NEW
Font size
Worksheetsޙަދީޘް ޢިލްމު ރީޓީޗް ފިލާވަޅު 3،4 ގްރޭޑް8
Total questions: 10
Worksheet time: 5mins
ޙަދީޘް ބެހިގެންވަނީ
ހަތަރުބަޔަކަށެވެ
އެއް ބަޔަކަށެވެ
ތިންބަޔަކަށެވެ
ދެ ބަޔަކަށެވެ
ޙަދީޘް މުތަވާތިރަކީ
ޚަބަރު މުތަވާތިރެވެ.
ޚަބަރު ޢާޙާދެވެ.
ޢާޙާދު ޙަދީޘެކެވެ.
ޟަޢީފު ޙަދީޘެވެ
ޚަބަރު ޢާޙާދަކީ
ބައިވަރު ރާވީން ރިވާކުރާ ހަދީޘެވެ.
ޙަދީޘް ޢާޙާދެވެ.
ޙަދީޘް މުތަވާތިރެވެ.
ޙަސަން ޙަދީޘެކެވެ.
ދޮގު ނެހެދޭނެހާ ގިނަ ބަޔަކު ރިވާކުރާޙަދީޘަކީ
ޢާޙާދު ޙަދީޘެވެ.
ދޮގު ޙަދީޘެވެ.
މުތަވާތިރު ޙަދީޘެވެ.
ޙަޑީޘެއް ނޫނެވެ.
ޙަދީޘް މުތަވާތިރުގެ ޝަރުޠުތައް ފުރިހަމަވެފައިނުވާ
ކޮންމެ ޙަދީޘަކީ މުތަވާތިރު ހަދީޘެވެ.
ކޮންމެ ޙަދީޘަކީ ޟަޢީފް ހަދީޘެވެ.
ކޮންމެ ޙަދީޘަކީ ޞައްޙަނޫން ޙަދީޘެކެވެ.
ކޮންމެ ޙަދީޘަކީ ޢާޙާދު ޙަދީޘެވެ.
އެމީހާއާއި ނުބެހޭ ކަންކަމާއި ނުބެހުމަކީ
އެމީހާގެ އިސްލާމްކަން ފުރިހަމަވުމުގެ ތެރެއިންވާ މީހެއް ނޫނެވެ.
ފުރިހަމަ މުސްލިމެއް ނޫނެވެ.
ޣައިރު މުސްލިމުންގެ ތެރެއިންވާ މީހެކެވެ.
އެމީހާގެ އިސްލާމްކަން ފުރިހަމަވުމުގެ ތެރެއިންވާ ކަމެކެވެ
ހެޔޮމަގުގައި އުޅުމުގެ ތައުފީޤު ލިބުމަށްޓަކައި
ވާހަކަ ދެއްކުން ދޫކޮށްލުން މުހިންމެވެ.
ބޭކާރު ވާހަކަ ދެއްކުން ދޫކޮށްލުން ވަރަށް މުހިންމެވެ.
ބޭކާރު ވާހަކަ ދެއްކުން ދޫކޮށްލުން މުހިންމެއް ނޫނެވެ.
ބޭކާރު ވާހަކަ ދެއްކުން ދޫކޮށް ނުލާ ހުރުން ވަރަށްމުހިންމެވެ.
އިސްލާމްކަން ރިވެތި ވެގެންވާ މީހުންނަކީ
ހެޔޮ ކަންތައް ކުރުމުގައި ގަދައަޅާ މީހުންނެވެ.
ބޭކާރު ވާހަކަ ދެއްކުމުގައި ގަދައަޅާ މީހުންނެވެ
މަޖާކުރުމުގައި ގަދައަޅާ މީހުންނެވެ
ރޮއެ ހިތާމަ ކުރުމުގައި ގަދައަޅާ މީހުންނެވެ
އިސްލާމްކަން ހުތުރުވެގެންވާ މީހުން
ދީނީ ގޮތުން ވާޖިބު ކުރައްވާފައިވާ ކަންކަމަށް އިހުމާލު ނުވާމީހުންނެވެ.
ދީނީ ގޮތުން ވާޖިބު ކުރައްވާފައިވާ ކަންކަމަށް ފަރުވާތެރިވާ މީހުންނެވެ.
ދީނީ ގޮތުން ވާޖިބު ކުރައްވާފައިވާ ކަންކަމަށް އިހުމާލުވާ މީހުންނެވެ.
ދީނީ ގޮތުން ވާޖިބު ކުރައްވާފައިވާ ކަންތައް ބަރާބަރަށް އަދާކުރާ މީހުންނެވެ.
އިންސާނާ މަޝްޣޫލުވާންޖެހެނީ
އޭނާއަށް ފައިދާހުރި ލާބަނެތް ކަންކަމުގައެވެ
އޭނާއަށް ފައިދާހުރި ލާބަހުރި ކަންތަކުގައެއް ނޫނެވެ.
އޭނާގެ ހަމައެކަނި އަމިއްލަ ކަންކަމުގައެވެ
އޭނާއަށް ފައިދާހުރި ލާބަހުރި ކަންކަމުގައެވެ
