Worksheetsޙަދީޘް ރިވާކުރުމުގައި މަޝްހޫރު ބައެއް ޞަޙާބީން
Total questions: 15
Worksheet time: 8mins
Name
Class
Date
1.
ސުވާލު 1: ޞަޙާބީއަކީ
a)
ކާފިރެއްގެ ގޮތުގައި ހުރެ ރަސޫލާއާ ބައްދަލުވެވަޑައިގެން އެގޮތުގައި ހުންނަވައި މިދުނިޔެ ދޫކޮށްފައިވާ ކޮންމެ ބޭކަލެއް
b)
މުސްލިމެއްގެ ގޮތުގައި ހުރެ ރަސޫލާއާ ބައްދަލުނުވެ އެގޮތުގައި ހުންނަވައި މިދުނިޔެ ދޫކޮށްފައިވާ ކޮންމެ ބޭކަލެއް
c)
މުސްލިމެއްގެ ގޮތުގައި ހުރެ ރަސޫލާއާ ބައްދަލުވެވަޑައިގެން އެގޮތުގައި ހުންނަވައި މިދުނިޔެ ދޫކޮށްފައިވާ ކޮންމެ ބޭކަލެއް
2.
ސުވާލު 2: ޞަޙާބީން ދެނެގަންނާނެ ގޮތްތަކުގެ ތެރޭގައި
a)
ތަވާތުރުކޮށް ޞަޙާބީ ބޭކަލެއްކަން އެނގެން އޮތުން
b)
ސަޙާބީ ބޭކަލެއްކަމަށް މީސްތަކުންގެ ތެރޭގައި މަޝްހޫރުވުން
c)
ޞަޙާބީ ބޭކަލެއް މިވެނި ބޭކަލަކީ ޞަޙާބީއެކޭ ބުނުން
d)
ރަސޫލާގެ ޒަމާނުގައި އުޅުއްވި ޢަދުލުވެރި ބޭކަލެއް އަމިއްލައަށް ތިމްނަނާއަކީ ޞަޙާބީ ބޭކަލެކޭ ވިދާޅުވުން
3.
ސުވާލު 3: ސަޙާބީ ބޭކަލުންގެ ނަންތައް އެއްފޮތެއްގައި ޖަމާކޮށްފައިވާ ފޮތްތަކުގެ ތެރޭގައި:
a)
އިބްނު ޢަބްދިލްބައްރު ލިޔުއްވާފައިވާ "އަލްއިސްތީޢާބު ފީ މަޢުރިފަތިލް އަޞްޙާބް"
b)
އިމާމް މާލިކުގެ "އަލްމުވައްޠާ"
c)
އިބްނު ޙަޖަރުގެ "އަލްއިޞާބާ ފީ ތަމްޔީޒިއް ޞަޙާބާ"
4.
ސުވާލު 4: ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް "ޚިދުމަތްކުރައްވާ ބޭފުޅާ" ގެ ލަޤަބުން މަޝްހޫރުވެފައިވާ ޞަޙާބީ ބޭކަލަކީ ކޮބާ؟ އެޞަޙާބީ ރިވާކުރެއްވި ޙަދީޘްގެ ޢަދަދަކީ ކޮބާ؟
a)
މާލިކް ބުނު އަނަސް. 2886 ޙަދީޘް
b)
އަނަސް ބުން މާލިކް. 2286 ޙަދީޘް
c)
ޢަބްދުﷲ ބިން ޢައްބާސް. 3330 ޙަދީޘް
5.
ސުވާލު 5: އަނަސް ބިން މާލިކް އަށް އެހާ ގިނަ ޙަދީޘްތައް ރިވާކުރުމަށް މަގުފައހިވި ސަބަބަކީ:
a)
10 އަހަރުވަންދެން ރަސޫލާއަށް ޚިދުމަތްކުރައްވަން އުޅުއްވުން
b)
ރަސޫލާ ދުނިޔެ ދޫކުރެއްވުމަށްފަހުވެސް ދުނިޔޭގައި އަންސްގެފާނު ގިނައަހަރުތަކެއް ވަންދެން މީސްތަކުންނަށް އުނގަންނައިދެއްވަން އުޅުއްވުން
6.
