wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ޝަހާދަތުގެ ދެ ކަލިމައިގެ ޝަރުތުތައް

Total questions: 31

Worksheet time: 16mins

Name
Class
Date
1.
ސުވާލު 1: ޝަހާދަތުގެ ދެކަލިމައިގެ ޝަރުޠުތަކުގެ ޢަދަދަކީ ކޮބާ؟
a)
6
b)
7
c)
8
2.
ސުވާލު 2: ޝަހާދަތުގެ ކަލިމަތަކުގެ ހުރިހާ ޝަރުތުތައް ފުރިހަމަ ނުވާ ހާލު، ޝަހާދަތް ކިޔައިފިނަމަ އެމީހާގެ އިސްލާމްކަން
a)
ރަނގަޅުވާނެ
b)
ރަނގަޅެއް ނުވާނެ
3.
ސުވާލު 3: މާތް ﷲ އަށް އެކަނި އަޅުކަންކުރުމަކީ
a)
ވާޖިބެއް
b)
ސުންނަތެއް
4.
ސުވާލު 4: ޝަހާދަތުގެ ދެކަލިމަ ޤަބޫލުކުރުމަށްޓަކައި އެންމެ ފުރަތަމަ އެނގެން ޖެހޭނީ ކޮންކަމެއް؟
a)
ޝަހާދަތުގެ ދެކަލިމައިގެ މާނަ އެނގުން
b)
ނަމާދު ކުރަން އެނގުން
c)
ޤުރްއާން ކިޔަވަން އެނގުން
5.
ސުވާލު 5: "ޝަހާދަތުގެ ދެކަލިމައިގައި ބުނަނީ ކީކޭކަން ރަނގަޅަށް ދެނެގަތުން" މިއީ ކޮން ޝަރުތެއްގެ މާނައެއް؟
a)
ޢިލްމާއެކު ދެނެގަތުން
b)
ކުޑަވެސް ޝައްކަކާނުލާ ޤަބޫލުކުރުން
c)
ރައްދަކާ ނުލައި ޤަބޫލުކުރުން
6.
ސުވާލު 6: "ޝަހާދަތުގެ ދެ ކަލިމައިން ދަލީލުކޮށްދޭ ކަންތައްތަކުގެ ޙައްޤު ތެދުކަން ޔަޤީން ކުރުން" މިއީ ކޮން ޝަރުތެއްގެ މާނައެއް؟
a)
ޢިލްމާއެކު ދެނެގަތުން
b)
ޔަޤީންކުރުން
c)
ޤަބޫލުކުރުން
7.
ސުވާލު 7: "މުއުމިނުން ކަމުގައި ވާކަން ކަށަވަރީ ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އީމާންވެ، ދެން ޝައްކު ނުކުރާ މީހުންނެވެ." މިއާޔަތުން ދޭހަވާ މާނައަކީ:
a)
މާތްﷲ އަކީ ޙައްޤުވެގެން އަޅުކަން ވެވޭ އިލާހުކަމަށް ޝައްކުކަމެއް ނެތި ޤަބޫލުކުރުން
b)
މުޙައްމަދުގެފާނަކީ އެކަލާނގެ ރަސޫލާކަމަށް އެއްވެސް ޝައްކެއްނެތި ޤަބޫލުކުރުން
c)
މަތީގައިވާ ދެ ޖަވާބުވެސް ރަނގަޅު
8.
ސުވާލު 8: "މާތް ﷲ އަށް އެކަނި އަޅުކަން ކުރުމަށާއި، އެކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރުމަށާއި، ނަބިއްޔާ މުޙައްމަދު ޞައްލަالله ޢަލައިހި ވަސައްލަމަގެ އެންގެވުންތަކަށް ފުރިހަމައަށް ބޯލެނބުމަށް ރުހި ޤަބޫލުވުން" މިއީ ކޮން ޝަރުތެއްގެ މާނައެއް؟
a)
ޢިލްމާއެކު ދެނެގަތުން
b)
ޤަބޫލުކުރުން
9.
