Worksheetsލިޢާންކުރުން
Total questions: 24
Worksheet time: 12mins
Name
Class
Date
1.
ސުވާލު 1: "އަނބިމީހާ ޒިނޭކުރިކަމަށް ނުވަތަ އޭނާ ވިހޭ ދަރި ނަފީކުރުމަށް ފިރިމީހާ ކުރާ ޚާއްޞަ ހުވާތަކަކާއި އަދި އަނބިމީހާގެ ބޮލުގައި ފިރިމީހާ އަޅުވާފައިވާ ޒިނޭގެ ތުހުމަތަކީ ދޮގު ތުހުމަތެއްކަމަށް އަނބިމީހާ ކުރާ ޚާއްޞަ ހުވާތަކެކެވެ." މިއީ ކޮންކަމެއް؟
a)
އީލާއުކުރުން
b)
ލިޢާންކުރުން
c)
ޡިހާރުކުރުން
2.
ސުވާލު 2: މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އަދި އެބައިމީހުންގެ އަމިއްލަ ނަފްސުތައް މެނުވީ ހެކިދޭބަޔަކު އެބައިމީހުންނަށް ލިބިގެންނުވާ ހާލު، އެބައިމީހުންގެ އަނބީންނަށް ގަޒްފުކުރާމީހުން (ދަންނާށެވެ!) ފަހެ އެއިން ކޮންމެ މީހަކު، ﷲ ގަންދީ ހަތަރު ހުވައިން ހުވާކުރުން ހުއްޓެވެ. ހަމަކަށަވަރުން އޭނާއީ ތެދުވެރިންގެ ތެރެއިންވާ މީހަކު ކަމަށެވެ. އަދި ފަސްވަނަ ހުވާކުރުން ހުއްޓެވެ. އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ހަމަކަށަވަރުން ﷲ ގެ ލައުނަތް އޭނާގެ މައްޗަށް ހުރިކަމަށެވެ. ހަމަކަށަވަރުން އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހެއްކަމަށް ﷲ ގަންދީ އެ ކަނބުލޭގެ ހަތަރުހުވައިން ހުވާކުރުމުން، އެ ކަނބުލޭގެ ކިބައިން އުގޫބާތް (އެބަހީ: ޙައްދު ޖެހުން) ކެނޑޭނެތެވެ. އަދި ފަސްވަނަ ހުވާކުރުން ހުއްޓެވެ. އޭނާއަކީ ތެދުބުނާ މީހުންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ހަމަކަށަވަރުން ﷲ ގެ ކޯފާ އެ ކަނބުލޭގެ މައްޗަށް ހުރިކަމަށެވެ." މި ބަސްފުޅުން ދޭހަވާ ކަންކަމަކީ ކޮބާ؟
a)
ލިޢާނުކުރުން ޝަރުޢުކުރައްވާފައިވާކަން
b)
ލިޢާނުކުރުމުގައި 5 ހުވާ ކުރާކަން
c)
ޒިނޭގެ ދަޢުވާކުރާ މީހާ 4 ހެކިން ގެންނަން ޖެހޭކަން
d)
އަނބިންނަށް ޤަޛުފުކުރުމަކީ ހުއްދަކަމެއްކަން
3.
ސުވާލު 3: މީހަކު ޒިނޭ ކުރަނިކޮށް އެންމެ މީހަކަށް އެ ތަން ފެނި އެ ވާހަކަ ދައްކައިފިނަމަ އެ ވާނީ ކޮން ކަމަކަށް؟
a)
ޡިހާރުކުރުން
b)
ޤަޛުފުކުރުން
c)
އީލާއުކުރުން
4.
ސުވާލު 4: ޒިނޭ ސާބިތު ކުރުމަށްޓަކައި ބޭނުންވަނީ ކިތައް ހެކިން؟
a)
2 ހެކިން
b)
3 ހެކިން
c)
4 ހެކިން
5.
ސުވާލު 5: އަނބިމީހާ ޒިނޭ ކުރަނިކޮށް ފިރިމީހާއަށް އެ ތަން ފެނި ޝަރީޢަތުގައި ބޭނުންވާ މިންވަރަށް ހެކިން ނުލިބުނުނަމަ ކަންތައް ކުރާނީ ކިހިނެއް؟
a)
ޡިހާރުކުރާނީ
b)
ޤަޛުފުކުރާނީ
c)
އީލާއުކުރާނީ
6.
