wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

އިސްލާމީ އަޚްލާޤާއި ފުށުއަރާ ބައެއް ޢަމަލުތައް 1 . ފާރަލުމުގ

Total questions: 10

Worksheet time: 5mins

Name
Class
Date
1.

މީހުންގެ ފޮރުވިފައިވާ ކަންކަމާއި ސިއްރުތަކާއި ޢައިބުތައް ހޯދަން މަސައްކަތް ކުރުމަކީ

a)

އުނި ކަންތައް ދެނެގަތުމެވެ.

b)

ހޯދައިދިރާސާ ކުރުމެވެ

c)

ޖެއްސުންކުރުމެވެ.

d)

ފާރަލުމެވެ.

2.

އެއްބަޔަކު އަނެއްބަޔަކަށް ފާރަލުމުގެ ޙުކުމަކީ

a)

ފާފައެކެވެ.

b)

ބޮޑު ޙަރާމްކަމެކެވެ.

c)

މަކުރޫހަ ކަމެކެވެ.

d)

މުބާހުކަމެކެވެ.

3.

މުސްލިމުންގެ ތެރޭގައި އުޚުވަތްތެރިކަމާއި އެއްބަނޑު އެއްބަފާކަން ޤާއިމުވެ ދެމިއޮތުމަކީ

a)

ފާރަލުން ޙަރާމްވުމުގެ ޙިކުމަތެކެވެ.

b)

މުހިންމުކަމެކެވެ.

c)

ފައިދާއެކެވެ.

d)

މާތްކަމެކެވެ.

4.

އަނެކާއަށް ފާރަލުމަކީ އުޚުވަތްތެރިކަން ޤާއިމްވުމާއި ދެމިއޮތުމަށް

a)

ނެތިދާކަމެކެވެ.

b)

ލޮޅުންއަރާ ކަމެއް.

c)

ވަރުގަދަކަން އަންނަކަމެކެވެ.

d)

ލިބޭ ފައިދާއެކެވެ

5.

ފާރަލުމުގެ ގެއްލުންތަކުގެ ތެރޭގައި

a)

ޤައުމީ ސަލާމަތަށް ނުރައްކާވުން

b)

މިނިވަންކަން ގެއްލިގެން ދިއުން

c)

ތިމާގެ އަމިއްލަ ނަފުސުގެ އަގުވެއްޓި ނިކަމެތިވުން.

d)

ޤައުމުގެ އަގުވެއްޓުން

6.

ފާރަލުން ހުއްދަވާ ޙާލަތްތަކުގެ ތެރޭގައި

a)

ހަނގުރާމަވެރި ޙާލަތުގައި ޢަދުއްވުންނަށް ފާރަލުން

b)

ދެމަފިރިން އެކަކު އަނެކަކަށް ފާރަލުން

c)

މުދައްރިސުން އެކަކު އަނެކަކަށް ފާރަލުން

d)

މުވައްޒަފުން އެކަކު އަނެކަކަށް ފާރަލުން

7.

ފާރަލުން ހުއްދަނުވާ ބައެއް ޙާލަތްތަކުގެ ތެރޭގައި

a)

މީހަކު މާޒީގައި ހޯދައިފައިވާ ކުރިއެރުމުގެ ކަންކަން ބަލައި ހޯދުން

b)

މީހަކު ތަޢުލީމުގައި ކުރިހޯދި ކަންކަން ބަލައި ހޯދުން

c)

އާ އީޖާދުތައް ކުރިގޮތްތައް ބަލައި ހޯދުން

d)

-މީހަކު މާޒީގައި އަރައި ގެންފައިވާ ފާފައެއްގެ ކަންކަން ބަލައި ހޯދުން

8.

މުންކަރާތްތައް ފެތުރިގެން ނުދިއުމަށް ފާރަލުން ޙަރާމް ވުމުގެ ސަބަބެކެވެ. މި ޢިބާރާތުގައިވާ މުންކަރާތުގެ މާނައީ

a)

އިސްލާމްދީނުގައި މަނާ ކުރައްވާފައިވާ ނުވާ ކަންތައް

b)

ހުއްދަކަންތައް

c)

އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަންތައް

d)

ކުރުމާއި ނުކުރުން ހަމަހަމަ ކަންތައް

9.

ފާރަލުމުގެ ގެއްލުންތަކުގެ ތެރޭގައި ޙަޔާތް ފަސާދަވެ ޢައުރަތަށް ފާޅުވުން. ހިމެނެއެވެ. މިޢިބާރާތުގައިވާ ފަސާދައަކީ

a)

ހަމަޖެހުންލިބުން

b)

ދިރިއުޅުން ގޯސްވެގެންދިއުން

c)

ނުރައްކާވުން

d)

އަމާންކަން ގެއްލުން

10.

ފާރަލުމުގެ ގެއްލުންތަކުގެ ތެރޭގައި މާތް ﷲގެ ކޯފާ ޙައްޤުވުން ހިމެނެވެ. މިޢިބާރާތުގައި ކޯފާގެ މާނައަކީ

a)

ރުޅި

b)

ގެއްލުން

c)

ތޫންފާން

d)

ﷲގެ ޢަޒާބު