wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ޙަދީޘް ޤަބޫލުކުރުމާއި ރައްދު ކުރުމުގެ މިންގަނޑު

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ޙަދީޘް ޤަބޫލުކުރުމުގެ މާނައަކީކޮބާ؟

a)

ޙަދީޘް ޞައްޙަ ކަމަށް ކަނޑައެޅުމަށް ހުރަސްއަޅައި ދެނަގަތުމަށް އުނދަގޫ ފޮރުވިފައިވާ ސަބަބުތައް ނެތުމެވެ.

b)

އެޙަދީޘެއްގައިވާ ޢައިބެއްގެ ސަބަބުން އެ ޙަދީޘަށް ޢަމަލުކުރުން ދޫކޮށްލުމެވެ. އަދި އެފަދަ ޙަދީޘަކީ ޝަރްޢީ ޙުއްޖަތެއްނޫންކަމަށް ބެލުމެވެ.

c)

ޙަދީޘް ޞައްޙަވުމުގެ ޝަރުޠުތައް ފުރިހަމަވެ އެ ޙަދީޘަށް ޢަމަލުކޮށް ޙުއްޖަތެއްކަމަށް ބެލުމެވެ.

2.

ޙަދީޘް ރައްދުކުރުމުގެ މާނައަކީކޮބާ؟

a)

ޙަދީޘް ޞައްޙަ ކަމަށް ކަނޑައެޅުމަށް ހުރަސްއަޅައި ދެނަގަތުމަށް އުނދަގޫ ފޮރުވިފައިވާ ސަބަބުތައް ނެތުމެވެ.

b)

އެޙަދީޘެއްގައިވާ ޢައިބެއްގެ ސަބަބުން އެ ޙަދީޘަށް ޢަމަލުކުރުން ދޫކޮށްލުމެވެ. އަދި އެފަދަ ޙަދީޘަކީ ޝަރްޢީ ޙުއްޖަތެއްނޫންކަމަށް ބެލުމެވެ.

c)

ޙަދީޘް ޞައްޙަވުމުގެ ޝަރުޠުތައް ފުރިހަމަވެ އެ ޙަދީޘަށް ޢަމަލުކޮށް ޙުއްޖަތެއްކަމަށް ބެލުމެވެ.

3.

ސަނަދު ގުޅިފައިވުމޭ ބުނެވޭ ބަހުގެ މާނައަކީކޮބާ؟

a)

ޙަދީޘް ޞައްޙަ ކަމަށް ކަނޑައެޅުމަށް ހުރަސްއަޅައި ދެނަގަތުމަށް އުނދަގޫ ފޮރުވިފައިވާ ސަބަބުތައް ނެތުމެވެ.

b)

މަޤްބޫލު ރާވީއަކު އޭނާއަށްވުރެ ހުރިހާ ގޮތަކުން އިތުބާރު ބޮޑު ޢިލްމުވެރި ޢަދުލުވެރި އަދި ޟަބްޠު ހުރި ރާވީއަކާ ޚިލާފަށް އެކަހެރިކޮށް ޙަދީޘް ރިވާކޮށްފައި ނުވުމެވެ.

c)

ސަނަދު ފެށުނީއްސުރެން ނިޔަލަށް ސަނަދުގެ އެއްވެސް ޙިސާބަކުން ރާވީއަކު ނުވަތަ ރާވީންތަކެއް އުނިވެފައި ނުވުމެވެ.

4.

ރާވީން ޢަދުލުވެރިން ކަމުގައިވުމޭ ބުނެވޭ ބަހުގެ މާނައަކީކޮބާ؟

a)

ރާވީންގެ ހިތުދަސްކުރުމުގެ ބާރު ދެރަވުމެވެ

b)

ރާވީންނަކީ މުސްލިމު ، ބާލިޣުވެފައިވާ ، ބުއްދި ސަލާމަތުން ހުރި ފާސިޤު ކަންކަމުން ސަލާމަތްވެފައިވާ މުރުއްއަތްތެރި ބަޔަކަށްވުން

c)

ސަނަދު ފެށުނީއްސުރެން ނިޔަލަށް ސަނަދުގެ އެއްވެސް ޙިސާބަކުން ރާވީއަކު ނުވަތަ ރާވީންތަކެއް އުނިވެފައި ނުވުމެވެ.

5.