ސުވާލު 6: ފިރިމީހާ ޒިނޭ ކުރަނިކޮށް އަނބިމީހާއަށް އެ ތަން ފެނި ޝަރީޢަތުގައި ބޭނުންވާ މިންވަރަށް ހެކިން ނުލިބުނުނަމަ ލިޢާން ކުރެވިދާނެތަ؟
a)
ކުރެވިދާނެ
b)
ނުކުރެވޭނެ
7.
ސުވާލު 7: އަނބިމީހާ ޒިނޭ ކުރަނިކޮށް ފިރިމީހާއަށް އެ ތަން ފެނި ޝަރީޢަތުގައި ބޭނުންވާ މިންވަރަށް ހެކިން ނުލިބުނެވެ. ނަމަވެސް އެ މައްސަލަ ފިރިމީހާ ޤާޟީއާ ހަމައަށް އުފުލިއެވެ. އެހެންކަމުން ޤާޟީ ފިރިމީހާގެ ގާތުގައި އަނބިމީހާ ޒިނޭކުރިކަމަށް ހުވާކުރުމަށް ބުނުމުން ފިރިމީހާއަށް ހުވާކުރާކަށް ނުކެރުނެވެ. މިކަމުގެ ސަބަބުން ކަންތައް ވެގެންދާނީ ކިހިނެއް؟
a)
އަނބިމީހާގެ ގައިގައި ޒިނޭގެ ޙައްދު ޖަހާނީ
b)
އަނބިމީހާ ރަޖަމް ކުރާނީ
c)
ފިރިމީހާގެ ގައިގައި ޤަޛުފުގެ ޙައްދު ޖަހާނީ
8.
ސުވާލު 8: އަނބިމީހާ ޒިނޭ ކުރަނިކޮށް ފިރިމީހާއަށް އެ ތަން ފެނި ޝަރީޢަތުގައި ބޭނުންވާ މިންވަރަށް ހެކިން ނުލިބުނެވެ. ނަމަވެސް އެ މައްސަލަ ފިރިމީހާ ޤާޟީއާ ހަމައަށް އުފުލިއެވެ. އެހެންކަމުން ޤާޟީ ފިރިމީހާގެ ގާތުގައި އަނބިމީހާ ޒިނޭކުރިކަމަށް ހުވާކުރުމަށް ބުނުމުން ފިރިމީހާއަށް ހުވާކުރާކަށް ނުކެރުނެވެ. މިކަމުގެ ސަބަބުން އެ ދެ މީހުންގެ ކައިވެންޏަށް ވެގެންދާނީ ކިހިނެއް؟
a)
ބައިނޫނާ ކުބުރާއަކުން އެ ދެ މީހުންގެ ކައިވެނި ރޫޅޭނީ
b)
ބައިނޫނާ ސުޣުރާއަކުން އެ ދެ މީހުންގެ ކައިވެނި ރޫޅޭނީ
c)
ރަޖުއީ ވަރިއަކުން ވަރިވާނީ
d)
ޤާޟީ އެ ދެ މީހުން ތަފްރީޤް ކުރާނީ
e)
ކައިވެންޏަށް އެއްވެސް ކަމެއް ނުވާނެ
9.
ސުވާލު 9: ލިޢާން ކުރުމުގައި ކިތައް ހުވާ ކުރަންޖެހޭތަ؟
a)
4 ހުވާ
b)
5 ހުވާ
c)
6 ހުވާ
10.
ސުވާލު 10: ލިޢާން ކުރުމުގައި އެންމެ ފުރަތަމަ ހުވާތައް ކުރާނީ ކާކުކަން، ލިޢާންގެ އާޔަތުގެ މާނައާމެދު ވިސްނުމަށްފަހު ބަޔާންކުރޭ؟
a)
އަނބިމީހާ
b)
ފިރިމީހާ
c)
ޤާޟީ ފުރުޞަތު ދޭ މީހެއް
11.
