wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

thagaafaa grade 10

Total questions: 11

Worksheet time: 7mins

Name
Class
Date
1.

ދިވެހި ބަހުގައި މެދުމިނޭ ކިޔެނީ

a)

ދޭތެރެ މެދަށް

b)

އާދައިގެ ވަރަށް

c)

މެދު ފަންތިއަށް

2.

ޢަރަބި ބަހުގައި ވަސަޠިއްޔާގެމާނައަކީ

a)

ހައްދުފަހަނަ އަޅައިދިޔުން

b)

ޢަދުލުވެރިކަން

c)

އެއްޗެއްގެ ދެބައިކުޅަ އެއްބައި

3.

އިސްލާމްދީނަކީ މެދުމިނުގެ ދީނެކޭ ބުނެވޭ ބަހުގެ މުރާދަކީ

a)

ހަމަހަމަކަމަށް ގޮވައިލާ ދީނެއްކަމެވެ

b)

އިއުތިޤާދީ ކަންކަމާއި ޢަމަލީ ކަންކަމުގެ ތެރެއިން ހުރިހާ ކަމެއްގައިވެސް ޢަދުލުވެރި ގޮތް އިޚްތިޔާރުކޮށްފައިވާ ދީނެއްކަމެވެ

c)

އިއުތިޤާދީ އަދި ޢަމަލީ އެއްވެސް ކަމެއްގައި ދާންވީ މިންވަރަށްވުރެ މާ މައްޗަށް ގެންގޮސްފައި ނުވާ ދީނެއްކެމެވެ

4.

މި އާޔަތުގައިވާ މެދުމިނުގެ މުރާދަކީ

a)

ޢަދުލުވެރިކަން

b)

ހައްދުފަހަނައަޅައިދިޔުން

c)

މެދުމިންކަން

d)

ހަމަހަމަކަން

5.

މި އާޔަތުގެ މާނައިން ދޭހަވާ ކަންތައްތަކަކީ

a)

މި އުންމަތުގެ މާތްކަން

b)

އިސްލާމްދީނުގެ ޢަދުލުވެރިކަން

c)

ރަސޫލާގެ މާތްކަން

d)

ޤިޔާމަތް ދުވަހުން މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކު ކަމުގައިވާނެކަން

6.

މެދުމިން މާނަކުރުމުގައި ގެންގުޅޭ ނުބައި ވިސްނުންތަކުގެ ތެރޭގައި ހިމެނެނީ

a)

މުނާފިޤުކަމުގެ މާނައާއި މެދުމިންކަމުގެ މާނަ އޮޅުވައިލުން

b)

ކުފުރުގެ މާނައާއި މެދުމިންކަމުގެ މާނަ އޮޅުވައިލުން

c)

ދެ ރައުޔު ދެމެދު އޮންނަ ރައުޔުގެ މާނައާއި މެދުމިންކަމުގެ މާނަ މައްސުނިކޮށްލުން

7.

މުނާފިޤުކަމަކީ

a)

ބޭރުފުށުން އިސްލާމްކަން ދައްކައިގެން ހިތުގައި ކުފުރު ވަންހަނާކޮށްގެން އުޅުން

b)

ބޭރުފުށުން ކުފުރު ދައްކައިގެން ހިތުގައި އިސްލާމްކަން ވަންހަނާކޮށްގެން އުޅުން

c)

ބޭރުފުށުން ކުފުރު ދައްކައިގެން ހިތުގައި ކުފުރު ވަންހަނާކޮށްގެން އުޅުން

8.

ފޮތުގެ އެއްބަޔަށް އީމާންވެފައި އަނެއް ބަޔަށް ކާފިރުވުން ހިމެނޭނީ

a)

ކުފުރުގެ ތެރޭގައެވެ

b)

ނިފާޤުކަމުގެ ތެރޭގައެވެ

c)

މެދުމިނުގެ ތެރޭގައެވެ

9.

އިސްލާމްދީނަކީ މެދުމިނުގެ ދީނެއްކަން އެނގޭ ބައެއް ކަންތައްތަކަކީ

a)

ރޫހާނިއްޔަތަށް ގޮސް ހުސްވެފައި ނުވާއިރު، މާއްދިއްޔަަތަށް ވެސް ހުސްވެފައިނުވުން

b)

އިންސާނާއަށް އުފުލުމުގެ ކުޅަދާނަކަން ލިބިގެންނުވާ ކަމަކަށް ތަކުލީފު ޖައްސާފައިނުވުން

c)

ހައްދުފަހަނަޅައި ދިއުމަށް އިންކާރުކުރެވިފައިވާއިރު، ފަރުވާކުޑަކުރުމަށް ވެސް އިންކާރުކުރެވިފައިވުން

d)

ހޭދަކުރުމުގައި ބަނގުރޫޓުވާ މިންވަރަށް ނުކުރުމަށް އެންގިފައިވާއިރު، ހޭދަނުކޮށް މުށްބާރުކުރުން ނަހީކުރެވިފައިވުން

10.

ގޮންޖެހުންތަކޭ ބުނެވޭ ބަހުގެ މާނައަކީ

a)

ވަކި ކަމެއް ކުރުމުގައި ނުވަތަ ނުކުރުމުގައި، ނުވަތަ ވަކި ކަމެއް ޙާޞިލުކުރުމުގައި ނުވަތަ ނުކުރުމުގައި މެދުވެރިވާ، ޙައްލުކުރަން އުނދަގޫ ކަންތައްތަކެވެ

b)

ވަކި ކަމެއް ކުރުމުގައި ނުވަތަ ނުކުރުމުގައި، ނުވަތަ ވަކި ކަމެއް ޙާޞިލުކުރުމުގައި ނުވަތަ ނުކުރުމުގައި މެދުވެރިވާ، ޙައްލުކުރަން ފަސޭހަ ކަންތައްތަކެވެ

11.

މިޒަމާނުގައި ދީނީ ގޮތުން މުސްލިމުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ 2 ކަމެއް

a)

މުސްލިމުންގެ ތެރޭގައި ޢަޤީދާގެ ގޮތުން ތަފާތު އެކިއެކި ޖަމާޢަތްތައް އުފެދިފައިވުން

b)

ޒަކާތުގެ ނިޒާމު ހަރުދަނާ ނުކުރެވުމުގެ ސަބަބުން، ފަޤީރުންގެ އަދަދު މަދުކުރުމުގައި ނުކުޅެދުން

c)

މުސްލިމު ބައެއް ޖަމާޢަތްތަކުން ޖިހާދުގެ ނަމުގައި އިސްލާމްދީނާ ޚިލާފު އަނިޔާވެރި ބައެއް ޢަމަލުތައް ހިންގުން

d)

މުސްލިމު ބައެއް ޤައުމުތަކުގައި ދައުލަތުގެ ފައިސާއިން ވައްކަންކުރާކުރުމާއި އިސްރާފުކުރާކުރުން ހުއްޓުވުމުގައި ނުކުޅެދުން