ސުވާލު 9: "މާތް ﷲ އާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެންގެވުންތަކަށް ތަބާވުން" މިއީ ކޮން ޝަރުތެއްގެ މާނައެއް؟
a)
ލޯބިކުރުން
b)
ތެދުވެރިވުން
c)
ތަބާވުން
10.
ސުވާލު 10: ޒަކީ އަކީ ޝަހާދަތްކިޔައިގެން ހުރި މީހެކެވެ. ނަމަވެސް މާތްﷲ އަށް އެކަނި އަޅުކަންކުރުމަކީ ވާޖިބެއްކަން ނޭނގެއެވެ. ޒަކީގެ ޝަހާދަތްކިޔުމުގައި މަދުވާ ޝަރުތަކީ:
a)
ޔަޤީންކުރުން
b)
ޤަބޫލުކުރުން
c)
ޢިލްމާއެކު އެނގުން
11.
ސުވާލު 11: "ހެޔޮ ނިޔަތުގައި ޝަހާދަތުގެ ދެ ކަލިމަ ކިޔުން. އެ އިޚްލާޞްތެރިކަމުގެ ސަބަބުން އޭނާގެ ޢަމަލުތައް ޝިރުކުތަކުން ދުރުހެލި ކުރާނެ" މިއީ ކޮން ޝަރުތެއްގެ މާނައެއް؟
a)
އިޚްލާޞްތެރިވުން
b)
ތެދުވެރިވުން
c)
ޔަޤީން ކުރުން
12.
ސުވާލު 12: "ޝަހާދަތުގެ ދެ ކަލިމަ ހިތުން ތެދުކުރުމާއެކު އެ ދެ ކަލިމަ ކިޔުން" މިއީ ކޮން ޝަރުތެއްގެ މާނައެއް؟
a)
އިޚްލާޞްތެރިވުން
b)
ތެދުވެރިވުން
c)
ޔަޤީން ކުރުން
13.
ސުވާލު 13: އިސްލާމްދީނުގެ ބައެއް ކަންތަކަށް ޝައްކުކޮށް އަނެއްބައި ކަންތަކަށް ޝައްކުނުކޮށް ޔަޤީންކޮށް ޤަބޫލުކުރާ މީހާގެ އިސްލާމްކަން
a)
ސައްޙަވާނެ
b)
ސައްޙައެއް ނުވާނެ
14.
ސުވާލު 14: ޝަހާދަތުގެ ދެ ކަލިމައަށާއި، އެ ދެ ކަލިމައިން ދަލީލުކޮށްދޭ ކަންކަމަށާއި، އެ ދެ ކަލިމައިން ލާޒިމު ކުރާ ކަންކަމަށާއި، އެ ދެ ކަލިމަ ޤަބޫލު ކުރާ މީހުންނަށް ލޯބިކުރުމަކީ ކޮން ޝަރުޠެއް:
a)
ލޯބިކުރުން
b)
ތެދުވެރިވުން
c)
ތަބާވުން
15.
ސުވާލު 15: ޝަހާދަތުގެ ދެކަލިމައިގައި ބަޔާންވެފައިވަނީ ކީކޭކަން ނޭނގޭ ހާލު ޝަހާދަތް ކިޔައިފިނަމަ އޭނާ މުސްލިމަކަށް ވާނެ ތަ؟
a)
ވާނެ
b)
ނުވާނެ
16.
ސުވާލު 16: ޖޯން ޝަހާދަތްކިޔައިފިއެވެ.ނަމަވެސް ޖޯން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިސާލަތާމެދު ޝައްކުކުރެއެވެ. ޖޯންގެ އިސްލާމްކަން
a)
ސައްޙަވާނެ
b)
ސައްޙައެއް ނުވާނެ
17.