ސުވާލު 11: ލިޢާންގެ ހުވާތަކުގައި ފިރިމީހާ ކުރާ އެންމެ ފަހު ހުވާގައި ހުވާ ކުރަނީ ކޮން ކަމަކަށްތަ؟
a)
އަނބިމީހާއަކީ ދޮގުވެރިންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ﷲ ގެ ލައުނަތް އަނބިމީހާގެ މައްޗަށް ހުރިކަމަށް
b)
ފިރިމީހާއަކީ ތެދުބުނާ މީހުންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ﷲ ގެ ކޯފާ އެ ކަނބުލޭގެ މައްޗަށް ހުރިކަމަށް
c)
ފިރިމީހާއަކީ ދޮގުވެރިންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ﷲ ގެ ލައުނަތް ފިރިމީހާގެ މައްޗަށް ހުރިކަމަށް
12.
ސުވާލު 12: ލިޢާންގެ ހުވާތަކުގައި އަނބިމީހާ ކުރާ އެންމެ ފަހު ހުވާގައި ހުވާ ކުރަނީ ކޮން ކަމަކަށްތަ؟
a)
އަނބިމީހާއަކީ ދޮގުވެރިންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ﷲ ގެ ލައުނަތް އަނބިމީހާގެ މައްޗަށް ހުރިކަމަށް
b)
ފިރިމީހާއަކީ ތެދުބުނާ މީހުންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ﷲ ގެ ކޯފާ އެ ކަނބުލޭގެ މައްޗަށް ހުރިކަމަށް
c)
ފިރިމީހާއަކީ ދޮގުވެރިންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ﷲ ގެ ލައުނަތް ފިރިމީހާގެ މައްޗަށް ހުރިކަމަށް
13.
ސުވާލު 13: އަނބިމީހާ ޒިނޭ ކުރަނިކޮށް ފިރިމީހާއަށް އެ ތަން ފެނި ޝަރީޢަތުގައި ބޭނުންވާ މިންވަރަށް ހެކިން ނުލިބުނެވެ. ނަމަވެސް އެ މައްސަލަ ފިރިމީހާ ޤާޟީއާ ހަމައަށް އުފުލިއެވެ. އެހެންކަމުން ޤާޟީ ފިރިމީހާގެ ގާތުގައި އަނބިމީހާ ޒިނޭކުރިކަމަށް ހުވާކުރުމަށް ބުނުމުން ފިރިމީހާ އެ ހުވާތައް ފުރިހަމައަށް ކުރިއެވެ. އަދި ޤާޟީ އަނބިމީހާގެ ގާތުގައި ލިޢާންގެ ހުވާތައް ކުރަން ބުނުމުން ތިމަންނަ ޒިނޭ ނުކުރަމޭ ބުންޏެވެ. ނަމަވެސް ހުވާކުރާކަށް ނުކެރުނެވެ. މިކަމުގެ ސަބަބުން ކަންތައް ވެގެންދާނީ ކިހިނެއް؟
a)
އަނބިމީހާގެ ގައިގައި ޒިނޭގެ ޙައްދު ޖަހާނީ
b)
ފިރިމީހާގެ ގައިގައި ޤަޛުފުގެ ޙައްދު ޖަހާނީ
c)
އަނބިމީހާގެ ގައިގައި ޤަޛުފުގެ ޙައްދު ޖަހާނީ
14.
ސުވާލު 14: އަންނަނިވި ހާލަތްތަކުގެ ތެރެއިން ލިޢާން ކުރެވޭނެ ހާލަތްތަކަކީ ކޮބާ؟
a)
ފިރިމީހާ ޒިނޭކުރަނިކޮށް އަނބިމީހާއަށް ފެނިއްޖެނަމަ، ލިޢާން ކުރުން
b)
އަނބިމީހާ ވިހޭ ދަރި ނަފީކުރުމުގެ ގޮތުން ލިޢާންކުރުން
c)
އަނބިމީހާ ޒިނޭކުރަނިކޮށް ފިރިމީހާއަށް ފެނިއްޖެނަމަ، ލިޢާން ކުރުން
15.
