން ޔޫރަޕަށް ހިސާބު ޢިލްމުން ފޯރި އެއްޗެއްސަކީ ކޮބާ؟
a)
ސްޓެޓިސްޓިކްސް
b)
އަލްޖިބްރާ
c)
ޖިއޯމެޓްރީ
d)
ޓްރިގްނޮމެޓްރީ
14.
ސުވާލު 15: ޖޯގުރަފީ ގޮތުން އިސްލާމީ ޙަޟާރާތުން ޔޫރަޕަށް ފޯރި އެއްޗަކީ ކޮބާ؟
a)
ސަމުގާ
b)
އަސްޠުރުލާބު
c)
ދުނިޔޭގެ ޗާޓު
15.
ސުވާލު 16: ޢަރަބިން ކުރީގައި ބޭނުން ކޮށް އުޅުނު ވިޔަ އަކުރުތަކަކީ ކޮބާ؟
a)
1, 2, 3, 4
b)
I, II, III, IV
c)
١، ٢، ٣، ٤
16.
ސުވާލު 17: އަންނަނިވި ބަސްތަކުގެ ތެރެއިން ޔޫރަޕުގެ ބަހުގައި ހުރި، ޢަރަބި ބަހުން ނެގިފައިވާ ބައެއް ބަސްތަތަކީ ކޮބާ؟
a)
جَمَلٌ (camel)
b)
قُطْنٌ (cotton)
c)
شَرَابٌ (syrup)
d)
تِلِفِزْيُون (television)
17.
ސުވާލު 18: އިޤްތިޞާދީ ގޮތުން މުސްލިމުން ކުރިއެރުމަށްޓަކައި އިސްލާމިކް ބޭންކިގ ނިޒާމު މުހިންމު ވަނީ ކީއްވެގެން؟
a)
އިސްލާމީ ނޫން ބޭންކުތަކުގައި ބޭނުންކުރާ ނިޒާމަކީ އިސްލާމްދީނާ ޚިލާފު ނިޒާމެއް ކަމުގައި ވާތީ
b)
އިސްލާމީ ނޫން ބޭންކުތަކުން ފޯރުކޮށްދޭ ގިނަ ޚިދުމަތްތަކަކީ އިސްލާމްދީނާ ފުށޫ އަރާ ޚިދުމަތްތަކަކަށް ވާތީ
c)
އިސްލާމީ މުޖުތަމަޢުގައި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށްޓަކައި
100 %