ސުވާލު 17: ބުދަށް އަޅުކަންކުރާ މީހަކު ދުވާލަކު 1000 ފަހަރު ޝަހާދަތް ކިޔާނަމަ
a)
އޭނާ މުސްލިމަކަށް ވާނެ
b)
މުސްލިމަކަށް ނުވާނެ، އެއީ އޭނާ ބުދަށް އަޅުކަންކުރާތީ
18.
ސުވާލު 18: ޝަހާދަތުގެ ދެ ކަލިމައިގެ ޝަރުޠުތަކުގެ ތެރެއިން އިޚްލާޞްތެރިވުމުގެ އިދިކޮޅު ސިފައަކީ
a)
ދޮގުހެދުން
b)
ޚިޔާނަތްތެރިވުން
c)
ޝިރުކުކުރުން
19.
ސުވާލު 19: ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެނެސްދެއްވި ކަންކަން ފުރިހަމައަށް ޤަބޫލުކޮށް ހަމައެކަނި މާތްﷲ އަށް އަޅުކަންކޮށްފިނަމަ އެމީހާގެ އިސްލާމްކަން
a)
ސައްޙަވާނެ
b)
ސައްޙައެއް ނުވާނެ
20.
ސުވާލު 20: ޝަހާދަތުގެ ދެކަލިމަ ކިޔާ މީހަކު މަދުމަދުން ޝިރުކު ކޮށްލުމުން ދީނުން ބޭރުވާނެތަ؟
a)
ބޭރުވާނެ
b)
ބޭރެއް ނުވާނެ
21.
ސުވާލު 21: ޖެނިފާ ޝަހާދަތް ކިޔައި އިސްލާމްވިއެވެ. ނަމަވެސް ނަމާދުކުރުމަކީ ވާޖިބުކަމެއް ނޫންކަން އޭނާ ބުނެއެވެ. އޭނާގެ އިސްލާމްކަން
a)
ރަނގަޅުވާނެ
b)
ރަނގަޅެއް ނުވާނެ
22.
ސުވާލު 22: މާތް ﷲ ވޮޑިގެންވާކަމަށް ޤަބޫލު ނުކުރާ މީހަކު ޝަހާދަތުގެ ދެ ކަލިމަ ހަމައެކަނި ދުލު ކޮޅުން ކިޔާނަމަ
a)
މުސްލިމަކަށް ވާނެ
b)
މުސްލިމަކަށް ނުވާނެ
23.
ސުވާލު 23: މުސްލިމުންނަށްވުރެ ކާފިރުން ދެކެ ލޯބިވާމީހާގެ ކިބައިގައި މަދުވަނީ ޝާހަދަތުގެ ޝަރުތުތަކުގެ ތެރެއިން ކޮން ޝަރުތެއް
a)
ރުޅިވެރިކަމެއް ނަފްރަތެއްނެތި ލޯބިކުރުން
b)
އެކަލިމަ ކިޔުމުގައި ތެދުވެރިވުން
c)
ދޫކޮށްނުލައި ތަބާވުން
24.
ސުވާލު 24: "އެބަހަށް ތެދުވެރިކަމާއެކު "لا إله إلا الله" ކިޔައިފި މީހާ ސުވަރުގެ ވަދެއްޖެއެވެ." މި ޙަދީޘުން ދޭހަވަނީ:
a)
لا إله إلا الله ކިޔާ ކޮންމެ މީހެއް ސުވަރުގެ ވަންނާނެކަން
b)
"لا إله إلا الله ކިޔާ މީހާ އެކަލިމައަށް ތެދުވެރިވުމަކީ ވާޖިބެއްކަން
25.