ރާވީންނަކީ ޟަބްޠު ހުރި ބަޔަކަށްވުމޭ ބުނެވޭ ބަހުގެ މާނައަކީކޮބާ؟

a)

ދަސްކުރި އެއްޗެއް ހަނދާންހުންނަ އަދި ދަސްކޮށްފައި ހުންނަ އެއްޗެހި އެހެން މީހަކަށް ކިޔައިދޭއިރު ބޮޑެތި ކުށްހެދުން ގިނަ މީހަކަށް ނުވުން

b)

ރާވީންނަކީ މުސްލިމު ، ބާލިޣުވެފައިވާ ، ބުއްދި ސަލާމަތުން ހުރި ފާސިޤު ކަންކަމުން ސަލާމަތްވެފައިވާ މުރުއްއަތްތެރި ބަޔަކަށްވުން

c)

ސަނަދު ފެށުނީއްސުރެން ނިޔަލަށް ސަނަދުގެ އެއްވެސް ޙިސާބަކުން ރާވީއަކު ނުވަތަ ރާވީންތަކެއް އުނިވެފައި ނުވުމެވެ.

6.

ޝާޛްކަމެއް ނެތުމޭ ބުނެވޭ ބަހުގެ މާނައަކީކޮބާ؟

a)

ދަސްކުރި އެއްޗެއް ހަނދާންހުންނަ އަދި ދަސްކޮށްފައި ހުންނަ އެއްޗެހި އެހެން މީހަކަށް ކިޔައިދޭއިރު ބޮޑެތި ކުށްހެދުން ގިނަ މީހަކަށް ނުވުން

b)

ރާވީންނަކީ މުސްލިމު ، ބާލިޣުވެފައިވާ ، ބުއްދި ސަލާމަތުން ހުރި ފާސިޤު ކަންކަމުން ސަލާމަތްވެފައިވާ މުރުއްއަތްތެރި ބަޔަކަށްވުން

c)

މަޤްބޫލު ރާވީއަކު އޭނާއަށްވުރެ ހުރިހާ ގޮތަކުން އިތުބާރު ބޮޑު ޢިލްމުވެރި ޢަދުލުވެރި އަދި ޟަބްޠު ހުރި ރާވީއަކާ ޚިލާފަށް އެކަހެރިކޮށް ޙަދީޘް ރިވާކޮށްފައި ނުވުމެވެ.

7.

ޢިއްލަތެއް ނެތުމޭ ބުނެވޭ ބަހުގެ މާނައަކީކޮބާ؟

a)

ދަސްކުރި އެއްޗެއް ހަނދާންހުންނަ އަދި ދަސްކޮށްފައި ހުންނަ އެއްޗެހި އެހެން މީހަކަށް ކިޔައިދޭއިރު ބޮޑެތި ކުށްހެދުން ގިނަ މީހަކަށް ނުވުން

b)

ޙަދީޘް ޞައްޙަ ކަމަށް ކަނޑައެޅުމަށް ހުރަސްއަޅައި ދެނަގަތުމަށް އުނދަގޫ ފޮރުވިފައިވާ ސަބަބުތައް ނެތުމެވެ.

c)

މަޤްބޫލު ރާވީއަކު އޭނާއަށްވުރެ ހުރިހާ ގޮތަކުން އިތުބާރު ބޮޑު ޢިލްމުވެރި ޢަދުލުވެރި އަދި ޟަބްޠު ހުރި ރާވީއަކާ ޚިލާފަށް އެކަހެރިކޮށް ޙަދީޘް ރިވާކޮށްފައި ނުވުމެވެ.

8.

ޙަދީޘް ރައްދުކުރެވޭ ވަރަށް ގިނަ ސަބަބުތައް ވެއެވެ. ނަމަވެސް އެހުރިހާ ސަބަބުތައް ޖަމާކޮށްލުމުން އެއިން ނިކުންނަނީ މައިގަނޑު ދެ ސަބަބެކެވެ. އޭގެތެރެއިން އެއްސަބަބަކީ ޙަދީޘުގެ ސަނަދުން ރާވީއަކު ވެއްޓުމެވެ. އަނެއް ސަބަބަކީކޮބާ؟

a)

ޙަދީޘް ރިވާކުރާ ރާވީއެއްގެ މައްޗަށް ތުހުމަތެއް ކުރެވިފައިވުން

b)

ސަނަދު ގުޅިފައިވުމެވެ

c)

ރާވީންގެ ޢަދުލުވެރިކަމެވެ.

9.

ތިރީގައި ބަޔާންވެފައިވާ ކަންކަމުން ރާވީންގެ ޢަދުލުވެރިކަމަށް ތުހުމަތު ކުރެވޭ ކަމަކީ

a)

ހަނދާން ބަލިވުން

b)

ކާކުކަން ނޭނގުން

c)

ކުށްކިޔުން ގިނަވުން

10.

ތިރީގައި ބަޔާންވެފައިވާ ކަންކަމުން ރާވީންގެޟަބްޠަށް ތުހުމަތު ކުރެވޭ ކަމަކީ

a)

ބިދުޢަވެރިއަކަށްވުން

b)

ކާކުކަން ނޭނގުން

c)

އިތުބާރު ހިފޭ ރާވީއަކާ ޚިލާފުވުން