WorksheetsIslam Quiz 3 (ST2)
Total questions: 10
Worksheet time: 5mins
ދިވެހި ބަހުގައި އިސްތިޢުމާރުގެ މާނައަކީ
ގައުމަކަށް މިނިވަންކަން ހޯދައިދިނުމެވެ.
މިނިވަން ގައުމެއް އަޅުވެތިކުރުމެވެ.
ތަނެއް އާބާދުކޮށް ދިރިއުޅެވޭނެ މަގުފަހިކުރުމަށްޓަކައި ބޭނުންވާ މީހުންނާއި ތަކެތި ފޯރުކޮށްދިނުމެވެ.
އެއް ގައުމުން އަނެއް ގައުމަށް އެހީވުމެވެ.
ތާރީޚާއި ޙަޟާރަތުގެ ޢިލްމުވެރިން އިސްތިޢުމާރު މާނަކުރައްވަނީ
ދައުލަތަކުން އެ ދައުލަތުގެ އިން ފަހަނައަޅައި، އެހެން ދައުލަތެއްގެ މައްޗަށް، އެ ދައުލަތުގެ ރައްޔިތުންގެ ރުހުމާ ނުލައި ބާރު ހިންގުމެވެ.
ތަނެއް އާބާދުކޮށް ދިރިއުޅެވޭނެ މަގުފަހިކުރުމަށްޓަކައި ބޭނުންވާ މީހުންނާއި ތަކެތި ފޯރުކޮށްދިނުމެވެ.
ގައުމަކަށް މިނިވަންކަން ހޯދައިދިނުމަށެވެ.
އެއް ގައުމުން އަނެއް ގައުމަށް އެހީވުމަށެވެ.
އިސްތިޢުމާރުކުރި ސަބަބުތަކުގެ ތެރޭގައި ހިމެނެނީ
ގައުމުތަކުގެ ގުދުރަތީ މުއްސަނދިކަމުގެ މައްޗަށް ވެރިވެގަތުމެވެ.
ނުއަގުގައި ނުވަތަ އެއްވެސް އަގަކާ ނުލައި މަސައްކަތްތައް ކޮށްދޭނެ މަސައްކަތު މީހުން ހޯދުމެވެ.
ޔޫރަޕުގެ އުފެއްދުންތައް ވިއްކުމަށް އައު މާރުކޭޓުތައް ހޯދުމެވެ.
އަނެއް 3 ޖަވާބުގައި އެވާ 3 ސަބަބު ވެސް ހިމެނެއެވެ.
އިސްތިޢުމާރީ ދައުލަތެކޭ ބުނެވެނީ
އެ ދައުލަތަކުން އެހެން ދައުލަތެއްގެ ދާޚިލީ މިނިވަންކަމުގެ މައްޗަށް ބާރު ފޯރުވާ ދައުލަތްތަކަށެވެ.
އެ ދައުލަތަކުން އެހެން ދައުލަތެއްގެ ޚާރިޖީ މިނިވަންކަމުގެ މައްޗަށް ބާރު ފޯރުވާ ދައުލަތްތަކަށެވެ.
އެ ދައުލަތަކުން އެހެން ދައުލަތެއްގެ ދާޚިލީ ނުވަތަ ޚާރިޖީ މިނިވަންކަމުގެ މައްޗަށް ބާރު ފޯރުވައި އެ ދައުލަތެއްގެ ސިޔާދަތު ނިގުޅައިގަންނަ ދައުލަތްތަކަށެވެ.
އެ ޤައުމަކަށް އެހީދޭ ދައުލަތްތަކަށެވެ.
މީލާދީން 1415 ވަނަ އަހަރު މަޣްރިބުގެ ސަބުތާއަށް ވެރިވެގަނެ އެތާގައި އެ މީހުންގެ "ކޮލޮނީ" އެއް ގާއިމްކުރީ
ފަރަންސޭސީންނެވެ.
އިނގިރޭސީންނެވެ.
ޕޯޗުގީޒުންނެވެ.
ހޮލެންޑުގެ ލަޝްކަރުތަކުންނެވެ.
ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކުރެއްވީ
ދޮންބަންޑާރައިންނެވެ.
މުޙައްމަދު ތަކުރުފާނެވެ.
ޢަލިރަސްގެފާނެވެ.
އިބްރާހީމް ނާޞިރެވެ.
"ސަތޭކަ އަހަރުގެ ހަނގުރާމަ" މި ނަމުން މަޝްހޫރުވެފައިވާ ހަނގުރާމައިން ކާމިޔާބު ހޯދީ
ހޮލެންޑެވެ.
އިނގިރޭސިވިލާތެވެ.
ޖަރުމަނެވެ.
ފްރާންސެވެ.
"ލަންދޭސީން"އަކީ
އިންޑޮނޭޝިޔާ ސަރަހައްދުގައި އިސްތިޢުމާރުކޮށްގެން ތިބި ހޮލެންޑު މީހުންނަށް ދިވެހިން ކިޔައި އުޅުނު ނަމެކެވެ.
މަޣްރިބުގެ ސަބުތާއަށް ދިޔަ ލަޝްކަރުގެ މީހުންނަށް ދިވެހިން ކިޔައި އުޅުނު ނަމެކެވެ.
ޢަރަބި ބައެއް ދައުލަތްތައް އިސްތިޢުމާރުކުރި ފަރަންސޭސިންނަށް ދިވެހިން ކިޔައި އުޅުނު ނަމެކެވެ.
ދިވެހިރާއްޖެ އިސްތިޢުމާރުކުރި ޕޯޗުގީޒުންނަށް ދިވެހިން ކިޔައި އުޅުނު ނަމެކެވެ.
"އެ ދިދައަކަށް އިރު ނުއޮއްސޭ ދިދައެއް" ކަމުގައި މިސާލު ޖެހިފައިވަނީ
ފަރަންސޭސިވިލާތަށެވެ.
އިނގިރޭސިވިލާތަށެވެ.
ހޮލެންޑަށެވެ.
ރަޝިޔާއަށެވެ.
ދުނިޔޭގައި އޮތް އެންމެ ބިން ބޮޑު ގައުމަކީ
ރަޝިޔާއެވެ.
އެމެރިކާއެވެ.
ޗައިނާއެވެ.
އިނގިރޭސިވިލާތެވެ.