ސުވާލު 25: ރާޒީ އަކީ ނަމާދުކޮށް ރޯދަ ހިފާ މީހެކެވެ.ނަމަވެސް ރާޒީ ޒަކާތްދިނުމަށް އެއްބަހެއް ނުވެއެވެ.އެކމަށް އިންކާރުކުރެއެވެ. ރާޒީގެ އިސްލާމްކަން ފުރިހަމަވުމުގައި މަދުވަނީ ކޮން ޝަރުތެއް؟
a)
ދޫކޮށްނުލައި ތަބާވުން
b)
އިލްމާއެކު އެނގުން
c)
ކުޑަވެސް ޝައްކަކާނުލައި ޔަޤީންކުރުން
26.
ސުވާލު 26: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿فَاعْلَمْ أَنَّهُ لَا إِلَـٰهَ إِلَّا الله﴾ މާނައީ: "ފަހެ، ﷲ މެނުވީ އިލާހަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ!" މި އާޔަތުގެ މާނައިން ދޭހަވާ ކަންތައްތަކަކީ ކޮބާ؟
a)
މާތް الله އީ ޙައްޤު އިލާހުކަން
b)
الله މެނުވީ އިލާހަކު ނުވާކަން
c)
މާތް الله އަށް ޝަރީކުކޮށްގެން ނުވާނެކަން
d)
ޢިލްމުގެ މާތްކަން
27.
ސުވާލު 27: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿إِنَّهُمْ كَانُوا إِذَا قِيلَ لَهُمْ لَا إِلَـٰهَ إِلَّا اللَّهُ يَسْتَكْبِرُونَ * وَيَقُولُونَ أَئِنَّا لَتَارِكُو آلِهَتِنَا لِشَاعِرٍ مَّجْنُونٍ﴾ މާނައީ: "ހަމަކަށަވަރުން، ﷲ މެނުވީ އިލާހަކު ނުވާކަމަށް އެއުރެންނަށް ބުނެފިހިނދަކު އެއުރެން ބޮޑާވެގަންނަކަމުގައިވޫއެވެ. އަދި އެއުރެން ބުނެތެވެ. ހަމަކަށަވަރުން، މޮޔަވެފައިވާ ޅެންވެރިޔެއްގެ ބަހަށް، ތިމަންމެންގެ އިލާހުންތައް ތިމަންމެން ދޫކޮށްލާނެ ހެއްޔެވެ؟" މި އާޔަތުގެ މާނައިން ދޭހަވާ ކަންތައްތަކަކީ ކޮބާ؟
a)
ބޮޑާކަމުގެ ނުބައިކަން
b)
މާތް اللهގެ އަމުރުފުޅާއި ނަބިއްޔާ ގެނެސްދެއްވި ކަންކަން ރައްދު ކޮށްގެން ނުވާނެކަން
c)
މައްކާގެ މުޝްރިކުންގެ ނުބައިކަން
28.
ސުވާލު 28: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿وَأَنِيبُوا إِلَىٰ رَبِّكُمْ وَأَسْلِمُوا لَهُ مِن قَبْلِ أَن يَأْتِيَكُمُ الْعَذَابُ ثُمَّ لَا تُنصَرُونَ﴾ މާނައީ: "އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތައުބާވެ، އެ ކަލާނގެއަށް ކިޔަމަންވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ޢަޛާބު އައުމުގެ ކުރިންނެވެ. ދެން ތިޔަބައިމީހުންނަކަށް ނަޞްރެއް ނުލިބޭނެތެވެ." މި އާޔަތުގެ މާނައިން ދޭހަވާ ކަންތައްތަކަކީ ކޮބާ؟
a)
މާތް الله ގެ އެންގެވުންތަކަށް ކިޔަމަންވުމަކީ ވާޖިބެއްކަން
b)
މާތް الله އަށް ތައުބާވާން ޖެހޭކަން
c)
އީމާންވުމަށްފަހު ޝައްކުކޮށްގެން ނުވާނެކަން
d)
ފާފައަކީ ދުނިޔޭގައި އަޒާބު އައުމުގެ ސަބަބަކަށް ވެދާނެކަން
29.