ސުވާލު 6: އަނަސްގެފާނު އިސްލާމްވެވަޑައިގެންނެވި އިރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ___އަދި އަވަހާރަވީ ހިޖުރައިން __ވަނަ އަހަރެވެ.
a)
93 އަހަރު..ހިޖުރައިން 103 ވަނަ އަހަރު
b)
103 އަހަރު..ހިޖުރައިން 93 ވަނަ އަހަރު
c)
10 އަހަރު..ހިޖުރައިން 93 ވަނަ އަހަރު
7.
ސުވާލު 7: ޢަބްދުﷲ ބިން މަސްޢޫދަކީ
a)
މުހާޖިރިއްޔަ ބޭކަލެއް
b)
އަންޞާރިއްޔަ ބޭކަލެއް
c)
ބަދުރު ހަނގުރާމައިގައި ބައިވެރިވި ޞަޙާބީއެއް
d)
އެންމެ ފުރަތަމަ އިސްލާމްވެވަޑައިގަތް ބޭކަލެއް
8.
ސުވާލު 8: ޢަބްދުﷲ ބިން މަސްޢޫދު ރިވާކުރައްވާފައިވާ ޙަދީޘްގެ ޢަދަދަކީ:
a)
484
b)
884
c)
848
9.
ސުވާލު 9: ގިނަ ޙަދީޘްތަކެއް ޢަބްދުﷲ ބިން މަސްޢޫދު ރިވާކުރެއްވި ސަބަބުތަކުގެ ތެރޭގައި
a)
އިސްލާމްދީނުގެ ކުރީކޮޅުގައި އިސްލާމްވުން
b)
ރަސޫލާގެ އަރިހުގައި ގިނަވަގުތު އުޅުއްވުން
c)
އެހެން ބޭކަލުންގެ ކުރިން އިބްނު މަސްޢޫދު އަވަހާރަވެވަޑައިގަތުން
10.
ސުވާލު 10: ޢަބްދުﷲ ބިން ޢައްބާސްއަކީ
a)
ރަސޫލާގެ ބޮޑުބޭބެ ޢައްބާސްގެފާނުގެ ދަރިކަލުން
b)
އެންމެ ފުރަތަމަ އިސްލާމްވެވަޑައިގަތް ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެއް
c)
ރަސޫލާ ދުޢާ ކުރެއްވި ޞަހާބީއެއް
d)
ތުރުޖަމާނުލް ޤުރްއާނުގެ ލަޤަބު ލިބިވަޑައިގެންފައިވާ ޞަޙާބީ
11.
ސުވާލު 11: ޢަބްދުﷲ ބިން ޢައްބާސް ގިނަ ޙަދީޘްތަކެއް ރިވާކުރެއްވުމަށް މެދުވެރިވި ސަބަބުތަކަކީ:
a)
ރަސޫލާ އެކަލޭގެފާނަށް ކުރެއްވި ދުޢާފުޅު
b)
ރަސޫލާއާ އެކު ގިނަވަގުތު އުޅެވުން
c)
އެކަލޭގެފާނުގެ ވިސްނުންފުޅު ތޫނުވުން
d)
މަތީގައިވާ ހުރިހާ ޖަވާބެއް
12.
ސުވާލު 12: ޢަބްދުލް ބިން ޢައްބާސް ރިވާކުރެއްވި ޙަދީޘްތަކުގެ ޢަދަދަކީ:
a)
1900
b)
1660
c)
1060
13.
ސުވާލު 13: ޢަބްދުﷲ ބިން ޢަމްރު ބުން އަލްޢާޞް އަކީ
a)
ލިޔަންކިޔަން ދަންނަ ޞަޙާބީއެއް
b)
ރަސޫލާ ދުނިޔޭގައި ހުންނެވި އިރު ޙަދީޝްލިޔުއްވި ބޭކަލެއް
c)
ޤުރައިޝްވަންހައިގެ ބޭކަލެއް
14.
ސުވާލު 14: ޢަބްދުﷲ ބިން ޢަމްރު ބިން އަލްޢާޞް ރިވާކުރެއްވި ހަދީޘްތަކުގެ ޢަދަދަކީ
a)
700
b)
300
c)
600
15.
ސުވާލު 15: ޢަބްދުﷲ ބިން ޢަމްރު ބިން އަލްޢާޞް ގެ ޙަދީޘްތައް ލިޔުއްވާފައިވާ ފޮތުގެ ނަމަކީ:
a)
އަލްއަމީން
b)
އަލްމުވައްޠާ
c)
އައްޞާދިޤާ
100 %
