Font size
Worksheetsއިސްލާމްދީން
Total questions: 12
Worksheet time: 6mins
އިސްލާމްދީނުގެ 2 ވަނަ ރުކުނަކީ ކޮބާ؟
ނަމާދު
ރޯދަ
ހައްޖު
މާތްﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވާކަމަށް ހެކިވާ ހެކިވުމާއި އެއްގޮތްވާ ގޮތުގެމަތިން ހެކިވާ މީހެއްގެ ޢަމަލުތައް ހުންނާނެގޮތްތަކަކީ!
ހަމައެކަނި މާތްﷲއަށް އަޅުކަން ކުރުން.
މާތްﷲއަށް ޝަރީކު ނުކުރުން.
ﷲގެ އަމުރުފުޅުތަކަށް ބޯލެނބުން.
މާތްﷲ ފިޔަވައި އަޅުކަންކުރާ އެންމެހައި ފަރާތްތަކަށް ކާފިރުވުން.
މާތްﷲ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިނުވުން.
ދީންތަކުގެ ތެރެއިން އެންމެ ލުއިފަސޭހަ ދީނަކީ
ކުރިސްޓިއަން ދީނެވެ.
އިސްލާމް ދީނެވެ.
ޔަހޫދީ ދީނެވެ.
ހިންދީ ދީނެވެ.
މިފިލާވަޅުގައިވާ ޙަދީޘުން ދޭހަވާ އެއްކަމަކީ
އުނދަގުލަކީ ނެތްކަމެއްކަމެވެ.
ފަސޭހައަކީ މުހިންމު ކަމެއްނޫންކަމެވެ.
އިސްލާމްދީން ނޫން އެހެންދީންތަކުގެ މުހިންމުކަމެވެ.
އިސްލާމްދީނުގެ ލުއިފަސޭހަކަމެވެ.
އިސްލާމްދީން ބާރުއަޅަނީ ކޮންމެ ކަމެއްގައިވެސް އޮތް
އެންމެ އުނދަގޫގޮތް އިޚްތިޔާރު ކުރުމަށެވެ.
އެންމެ ދަތިގޮތް އިޚްތިޔާރު ކުރުމަށެވެ.
އެންމެ ލުއި ފަސޭހަގޮތް އިޚްތިޔާރު ކުރުމަށެވެ.
އެންމެ ކަމުނުދާގޮތް އިޚްތިޔާރު ކުރުމަށެވެ.
އިސްލާމް ދީނުގައި އަންގަވާފައިވަނީ މީސްތަކުންނަށް
އުފާވެރިކަމުގެ ޚަބަރު ދިނުމަށެވެ.
އެއްވެސް ކަމެއްގެ ޚަބަރު ނުދިނުމަށެވެ.
ހިތާމަވެރި ކަމުގެ ޚަބަރު ދިނުމަށެވެ.
އެއްވެސް ވާހަކައެއް ނުދެއްކުމަށެވެ.
އިސްލާމް ދީނުގައި ބަލިމީހާ ނަމާދު
ކުރަން ނުޖެހޭގޮތަށް ލުއިކޮށްދެއްވާފައިވެއެވެ.
ކުރުމުގައި ލުއި ފަސޭހަކަން ދެއްވާފައިވެއެވެ.
ބަލި ރަނގަޅުވުމުން ނޫނީ ނުކުރުމަށް އަންގަވައެވެ.
ކޮޅަށް ނުހުރެވޭނަމަ ކުރާކަށް ނުޖެހޭނެއެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ
ހެޔޮފާލަށް ލޯތްބެއް ނުކުރައްވައެވެ.
ހެޔޮ ފާލަށް ލޯބިކުރައްވައެވެ.
ކަންކަމުގެ އުނދަގޫގޮތް ޚިޔާރުކުރައްވައެވެ.
ނުބައި ފާލަށް ލޯބިކުރައްވައެވެ.
ހެޔޮފާލުގެ މީހުންނަކީ
ހެޔޮމީހުންނެވެ.
ހެޔޮނުބައި ނުދަންނަ މީހުންނެވެ.
ވަރުވާކުޑަ ކަންނެތް މީހުންނެވެ.
ހެޔޮ ޢަމަލުކުރުމުގައި ހީވާގި މުރާލި މީހުންނެވެ.
މާތްﷲ އިސްލާމްދީން ލައްވަފައިވަނީ
އެހެން ދީންތަކަށްވުރެ ކުޑަކޮށް އުދަނގޫކޮށެވެ.
އެހެން ދީންތަކާ އެއްގޮތަށެވެ.
އެންމެންނަށް ފަސޭހަ ދީނެއްގެ ގޮތަކުނޫނެވެ.
އެންމެ ފަސޭހަ ދީނުގެ ގޮތުގައެވެ.
މީހުންނާ ބައްދަލުވާއިރު
ހިނިތުން ވުމަކީ ޘަވާބުލިބޭ ކަމެކެވެ.
ހިނިތުން ވުމަކީ މީހުން ވަރަށް ރުޅިއަންނަ ކަމެކެވެ.
ހިނިތުން ވުމަކީ އެހާ ރަނގަޅު ކަމެއްނޫނެވެ.
ހިނިތުން ވާކަށް ނުޖެހެއެވެ.
އިސްލާމްދީނުގެ ކޮންމެ އަޅުކަމެއްގައިވެސް
ދަތި އުނދަގޫ ގޮތްތަކެއް ވެއެވެ.
ކުރަން ކުޅަދާނަ ނޫން ކަންތައް ހުރެއެވެ.
ލުއި ފަސޭހަ ލައްވާފައިވެއެވެ.
ނުކުރެވޭ ވަރުގެ ކަންތައް ހުރެއެވެ.