ސުވާލު 29: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ﴾ މާނައީ: "ބާޠިލު މަގުން އެއްކިބާވެތިބެ، ﷲ އަށް އަޅުކަން ޚާލިޞް ކުރާ ހާލު، ﷲ އަށް އަޅުކަން ކުރުމަށާއި، ނަމާދު ޤާއިމު ކުރުމަށާއި، ޒަކާތް ދިނުމަށް މެނުވީ، އެއުރެންނަށް އަމުރުކުރައްވާފައެއް ނުވެތެވެ. އަދި ސީދާވެގެންވާ ދީނަކީ އެއީއެވެ." މި އާޔަތުގެ މާނައިން ދޭހަވާ ކަންތައްތަކަކީ ކޮބާ؟
a)
މާތް الله އަށް އަޅުކަން ކުރުމުގައި އިޚްލާޞްތެރިވާން ޖެހޭކަން
b)
ޝަހާދަތުގެ ދެކަލިމަ ކިޔަން ޖެހޭނީ އިޚްލާޞްތެރިކަމާއެކުކަން
c)
ނަމާދު ޤާއިމުކުރުމުގެ މާތްކަން
d)
ޒަކާތް ދިނުމުގެ މާތްކަން
30.
ސުވާލު 30: ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. «مَنْ قَالَ لَا إِلهَ إِلَّا اللهُ صَادِقًا بِهَا دَخَلَ الجَنَّةَ» މާނައީ: "ތެދުވެރިކަމާ އެކު (لَا إِلَهَ إِلَّا اللهُ) ކިޔައިފި މީހާ، ސުވަރުގެ ވަދެއްޖެއެވެ." މި އާޔަތުގެ މާނައިން ދޭހަވާ ކަންތައްތަކަކީ ކޮބާ؟
a)
ޝަހާދަތުގެ ދެކަލިމަ ކިޔުމުގައި ތެދުވެރިވާން ޖެހޭކަން
b)
ސުވަރުގޭގެ މަތިވެރިކަން
c)
ސުވަރުގެ ވަދެވޭނީ ތެދުވެރިކަމާއެކު ޝަހާދަތްކިޔައިފި ކަމުގައިވާނަމަކަން
d)
(لَا إِلَهَ إِلَّا اللهُ) މި ކަލިމައިގެ މަތިވެރިކަން
31.
ސުވާލު 31: މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿وَمِنَ النَّاسِ مَن يَتَّخِذُ مِن دُونِ اللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ اللَّهِ ۖ وَالَّذِينَ آمَنُوا أَشَدُّ حُبًّا لله﴾ މާނައީ: "އަދި ﷲ ފިޔަވައި އެ ކަލާނގެއާ އެއްފަދަ ޝަރީކުންތަކެއް ބަލައިގަންނަ ބަޔަކު، މީސްތަކުންގެ ތެރެއިން ވެއެވެ. ﷲ ދެކެ ލޯބިވާ ފަދައިން، އެއުރެން އެ ޝަރީކުން ދެކެ ލޯބިވެތެވެ. އަދި އީމާންވި މީހުން ﷲ ދެކެ ލޯބިވުން މާބޮޑެވެ." މި އާޔަތުގެ މާނައިން ދޭހަވާ ކަންތައްތަކަކީ ކޮބާ؟
a)
މާތް الله އަށް ލޯބިވުމުގެ މުހިންމުކަން
b)
މާތް الله އަށް ޝަރީކުކޮށްގެން ނުވާނެކަން
c)
ލޯބިވުން އެންމެ ޙައްޤު ފަރާތަކީ މާތް الله ކަން
d)
މުސްލިމުންނަށް ވުރެ ކާފިރުން ދެކެ ލޯބި ވާނަމަ ޝަހާދަތް ކީކަމުގައި ވިޔަސް މުސްލިމަކަށް ނުވާނެކަން