wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ހިބަ

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ޢަރަބި ބަހުގައި الهبة ( އަލްހިބަ ) މިބަހުގެ މާނައަކީ ،

a)

ބަދަލަކާއެކު އެއްޗެއް ދިނުމެވެ.

b)

ބަދަލަކާ ނުލައި އެއްޗެއް ދިނުމެވެ.

c)

ބޭނުންކުރުމަށްފަހު އަނބުރާ ގެނައުމެވެ.

d)

ބަދަލަކާއެކު ބޭނުން ކުރުމަށްފަހު އަނބުރާ ގެނައުމެވެ.

2.

ފިޤުހުވެރިންގެ އިޞްޠިލާޙުގައި ހިބައަކީ

a)

އަގަކާ ނުވަތަ ބަދަލަކާއެކު އެއްޗެއް މިލްކުކޮށްދިނުމެވެ.

b)

އަގަކާ ނުވަތަ ބަދަލަކާއެކު އެއްޗެއް އަނބުރާ ގެންނަ ގޮތަށް ދިނުމެވެ.

c)

އަގަކާ ނުވަތަ ބަދަލަކާނުލާ އެއްޗެއް އަނބުރާ ގެންނަ ގޮތަށް ދިނުމެވެ.

d)

ދިރިހުރި ހެޔޮ ޙާލުގައި ބަދަލަކާ ނުލައި އެއްޗެއް މިލްކު ކޮށްދިނުމެވެ.

3.

އިސްލާމް ދީނުގައި ހިބައިން ދިނުމުގެ ޙުކުމަކީ

a)

މުޞްތަޙައްބު ވެގެންވާ ކަމެކެވެ.

b)

ވާޖިބުވެގެންވާ ކަމެކެވެ.

c)

މަކުރޫހަ ކަމެކެވެ.

d)

ހުއްދަ ކަމެއްނޫނެވެ.

4.

މަންފާހުރި ،ފައިދާ ލިބިގަނެވޭނެ

a)

ކައިބޮއި ތަކެތި ފިޔަވައި ކޮންމެއެއްޗެއް ހިބައިން ދެވިދާނެއެވެ.

b)

ކޮންމެއެއްޗެއް ހިބައިން ދެވިދާނެއެވެ.

c)

ފަރުނީޗަރުފިޔަވައި ކޮންމެއެއްޗެއް ހިބައިން ދެވިދާނެއެވެ.

d)

ހެދުންފިޔަވައި ކޮންމެއެއްޗެއް ހިބައިން ދެވިދާނެއެވެ.

5.

ޞަދަޤާތުގެ ގޮތުގައި ދެވޭތަކެތި

a)

ހިބާގެ ތެރޭގައި ނުހިމެނޭނެއެވެ.

b)

ހިމެނޭނީ ޢާރިޔާގެ ގޮތުގައެވެ.

c)

ހިބާގެ ތެރޭގައި ހިމެނޭނެއެވެ.

d)

ހިމެނޭނީ ގަނެވިއްކުމުގެ ތެރޭގައެވެ.

6.

ހިބައިން ދެވޭ މީހާއަކީ

a)

މުސްލިމެއްކަމުގައިވާން ޖެހޭނެއެވެ.

b)

ބާލިޣުވެފައިވާ މީހެއްކަމުގައިވާން ޖެހޭނެއެވެ.

c)

ބުއްދި ސަލާމަތުން ހުރި މީހެއްކަމުގައިވާން ޖެހޭނެއެވެ.

d)

މުސްލިމެއްކަމުގައި ވާކަށް ނުޖެހޭނެއެވެ.

7.

އެއްބަޔަކު އަނެއްބަޔަކަށްދޭ ތަފާތު އިނާމްތައް ހިމެނޭނީ

a)

ހުއްދަނޫން މުޢާމަލަތެއްގެ ގޮތުގައެވެ.

b)

ގަނެވިއްކުމުގެ ގޮތުގައެވެ.

c)

ޢާރިޔާގެ ގޮތުގައެވެ.

d)

ހިބާގެ ގޮތުގައެވެ.

8.

އިސްލާމް ދީނުގައި ޙަރާމްކުރައްވައިފައިވާ އެއްޗެއް

a)

ހިބާގެ ގޮތުގައި ދިނުން ހުއްދައެވެ.

b)

ހިބާގެ ގޮތުގައި ދިނުން މަކުރޫހައެވެ.

c)

ހިބާގެ ގޮތުގައި ދިނުން ހުއްދައެއް ނޫނެވެ.

d)

ހިބާގެ ގޮތުގައި ދިނުން މުޞްތަޙައްބެވެ.

9.

ގިނަ ގިނައިން މީހުންނަށް ހިބައިން ދިނުމަކީ

a)

ދެއްކުމަށް އެންމެންވެސް ކޮށްއުޅޭ ކަމެކެވެ.

b)

މާތްﷲ ލޯބިވެވޮޑިގެންވާ ވަރަށް މާތްކަމެކެވެ.

c)

އިސްލާމްދީން ބާރުއަޅާ ކަމެއްނޫނެވެ.

d)

މީހުންވަރަށް ރުޅިއަންނަ ނޭދެވޭ ކަމެކެވެ.

10.

ހިބާގެ ފިލާވަޅުން ދަސްވި ކަންތައްތަކުގެ ތެރޭގައި

a)

ބަދަލަކާއެކު އެއްޗެއްދިނުމަކީ ހިބަކަން އެނގިއްޖެއެވެ

b)

އަނބުރާ ގެންނަން ދެވޭއެއްޗަކީ ހިބަކަން އެނގިއްޖެއެވެ

c)

މަރުވުމަށްފަހުވެސް ހިބައިން ދެވިދާނެކަން އެނގިއްޖެއެވެ.

d)

ހިބައަކީ ،އެހީތެރިވުމަށް އޮތް ފުރުޞަތެއްކަން އެނގިއްޖެއެވެ.