ސުވާލު 15: ދަރިވަރުން ކިޔަވާފައިވާ ފިލާވަޅުގެ އަލީގައި އަންނަނިވި އިބާރާތްތަކުގެ ތެރެއިން ރަނގަޅު އިބާރާތްތައް ފާހަގަ ކުރޭ؟
a)
އަނބިމީހާ ވިހޭ ދަރިއަކީ ތިމާގެ ދަރިއެއް ނޫންކަން ޝައްކެއްނެތް މިންވަރަށް ޔަޤީންވާނަމަ، ދަރިނަފީކުރުމުގެ ގޮތުން ލިޢާންކުރުން ފިރިމީހާގެ މައްޗަށް ވާޖިބެވެ.
b)
އަނބިމީހާ ވިހޭ ދަރިއަކީ ތިމާގެ ދަރިއެއް ނޫންކަން ބޮޑަށް ބެލެވޭ ހާލަތްތަކުގައި، ދަރިނަފީކުރުމުގެ ގޮތުން ލިޢާންކުރުން ފިރިމީހާގެ މައްޗަށް ސުންނަތް ވެގެންވެއެވެ.
c)
(ލިޢާން ކުރާފަދަ ހާލަތެއް މެދުވެރިވުމުން) ލިޢާންކުރުމުގެ ޢާއްމު ހުކުމަކީ މަކްރޫހަކަމެކެވެ.
d)
(ލިޢާން ކުރާފަދަ ހާލަތެއް މެދުވެރިވުމުން) ލިޢާންކުރުމުގެ ޢާއްމު ހުކުމަކީ ހުއްދަކަމެކެވެ.
e)
ލިޢާން ކުރުމުގެ ކުރިން ދެމަފިރިން ޙާޟިރުކޮށް ނަސޭޙަތްދިނުމަކީ ޤާޟީގެ މައްޗަށް ކުރުން އެދެވިގެންވާ ކަމެކެވެ.
16.
ސުވާލު 16: ފިރިމީހާ ކުރާ ފަސް ވަނަ ހުވާގެ ސަބަބުން ލާޒިމުވެގެންދާ ކަންތައްތަކަކީ ކޮބާ؟
a)
ފިރިމީހާ ހަ ވަނަ ހުވާ ކުރުން
b)
ައަނބިމީހާގެ މައްޗަށް ޒިނޭގެ ހައްދު ސާބިތުވުން
c)
އަނބިމީހާ ލިޢާންގެ ހުވާ ކުރިއަސް އަނބިމީހާގެ ގައިގައި ހައްދު ޖެހުން
d)
ފިރިމީހާގެ ކިބައިން ޤަޛުފުގެ ޙައްދު ނެތި ދިޔުން
17.
ސުވާލު 17: ޒުލޭޚާ އަކީ މޫސާ ޚިޠުބާކޮށްފައިވާ ކުއްޖާއެވެ. ޒުލޭޚާގެ ފުށުން ބަދުއަޚްލާޤީ ޢަމަލެއް ފެނި މޫސާ ޒުލޭޚާގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވިއެވެ. އަދި މި ކަމަކަށް ޒުލޭޚާ އިންކާރުކޮށް ޤާޟީގެ ގާތަށް ގޮސް މައްސަލަ ޖެއްސިއެވެ. އިސްވެ ދިޔަ ހާދިސާއަށް ވިސްނުމަށްފަހު، މޫސާ ޒުލޭޚާގެ ބޮލިގައި އެޅުވި ތުޙުމަތުގެ ސަބަބުން އެ ދެ މީހުންގެ މެދުގައި ލިޢާން ކުރެވޭނެތަ؟
a)
ކުރެވޭނެ
b)
ނުކުރެވޭނެ
18.
ސުވާލު 18: ޒުލޭޚާ އަކީ މޫސާގެ އަނބިމީހާއެވެ. ޒުލޭޚާގެ ފުށުން ބަދުއަޚްލާޤީ ޢަމަލެއް ފެނި މޫސާ ޒުލޭޚާގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވިއެވެ. އަދި އެ ޢަމަލު ޒުލޭޚާ ކުރިކަމަކަށް ހެކިވާނެ 4 ހެކިން މޫސާ ގެނައެވެ. އިސްވެ ދިޔަ ހާދިސާއަށް ވިސްނުމަށްފަހު، މޫސާ ޒުލޭޚާގެ ބޮލުގައި އެޅުވި ތުޙުމަތުގެ ސަބަބުން އެ ދެ މީހުންގެ މެދުގައި ލިޢާން ކުރެވޭނެތަ؟
a)
ކުރެވޭނެ
b)
ނުކުރެވޭނެ
19.
