wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

އަޚްލާޤް -10- ރިޝްވަތު

Total questions: 11

Worksheet time: 8mins

Name
Class
Date
1.

ރިޝްވަތަކީ

a)

ބާޠިލްކަމެއް ކުރުމަށް ނުވަތަ ޙައްޤުނޫން އެއްޗެއް ކަމެއް ނުގުޅައިގަތުމަށް އެކެއްގެ ފަރާތުން އަނެކާއަށް މުދާ ފޯރުކޮށްދިނުމެވެ.

b)

ހުއްދަކަމެއް ކުރުމަށް ނުވަތަ ޙައްޤުނޫން އެއްޗެއް ކަމެއް ނުގުޅައިގަތުމަށް އެކެއްގެ ފަރާތުން އަނެކާއަށް މުދާ ފޯރުކޮށްދިނުމެވެ.

c)

ވަޒީފާއެއް ހޯދުމަށް ޙައްޤުނޫން އެއްޗެއް ކަމެއް ނުގުޅައިގަތުމަށް އެކެއްގެ ފަރާތުން އަނެކާއަށް މުދާ ފޯރުކޮށްދިނުމެވެ.

2.

ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ ޙުކުމަކީ

a)

ޙަރާމްކަމެއް

b)

މަކްރޫހަ ކަމެއް

3.

ރިޝްވަތު ހިފުމުގެ ނުބައިކަން ހާމަވާ ކަމަކީ

a)

މާތްﷲ ޙަރާމް ކުރައްވާފައިވާ ކަމެއް. ﷲއާއި އެކަލާނގެ ރަސޫލާ ލަޢުނަތްލައްވާފައިވާކަމެކެވެ.

b)

ނަރަކަ އަށް ވަނުމަށް މަގުފަހިވުން

4.

ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ "ރިޝްވަތުދޭމީހާއާއި، ރިޝްވަތު ހިފާމީހާއަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ލަޢުނަތް ލެއްވިއެވެ." ޙަދީޘް ބަސްފުޅުން ދޭހަވާ ކަމަކީ

a)

ރިޝްވަތު ދިނުމާއި ހިފުމުގެ ނުބައިކަން

b)

ރިޝްވަތު ހިފާ މީހާއާއި ރިޝްވަތު ދޭމީހާ ﷲ ގެ ރަޙުމަތުން ބޭރުވާނެކަން

5.

ރިޝްވަތުގެ ވައްތަރުތަކަކީ

a)

ޙައްޤުނޫން ކަމެއް ޙާޞިލްކުރުމަށްޓަކައި ރިޝްވަތު ދިނުން

b)

މީހަކަށް ލިބެންޖެހޭ ޙައްޤެއް އޭނާގެ ކިބައިން ނިގުޅައިގަތުމަށް ރިޝްވަތު ދިނުން

c)

މަޤާމެއް ހޯދުމަށް ރިޝްވަތު ދިނުން

6.

"ޙައްޤުނޫން ކަމެއް ޙާޞިލްކުރުމަށްޓަކައި ރިޝްވަތު ދިނުން" މިވައްތަރުގެ ރިޝްވަތު ދޭގޮތް ހާމަކޮށް ދިނުމުގެ ގޮތުން މިސާލަކީ

a)

ތިމާއަށް ޙައްޤުނޫންކަމެއް ލިބިގަތުމަށް މަސްޢޫލުވެރިއަކަށް ރިޝްވަތުދިނުމެވެ.

b)

ވަޒީފާއެއް ހޯދުމަށް އޮފީހުގައި އުޅޭ ބޮޑު މީހަކަށް ރިޝްވަތު ދިނުން

7.

"މީހަކަށް ލިބެންޖެހޭ ޙައްޤެއް އޭނާގެ ކިބައިން ނިގުޅައިގަތުމަށް ރިޝްވަތު ދިނުން" މިވައްތަރުގެ ރިޝްވަތު ދޭ ގޮތުގެ މިސާލަކީ

a)

ވަޒީފާއަށް ޤާބިލުމީހާ ކަޓުވާލުމަށް ރިޝްވަތު ދިނުން

b)

ބިޑަށް ޤާބިލުމީހާ ކަޓުވާލުމަށްފަހު ރިޝްވަތު ދިނުން

8.

" މަޤާމެއް ހޯދުމަށް ރިޝްވަތު ދިނުން" މިވައްތަރުގެ ރިޝްވަތު ދޭގޮތް ހާމަކޮށް ދިނުމުގެ ގޮތުން މިސާލަކީ

a)

ސިޔާސީ ނުފޫޒުން ވަޒީފާތައް ހޯދުން

b)

ރައްޓިއްސަކާއި ގުޅިގެން ވަޒީފާ ހޯދުން

9.

ރިޝްވަތުގެ ސަބަބުން ލިބޭ ގެއްލުންތަކަކީ

a)

ދައުލަތުގެ ބައިތުލް މާލަށް ބޮޑެތި ގެއްލުންތަކެއް މުޖުތަމަޢަށް ގެއްލުން ލިބުން

b)

މުޖުތަމަޢުގެ އަފުރާދުންނަށް ގެއްލުންވުން

c)

މުޖުތަމަޢުގެ އަޚްލާޤް ފުނޑު ފުނޑުވުން

d)

ދައުލަތުގެ ޙައްޤުތައް ގެއްލިގެން ދިއުން

e)

ނާގާބިލު މީހުން މަޤާމުތަކަށް އައްޔަން އިސްވުން

10.

ހަދިޔާއާއި ރިޝްވަތުގެ ތަފާތަކީ

a)

ރިޝްވަތަކީ ޙަރާމް އެއްޗެއް. ހަދިޔާއަކީ ސުންނަތެއް

b)

ރިޝްވަތަކީ ދެފަރާތުން ރުހެއްޖެނަމަ ހުއްދަ ކަމެއް، ހަދިޔާއަކީ ސުންނަތެއް

11.

ރިޝްވަތާއި ހަދިޔާގެ ތަފާތުތަކަކީ

a)

ރިޝްވަތަކީ ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް- ހަދިޔާއަކީ ދީނުގައި ހުއްދަކުރައްވާފައިވާ ކަމެއް

b)

ރިޝްވަތުގައި ޝަރީޢަތް ހުއްދަ ނުކުރާ ޝަރުޠު ކުރޭ- ހަދިޔައަކީ ރަނގަޅު ގޮތުގައި ރަނގަޅު ކަމަކަށް ހިތްވަރު ދިނުން

c)

ރިޝްވަތަކީޢާންމުކޮށް ސިއްރުން ދެވޭ އެއްޗެއް- ހަދިޔާއަކީ ފާޅުކަން ބޮޑު ގޮތެއްގައި ދެވޭ އެއްޗެއް