ސުވާލު 19: އަނބިމީހާ ޒިނޭ ކުރަނިކޮށް ފިރިމީހާއަށް އެ މަންޒަރު ފެނި، ގޭގެ އެންމެން ޙާޟިރުކޮށްފައި ލިޢާން ކުރިއެވެ. މި ލިޢާން ޞައްޙަ ވާނެތަ؟
a)
ޞައްޙަ ވާނެ
b)
ޞައްޙައެއް ނުވާނެ
20.
ސުވާލު 20: އަނބިމީހާއަށް ލިޢާންގެ ތުހުމަތު ކުރުމަށްފަހު ލިޢާންގެ ހުވާތައް ޤާޟީގެ ކުރިމަތީގައި ފިރިމީހާ ނުކުރިނަމަ ނިކުންނަ ނަތީޖާ ތަކަކީ ކޮބާ؟
a)
ފިރިމީހާގެ ގައިގައި ޤަޛްފުގެ ޙައްދު ޖެހުން
b)
ފިރިމީހާ ޒިނޭގެ ތުހުމަތުން ބަރީއަވުން
c)
އަނބިމީހާ ޒިނޭގެ ތުހުމަތުން ބަރީއަވުން
d)
އަނބިމީހާ ލިޢާންގެ ހުވާތައް ކުރަން ނުޖެހުން
21.
ސުވާލު 21: އަނބިމީހާއަށް ލިޢާންގެ ތުހުމަތު ކުރުމަށްފަހު ލިޢާންގެ ހުވާތައް ޤާޟީގެ ކުރިމަތީގައި ފިރިމީހާ ކުރިނަމަ ނިކުންނަ ނަތީޖާ ތަކަކީ ކޮބާ؟
a)
ފިރިމީހާގެ ކިބައިން ޤަޛްފުގެ ޙައްދު ނެތި ދިއުން
b)
އަނބިމީހާ މައްޗަށް ޒިނޭގެ ޙައްދު ސާބިތުވުން
c)
އަނބިމީހާގެ ގައިގައި ޤަޛްފުގެ ޙައްދު ޖެހުން
d)
ދަރި ނަފީކުރަން ލިޢާންކުރިނަމަ ދަރީގެ ނަސަބު ހަމައެކަނި މަންމައާ ގުޅުވާލުން
22.
ސުވާލު 22: އަނބިމީހާ ލިޢާންގެ ހުވާތައް ޤާޟީގެ ކުރިމަތީގައި ފުރިހަމަ ކުރިނަމަ ނިކުންނަ ނަތީޖާ ތަކަކީ ކޮބާ؟
a)
ޒިނޭގެ ތުހުމަތާއި ޢުޤޫބާތުން އަނބިމީހާ ބަރީއަވުން
b)
އަނބިމީހާ ޢިއްފަތްތެރިއެއް ކަމުގައި ބެލެވުން
c)
ކައިވެނި ވަގުތުން ފަސްޚުވުން
d)
ދެމީހުންނަށް އެކަކު އަނެކަކު ދާއިމަށް ޙަރާމްވުން
23.
ސުވާލު 23: އަނބިމީހާ ލިޢާންގެ ހުވާތައް ޤާޟީގެ ކުރިމަތީގައި ފުރިހަމަ ނުކުރިނަމަ ނިކުންނަ ނަތީޖާ އަކީ ކޮބާ؟
a)
ޒިނޭގެ ތުހުމަތާއި ޢުޤޫބާތުން އަނބިމީހާ ބަރީއަވުން
b)
ޒިނޭގެ ޢުޤޫބާތުން އަނބިމީހާ ބަރީއަ ނުވެވުން
c)
އަނބިމީހާ ޢިއްފަތްތެރިއެއް ކަމުގައި ބެލެވުން
24.
ސުވާލު 24: ދެމަފިރިންގެ ދެމެދުގައި ލިޢާން ކުރެވިއްޖެނަމަ އެ ދެ މީހުންގެ ކައިވެންޏަށް ވެގެންދާނީ ކިހިނެއް؟
a)
ފަސްޚުވާނީ
b)
ޚުލްޢުވާނީ
c)
ރުޖޫޢަކުރާނީ
100 %
